ސ. ހިތަދޫ މައިލޯ ދަނޑުގެ ފާރެއްގައި އައިއެސްއާ އެއްކޮޅު ގްރެފިޓީއެއް ކުރެހި މައްސަލަ ފުލުހުން އަންނަނީ ބަލަމުން.
05 ޖޫން 2019 - 00:58
ހަނގުރާމަވެރި އައިއެސް ޖަމާއަތަށް ތާއީދުކޮށް، އައްޑޫ ހިތަދޫގައި ގްރެފިޓީ ކުރެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހިތަދޫގެ މައިލޯ ދަނޑުގެ ކައިރީގައި ހުރި އިމާރާތެއްގެ ފާރުގައި، އައިއެސް އަށް ތާއީދުކޮށް ކުރަހާފައިވާ ގްރެފިޓީގެ ފޮޓޯ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ސަމާލުކަމަށް ޓުވިޓާގައި މީހަކު ގެނައުމާ ގުޅިގެން ހަމީދު ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތްތަކަށް ހިތްވަރު ދޭ މައްސަލަތައް ބަލާނެ ކަމަށެވެ.
އައިއެސްގެ ފިކުރާ އެއްކޮޅު ގްރެފިޓީގެ އިތުރުން ހިތަދޫގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ސެކިއުރިޓީ ޕޯސްޓުގެ ފާރުގައި ވެސް ވަނީ ޑިމޮކްރެސީ އާއި ވޯޓުލުމަކީ ޝިރުކު ކަމަށް ބުނެ ލިޔުންތައް ލިޔެފަ އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންގެ ފިކުރު ފެތުރުމާއި އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަކޮށް ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލަން ކުރާ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ ކަންކަން، ގުޅުން ހުރި ފަރާތްތަކާ އެކު ފުލުހުން ކުރަމުން ދާނެ ކަމަށެވެ.
Thank you for escalating this matter. No doubt there needs to be robust work to address this kind of propagation, promotion of violent groups, acts and speech that ridicules Islam & breaches our religious unity, all forms of extremism, hate and intolerance. We are working on it!
— Mohamed Hameed (@M_Hameedh) June 4, 2019
ޕޮލިސް ކޮމިޝަނަރު ހަމީދުގެ ޓުވީޓު
ފުލުހުން މިރޭ ބުނީ، ހިތަދޫގެ މައިލޯ ޓާފް ދަނޑު ކައިރީގައި ހުރި އިމާރާތެއްގައި އައިއެސް އަށް ތާއީދުކޮށް، ކުރަހާފައިވާ ގްރެފިޓީއެއް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ފެނިފައިވާ ކަމަށެވެ. އަދި އެ ގްރެފިޓީ ޖެހިގެން އައި ދުވަހު ފޮހެލާފައިވާއިރު، އެ ކުރެހި މައްސަލަ އަންނަނީ ބަލަމުން ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ސީރިއާގައި ކުރާ ހަނގުރާމައިގައި ބައިވެރިވާން ބައެއް ދިވެހިން ވަނީ ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ މަރުވެ، އަދި އެ މީހުން ގޮވައިގެން ދިޔަ އާއިލާތައް ތިބީ ހަނގުރާމަވެރި ކޭމްޕްތަކުގައި ކަމަށް ވެ އެވެ.
އިސްލާމްދީނުގެ ނަމުގައި ސީރިއާ އަށް ދިވެހިންގެ ގިނަ ބަޔަކު ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ން މިދިޔަ ފެބުރުއަރީ މަހު ބުނެފައިވާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވާން 61 ފިރިހެނަކު ސީރިއާ އަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރީ އަނބިދަރިން ގޮވައިގެން ކަމަށް ބުންޏަސް ތަފްސީލު އަދަދެއް ހާމައެއް ނުކުރެ އެވެ.
ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި މިދިޔަ އޭޕްރީލް މަހު އާންމުކުރި އެވެ. އެ ލިސްޓުން އެނގޭ ގޮތުގައި އުމުރުން އެއް މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ވަނީ ހާލުގައި ޖެހިފަ އެވެ. ބައެއް ކުދިންގެ މަންމަގެ ނަން ލިސްޓުގައި ހިމަނާފައި ވިޔަސް ބައްޕަގެ ނަމެއް ނެތެވެ. އެ ލިސްޓުގައި ޖުމްލަ 33 ނަން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއޮތްގޮތް
05 June 2019
މިރާއްޖޭގައި ތިޖަމާޢަތުގެ ފަލްސަފާ ވަރަށްގަދަޔަށް ފަތުރަމުން އެބަގެންދާކަމާއި، އެކަންކުރާމީހުން ސަރުކާރަށާއި މަޢުލޫމާތު އެއްކުރަމުން ބަލަމުންދާ މުވައްސަސާތަކަށް ރަނގަޅަށް އެނގޭނެކަމުގައި ބެލެވޭ. ތިމީހުން ހޯދައި، އޮބިނާޅުވައިފިނަމަ، ކަންވާގޮތް މާކަރިވެތިވާނެކަމުގައި ޤަބޫލެއްނުކުރެވޭ.
