ޚިޔާލު

އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!

ުމި ރޯދަ މަހުގެ ފުރަތަމަ ދުވަހު ހެނދުނު ހުޅުމާލޭގައި އެކްސިޑެންޓުވި އެމްޓީސީސީގެ ބަސް ޔުކްރެއިނުގެ އަންހެންމީހާގެ ގައި މަތިން ދުއްވާފައި ގޮސް މަގުގެ އެއް ފަޅީގައި އޮންނަ ވަލަށް ވަދެފައި.---ފޮޓޯ: ޕޮލިސް

އަހުމަދު އަބްދުﷲ

22 މެއި 2019 - 09:34

27 comments

މާލޭ ގައި ބަސް ދަތުރުތައް ހަމަޖައްސައިދޭ ކުންފުނިން، މާލޭގެ މަގުތައް ބޭނުން ކުރާ މީހުންގެ ރައްކަލަކަށްޓަކައި، ފިޔަވަޅުތަކެއް އަޅައިފި ކަން ޢާއްމުކޮށްފި އެވެ. މާލޭގެ މަގުތަކުގައި ބަސް ދުއްވުމުގެ ނިޒާމް ހަރުދަނާ ކުރުމަށެވެ. މި ފިޔަވަޅު މި އެޅީ މަގުމަތީގައި ހިނގާބިނގާ މީހުން އުޅޭ ސަރަހައްދުން ކަސްރަތަށް ނުކުމެ އުޅުނު މީހަކު ބަސް ދަށުވެ މަރުވުމަށް ފަހުގަ އެވެ. މަރުވި މީހާގެ ހަށިގަނޑުގެ ގުނަވަންތައް ވެސް އޮތީ ވަކިވެ ޗިސްވެފަ އެވެ. މި ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން އަނެއްކާވެސް ބަސް އެކްސިޑެންޓެއް ވި އެވެ. އެ ފަހަރު މީހަކު މަރެއް ނުވެ އެވެ. މީހަކު ގެންގުޅޭ ކާރެއް ހަލާކުވީ އެވެ.

ފުރަތަމަ އެކްސިޑެންޓުގައި މީހަކު މަރާލި މީހާގެ ތަހުގީގަށް ބަންދުގައި ބަހައްޓަން ހުއްދަ އަށް އެދުމުން ހުއްދަ ދީފައި ވަނީ ތިން ދުވަހު ބަންދުގައި ބަހައްޓަން ކަމަށް ވެއެވެ. ތިން ދުވަހުގެ މުއްދަތެއް ދިން ސަބަބެއް ކަމަށް ބުނެފައި ވަނީ ބަސް ޑުރައިވަރު އަތުން މީހާ މަރުވީ އެކްސިޑެންޓެއްގައި ކަމަށް ވާތީ ވެ އެވެ. މަރާލީ ގަސްދުގައި ނޫން ކަމަށް ވާތީ ވެ އެވެ. އަނެއްކާ މުލަ ރޯދަ ދުވަހުގަ އެވެ. ރޭގަނޑު ގިނަ ވަގުތު ހޭލާ ހުރެފައި ނިދާފައި ހާރުކާން ހޭލާފައި، އަނެއްކާ ފަތިސް ނަމާދަށް ހޭލާފައި، ހެނދުނު ހެނދުނާ ބަސް ދުއްވަން ދާ އިރު މީހާގެ ނިދި ހުންނާނީ މުޅިން ގެއްލިފަ އެވެ. މި ދުވަސްކޮޅު އެހާ ހޫނެވެ. ބަހުގެ އެތެރެ ހުންނާނީ ފިނިކޮށްފަ އެވެ. ހެނދުނު ބަހަށް އަރާ ދުއްވާލުމާ އެކު އެ ފިނިިކަމުގެ ތެރޭގައިި، ވެފައި ހުރި ވަރުބައްޔާއި، ގެއްލިފައިވާ ނިދީގެ ސަބަބުން ނިދިޖެހިލުމަކީ ވެދާނެ ކަމެކެވެ. ގަސްދުގައެއް ނޫނެވެ. މިކަހަލަ ކަމެއްގައި ބަހުގައި ތިބި އެންމެން މަރުވިޔަސް، އެމީހުންގެ އާއިލާތަކުން ކިތަންމެ ހިތާމައެއް ކުރިޔަސް ޑުރައިވަރު ކީއްތޯއޭ ކުރާނީ! އޭނާ ގަސްދުގައި ކުރި ކަމެއް ނޫނެވެ. އަނެއްކާވެސް، އެހެން ދަތުރަކަށް، އެހެން ބަޔަކު ގޮވައިގެން ދާން އޭނާ ތައްޔާރުވާންވީ އެވެ.

