އީދު ދުވަހު ހަވީރު މާލޭގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސުމާ ގުޅިގެން ބަޔަކު ހިނގާފައި ދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
04 ޖޫން 2019 - 21:39
މިއަދު ފާހަަގަކުރާ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި ވަގުތު ވެހިކަލް ދުއްވި މައްސަލާގައި 97 މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފި އެވެ.
މާލެ ސަރަހައްދުގައި އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ނިންމީ ޓްރާންސްޕޯޓު އޮތޯރިޓީންނެވެ. އެ ވަގުތަށް އިންޖީނުލީ އުޅނަދުތަކަށް ދުއްވުން މަނާ ކުރި ނަމަވެސް ޒަރޫރީ ހިދުމަތް ފޯރުކޮށްދޭ އުޅަނދުތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ބަސް ފަދަ ވެހިކަލްތަކާއި ސިޓީ ކައުންސިލުން ހުއްދަ ހޯދާފައިވާ އުޅަނދުތަކަށް އެ ސަރަހައްދުތަކުގައި ދުއްވުނެވެ.
ފުލުހުން ބުނީ ހަވީރު ގަޑީގައި ވެހިކަލް ނުދުއްވާ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ތަންފީޒު ކުރަން ކުރި މަސައްކަތުގައި 461 ވެހިކަލް ޗެކްކޮށް، ގަވައިދާ ހިލާފުވެގެން 364 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 97 މީހަކާ މެދު ފިޔަވަޅު އަޅާފައިިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފިތުރު އީދު ދުވަހާ ގުޅިގެން މަޖީދީ މަގުގައި މިއަދު ކުރިއަށްދިޔަ ސަގާފީ ކުޅިވަރުތަކުގެ ބައެއް ބައިވެރިން ބޮޑުބެރު ޖަހަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެގޮތުން ޓްރެފިކް އޮޕަރޭޝަންތަކުގައި 32 މީހަކަށް ނަސޭހަތް ދީ، 49 މީހަކަށް ފިޔަވަޅު އެޅި އެވެ. އަދި މާފަންނު ޕޮލިސް ސްޓޭޝަނުން ހަތް މީހަކަށް ފިޔަވަޅު އަޅާފައިވެ އެވެ. ގަލޮޅު ޕޮލިސް ސްޓޭޝަނުން 332 މީހަކަށް ނަސޭހަތް ދީ 34 މީހަކަށް ފިޔަވަޅު އަޅާފައިވެ އެވެ.
މީގެއިތުރުން އެންވަޔަރުމެންޓް ޕޮލިސް އިން ހަތް މީހަކަށް ފިޔަވަޅު އެޅި ކަމަށް ފުލުހުން ބުންޏެވެ.
އީދު ދުވަހުގެ ހަވީރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާގަޑީގައި އެކަން ކުރާ މީހުން 750ރ. އިން ޖޫރިމަނާ ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން އޮތީ ނިންމައިފަ އެވެ.
އީދު ދުވަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި އާންމުންނަށް ފަސޭހަކަމާއި އެކު ބައިވެރިވުމުގެ ފުރުސަތު ފަހި ކުރުމަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި އިރު، ތަފާތު މުނާސަބާތަކާ ގުޅިގެން ވެހިކަލް ނުދުއްވޭ ގޮތަށް މީގެ ކުރިން ވެސް ހަދާފައި ވެ އެވެ. އެއީ ވެހިލަތްކުގެ އެއްވެސް އުނދަގުލެއް ނެތި މާލޭގައި ހިނގައިބިނގާވެ އުޅުމުގެ ފުރުސަތު މީހުންނަށް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންކޮ
06 June 2019
ތިގޮތަށް ޕޮލިސްސްޓޭޝަން ތަކުގެ ވާދަވެރިކަން އޮތުމަކީ ރައްޔިތުންނަށް ހުރި ނުރައްކަލެއް..!!!
ހަދިޔާ
05 June 2019
2 ގަޑި އިރުން 72750 ރުފިޔާ.
ޥާހިދު
05 June 2019
ޙަމަ ރަގަޅު.
