05 މެއި 2019 - 07:00
އިންޑިއާގެ އާންމު އިންތިހާބު ކުރިއަށްދާތީ، އިލެކްޝަން ކޮމިޝަނުން ހުއްޓުވި ވިވެކް އޮބެރޯއީގެ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" މި މަހުގެ 24 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
އެންމެ ފަހުން އެ ފިލްމު ރިލީޒް ކުރަން ތާވަލު ކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހަށެވެ.
ފިލްމު ރިލީޒް ކުރުން ކޮމިޝަނުން ހުއްޓުވީ ސިޔާސީ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް އިންތިހާބުގެ ތެރޭގައި ރިލީޒްކުރުމާ ދެކޮޅަށް އިދިކޮޅު ޕާޓީ ކޮންގްރެސް އަދި އެ ނޫން ވެސް ސިޔާސީ އެކްޓިވިސްޓުން އެ ފިލްމު ހުއްޓުވަން ކޯޓަށާއި ކޮމިޝަނަށް ހުށަހެޅުމުންނެވެ. އަދި މި މައްސަލަ ފިލްމުގެ ޓީމުން އިންޑިއާގެ ސްޕްރީމް ކޯޓަށް ހުށަހެޅުން ކޯޓުން ވަނީ ކޮމިޝަންގެ ނިންމުމަށް ތާއީީދުކޮށްފަ އެވެ.
އޮމަންގް ކުމާރު ޑައިރެކްޓްކޮށްފައިވާ "ޕީއެމް ނަރެންދުރަ މޯދީ" އަކީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގަރަފިކަލް ޑްރާމާއެކެވެ. މީގައި މޯދީގެ ރޯލް ކުޅެފައި ވަނީ ވިވެކެވެ.
Of the people,
— Omung Kumar B (@OmungKumar) May 3, 2019
By the people,
For the people..
Meet the man of the hour, #PMNarendraModi in cinemas from 24th May! #DekhengeModiBiopic@vivekoberoi @OmungKumar @sandip_Ssingh @sureshoberoi @ModiTheFilm2019 @anandpandit63 @LegendStudios @AcharyaManish7 @tseries
ފިލްމު މި މަހުގެ 24 އަށް ތާވަލު ކުރި އިރު، އާންމު އިންތިހާބުގެ ވޯޓްލުމުން މި މަހުގެ 19 ގައި ނިންމާލައި، ވޯޓް ގުނަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
އިންޑިއާގެ ކަރްގިލް ހަނގުރާމައިގެ ބަތަލު ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާގެ ވާހަކަތައް މީޑިއާތަކުން ދައްކަމުން އަންނަތާ ދުވަސްތަކެއް ފަހުން، އެ ފިލްމު ޕްރޮޑިއުސް ކުރާ ކަރަން ޖޯހަރު ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
Beginning the journey of #Shershaah soon!@SidMalhotra @Advani_Kiara @vishnu_dir #HirooJohar @apoorvamehta18 @b_shabbir #AjayShah #HimanshuGandhi @dharmamovies pic.twitter.com/QBoxMeBDcv
— Karan Johar (@karanjohar) May 2, 2019
މީޑިއާތަކުން ބުނަމުން ދިޔަ ގޮތަށް ފިލްމުގެ ނަމަކީ ހަމަ "ޝޭރުޝާހް" އެވެ. އެ ރޯލް ކުޅޭނީ ސިދާތު މަލްއުތުރާ އެވެ. އަދި ފިލްމުގެ ބަތަލާއަކީ ކިއާރާ އަދުވާނީ އެވެ. މިއީ މި ދެ ޒުވާން ޖޯޑު އެކީގައި ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.
"ޝޭރުޝާހް" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާ އިރު، ސިދު މިހާރު އަންނަނީ ބަޑި ޖެހުން ކަހަލަ އަސްކަރީ ތަމްރީނުތައް ވެސް ހަދަމުންނެވެ. ނަމަވެސް ވިޝްނޫ ވަރުދާން ޑައިރެކްޓް ކުރާ މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަކްޝޭ ކުމާރު ފުލުހެއްގެ ރޯލް ކުޅޭ ކޮޕް ޑްރާމާ "ސޫރިޔާވަންޝީ" ގެ ޝޫޓިން ރަސްމީކޮށް މުލަ ރޯދަ ދުވަހު ފަށާ ގޮތަށް ނިންމައިފި އެވެ.