ބަސް ޑުރައިވަރު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ ކުޑަކުދިން ތިބުމާ އެކު އަންބަކު ވެސް ހުރުމުންނެވެ.

އެކްސިޑެންޓު ވި ދެ ބަހުގައި ތިބި ޑުރައިވަރުންނަކީ ވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި، އެއިރު ވެރިކަމުގައި އޮތް ޕާޓީގެ ކެންޑިޑޭޓަށް، ނުސީދާކޮށް ތާއީދު ހޯދުމަށް ބޭއްވި "އެއްލަކިން" އެއްޗެތި ދުއްވުމުގެ "ސިޔާސީ ލައިސަންސް" ހޯދާފައި ތިބި މީހުންނެއް ނޫނެވެ. އެ މީހުން ލައިސަންސް ހޯދާފައި ވަނީ އުނދަގުލުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ އެތައް ލަތްކަކުންނެވެ.

ފާއިތުވި ދުވަސްތަކުގައި ދިމާވި ހިތާމަވެރި ޙާދިސާތަކާ ގުޅިގެން ބަސް ދުއްވާ ކުންފުނިން އެޅިކަމަށް ބުނާ ނުވަތަ އަޅާނެ ކަމަށް ބުނާ ކަމަށް ނޫސްތަކުގައި ލިޔެފައި ހުރި ބައެއް ކަންތައްތައް ދަންނަވާލާނަމެވެ.

ބަސް ދުއްވުމުގެ ނިޒާމު ވަރުގަދަ ކުރުމަށް ވަކި ލޭނަކުން ދަތުރު ކުރުމެވެ. ދުއްވާ އެއްޗެތި ތަފާތު ލޭނުން ދަތުރު ކުރުމަކީ އެއްޗެތި ދުއްވާ މީހުންނަށް ފަސޭހަ ކަމެކެވެ. އެހެންނަމަވެސް އެއްޗެތި ދުއްވާ މީހާ އަށް ނިދި ޖެހިއްޖެ ނަމަ، ނުވަތަ ދުއްވަނިކޮށް ތާއްޔާ ޖެހިއްޖެ ނަމަ، އޭނާ ހޭލެވިގެން ސިއްސައިގެން ދާ ވަގުތު ބޮޑަށް ޕެޓްރޯ ދޫކުރެވިގެން ދުއްވާ އެއްޗެތި ކަންޓުރޯލުން ނެއްޓިގެން، ޖެހިގެން އޮތް ލޭނު ހުރަސްކޮށްފައި، އެއިރެއްގައި ދުވާރު މަތީގައި ހުރި މީހެއްގެ ގައިމަތިން ލާފައި ގޮސް ކައިރީގައި އެއްޗެއް ޕާކު ކޮށްފައި އޮތް ނަމަ އެ އެއްޗެއް ހަލާކު ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. މި ފިޔަވަޅުން އެންމެ ފަހުން ދިމާވި ހިތާމަވެރި ހާދިސާ ފަދަ ޙހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ބާރެއް ލިބޭ ކަމަކަށް ނުފެނެ އެވެ.

