ުހުޅުމާލޭގައި މިއަދު ހެނދުނު އެކްސިޑެންޓުވި އެމްޓީސީސީގެ ބަސް ޔުކްރެއިނުގެ އަންހެންމީހާގެ ގައި މަތިން ދުއްވާފައި ޮގޮސް މަގުގެ އެއް ފަޅީގައި އޮންނަ ވަލަށް ވަދެފައި.---ފޮޓޯ: ޕޮލިސް
06 މެއި 2019 - 09:34
ހުޅުމާލޭގައި މިއަދު ހެނދުނު ޑްރައިވަރު ނިދާފައި އިނދެ ދުއްވާފައި ދިޔަ ބަހެއްގެ ދަށުވެ ޔުކްރެއިނުގެ އަންހެން ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ފިތުރޯނު މަގުން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ކައިރިން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގެ ދަށުވެ މަރުވީ އުމުރުން 31 އަހަރުގެ ޓޫރިސްޓެއް ކަމަށެވެ. އެކްސިޑެންޓު ހިނގިއިރު ބަހުގައި ބަޔަކު ތިބި ނަމަވެސް އެ މީހުންނަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަސް ޑްރައިވަރު ނިދިގެން ކަމަށް،" މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި މިއަދު ހެނދުނު ބަސް އެކްސިޑެންޓުވި ސަރަހައްދު ފުލުހުން ބަންދުކޮށްފައި: ޑްރައިވަރު ނިދާފައި ހުރެގެން ދުއްވުމުން ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ބަހުގެ ދަށުވެ މަރުވީ ޔުކްރެއިނުގެ އަންހެން ޓޫރިސްޓެއް.---ފޮޓޯ: މިހާރު
މި އެކްސިޑެންޓުވީ، ޔުކްރެއިނުގެ މީހާ ރާއްޖެ އައީ އޭނާގެ ފިރިހެން ރަހުމަތްތެރިޔަކާ އެކު ކަމަށް ވެއެވެ. އެކަމަކު އެކްސިޑެންޓް ހިނގިއިރު އޭނާ ކައިރީގައި ނެތެވެ.
މަރުވި އަންހެން މީހާ ކައިރީގައި އެވަގުތު ދިވެހި އަންހެނަކު ވެސް ހުރި ކަމަށް ވެ އެވެ. ބަސް ކޮންޓްރޯލް ނުވެ، އެ ދެ މީހުންނާ ދިމާއަށް ދާން ފެށުމުން ދުއްވައިގަތް ވަގުތު މަގުގެ އެއް ފަޅީގައި ގަސް އިންދަން ހަދާފައި އޮތް ހުސް ފަސްގަނޑަށް އެރި އޭނާ ވެއްޓި ބަހުގެ ދަށުވީ އެވެ. ބަސް ދިޔައީ އޭނާގެ ގައި މަތިންނެވެ.
މި މައްސަލައިގައި، ބަސް ދުއްވަން އިން ދިވެހި ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ އަތުގައި ލައިސަންސް އޮވެ އެވެ.
އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ހެނދުނު 6:37 ހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރު 1
07 May 2019
އެމްޓީސީސީގެ އެމްޑީ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓް ހިނގަންތިބިވެރިން މިއޮތީ އިހުމާލުވެފަ.. ބޮޑެތި ބަސްތަކުގައި ޑްރައިވަރުގެ އެހީތެރިއަކު ހުރުމަކީ ލާޒިމް ކަމެއް. ޢެހެން ހުރި ނަމަ މިފަދަ ހާލަތްތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު.
