ލ. ހިތަދޫ ކައިރީގައި އޮތް ބޭރުގެ ބޯޓަށް ވެލި ބަރުކޮށްފައި: އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސުން ބުނޭ
25 މެއި 2019 - 11:59
ވެލި ބަރުކޮށްފައި އޮއްވައި ލ. ހިތަދޫ ކައިރިން ފެނުނު ބޯޓުން އަމަލުކުރީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ކަމަށާއި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާ އިން ރޭ ބުނެފި އެވެ.
ހިތަދޫ ކައިރީގައި ވެލި ބަރުކޮށްފައި އޮތް ބޭރުގެ ބޯޓެއް ފެނިގެން ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ބޯޓަށް ވެލި ބަރުކޮށްފައި ވަނީ ނަގަންޖެހޭ ހުއްދަތައް ނެތި އެވެ. އެއީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ކަސްޓަމްސުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ އިން ބޭރުން އަންނަ އުޅަނދުތައް ތަންތަނަށް ދިއުމާއި ކަސްޓަމްސްގެ ހުއްދަ ނެތި ތަންތަނުގައި ބަނދަރު ކުރުމާއި މުދާ އަރުވައި، ބޭލުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ސީސީސީސީގެ އުޅަނދު ދަތުރުކުރީ ވެސް އެ ހުއްދަތައް ނެތި ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ވެ އެވެ.
އެ އިދާރާ އިން ބުނީ، އިގްތިސާދީ މަޝްރޫއުތަކަށް އެތެރެކުރާ އުޅަނދުތަކަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން ބޭނުމެއްގައި ބޭނުން ކުރުން މަނާ އުޅަނދުތަކެއް ކަމަށާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"މި މައްސަލަ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށާއި މިކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ،" ކަސްޓަމްސްގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ވެލި ބަރުކޮށްގެން ޗައިނާގެ ބޯޓު ދަތުރު ކުރަމުން ދިޔައީ ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށެވެ. އަދި ހިތަދޫ ކައިރީގައި އެ ބޯޓު މަޑުކުރީ މޫސުން ގޯސްވުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމާ ގުޅިގެން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ބުނެފައިވަނީ ވެލި ނެގުމުގެ ހުއްދަ އެ ބޯޓަށް ދީފައި ނޯންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަެެއަންތަރިސާ
26 May 2019
މައްސަލަ ވަރަށް ސާފު ދިވެހިންނަށް މުހިންމީ ތިމާވެއްޓައް ވުރެ ފައިސާ،
މަހްމޫދް
26 May 2019
ކޮބާ ކޯސްޓް ގާޑް. ކޮބާ ފުލުހުންނާއި ސިފައިން، ކޮބާ އެންވަޔަރމަންޓް މިނިސްޓްރީ. ހުރިހާ އެންމެން ނިދާފަ.
މަގުފުޅާޓިނު
25 May 2019
ހާދަ ހަޑި ވެއްޔެކޭދޯ ބޯޓަށް ބަރުކޮށްފަ ތިއޮތީ، ހަމަ އަސްލުވެސް ފަޅެއްގެ ތެރޭން ނެގި ވެލިބާ، ހާދަ ކުންޏެއް އެބައޮތޭ، ހީވަނީ ކޮންމެވެސް ރަށެއްގެ ތަންކޮޅެއް އެއްގަމުން ނަގާފަހުރި ވެލިހެން.
ދޮން ބަބުރު ސޮރު
25 May 2019
ތިކަންވެސް ތިހިސާބުން ވީއެއް ނުވީއެއް ނެއެނގި ނިމޭނެ، ތިއޮތީ ބަޔަކު މުއްސަނދީ ވާނެ ފުރުސަތެއް ލިބިފައި ލާރިގަނޑެއް ޖަހާލީމަ އޯކޭ.
ބޮޑުމީހާ
25 May 2019
ކޮންއިރަކު ފިޔަވަޅުއަޅަނީ؟ ރާއްޖޭގައި ދުވަހަކުވެސް ފިޔަވަޅެއް އެޅުނުތަ؟ ތީއާދައިގެ މީހަކު ގެއަޅަން ނެގިވެލިނަމަ މިހާރު އޭނަ އޮންނާނީ ޖަލުގަ.
ތުނިޔަ
25 May 2019
ހިތަށް އަރަނީ ތިބޯޓުން ކިތަށްފަހަރު ވެލި ބަރުކޮށް، އަދި ބޭރުކުރި ފަހުންބާއޭ ތިކަމެއް ބަޔަށް ރޭކާލީ!
ޙަމަދު
25 May 2019
މިސަރުކާރުގެ މިނިސްޓަރެއްގެ މަސްލަހަތު އޮންނަ ރިސޯޓު ހަދަމުންދާ ރަށަކަށް ގެންދާވެލި ތިޔައީ. ޒީރޯ ޓޮލަރެންސް ސޯލިހްގެ ކަރަޕްޓް ވަރު މިފަހަރު އިނގޭނެ.
ޝައިޙް ޒުބެއިރް
25 May 2019
ހަމަ އެއްކަލަ، ފަލަސްތީން ވިއްކަން އުޅޭ މީހުން ގަނޑު ދޯ!؟ ކޮބާ ރާއްޖޭގެ ސަރުކާރު؟ ޔަހޫދީން ކުރަމުންދާ ޢަމަލުތައް ކުށްވެރި ކުރޭ!!!!
ލޮލް
25 May 2019
މިހާރު ބާރުގައި ތިބި މީހުންގެ ބަހުރުވައިން ނަމަ ހުރިހާ ކޮރަޕްޝަންއެއް ހިންގިކަމަށްބުނާ ޔާމީނުއާ އޭނާގެ ބައިވެރިންނެއް ބާރަކުނެތް! ބާރުވެރިކަމުގައި ތިބީ އެ ހުރިހާއެއްޗެއް ކީ މީހުން! ބާރުހުރި މީހަކު ނުވަތަ ފަރާތްތަކަށް ނޭގި ހަމަ ޔަގީނުންވެސް މިވަރުކަމެއް ނުހިނގާނެ! ވެރިކަމުގައި ތިބި މީހުން ރުޅިއަންނަ ކަމަށް ހެދިގެން އުޅުނު ޗައިނާ އާ ގުޅުން ބަދަހިކުރާނެ ވާހަކަ އިހަށްދުވަހުދޯ މި ސަރުކާރުގެ ފޮރިން މިނިސްޓަރު ބުނީ! ވިސްނާ ބަޔަކަށް މިވެސް ޢިބުރަތެއްދޯ؟
ލަކިނީ
25 May 2019
ތިޔަ ވެލި ގޮނޑުދޮށުން ނަގާފައި ހުރި ވެއްޔާއި ވައްތަރެއްނޫން..ހުސްކުނި އޮތީ..