ޕީއެންސީގެ ނައިބު ރައީސް ސުޖާއު: އަންނަ ހަފުތާގައި ދަފްތަރު ހުޅުވާލާނެ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު
23 މެއި 2019 - 09:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން ވަކިކުރާ މީހުންނަށް މުސާރައާ އެކު އެ ވަޒީފާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިޔާދަކޮށްދިނުމަށް ޕީއެންސީން ދަފްތަރެއް އެކުލަވާލަން ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ ޕާޓީން ދަފްތަރެއް އެކުލަވައިލަން ނިންމީ، ވަޒީފާގެ ބިރުވެރިކަމާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ދަފްތަރުގައި ނޯޓު ކުރުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ތިޔާގިކަން ގެނުވި ފަސް އަހަރު ކަން ރައްޔިތުން ގަބޫލުކުރާނެ އެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ، މިދިޔަ ހަ މަސް ތެރޭގައި ގިނަ އަދަދެއްގެ މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި އެއީ ޕީޕީއެމާއި ޕީއެންސީ އަށް މިހާރު ލިބޭ އެންމެ ބޮޑު ޝަކުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އުފެއްދި ވަޒީފާތަކުންނާއި އެ ނޫން ވެސް ސަރުކާރުގެ މަގާމްތަކުން ވަކިކޮށް، ޒުވާނުން ބިކަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރުން، މީހުން ވަޒީފާ އިން ވަކިކުރަނީ އުފެދިފައި ހުންނަ މަގާމްތައް އުވާލައިގެން،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ އިން ވަކިކުރާ މީހުންގެ ދަފްތަރު ބެލެހެއްޓުމަށް ޚާއްސަ އެޕްލިކޭޝަން ފޯމެއް އަންނަ ހަފުތާގައި ތައާރަފްކުރާނެ އެވެ. އެ ފޯމު ލިބޭނީ ޕީއެންސީގެ އޮފީހުން އެކަނި ކަމަށާއި އޭގައިވާ މައުލޫމާތު ފުރިހަމަ ކުރުމުން ދަފްތަރުގައި ރަޖިސްޓަރީވާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"ﷲގެ ހެޔޮ ރަހުމަތާ އެކު 2023 ގައި އަޅުގަނޑުމެން އަނބުރާ ވެރިކަމަށް އަންނާނަން. ވެރިކަމަށް އައުމަށް ފަހު، މި ސަރުކާރުން އިހާނެތިކޮށް އަދި އަޅުގަނޑުމެން އުފެއްދި ވަޒީފާތަކުން ވަކިކުރާ ކޮންމެ ރައްޔިތަކަށް މުސާރައާ އެކު އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީފާ އިޔާދަކޮށް ދޭނަން،" ޝުޖާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު25
24 May 2019
ވަކަން ކުރެވޭނެ މޮޅެތި ފުލޭން ހުދުން ނޫކަމެއް ތިބައިގަނޑައް ނުކުރެވޭނެ ، 2023 ވެސް ވެރިކަމައް ރައްޔިތުންނުގެންނާނެ ތިހާ އަނިޔާވެރި ބަޔެއް. ވ ސަލާމް
ރައްޔިތުމީހާ
23 May 2019
އަނެއްކާ އަނެއް ކަރަޕްޝަން. ތި ދަފްތަރުވެސް އާންމުކުރާކަށް ނުކެރޭނެ.
ނޫސްކިޔާމީހާ
23 May 2019
ތީގެން ކޮންމެ ބައެއްވެސް ގަންނަނީ ހަމަ އެއްގަނޑެއް. ތިމާ އެދޭމީހަކަށްނޫނީ ތޮޔަގޮތަކަށް ވަޒީފާއެއް ނުދޭނެ. މައުމޫނު ނޫން ކޮންމެ ވެރިޔަކުވެސް ވަޒީފާތަކަށް ހެދީ ތިހެން. މައުމޫނުގެ ވެރިކަމުގައި މީހުންނަށްވުރެ ޥަޒީފާ ގިނަވީމާ ތިޔަ ސަކަރޢތެއް ނުޖެހި. ޢަންނިވެސް ވަޙިދުވެސް ޠާމީނުވެސް ޢިބޫވެސް ތިމާ އެދޭމީހަކަށް މޮޅުކޮށްދެނީ. މަސައްކަތެއް ނުކުރާ ދުވަހަށް މުސާރަ ދީގެންނުވާނެ. ޙަމައެކަކަށްވެސް.