ގައްބެ
07 May 2019
އެހީތެރިއެއް ހުރި. އެހީތެރިޔާ ގޮވީމަ ސިއްސައިންގޮސް ސްޕީޑަށް ފިތުނު ކަމަށް ވަނީ
ސައި
07 May 2019
ހުޅުމާލޭގަދުއްވަނީ އެއްވެސް ބެލުމެއްނެތި މިހާރު ހުޅުމާލޭގެ މަގުތަކުގަ ޓުރެފިކުލައިޓު ހަރުކުރަންވެއްޖެ ބައެއްފަހަރު މަގުހުރަސްނުކުރެވިފާ ތިބެންޖެހޭ ބުރިޖަށްދާމަގަކީ ވަރަށް ނުރައްކާމަގެއް އެހެންވީމާ ވީހާއަވަހަކަށް ފިތުރޯނުމަގުގައި ލައިޓު ހަރުކުރަންޖެހޭ
ބިސްކޯދު
07 May 2019
ބުރިޖައްދާމަގު ނުރައްކާވީމާ ފިތުރޯނުމަގުގަ ލައިޓް ހަރުކުރަންވީ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ރަޒީ
07 May 2019
ބްރިޖަށް ދާ މަގަކީ ނިރޮޅު މަގު.. އެކަމު އާނ ވަރަށް ރަނގަޅު ވާހަކައެއް އަސްލުވެސް ތިބުނީ..
ހަންކެޑެގަ
07 May 2019
ރޯދަމަހު އޮނަނީ ރެޣަނޑު ނުނިދާ ކެއިން ބުއިމާ މަޖާ ނަގާފަ ފަތިސއ ދަމަށް އެޅުނީމަ ނިދުން ...ދެން ނިދި ހަމަނުކޮށް މަގުމައްޗަށް ނުކުތީމަ ވާނެ ހަތަރެތި ވެފަ ތިއޮތީ...ދެންވެސް ރޭގަނޑު ނުނިދާތިބެ ތިކުރާ ބޭކާރު ކަންތައް ހުއްޓާފަ ނިދާފަ ސުންނަތުގަ އޮންނަގޮތައް ލަސްކޮދް ހާރުކެއުން ބަދަލުކުރަނވީ
ހާރުކައިގެން ނިދިފަ އިނީ
06 May 2019
އާއްމުކޮއް ނިދާފައިތިބެ ދުއްވެނީ އޮޓޯޕައިލެޓް ހަރުކޮއްފައިހު ންނައުޅަދުފަހަރައް.
ހާރަށް ހޭލާ
07 May 2019
މަވެސް ހިތަށް މިއެރީ ތިހެން. އޮޓޯ އިން ދުވި އެއްޗެއްބާވައޭ
އަލީ!
06 May 2019
މިއީ ވަރަށް ސީރިއަސް މައްސަލައެއް.. ރާއްޖޭގެ ޓޫރިޒަމް އަށް ނޭދެވޭ އަދަރު ކުރާނެ.
ކަޖޫ
06 May 2019
ބިއްޖެހިފެއި ހިށި ޑްރައިވަރަކީއާތޭ?
އޫންހޫން
06 May 2019
ނިދާފައި އިނދެ ދުއްވި ބަހެއްގެ ދަށުވެ ހުޅުމާލޭގައި ޓޫރިސްޓަކު މަރުވެއްޖެ ނަމަވެސް މިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މިކަމާއި ކަން ބޮޑުވުން ފާޅު ކޮށް އެއްވެސް ކަމެއް ކުރި ތަނެއް ނުފެނެއޭ ޓޫރިސްޓުން މިގައުމުގައި މަރުވަނީ ނިއުޔޯރކްގެ މަގުތައް މަތީގައި ޕާރޓޭން މީހުން މަރާ އުސޫލުންނޭ ޔޭއް ޔޭއް މިފަދަ ކަންކަން ރަނގަޅު ނުކުރެވޭނަމަ ޓޫރިޒަމް މިނިސްޓަރު އިސްތިއުފާ ދީފައި ގެއަށް ކަނޑާލަން ވިސްނުން މާ ބޮޑަށް ރަނގަޅުވާހުށި ކަމޭ މަމެން ބުނަން ނެތީމޭ ޔޭއްވޯއް
އަހްމަދު
07 May 2019
ޓޫރިޒަމް މިނިސްޓަރު އެއްޗެއް ނުބުނިއްޔާ ރަނގަޅީ. އެއްޗެއް ބުނެފިއްޔާ ތިކަންތައްވެސް އެޅޭނީ ޔާމީނުސަރުކާރާ.