ޑުރައިވަރުން މެޑިކަލް ޗެކަޕް ހެދުމުގެ ވާހަކަ އެވެ. މިއީ ޑުރައިވަރަށް ވަރަށް ރަނގަޅު ކަމެކެވެ. އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕެއް ހެދޭ ނަމަ އޭނާގެ ސިއްޙީ ޙާލަތު ހުރި ގޮތް ރަނގަޅަށް އެނގޭނެ އެވެ. ކިރިޔާ ވެސް ވާ ވަރުގެ ކަމަކަށް ވަނީ ނަމަ ކޮންމެ މީހަކު ވެސް އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕެއް ހެދުމަކީ ރައްކާތެރި ކަމެކެވެ. އާންމު ގޮތެއްގައި ހަދާ މެޑިކަލް ޗެކަޕްތަކުގައި ބަލައިލަނީ ޢާއްމު ބަލި ބައްޔަށެވެ. މިސާލަކަށް ދަންނަވާ ނަމަ ލޭގެ ނިޒާމާއި، ފުއްޕާމެ އާއި ހިތުގެ ޙާލަތާއި ކޮލަސްޓްރޯލް ހުންނަ މިންވަރު ފަދަ ކަންތަކެވެ. މީހާގެ ނަފްސާނީ ޙާލަތާއި، ސްޓްރެސްގެ މިންވަރާއި ނިދިޖެހުން ކަހަލަ ކަންތަކަށް މިކަހަލަ ޓެސްޓަކުން ކުރިއަށް ދާނެ ގޮތެއް ދައްކައެއް ނުދޭނެ އެވެ. މި ފިޔަވަޅަކީ ވެސް އެންމެ ފަހުން ދިމާވި ހިތާމަވެރި ޙާދިސާ ފަދަ ޙާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ބާރެއް ލިބޭނެ ކަމަކަށް ނުފެނެ އެވެ.

ކުރަވްޑު މެނޭޖްމަންޓު ނުވަތަ ބައިބޯ ތަންތަނުގައި ކަންތައް ކުރާނެ ގޮތް ދަސްކޮށް ދިނުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ. އަދި އަލިފާން ނިއްވާ ގޮތް ދަސްކޮށް ދިނުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެކެވެ. އަލިފާން ނިއްވާ ގޮތް ދަސްކޮށް ދިނުމަކީ ކަމާ ބެހޭ ފަރާތުން އިސްނަގައިގެން އާއްމު ފަރުދުންނަށް ވެސް ދަސްކޮށްދޭ ކަމެކެވެ. މި ހުންނަނީ ކުރިން ވެސް ދަސްކޮށްދޭން ޖެހޭ ކަންތައްތަކެވެ. މި ފިޔަވަޅުން ވެސް އެންމެ ފަހުން ދިމާވި ފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ބާރެއް ލިބޭ ކަމަކަށެއް ނުފެނެ އެވެ.

ޑުރައިވަރުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރޭތޯ ބަލަންވީއަކީ ނޫނެވެ. އެހެން ތަންތަނުގައި ވަޒީފާ އަދާކުރުން މަނާކުރަންވީ އެވެ. އެހެންނަމަވެސް އެމީހުންނަށް އެ ލިބޭ މުސާރަ އިން އުޅެވޭ ވަރުވާން ވާނެ އެވެ. މި ނިންމުމުން ވެސް އެންމެ ފަހުން ދިމާވި ފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް މާ ބޮޑު ބާރެއް ލިބޭނެ ކަމަކަށް ނުފެނެ އެވެ.

ބަސް ޑުރައިވަރުގެ ލައިސެންސް ވެރިފައި ކުރުމަކީ ބަސް ދުއްވުމުގެ ވަޒީފާ ދިނުމުގެ ކުރިން ކުރަންވާ ކަމެކެވެ. އޭނާ ވަޒީފާ އަދާކުރަމުން ދާ އިރުގައި ވެސް އޭނާގެ ޕޮލިސް ރެކޯޑް ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ. ބަސް ދުއްވުމުގައި މާ ބޮޑަށް ފަރުވާކުޑަވެ ގިނަގިނަ އިން ފުލުހުންގެ ސަމާލުކަމަށް ގެނެވޭ ފަދަ ޓުރެފިކް ގަވައިދާ ޚިލާފް އަމަލުތައް ހިންގާ ނަމަ އެފަދަ ޑުރައިވަރުން ވަޒީފާ އިން ވަކިކުރުމުގެ ފުރުސަތު އޭރުން އޮންނާނެ އެވެ.

