ރައީސުލް އޮފީސް: އިކޮނޮމިކް މިނިސްޓްރީގެ ނައިބަށް އައްޔަނުކުރީ އެމްޕްލޮއިމެންޓް ޓަރައިބިއުނަލްގެ ކުރީގެ ރައީސް -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
19 މެއި 2019 - 15:16
އިކޮނޮމިކް މިނިސްޓްރީ އަށް އާ ނައިބަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސައިފި އެވެ.
މި މަގާމަށް އައްޔަންކުރީ މއ. އެރިޒޯނާގެ މަރިޔަމް ނާޒިމާ އެވެ.
އިންޑިއާގެ ނިއު ދިއްލީން ހިއުމަން ރިސޯސް ޕްލޭނިން އެންޑް ޑިވެލޮޕްމެންޓުން މާސްޓާސް ހާސިލްކުރައްވާފައިވާ ނާޒިމާ ވަނީ އެމްޕްލޮއިމެންޓް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން ހިއުމަން ރިސޯސް މިނިސްޓްރީގެ ޔޫތު އެންޑް ސްޕޯޓްސް އެސިސްޓެންޓް ޑައިރެކްޓަރު ޖެނަރަލްގެ މަގާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެމްޕްލޯއިމެންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމު ވެސް ނާޒިމާ އަދާކުރައްވާފައި ވެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޭބަރ
19 May 2019
ރާއްޖޭގައި ފުރަތަމަ ލިޔެވުނު ލޭބަރލޯ ލިޔުމުގައި އިސްކޮށްއުޅުއްވި އެއްބޭފުޅެއް. އޭގެ އިތުރަށް ލޭބަރގެ ދާއިރާގައި މިހާރު ޢަމަލުކުރެވޭ ޤަވާޢިދުތަކާއި އުޞޫލުތައް އެކަށައެޅުމުގައިވެސް އިސްކޮށް އުޅުއްވި ކަނބަލެއް. ފުރަތަމަ ލޭބަރ ޓްރައިބިއުނަލް އުފައްދައި ޤަވާޢިދުތަކާއި އުޞޫލުތައް ޤާއިމްކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ޤާބިލް ބޭފުޅެއް. އުއްމީދުކުރަނީ ލޭބަރގެ ދާއިރާއަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވައި ބިދޭސީން މަދުކުރުމުގައި ނަތީޖާ ނެރެދެއްވާނެކަމަށް
ޖުހހ
19 May 2019
ކޮންމެ މަަހަކު ކޮންމެވެސް މިނިސްޓްރީއަކަށް ނައިބެއް އައްޔަންކުރުން އެއީ ވެފަ އޮތް ވައުދެއްހެން ހީވޭ..
މުޖޫ
19 May 2019
ސީވީއަށް ބަލާލުމުން ގާބިލު ކަންއެގޭ
ޢަލީނޫރައްދީން
19 May 2019
މި ސަރުކާރުވެސް މަތި ބަރުވަނީ. މަގާމުގެ ނަންބަދަލު ވަނީ.މީހުންވަނީ އިތުުރު
ހަކީމު
19 May 2019
ސަރުކާރުގެ ބަޖެޓުގެ 84% ރިކަރަންޓް ޙަރަދު / ޔައުނީ ކައިބޮއެ ހެދުމަށް. މިީހުންގެ ލަދު ކޮބާބައޭ ހިތަށް އަރާ ....
މަރޭމިތުރު
19 May 2019
މއ. އެރިޒޯނާގޭ ކުދިން ގޯހެއްނުވާނެ!
ހަސަން ނުވަވަނަ
19 May 2019
ގައިގަ ރީނދޫ ވަށައިގެންތަ ހުރީ
މަރޭމިތުރު
19 May 2019
އެރިޒޯނާއަކީ މައްޗަންގޯޅީ ސަހަރާކައިރީގައި ހުންނަ ގެއެއް، އެގޭކުދިން ގޯހެއްނުވާނެ!
ޢުނގުވިޔަފާރި
19 May 2019
އެގޭ ކުދިން އޯކޭ، ގޯސްވާހިސާބަކީ 4 ނައިބުންވެ މަތިބަރުވާތީ!