ކަންއޮތްގޮތް
23 May 2019
ރައީސް ޔާމީންގެ ސަރުކާރުން އެމްޑީޕީ ސަރުކާރުން ވަޒީފާދީފައިތިބިމީހުން ވަކިކުރިއިރު ހަމައެއް ލަމައެއްނެތެވެ. މީހުން އެނދުކަނޑާފައި ވަޒީފާއިން ވަކިކުރިއެވެ. މީހަކ ދަފުތަރެއް ހަދާކަށް ނޫޅެއެވެ. ދަފުތަރުހެދުމަކީ އަނެއްކާ ޢާއިލީކަމެއްނޫންބާވައޭ އެބަހިތަށްއަރައެވެ. ބޭބޭޅު ދަފުތަރެއްހަދާފައި މީހުން މާލެއެރުވިއެވެ. ކޮއްކޯޅު ދަފުތަރެއްގެ ހުވަފެންދައްކާފައި ކުރަންމިއުޅޭކަމަކީ، ޕާޓީއަށް މީހުން ޖެއްސުންތާއެވެ! ތިމީހުނަށް އޮޅުވައިލުމެއްނެތި ކަމެއް ނުކުރެވޭނެ
ކަޅުކަޅު ދޮނޭ
23 May 2019
ތިމީހުން ފެނުނީމަވެސް އަންނަނީ އަމަށަކު ހިންޏެއްނޫން..
ފޮނިޓައްޕު ހަސަނު
23 May 2019
މިމީހުން ފެނުނަސް ހިނި އާދޭ.
ދިހި
23 May 2019
ޕީއެންސީ އަށް 2023ގަ ވެރިކަން ލިބެންދެން އެމީހުން ވަޒީފާއެއްނެތި ހުސްއަތާ ކަލޭމެނަށް ވެރިކަން ހޯދަދޭން ގުލާނުކުރަން ތިބޭކަށް ނުޖެހޭ.. އެމީހުންގެ ހައްގުގަ އަވަހަށް ކޯޓުތަކަށްދޭ.. ޔާމީނުގެ ވެރިކަމުގަ ގާނޫނާހިލާފަށް ވަކިކުރި އެތައްބަޔަކަށް އިނާޔަތްތަކާ އެކު އަބުރާ ވަޒީފާދިނުމަށް ކޯޓުތަކުން ފުލުފުލުން އަމުރުކުރަމުން އެދަނީ.. ދުވަހަކުވެސް ދިވެހިރައްރިތުން ތިލީޑަރުންނަށް ވެރިކަމެއް ނުދޭނެ...
ރިޔާޒު ރަޝިދު
23 May 2019
ބަޔަކު ކޮސް ގޮވިއަސް ތީ ބޮޑު ވަރު. ޔާމީން ގައްޔޫމް ވޯޓު ހޯދާނަމޭ ހިތާ ފުނިފުންޏަށް ތަންތަނަށް ވެއްދި މީހުން. ކުރާނެ ކަމެއް ނެތި އެއްވެސް މަސައްކަތެއް ނެތީސް މުސާރަ ދެވޭނެ ގޮތެއް ނެތީސް އަދި ކޮންމެ ހެން ބޭނުން ނުވިޔަސް ދީފައި ހުރި ވަޒީފާ ތަކެއް. އެ ވަޒީފާ ތަށް ދިނީ މި ދުވަސް ގެންނަން.
--ސަންދާނު
23 May 2019
ދަފުތަރު އަދި ރަޖިސްޓްރީ ނުކުރޭ؟؟
ރަންރީދޫ ޓްވިޓަރޭ
23 May 2019
އެމްޑީޕީ ކުރީގެ ސަރުކާރުން ހެދި ހުރިހާ އެގްރިމެންޓަކަށް މިޖެހެނީ ނިކަމެތި ރައްޔިތުން ޒިންމާވާން ތިންސަތޭކައިން ހަތަރުސަތޭކަ މިލިއަނުން ޑޮލަރު ކޮންމެފަހަރަކުވެސް ހަވާލުވަނީ މަށަށްވާނޭ ކިޔާފަ
ރައްޔިތުމީހާ
23 May 2019
މައްސަލަޔަކީ އެމްޑީޕީ ސަރުކާރުން އެގްރިމެންޓް ހެދިމަތަ، ނޫނީ ބަޢާވާތްކޮށްފަ އެގްރިމެންޓްތައް އުވާލީމަތަ؟