ބަހުގައި ކެމެރާ ހަރުކުރުމުން ބަހުގެ އެތެރޭގައި ހިނގާ ހުރިހާ ކަމެއް ފެންނާނެ އެވެ. ބަހުގެ އެތެރޭގައި ކަންޓުރޯލު ކުރަން ޖެހޭ ކަންތައްތަކެއް ހިނގާ ކަމެއް ޢާއްމު ވެފައެއް ނުވެ އެވެ. ޑުރައިވަރުގެ އަމަލުތައް ހުންނަ ގޮތް ވަގުތުން ބެލުމަކީ ކުންފުންޏަށް މުހިއްމު ކަމަކަށް ވެދާނެ އެވެ. ޑުރައިވަރުގެ ނިދިޖެހުމުގެ އަމަލު ނުވަތަ ތާއްޔާ ޖެހުމުގެ އަމަލު ވަގުތުން ފެނުނަސް ކުންފުންޏަށް ކުއްލިއަކަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް އޮވެދާނެ ބާވަ އެވެ؟ ނިދިޖެހޭ އިރު ގިނަ ފަހަރު އޮންނާނީ އެކްސިޑެންޓެއް ވެފަ އެވެ. ފަހަރެއްގައި ތަންކޮޅެއް އަވަހަށް އެންބިއުލެންސް ފޮނުވުމަށް ފޯނު ކުރެވިދާނެ އެވެ. މި ފިޔަވަޅުން ވެސް، އެންމެ ފަހުން ދިމާވި ފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް މާ ބޮޑު ބާރެއް ލިބޭ ކަމަކަށް ނުފެނެ އެވެ.

އަށް ގަޑި އިރުގެ ޑިއުޓީ އޮންނަ ޑުރައިވަރުގެ ޑިއުޓީ ހަތަރު ގަޑި އިރު އަދާކުރަން ޖެހޭ ގޮތަށް އޮތުމުން އޭނާގެ މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެން ދާނެ އެވެ. ކޮންމެ ދުވަހަކު އޭނާ މަސައްކަތަށް ނުކުންނަ އިރު ޑެކްލަރޭޝަން ފޯމެއް ނުވަތަ ކޮންސެންޓު ފޯމެއްގައި ސޮއިކުރަން ޖެހޭ ގޮތަށް ވެސް މިހާރު ހަމަޖެހިފައި އޮތް ކަމަށް ވެއެވެ. ޑިކްލަރޭޝަން ފޯމުގައި އޮންނާނެ އެއްޗެއް އަޅުގަނޑަށް ލަފާކުރެވެ އެވެ. އޭނާގެ ހުރިހާ ހިއްސުތައް ބަރާބަރު ކަމަށެވެ. އެހެންނަމަވެސް ކޮންސެންޓު ފޯމުގައި އޮންނާނީ ކޮން އެއްޗެއް ބާވަ އެވެ؟ އޭނާގެ ފުރާނެ ގެއްލޭ ފަދަ ދެރަ ގޮތެއް ދިމާވެއްޖެ ނަމަ އޭނާގެ ގުނަވަންތައް ބޭނުންވާ މީހަކަށް ހަދިޔާ ކުރުމުގެ ހުއްދަ ބާވަ އެވެ؟ މި ފޯމް އޭނާ އަށް ދެނީ ދުއްވަން ބަހަށް އަރަން ދަނިކޮށް ބާވަ އެވެ؟ ހޮސްޕިޓަލުތަކުގައި މި ފަދަ ފޯމް ދެނީ އޮޕަރޭޝަން ތިއޭޓަރަށް ވައްދަން އަށިގަނޑަށް ލާފައި އޮއްވަ އެވެ. ބަލި މީހާ އަށް ވެސް އަދި ތިމާގެ މީހުންނަށް ވެސް އެ ފޯމުގައި އޮތް އެއްޗެއް ރަނގަޅަށް ކިޔޭ ވަރެއް ނުވެ އެވެ. ބިރުންނެވެ. ސޮއިކުރުން ލަސްވެއްޖެ ނަމަ ނަރުސް ހިތްހަމަނުޖެހިގެން ބަލަހައްޓައިގެން ހުރެ އެވެ.

