ފުލުހުން ތަމްރީނުތަކެއްގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ޕޮލިސް
22 މެއި 2019 - 01:58
އިތުބާރު ނުހިފޭ ފަރާތްތަކުން ލިބޭ އަދި ކަށަވަރު ނުވާ މައުލޫމާތު ސޯޝަލް މީޑިއާގައި ނުފަތުރަން ފުލުހުން މިރޭ އިލްތިމާސް ކޮށްފި އެވެ.
ފުލުހުންގެ އިލްތިމާސް އެގޮތަށް އައީ ސަލާމަތީ ބާރުތަކުން މާލޭގައި މިރޭ ތަމްރީނުތަކެއް ފެށީ ރާއްޖެ އަށް ޓެރަރިޒަމްގެ ހަމަލައެއްގެ ބިރުވެރިކަން އައުމާ ގުޅިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަތަކައް ފަތުރާތީ އެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނުތައް ފެށީ ވަކި ޚާއްސަ ކަމަކާ ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ނޫން ކަމަށެވެ.
ފުލުހުންގެ އިތުރުން އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށް ގެންދާ ތަމްރީނުތައް ފެށީ ވަކި ކަމަކާ ގުޅިގެން ނޫން ކަމަށެވެ.
ފުލުހުން ބުނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސިލްސިލާ ތަމްރީނުތަކެއް ފަށާފައިވާ ކަމަށެވެ. އަދި މިރޭ 10:00 ން ފެށިގެން ކުރިއަށް ގެންދަނީ އެ ތަމްރީނުތަކުގެ ދެވަނަ ބައި ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
Meesmedia gai Raajjeah nurahkaatheri hamalaaeh dheyn ulheykamah fethuremun dhaa vaahakathakaai gulheygothun MPS ge noosbayaan @MNDF_Official pic.twitter.com/ZAPZcXuTmj
— Maldives Police (@PoliceMv) May 21, 2019
ފުލުހުންގެ ނޫސްބަޔާން
"މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫން ކަން ދަންނަވަމެވެ. އަދި މިއީ މޯލްޑިވްސް ޕޮލިސް ސާޥިސްގެ 2019-2024 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައި 'އޮޕަރޭޝަނަލް ރެޑީނެސް' ގެ ދަށުން ކުރަން އިސްކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭ ނަމަ ފުލުހުންގެ ހޮޓްލައިން 119 ނުވަތަ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ރިޕޯޓު ކުރުމަށް އެދިފަ އެވެ.
ފުލުހުން ބުނިގޮތުގައި، މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކުގެ މަގުސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި 'މަލްޓި އޭޖެންސީ ކޯޑިނޭޝަން' ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމެވެ.
އެމްއެންޑީއެފުން ބުނީ، ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވުމުގެ އިތުރުން ސިފައިންނާއި ފުލުހުން ގުޅިގެން އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ވެސް ބަލައި، ފާސްކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަމް
22 May 2019
ދެން އެކަމު ރޯދަމަހު ތިޔަހެން މާ ސީރިއަސް ތަމްރީން ހިންގީމަ ޝައްކުވާނެދޯ!
މަރޭމިތުރު
22 May 2019
]ވަރަށް ވާހަކަ ކިޔަން އެބަހުރި ފުހުންނާއި ދިމާވީމާ! ވަރަށް އަވަހަށް ދިމާކޮށްލަންޖެހޭ އެހެންވީމާ!]،،،،،،،،،،،،،،،، ފުލުހުންނާއި ހިއްސާކުރަންޖެހޭ ވާހަކަތަކެއް އެބަހުރި.
ބައްޓޭ
22 May 2019
ދެން ކަލޭ މިތާ ބޭކާރު ކޮމެންޓު ނުކޮށް ޕޮލިހަށް ދޭބަލަ
ޝައިނާ
22 May 2019
ތިއީ ރާއްޖެ ޕޮލިސްތަ .. ރާއްޖެ ޕޮލިސް ބެޖެއް ނޫން ތިއިނީ ވެހިކަލްގަ..
އައިނޫ
22 May 2019
އެއީ ރާއްޖެ ޕޮލިސް. އެއީ ޗައިނާ ސަރުކާރު ހިލޭ އެހީގެ ދަށުން ރާއްޖެ ލިބުނު ވެހިކަލެއް. އެ ޕްރޮޖެކްޓް ގެ ލޯގޯ އެއީ. އެ ލޯގޯ ކާރި ޕޮލިސް ލޯގޯ ޖެހިނަމަ ފުރިހަމަ ވީސް.
ހަސަން ޝިމާދު
22 May 2019
ކަލޯގެޔާ.އިންޑިޔާ ސިފައިންނާއި އެވެރިންގެ އެބުނާ ކައުންޓަރ ޓެރަރިޒަމްގެ ސްޕެޝަލިސްޓުން މި ޤައުމަށް ގެނެސް، އިންޑިޔާ ކަނޑުގެ ސަލާމަތޭ ބުނެ އެވެރިންގެ 5000 ހަމަކޮށްލަން މިއޮތީ ރަނުގެ ފުރުސަތެއްލިބިފައެވެ.މޯޑީ މިހާރު ހޮހަޅައިން ނިކުމެއްޖެތޯ ކޮންމެވެސް މީހަކު ނިކަން ބަލާބަލަ.
