މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރެއްވި މެމްބަރުން. ވޯޓު ނެގުން މިރޭ އޮންނާނެ.
27 މެއި 2019 - 12:11
މާދަމާ ރޭ ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ނަމެއް ކަނޑައެޅުމުގެ ވޯޓު މިރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ޓިކެޓުގައި އާ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި 65 މެމްބަރުންނާ އެކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރަސްމީ ފުރަތަމަ ބައްދަލުވުން އޮންނާނީ މިރޭ 9:30 ގަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ މަޖިލިހުގެ ރައީސަކު ކަނޑައެޅުމުގެ ވޯޓު މަޖިލިހުގެ ތަޅުމުގައި ނަގާނީ ހުޅުވާލައިގެންތޯ ނުވަތަ ސިއްރުންތޯ ކަނޑައަޅާނީ ވެސް އެ ބައްދަލުވުމުގައި ކަމަށެވެ. އެ ބައްދަލުވުން ލައިވްކުރުމުގެ ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސްކަމަށް އެމްޑީޕީގެ ފަރާތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭގެ ތެރެއިން އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ އަސްލަމާއި އަފީފްގެ މެދުގަ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
މި ވާދަވެރިކަމުގައި، ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ވެސް ވަނީ ރައީސަކު ހޮވުމާ މެދު ހިޔާލުތަފާތުވުން ބޮޑުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު އޮތީ މަޖިލީހުގެ ރައީސަކަށް އަފީފް އިންތިޚާބު ކުރާށެވެ. އެކަމަކު އެމްޑީޕީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ނަޝީދުގެ ތާއީދު އޮތީ އަސްލަމަށެވެ.
އަސްލަމާއި އަފީފް ވެސް ވިދާޅުވަނީ، މަޖިލީސް ރައީސް ކަން ކާމިޔާބު ކުރެއްވޭ ވަރަށް ޕާޓީ ތެރެއިން ވޯޓު ކަށަވަރު ކުރެއްވިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
27 May 2019
ނަޝީދަށް އެއްމެ ހައްގު ތަނަކީ ހުރަގެ
ބެއްޔާ އައްޑޫ
27 May 2019
އަސްލު މައްސަލަ އަކީ ދެ ރައީސުން ތިބުން. އަންނި ދެކެނީ އެބޭފުޅާ ކަމަޑް ސަރުކާރު ހިންގަންވަނީ. ޜައީސް އިބޫ ހުންނަންވީ ދެއަތް އުރާލައިގެން. ބަލާތި މަޖިލީހަށް އަސްލަމް ރައީސަކަށް ހޮވިއްޖެނަމަ މަޖިލީހުން ބަގާވާތްކޮށް އަންނި މި ވެރިކަމާއި ހަވާލުވާނެ. ބަލަންތިބޭތި. އަންނި އަސްލު ބޭނުމީ ވެރިކަން. ވެރިކަމުގައި އަސްލަމްގެ މަސްލަހަތު އޮތް ފަރާތްތތަކަށް ތިން ފަޅުރަށް ދޫކުރީ ކޮން އުސޫލެއްގެ ތެރެއިންތޯ؟ ޢަންނި އެއުޅެނީ އިބޫއަށް ސަރުކާރު ހިންގުނަ ނުދޭން
ޙައްސާސް
27 May 2019
ވަކި ރަށަކަށް ވަކި ދާއިރާ އަކަށް ނިސްބައިވާތީ އެމީހަކީ މާ މާތް މޮޅު މީހެއްކަން ދެއްކުން އެއީ މާކުރީގެ ނާތަހުޒީބު ކަމެއް. ޒާތީނުވެ ، ޤާބިލް ، ނަޒާހަތްތެރި މީހަކު ހޮވާބަލަ. އަފީފް އަށް އެމްޑީޕީން ކެމްޕެއިން ކުރިއިރުގަ އެވަރުގެ ޤާބިލް،ނަޒާހަތްތެރިއެއް ނެތް/ އެކަމަކު ނަޝީދު އަސްލަމޭ ބުނިފަހުން އަފީފް ވަރުގެ ނުބައިނުލަފާ މީހެއް އެމްޑީޕީ ގެ ވަކިބަޔަކަށް ނެތް. މިދެއް ވަރަށް ދެރަވަރު
ނޯޓުބޮޑުން
27 May 2019
މަހީކުރީ "އެމްޑީޕީ ބޮޑުންގެ ނިމުން މިރޭ ދަރުބާރުގޭގައި" ކަމަށް ލިޔެފަ އޮތީ.
ތޮރޯން
27 May 2019
ރިސޯޓް އޯނަރުންގެ ވަކިތަކުން މަޖިލިސް ސަލާމަތް ވެގެން މެނުވީ އެޖެންޑާ 19 ފޮނިކަމެއް ރައްޔިތުންނަކަށް ނުލިބޭނެ!