ފަތުރުވެރިޔާ
05 June 2019
ތިމީހުންނަށް ރަށެއްދީފަ ދައުލަތުން ރަނގަޅަށް މޮނިޓާކޮއްގެން އުޅެވޭނެ ކަހަލަ އުސޫލެއް ހަދަންވެއްޖެ އެއީ ތިފުކުރު ދަނީ ވަރަށް ބާރަށް ފެތުރެމުން، އެމީހުންނާއި ދޭތެރޭގައި ހަރުކަށު ވާ ވަރަކަށް ބަދަލު ހިފުމުގެ ރޫހު އަށަގަތުމުގެ ބިރު އޮވޭ އެހިސާބަށް ނުދަނީސް ކަންކަން ހިކުމަތްތެރިކަމާއި އެކު ނިމްމެވުން ބުއްދިވެރީ
ފުކީ
05 June 2019
ބައްލަވާ ގާނޫނު އަސާސީ ހިލާފުތޯ
ހުސެން ޔ
05 June 2019
ތީ ފާޅުގާ މުސްލިމުން ގަތުލްކުރަމުންދާ ބައެއް. ތިފަދަ ޖަމާތްތަކަށް އޮތީ ޖަހަންނަމައިގެ އެންމެ އަޑި. އަދި ބުނަން، ތިފަދަ ހަރުކަށި ޖަމާއަތަކަށް ދިވެހިންގެ ލޯތްބެއް ނުލިބޭނެ. ހަމައެކަނީ ހައެއްކަށް ކެނާއިން ލިބިދާނެ.
ހީވާ ހީވާ
05 June 2019
ތިޔައީ ހީވާގޮތުގައި އައްޑޫގެ ކޮންމެވެސް ބަޔެއްގެ ބޮލުގައަ ކަންތައްގަޑެއް އަޅުވަން ބަޔަކު ރާވާލައިގެން ގިންގާލި ގޭސްގަނޑެް. ވަރަށް އަވަހަށް މިކަން މީޑިޔާއިން ކިޔަންފަށާނެކަމަށް ލަފާކުރެވެނީ.
ނެޑް
05 June 2019
މާލޭގެ މަގުތަކުގައި އައިއެސް ދިދަ ހިފައިގެން ހިނގި މީހުންގެ ވީޑިއޯ އެބަހުރި. ކޮބާ އެމީހުންގެ މައްސަލަ؟
ލޫޒްމޮޝަން
05 June 2019
މިކަމަށް ކުރެވޭނެ ކަމެއް ނެތް.... ރެޑްކޮށް ހިފައިފިއްޔާ ގާޒިންގެ ސޮއި ނެތިގެން ދޫކޮށްލާން ޖެހެނީ.... އެހެން ނޫނީ ޕޮލިހުންނަށް ހެކި ނެތިގެން ދޫކޮށްލާން ޖެހެނީ
މަހާރަދުން
05 June 2019
ތި ގްރެފެޓީ ހަދާ ފޮޓޮނެގި ބައެއްގެ މަގުސަދު ވާނީ ހާސިލް ވެފަ މިހާރު. އެހެނީ ފޮޓޮއިން ހީވަނީ އައިއެސްއައިއެސް ގެ ކިއްލާ އެެއްހެން
ރަދީފް
05 June 2019
އިސްލާމްދީނާއި ފުށުއަރާ ކިތަންމެ ގްރެފިޓީއެއް މާލޭ އަދި ރަށްރަށުން ފެނޭ.ނަމަވެސް އަރަބި ބަހުން އެއްޗެއް ލިޔުނީމަ އެކަން ތަހްގީގްކުރަން ތި ފޫގަޅާލީ.
ޙަސަން އަޙްމަދު
05 June 2019
ފޮޓޯއިން ފެންނަނީ އިނގިރޭސި ބަހުން ލިޔެފަ އޮތް އެއްޗެއް.
ބިލިގާ
05 June 2019
ބަލަ އެއީކީ މީހުންގެ ފުރާނަޔަށް ނުރައްކާ ވެދާނެ ގްރެފިޓީއެއް ނޫން ދޯ؟ އައިސިސްގެ ތަފާތަކީ އެެމީހުން ކޮށްފާނެ ކަމަކުން އެތައް ބައެއްގެ ފުރާނަ ދިއުން. ސިކުނޑި ބޭނުންކުރަންވެސް ދަސްކުރަންޖެހޭ.
ރަދީފް
05 June 2019
@ބިލިގާ އަށް. ''އިސްލާމިކް ސްޓޭޓްސް ވިލް ޕްރިވެއިލް''. މިގޮތަށް ދިވެހިބަހުން ލިޔުނުނަމަ އެއްވެސް ބަޔަކުތިކަމަކާއި ނޫޅޭނެ. ސްޓޭޓްގެ ބަދަލުގަ ސްޓޭޓްސް.
ކެނެޑީ
05 June 2019
ރަދީފު ތީ ފުޓުބޯޅަޔާ އެއްވަރަށް ހަރުކަށި ޖަމާޢަތްތަކަށްވެސް ފޯރި ހުންނަ މީހެއްދޯ
ހެހެ
05 June 2019
ބަލަން އުލެފިއްޔާ އިގޭ ޖުމުލަ އަދަދު އައި އެސް އަ އަށް ދިޔަ އަދަދު