ބަދިޔާ
05 June 2019
2 ގަޑި އިރުން 461 ކުށް. މިއީ އަދު ފުލުހުނަށް ފެނުނު އަދަދު. 72750 ރުފިޔާވެސް މަދު އެމީހުންއަތުން އަތުލަން
ކިޔާލިންތަ
05 June 2019
ޖޫރިމަނާ
ޙިނި
05 June 2019
ފިޔަވަޅު އަޅައިފިއްޔާ ރަންގަޅު، ދިވެހިންގެ ގިނަމީހުނައް ނޯވޭ ވެރިޔެއް ގާނޫނެއް ގަވައިދެއް، އެންގެނީ ކޮރަޕްޝަން
ބޮޑުރިޔާ
05 June 2019
ނަސޭހަތް ދޭކަށް ނުޖެހޭނެ ދަންނަމީހުންނަށް ނަސޭހަތްދީފަ ނުދަންނަމީހުންނަށް ޖޫރިމަނާ މިކޮންކަމެއް ކުރިން އިއުލާން ކޮށްފައި އޮތީމާ އެންމެންނަށް ހިނގަންވާނީ އެއްހުކުމެއް މީ އަހަރެންގެ ހިޔާލު
ހިސެން
05 June 2019
4 -6 ކަށް ހާދަލާރިއެއް ސަރުކާރައް ތިވައްދާލީ. ނިމިދިޔަ ސަރުކާރުގެ ވާހަކަދެއްކުމެއްނެތް. ހުސްލަނޑާ ކަނީ ފެހި ބަދަލުވީ ނަން، ކަން އަދި މާގޯސް ދެއްކި ހުރިހާ ވާހަކަޔެއް އަނބުރާ އަނގަޔައް ވޯޓުދެއްވި ބޭފުޅުންނަށް ސުކުރިއްޔާ، މަގޭވެސް ގައުމު.
ބަދިޔާ
05 June 2019
ކުށަކީ ހަމަ ކުށެއް. މަދު ޖޫރިމަނާ ކުރިވަރު. އަހެން ރައްޔިތުންނަށް ގަވާއިދަށް ބޯލެންޏާ ތޮ 97 މީހުންނަށްވެސް ގަވާއިދަށް އުޅެވެން އިނގެންޖެހޭނެ
ފީކަޅާ
04 June 2019
ހިނގަން ހުންނާނެ ޕާކުތައް ހަދާފަ. އެތަނަށްގޮސް ހިނގާނީ. ނުދުއްވޭ ވަގުތުތަކެއް ހަދައިގެން މީހުންނަށް އުނދަގޫކުރަން އުޅޭނެކަމެއް ނެތް.
ބަބުރުލް ސަލީމް
04 June 2019
އެޅީ ސީދާ ކޮން ފިޔަވަޅެއްކަމެއް ނޭންގުނު.
ޖަމްބޯ
04 June 2019
ތިކަހަލަ މީހުންގ ލައިސަންސް އަތުލާފަ ޖޫރިމަނާ ކުރަންޖެހޭ. އާއިލާ ގޮވައިގެން މަގުމަތީގައި ހިނގާލަން ލިބޭނީ އަހަރު ދެ ފަހަރު. މަދު ވަގުތުކޮޅަކަށް. ޢެކަންވެސް ބޮޑުކަމަކަށް ބައެއް މީހުންނަށް ވަނީ
ބުއްޅަބޭ
04 June 2019
މިގޮތަށް އެހެން ކަންކަމުގައި ފިޔަވަޅު ނޭޅެނީ ކީއްވެތޯއެވެ. ކަސްޓަމަށް މުދާ ނެރެން ކިޔުގައި އޮންނަ ލޮރީ އޮންނަނީ ސީޓްރެކް ބިލްޑިނގްގެ ހުޅަނގު ފަރާތުގައި އޮންނަ ގޯޅި މެދަށް ވާގޮތަށް ބާއްވާފައެވެ. މިއީ އެގޯޅިން ނުކުންނަ ސައިކަލްތައް ބޮޑުތަކުރުފާނު މަގުން އިރަށް ގޯޅި އަޅާނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމެކެވެ. މިތަން ޓްރެފިކް ފުލުހުންނަށް ފެންނާނީ ހިތާމަވެރި ކަމެއް ހިނގުމުންތޯއެވެ.