މާލޭގެ މަގުމަތީގައި ބަސް ދުއްވާ ކުންފުނިން އަޅުގަނޑުމެން މަގުމަތީގައި ހިނގާ މީހުން ރައްކާތެރި ކުރުމުގެ ނިޔަތުގައި ތަޢާރަފްކުރި ގަވައިދަށް ހާސް ޝުކުރެވެ. އެކަމަކު އިޙްތިރާމާ އެކު ދަންނަވަން ޖެހެނީ އެ ގަވައިދުން އަދިވެސް އަޅުގަނޑުމެންނަށް ރައްކާތެރިކަމެއް ނުލިބެ އެވެ. ބަސް ޑުރައިވަރުންނަށް ތިން މަހުން އެއް މަހު ނަމަވެސް އެއް ދުވަހުގެ ތާޒާކުރުމުގެ ކުރު ކޯހެއް ބާއްވަންވީ އެވެ. އެ ކޯހުގައި މަގުމަތީގެ އެންމެ ފަހުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދެއްކި ދާނެ އެވެ. އަދި ޓުރެފިކްގައި ސަމާލުކަން ބަަހައްޓަން ވީ ކަންކަމަށް އަލި އަޅުވާ ލެވިދާނެ އެވެ. ޓްރާންސްޕޯޓް މިނިސްޓުރީން ހިލޭ ހެލްމެޓު ދޫކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކޯހުގެ ބައިވެރިން ބުނި ގޮތުގައި އެ ކޯސް ވަރަށް ބޭނުންތެރި އެވެ. ތާޒާކުރުމުގެ ކޯސްތަކުގެ ބޭނުންތެރިކަމުގެ ވާހަކަ މުދައްރިސުންގެ އަރިއަހުން އައްސަވާ ލައްވާށެވެ.

އަޅުގަނޑަށް ފެންނަނީ ހެނދުނު ބަސް ދުއްވާ ޑުރައިވަރުން ބަހަށް އެރުމުގެ ކުރިން ކޮފީއެއް ބޯން ކުންފުނިން މަޖުބޫރުކުރާށެވެ. ކުންފުނީގެ ޚަރަދުގަ އެވެ. މޮޅު ކޮފީ އެވެ. ކޮފީގެ މާހިރުން ބުނާ ގޮތުގައި ހަ ތަށި ކޮފީ އަށް ވުރެ މަދު ވެއްޖެ ނަމަ ސިއްޙީ މައްސަލައެއް ނުނިކުންނާނެ އެވެ. މި ދުވަސްކޮޅު ނުކުންނާނީ ރޯދަ މަހުގެ މައްސަލަ އެވެ. ރޯދަވެރި ބަސް ޑުރައިވަރަށް އިމްސާކުގެ ވަގުތު ޖެހުމުގެ ކުރިން ދެ ތަށި ކޮޕީ ބޯންދޭންވީ އެވެ. ރައްޔިތުންގެ ރައްކަލަކަށްޓަކަ އެވެ. ހަތަރު ފަސް ގަޑި އިރު ވަންދެން ނިދިނުޖެހި އިންނާނެ ކަމުގެ އުއްމީދުގަ އެވެ. މީހުންގެ ފުރާނަ ސަލާމަތް ކުރާށެވެ.

27 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 3%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމީލު

22 May 2019

ނޫސްވެރިޔާ އެއްލަކިން މިބަސްބޭނުން ކުރީ ޒާތީ ވެގެންކަން ޔަގީން. ހަސަދަ އޮތްލެއް ބޮޑުކަމުން

The name is already taken The name is available. Register?

ޢަލީނޫރައްދީން

22 May 2019

ދެން ބަސްޑުރައިވަރު ނަފްސާނީ ބަލިމީހަކަށް ވެގެން މައްސަލަނިމޭނީ

The name is already taken The name is available. Register?

މަގުމަތި

22 May 2019

ކޮފީ ބޮއެގެން ތިކަމެއް ހައްލެއް ނުކުރެވޭނީ. ބަސް ދުއްވާ މީހުންގެ ފެޓީގް މެނޭޖްމެންޓް ސިސްޓަމެއް ގާއިމްކުރަންވީ.