ގރވަޅި
06 May 2019
މިހެން ކިތައްމީހުން މިސަރުކާރުން މަރާލާފި
ާއަބުޝީ
06 May 2019
ޔާންޓޭގެ ސަރުކާރުރުގަ ހިންގާފަހުރި ޖަރީމާތައް
ޖޖޖޮ
06 May 2019
ހަހަހަހަ. ޔާމީނު ބަލިވީމަ ބަލިވި ސަބަބު ހަޖަމު ނުކުރެވޭ މީހުންނަށް ގޮވޭނީމިކަހަލަކޮސް
ބބބޮ
06 May 2019
މި ސަރުކާރުގެ ދޯދިޔާ ހިންގުމާ އިހުމާލުން މަރުވާ މީހުންގެ އަދަދުވެސް ހަޖަމް ނުކުރެވޭހާ މަތި!
ޖަންބު
06 May 2019
ވެދާނެ ބަލިވެ ހުރެ މަސައްކަތު ނުކުތް ޑްރައިވަރަކަށް
ޒުހާރު
06 May 2019
ތެދެއް. ވަރަށް ވުން ގާތްކަމެއް. މަސައްކަތަށް ނުނުކުންނަ ދުވަހަށް މުސާރައިން ކަނޑާތީވެ ވަރަށް ގިނަ މީހުން ބަލިވެ ތިބެ މަސައްކަތަށް ނުކުމޭ. އެކަމުގެ ސަބަބުން ހިތާމެވެރި ކަންކަން ދިމާވެ ގައިންގަޔަށް ބަލި އެރުމަށްވެސް މެދުވެރިވޭ
ަައަލްފާ ސިއެރާ
06 May 2019
ޑްރައިވަރު ހުރީ އުޅަނދު ދުއަްވާ ހާލުގަތޯބަލަނީ އާމުންތަ؟
އުދުހޭ
06 May 2019
ބަލިވެހުރެ ނިކުމެއްޖެއްޔާ އެކަމުގެ ޒިންމާވެސް ނަގަންޖެހޭނީ އެމީހަކު. މަސައްކަތްކުރާ ކުންފުނިން ނުޖެހޭނޭ ކޮންމެދުވަހަކު ހުރިހާ ސްޓާފުން ޑިއުޓީ ފެށުމުގެކުރިން މެޑިކަލް ޗެކަޕް ހަދުވާކަން.
ހުދާމު
06 May 2019
ތީ ތެދެއް. އަހަރުން އޮފީހު ކުއްޖަކު ފާނު ބަސަންދު ޖެހިގެންވެސް އައި
ނޫނު ޖަވިޔަނި
06 May 2019
ތިޔަ ބަސްތަކަކީ އާއްމުކޮށް ނުގަވައިދުން ދުއްވާ އެއްޗެއް.. ރަށު ތެރޭގައިވެސް އާއްމުކޮށް ދުއްވާނީ ސްޕީޑް ލިމިޓަށްވުރެ ބާރަށް.. ބްރިޖާއި ކީޒްވޭގައިވެސް ދުއްވާނީ ނުބައި ލޭނުން.. އަހަރެން ކާރެއް ގައި ހުޅުމާލޭގެ ގޯޅިއެއްގެ 40 ފޫޓު އެތެރޭގައި މަޑުކޮށްގެން އޮއްވައި އެ ގޯޅިއަށް ވަން ބަސް ދިޔައީ އަހަރެންގެ ކާރު ފުނޑާލާފައި.. ފަހަތުގައި އެ އެޅުވި އެޅުވީނުން މަގޭ ކާރު އޮތީ މަގަށް ހުރަސް ވެފައި.. ކުޑަމިނުން މަޑުކޮށްވެސް ނުލާ ދެވުނު ގެއްލުން ބަލާލަން..