ރަދީފް
27 May 2019
ދެން ބޮލުގަ ބަޑިޖައްސައިގެން ބިރުދައްކައިގެން ވެސް މެމްބަރުން ލައްވާ އަސްލަމް ހޮވާނެކަން އެއީ އެންމެންދަން ޑިމޮކްރަސީގެ ހަމައެއް.އިފް ޔޫ ނޯ ވަޓް އައި މީން.ވ.ވެދުން
ބެޔަ
27 May 2019
އަދިވެސް ޔާނުގެ ސިކުނޑިން ތިވިސްނަނީ
ސަކީނަ
27 May 2019
އައްޑޫމީހުންގެ އުންމީދުތައް ފުޑުފުޑުވިޔަނުދޭތި. އަސްލަމް ހޮވާތި
ކަކަކަ
27 May 2019
އަސްލަމު އައްޑޫއަށް ކޮށްދިނީ ކޮންކަމެއް!؟ އޭނާގަ އިންވެސްޓުމެންތުތަކާ ރިއަލްއެސްޓޭޓް ހުރީ މާލޭގައައި ހުޅުމާލޭގަ!
ކިއްލިބާޝާ
27 May 2019
އައްޑޫމީހުންގެ އެކަންޏެއްނޫން އުންމީދު އޮންނަނީ.
ޒަމާން
27 May 2019
އެޖެންޑާ19 ގަ ހުރި ކަންކަން ހާސިލްކުރުމަށް މަހުޖަނުންގެ ނުފޫޒުން މިނިވަން ވާންޖެހޭ. ޚާއްސަކޮށް ރިސޯޓް އޯނަރުންގެ.
މާދުރު ތަރި
27 May 2019
ދިވެހިން ބޭނުން ވަނީ ކިހިނެއްތޯ ބަލާނެކަމެއް ނެތް! ނަޝީދު ބޭނުންވާ ގޮތަށް ކަންކުރީ މަ ހުންނާނީ ރަނގަޅަށް! ދިވެހިން ކިތަންމެ މައްޗައް ކިޔެވިޔަސް ނަޝީދަށް އެނގޭނީ ރަނގަޅު ގޮތް. އެމަނިއްޕުޅު އެއީ އެންމެ މޮޅު އެންމެ ގާބިލް އަދި އެންމެ ކުޅަދާނަ އެންމެ ނަޒާހަތްތެރި އެންމެ ދީންވެރި އެންމެ ތެދުވެރި އެންމެ ބަލާގާތްތެރި. ބޯހަލާކު!
ސަޒާތީވުންއްދާން
27 May 2019
މާދުރު ތަރި! ތިބާ ޒާތީ ވުމުން އޭގެ ނޭދެވޭ އަސަރުކުރާނީ ތިބާގެ ސިކުނޑިއަށެވެ. ޒާތީވުމުން އަބަދުވެސް ހުންނަންޖެހޭނީ ހިތްހަމަ ނުޖެހުމެއްގެ ތެރޭގައެވެ. ޒާތީވުމާއި ހަސަދަވެރިކަން ދޫކޮށްލާފައި ހިތާއި ސިކުނޑިއަށް ހަމަޖެހުން ގެންނާށެވެ!
މާދުރު ތަރި
27 May 2019
މިއީ ޒާތީ ކޮމެންޓެއެއް ނޫން. ނަޝީދު ގޮތް ދޫކޮށް އެހެން މީހުންނަށް ވެސް އިހްތިރާމް ކުރުމާއި ގިނަ ބައެއްގެ މަޝްވަރާ ހޯދައި ކަންކަމުގައި އެކްޓިވިސްޓު ގޮތް ދޫކޮށް ގައުމީ ރޫހުގައި މަސައްކަތް ކުރަންޖެހޭ! އުޅުން ބަދަލު ކޮށްގެން ސުލްހަވެރި އަދި ގިނަބަޔަކަށް މިގައުމުގައި އުޅެވޭނީ!
މުޖައްރިބު
27 May 2019
އިބޫއަށް ވެރިކަންކުރަން ފަސޭހަވާނީ އަފީފުއަށް މަޖިލިސްގެ ރައީސްކަން ލިބިގެން.
ޔާހޫ
27 May 2019
މުޖައްރިބު. ތިޔައީ އޮޅުމެއް. އިދިކޮޅޭ ކިޔައިގެން އުޅޭ ފަރާތްތަކުގެ ތާއީދާއެކު އަފިފު އައީމާ އެމީހުންގެ އުނދަގޫ ރައީސަށް ކުރިމަތިވާނެ ކަމީ މުޖައްރިބަށްވެސް ރަނގަޅަށް އެނގޭނެކަމެއް.
ބެއްޔާ އައްޑޫ
27 May 2019
ޔަގީންތާ އަންނި އެއުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވަނީއޭ ކިޔާ ސަރުކާރު ނޭވާ ހޮޅިއަށް އަޅުވާ މިވެރިކަމާއި ހަވާލުވާން. ޥިހަގަދަ ހަރުފައެއް
ައަބޫބަކުރު
27 May 2019
ތިން ބާރު އޮއްނަނީ ވަކިވެފަ ކަން އިނގޭތަ. ޔާނު ދައްކާކަހަލަ ޖާހިލު ވާހަކަ ތި ދައްކަނީ. ތަހުޒީބު ވެބަ