The name is already taken The name is available. Register?

ހުސޭނު

22 May 2019

ހިއެއްނުވޭ ކޮފީއަކުން މައިތިރިވެދާނެހެނެއް. ވެރިކަން ބަދަލު ވާންވީ މިސަރުކާރަކީވެސް ނިދިޖެހި ނިދިން ހޭނުލެވިފަ އޮތް ސަރުކާރެއް. ފާއިތުވެދިޔަ 5 އަހަރު މާގިނަ ބަސްތައް މަގުތަކަށް ނިކުމެ ދުއްވި. ރޯދަމަހު ރޯދައައް ތިބެވެސް ދުއްވި. އެހެންވީމާ މީ މިސަރުކާރުގެ މައްސަލައެއް.. ދެން އަތްޖަހާ

The name is already taken The name is available. Register?

ހުސެން

22 May 2019

މައްސަލަ ފެށެނީ ޑްރައިވަރުންނާ ހަމައަކުން ނޫން، މާލެ، ހުޅުމާލޭގައި ނުކަތާވަރަށް މީހުން އުޅެންޖެހުން، ކުލި ބޮޑުވުން ހަމަޖެހިގެން ނިދާލެވެން ނެތުން، ނިދީގެ މުހިންމުކަން މަޢުލޫމާތުނެތުން، މުސާރައިން ދެކޮޅު ނުޖެހޭތީ އިތުރު މަސައްކަތް ކުރަންޖެހުން، މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅެއްކަމަށް ފެންނަނީ ޑުރައިވަރުންގެ މުސާރަބޮޑުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމާ އެއްޗެހި ދުއްވާ ޑުރައިވަރެއްގެ ޒިންމާއާމެދު މިމީހުން ހޭލުންތެރި ކުރުވުން،

The name is already taken The name is available. Register?

ޟަމަރު

22 May 2019

ކަލޯ މިއީ ކޮފީ ބޮއެގެން ވާކަމެށް ނޫން.

The name is already taken The name is available. Register?

ޣަދުރޭ (ޕުއްޕު)

22 May 2019

ޢަހަރެން 10ތަށި ކޮފީ ބުޔަސް ނިިދި ހަމަނުވަންޔާ ނުވަތަ ނިދާގަޑީގައި ނިދާނަން.

The name is already taken The name is available. Register?

އަފީފް

22 May 2019

ދިވެހި ބަސް ޑުރައިވަރުންގެ ދެލޮލުގެ އެސްފިޔާގަ ޕޭޕާރ ކުލިޕު އަޅުވާފަ ޝިފްޓު ނިމެންދެން ލޯހުޅުވިފަ ހުންނަގޮތައް ހަދާށެވެ. އަދި ނިދިއްޖެއިޔާމުން އުނގުމައްޗައް 100 ޑިގުރީއައް ހޫނުކުރެވިފައިހުރި ފެން އޮޓަމެޓިކުން އޮއްސާލެވޭގޮތައް ބެކްއަޕް ސިސްޓަމެއް ހުންނަންޖެހޭނެ. ދެން އެހެން ނޫނީ އިންޑިއާއިން އެކުސްޕީރިއަންސްޑު ޑުރައިވަރުން ގެނެސް ދިވެހީންނައް ކުރުމައް ނުކުޅެދޭ މަސައްކަތުގެ ލިސްޓައް ކޮމިއުޓާރ ބަސް ދުއްވުން ހިމަނާލާށެވެ.

The name is already taken The name is available. Register?

ރަދީފު ބިންތު ކުމާރު ބިންތު މަރޭ

22 May 2019

ދެން އުފައްދާ ބަސްކޮމެޓީ...

The name is already taken The name is available. Register?

ދޮގު

22 May 2019

ސްމާޓް ވޮޗުން ނިދާ މިންވަރު މޮނީޓާރ ކުރެވޭނެ! ކުންފުނިތަކުން ޑަރައިވަރުންނަށް ސަމާޓް ވޮޗްދީ ނިދި މޮނިޓަރް ކޮށްލެވޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454