Welcome to our COP UNIVERSE #KatrinaKaif... OUR SOORYAVANSHI GIRL@akshaykumar #RohitShetty @karanjohar @RelianceEnt @DharmaMovies #CapeOfGoodFilms pic.twitter.com/GTTjeUrBeR
— Rohit Shetty Picturez (@RSPicturez) April 22, 2019
ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމުގެ ޝޫޓިން މުމްބާއީގައި ފެށުމަށް ފަހު، ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ މީގެ ބޮޑުބައި ޝޫޓް ކުރާ ގޯއާއަށެވެ. "ސޫރިޔާވަންޝީ" ގެ ބަތަލާއަކީ ކެޓްރީނާ ކެއިފެވެ.
ކަރަން ޖޯހަރާއި ރޯހިތު ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިތުރު އީދު ދުވަހު އެވެ.
އެ ދެ މީހުން ގުޅިގެން ގެނެސް ދިން ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ ރަންވީރު ސިންގްގެ "ސިމްބާ" އެވެ.
ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުސިއްތު ކަމަށްވާ ރާޖް ކަޕޫރާއި އޭނާގެ އެތައް ފިލްމެއް އެތަނަކާ ގުޅިފައިވާ އާކްރޭ ސްޓޫޑިއޯ ވިއްކާލައިފި އެވެ.
އެތަން ވިއްކައިލަން ނިންމިކަން ކަޕޫރު ހާންދާނުން މިދިޔަ އަހަރު އިއުލާން ކުރުމާ ގުޅިގެން، ސްޓޫޑިއޯ ގަނެފައި ވަނީ ގޯޑްރެޖް ޕްރޮޕަޓީސް ލިމިޓެޑް (ޖީޕީއެލް) އިންނެވެ. ޖުމްލަ 100،000 އަކަފޫޓްގެ ސަރަހައްދަކަށް ފެތުރިފައިވާ އާރްކޭ ސްޓޫޑިއޯ، އެ ކުންފުންޏަށް ވިއްކައިލި ސީދާ އަގެއް ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު 71 އަހަރު ސްޓޫޑިއޯ ވިއްކައިލިކަން ކަޕޫރު އާއިލާ އިން ކަށަވަރުކޮށް ދީފައިވާ އިރު، ޖީޕީއެލް އިން ވެސް ވަނީ އެ މުއާމަލާތާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
އެ ކުންފުނިން ބުނީ މުމްބާއީގެ އެންމެ ވަރުގަދަ އެއް ސަރަހައްދު ކަމަށްވާ ޗެމްބޫރުގައި ހަދާފައިވާ އާރްކޭ ސްޓޫޑިއޯ ހުރި ބިމުގައި ހައުސިން މަޝްރޫއެއް އަންނަ އަހަރު ފަށާނެ ކަމަށެވެ. އެގޮތުން ޝޮޕިން މޯލާއި އެ ނޫން ވެސް ހިދުމަތްތައް ލިބޭ ގޮތަށް ފެންވަރު ރަނގަޅު ފްލެޓްތަކެއް އިމާރާތް ކުރާނެ ކަމަށް ބުންޏެވެ.
Raj Kapoor ge RK Studio vikkailan nimmaifi
The most trusted news source in the Maldives
Mihaaru
އާރްކޭ ސްޓޫޑިއޯ ވިއްކައިލަން ނިންމީ މިދިޔަ އަހަރު.
އާރްކޭ ސްޓޫޑިއޯ ވިއްކައިލަން ނިންމީ 2017 ގައި އެތަނުގައި ވަރަށް ބޮޑަށް ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބި ފަހުން އެތަން ބަލަހައްޓަން އާއިލާ އަށް ދަތިވުމާ ގުޅިގެންނެވެ.
ކާމިޔާބު އެތަ ފިލްމެއް ގެނެސް ދީފައިވާ ސްޓޫޑިއޯ އިން އެން ފަހުން ގެނެސް ދިން ފިލްމަކީ އައިޝްވާރިޔާ ރާއީ އާއި އަކްޝަޔޭ ކަންނާ ހިމަނައިގެން ރިޝީ ކަޕޫރް 1999 ގައި ޑައިރެކްޓް ކުރި "އާ އަބް ލޯޓް ޗަލޭ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy