ލަންކާ ސިފައިން އޮޓޯއެއް ހުއްޓުވައި ޗެކް ކުރަނީ. ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ވިސާ ނެތި ދަނީ ދިރިއުޅެމުން. --ފޮޓޯ:އޭއެފްޕީ
21 މެއި 2019 - 11:30
ވިސާ ނެތި ސްރީ ލަންކާގައި އުޅޭ ދިވެހިންގެ މައްސަލާގައި ލަންކާ ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ލަންކާގެ ހާރިޖީ ވަޒީރު ތިލަކް މަރަޕަނާއާ ފޯނުން ގުޅުއްވައި އެ ގައުމުގައި ތިބި ދިވެހިންނަށް ދިމާވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގޮތުން، ލަންކާގައި ވިސާ ނެތި ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި ދިރިއުޅެމުން އަންނަކަން ފާހަގަކުރެވިފައިވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން، 250 އަށް ވުރެ ގިނަ މީހުން މަރުވި ޓެރަރިސްޓް ހަމަލާތަކަށް ފަހު ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަށް ދިވެއްސަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މައްސަލަ އަކީ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ދިރިއުޅުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި ދިރިއުޅެމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ދާދި ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވި އެވެ. ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހިންގެ ސާފު އަދަދެއް އެނގިވަޑައިގަންނަވާނީ އެ ގައުމުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތައް ނިމުމުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އޭރު ޝާހިދު ވިދާޅުވި ގޮތުގައި ލަންކާ ސަރުކާރާ މަޝްވަރާ ކުރަމުން އަންނަނީ ސައްހަ ބޭނުމެއްގައި ލަންކާގައި ދިރިއުޅޭ މީހެއްގެ ވިސާގެ މުއްދަތު ހަމަވެފައިވާ ނަމަ ރާއްޖެ ނައިސް ވިސާ އާ ކުރުމަށް ފަހު، ލަންކާގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވިސާ އާ ނުކުރަނީ ފަރުވާކުޑަކަމުންނެވެ. އެގޮތުން ވިސާ އާ ނުކުރާތާ 1-2 އަހަރު ވެފައިވާ މީހުން ވެސް ލަންކާގައި އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޓަމަސް
26 June 2019
ރަމް އަށްބުނެލަން ބޭނުން ފައިސާޚަރަދުކޮއްގެން އުޅެންޏާ އެއީ ވިސާނެތި އުޅުމުގެ ލައިސެންސްތޯ؟!
ޔަހުޔާ
22 May 2019
މީ ފީކަޅާ ނޫސްވެރިންނަކީ. މީގެ ޞުރުޚީއަކަށް "ގިނަ ދިވެހިންތަކެއް ވިސާނެތި ލަންކާގައި އުޅޭ" މިހެން އޮތްނަމަ ރަނގަޅުވީސް.
ޝިޒް
21 May 2019
ދެން ވިސާ ލިބުން އުދަގޫވުންތަ މައްސަލައަކީ ނުވަތަ ވިސާނެތި ގަވާދާއިހިލާފަށް އުޅުންތަ މައްސަލައަކީ... ވަރަށްބާރުލާފަ ބުނާނެ ވިސާނެތް ބަންގާޅީން ބޭރުކުރާށޭ...
ދޮންދީދީ
21 May 2019
ސިލޯނަކީ އަހަރުމެންގެ ކާބަފައިންގެ ތަނެއް ވީމާ ދިވެހިންނަށް ސިލޯނުގައި ވިސާއާއި ނުލައި އުޅެވެންޖެހޭނެ. ދިވެހިރާޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ސިލޯނުން އައި ބަޔެއް.
ފޮނިޓައްޕު ހަސަނު
21 May 2019
ދިވެހިންނެކޭ ބަންގާޅީންނެކޭ ކޮބާ ތަފާތަކީ. ބަންގާޅީން ވެސް ރާއްޖޭގައި އުޅެމުން ދަނީ ވިސާނެތި. ދިވެހިންވެސް ސިލޯނުގައި އުޅެނީ ވިސާނެތި.
ރަމް
24 May 2019
ހަސަނާ ބަލަ ދިވެހިން ލަންކާގަ ތިބެނީ ބޮޑު ހަރަދު ކޮށްފަ ނަމަވެސް ލަންކާ މީހުން ބަންގާޅު މީހުން ރާޖޭގަ ތިބެނީ އިންކަމް ހޯދަން އެއީ ތަފާތަކީ
ރާޖަޕަކްސެނަނަޔަކަ
21 May 2019
ލަންކާ ދޫކޮށްލާބަލަ އެއީ ދިވެހިންނަށް ފަސޭހަކޮށް އޮތް ތަނެއް ނޫން ، މެލޭޝިއާވެސް މާ ފަސޭހަ ވާނެ
މަރޭމިތުރު
21 May 2019
ލަންކާގައި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ދިވެހިންވެސް ތިބޭނެ. އެމީހުން ގެންނަން ޓްރެވެލް ޑޮކިއުމެންޓްވެސް ބޭނުންވާނެ.
ނެޑް
21 May 2019
އެއީ ކުއްވެރިން. ލަންކާއިން ބޭރުކޮއްލާ.
ކަނބުލޯ
21 May 2019
ދިވެހިން ވިސާނެތި ބޭރުގައުމުތަކުގަ އުޅޚެންޖެހޭހޭ ބަލަ ދިވެހިރާއްޖޭގައި ރައްޔިތުން ހޮވާފަ ތިބި މީހުން ގައުމު ދެކެ ލޯބި ނުވިޔަސް އެހެން ގައުމު ތަކުގެ މީހުން އެމީހުންގެ ގައުމު ދެކެ ލޯބިވޭ ރާއްޖޭގަ ބަންގާޅުން ވިސާނެތި އުޅެވޭނެ
ލޮލްލޮލްލޮްލް
21 May 2019
ކޮން ހައްލެއް. ލަންކާގެ ގާނުގައި ވިސާ ނެތް މީހުންނަށް ލިޔެވިފައިވާ އަދަބު ތިދިވެހިންނަށް ދޭންވީ. އަދި ސިސްޓަމް އަށް އޮޅުވާލާއި ކިޔަވާކަމަށް ހެދި އެކި ކޯސް ތަކުގައި އެންރޯޯލްވެ ކްލާހާށް ނުދާ މީހުންވެސް ގާނޫނުތަކަށް މަކަރު ހަދާތީ ދީފައިވާ ވިސާ އަތުލަން ފެނޭ. އެޓަންޑަންސް އަށް ބަލަން ޖެހޭ. ދިވެހިން ހަމަ ލަންކާގައި ހުންނަންވެގެން ކުކިން ގޯސް، މޭކަޕް ކޯސް ދެން އޮތް ކޯހެއްގަވެސް ބައިވެރިވަނީ.