އެހެ
22 May 2019
މޯދީ އެބައިން މިނޫޙުގެ އެހެން ޚަބަރެއްގެ ފޮޓޯއަކަށް އަރައި.
އަހުމަދު އިބްރާހިމް
22 May 2019
ފުލުހުން ކާރީ ބުނެދީބަލަ؛ ރައްޔިތުންނަށް އޮޅުވާލައި، ދޮގާއި، މަކަރާއި ، ހީލަތް ހަދައިގެން މީޑީއާގައި ވާހަކަ ނުފަތުރަން.މަށަށްވެސް އެގެޔޭ، ޓުއަރިޒަމަށް ގެއްލުންވާނެކަން.މަ ދެކެފީމޭ ހަތަރު ފަސް މީހުން ފިސްތޯލަ ހިމަށް މަހާލައިގެން އިހުގެ ހެންވޭރު ގަނޑުވަރު ކައިރިން މުގޯލިއަޅާތަން.އަޅެ.ދެންބުނެބަލަ.މިއީ ވެސް އިތުބާރު ނުހިފޭ ފަރާތްތަކުން ލިބޭ އަދި ކަށަވަރު ނުވާ މައުލޫމާތެކޭ.
އަޙްމަދު
22 May 2019
އެންމެ ފުރަތަމަވެސް ބަންދު ކުރަންވީ ރާއްޖެ ޓީވީ! އެއީ ކަށަވަރު މަޢުލޫމާތު ފަތުރާތީ! ނަޝީދު ސީރިޔާ އޭ ދިވެހިންނޭ ކިޔަނީ ކަށަވަރުވެގެންތަ! ކީއްވެތަ ނުބެލެނީ! ފާއިތުވި ފަސްއަހަރު އަދި މިހާރުވެސް ދައުލަތުގެ އެކި މުއައްސަސާތަކުން ފަތުރަނީ ކިހާ ކަށަވަރު މަޢުލޫމާތު ތޯ!
ެއެންތްރެކްސް
22 May 2019
ކިހާ ވަރަކަށް ކަށަވަރު ކުރަންވީ...ސޯޝަލް މީޑިޔާ ގަ ތިހެން ޖަހާފަ ، ފަހަތުން އާއިލާ މީހުންނަށް ގުޅާ، ވައިބަރ ކޮށް ތިބުނަނީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާށޭ...މިސްކިތް ތަކަށް ނުދާށޭ...އެއީ ތެދު ޚަބަރެކޭ...އެނގިހުރެ ދައްކާ ވާހަކަ މީ...
މަރޭމިތުރު
22 May 2019
ކަށަވަރުވާހަކަޔާއި ކަންކަންކޮބާ؟ ސްޕްރީމް ކޯޓުގެ ނިއްމުންވެސް އެއުޅެނީ ކަށަވަރު ނުވެގެން. ފުލުހުންގެ ތަހުގީގުތައްވެސް އެއުޅެނީ ކަށަވަރު ނުވެގެން. ރާއްޖޭގެ މުއައްސަސާތައް ކަށަވަރުނުވެގެން. ކިރިއާވެސް ކަށަވަރު މިވަނީ ކަމެއް އެއްޗެއް ސޯޝަލްމީޑިއާ ނޫނީ އޮންލައިންތަކުން.
ހަސަން ނުވަވަނަ
22 May 2019
މިރާއްޖޭގަ ދޮގު ޙަބަރު ފަތުރައަިގެން ފިޔަވަޅު އަޅަންޏާ ރ ޓީވީ ބަންދުކޮށްބަލަ ފުރަތަމަ.
އިބްރާ
22 May 2019
ވެރިކަމަށް އައީވެސް ދޮގާއި، މަކަރާއި ، ހީލަތް އިންތިހާއަށް ހަދައިގެން.
ޤައުމީ މަސްލަޙަތު
22 May 2019
ކަށަވަރު ވާހަކަ ރަސްމީކޮށް ނުދޭނަމަ ކަށަވަރުނޫން ވާހަކަތައް ފެތުރޭނެ. ވެގެން އުޅޭ ގޮތެއް ނުބުނެދެންޏާ ހުރިހާ ވާހަކައެއްވެސް ފެތުރޭނެ. އިންޒާރެއް އައީބާ؟ ތިބުނީ އިންޒާރެއް ނެތޭ. ދެން ލަންކާއިން އެދުނީބާ؟ އިންޑިއާ މީޑިއާއަށް ދެއްކެނީބާ؟ އިންޑިއާގެ އިންޓެލިޖަންސުން ކުރާކަމެއްބަ؟ މިރާއްޖޭގަ އެއްވެސް ކަމަކާނުލާ ކަންތައްތައްގަނޑެއް ފެއްޓުމަކީ ނާދިރުކަމެއް. ޚާއްސަކޮށް ރޯދަމަހު ދުވާލު. ދިވެހިން ތިބީ ހޭލާ.