މެރިން ރިސާޗު ސެންޓަރުގެ ފާރަށް ރޭ ދަންވަރު އެރި ކާރުގެ ކުރީކޮޅު ފުނޑުފުނޑުވެފައި.---ފޮޓޯ: ޕޮލިސް
07 ޖޫން 2019 - 10:40
ސިނަމާލެ ބްރިޖުމަތިން ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މެރިން ރިސާޗު ސެންޓަރުގެ ފާރަށް އަރައިފި އެވެ.
ބްރިޖުން ފައިބާއިރު، ވާތް ފަރާތުން އިރުދެކުނު ކަންމަތިން އަމީނީ މަގަށް ވާ ގޮތަށް ހުންނަ އިމާރާތުގެ ފާރަށް ކާރު އެރުމުން އެ ވެހިކަލްގެ ކުރީކޮޅު ވަނީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގި އިރު ކާރު ދުއްވަން އިނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަށް ސެނަހިޔާ ހޮސްޕިޓަލުން ފަރުވާދިން ކަމަށެވެ. އެކަމަކު ބޭރުފުށުން ބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.
މެރިން ރިސާޗު ސެންޓަރުގެ ފާރަށް ރޭ ދަންވަރު އެރި ކާރުގެ ކުރީކޮޅު ފުނޑުފުނޑުވެފައި.---ފޮޓޯ: ޕޮލިސް
އެއީ، މާލެ ނޫން އެހެން ޒޯނެއްގައި ދުއްވަން ރަޖިސްޓަރީ ކޮށްފައިވާ ކާރެއް ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ޑްރައިވަރުގެ ލައިސަންސް މިހާރު ހިފައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ ދަންވަރު 1:47 ގަ އެވެ.
ހުޅުމާލޭގައި ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް އިއްޔެ ބަޔަކަށް އަނިޔާވި އެވެ. ފުލުހުން ބުނެފައި ވަނީ ހުޅުމާލޭ ރީތިގަސްމަގުގައި އިއްޔެ ހަވީރު އެ އެކްސިޑެންޓު ހިނގީ ޑްރައިވަރު ނިދިޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
08 June 2019
ގާނޫނުގައި ނިދި ޖެހިގެން ވާއެކްސިޑެންޓް ތަކުގައި އެއްވެސް އަދަބެއް ނުދެވޭ ... އެހެންވީމަ މިޙާރު ނިދި ޖެހުން އެއީ ވަރަށް އާމު ކަމެއް.
ޢަބްދުﷲނާފިޒް
07 June 2019
ނިދިޖެހުނީ އުތަ، ހުރިހާ އެކްސިޑެންޓެއްވެސް ވަނީ ނިދިޖެހިގެން ކަމަށް ނިންމާފަ ބާއްވަމާ ބަހީ.
ވެރިކަން
09 June 2019
ކޮއްކޯ މީ ކަލޭމެންގެ ވެރިކަން.. ދެން މިކަންކަމަށް ޙައްލު ހޯދައިދޭންވީނުން.. މިތާ އިނދެގެން އުތަަޔޭ ފަޅޮލޭ ނުކިޔާ!
ބުރިޖު
07 June 2019
ރިސާޗެއް ހަދާލީ ކަންނޭގެ..
އީދުކަޅުބެ
07 June 2019
އެއްޗެއް ނިހިއްޕެވިޔަސް އެހެން ވެދާނެއެވެ. ހުޅުލޭ އެދުރުކަލޭގެފާނު ފެނުނީ ތޯއްޗެއް.
ތުއްތުކަލޯ
07 June 2019
ކޮންމެވެސް ވައްތަރެއްގެ އެއްޗެއް ބެއްލެވީބާ
ކޮކްޓެއިލްރައީސް
07 June 2019
ނިދި ޖެހުނިއްޔޭ.........
ރުޅިގަދަވޭ
07 June 2019
މި ޤައުމުގެ ކަންކަން މިދާ ގޮތުން ލަދުވެތި ހާލުގައި ހައްޕު ކިޔައިގެ މިވަޤުތު މި ހުންނަނީ!!!! އިންޝާﷲ ތަފާތު ފެންނާނެ ކަމުގެ އުއްމީދުގައި... އާބާދީ 2ލައްކައަށް ވެއްޓި ގައުމުގައި ހަމަޖެހުން ލިބޭށި ..އާމީން!!!
ޒީއްކޮ ދިޔާވެއްޖެ.
07 June 2019
އޭރުން ކުލިވެސް ކުޑަ ވާނެ، އަދި ޢީދު ބަންދުގައި ކައިރި ރައްރަށުގެ ގެސްޓުހައުސް ތަކުން ޖާގަވެސް ލިބޭނެ!!
ޢަބްދުﷲނާފިޒް
07 June 2019
މާ ގިނައިން ނިދި ޖެހުމަކީ ލަދުވެތިވެ ހައްޕު ކިޔައިގެން ހުންނަން ޖެހޭ ވަރުގެ ކަމެއް ނޫނޭ،
ކޮރަލް
07 June 2019
ނުރައްކާތެރި އެކްސިޑެންޓް ތަކުގަ ތަހުގީގު ކުރާއިރު ރަލާ ޑްރަގް އަށް ޓެސްޓް ކުރަން ފެނެއެވެ.
ހަންސަން
07 June 2019
އެކްސިޑެންޓްވި ޑްރައިވަރުގެ ލައިސަންސް ހިފެއްޓީ އޭނަ ބަލިއެދުން ތެދުވެވެންދެން... ލޮލް
ދެރަކަމެއް
07 June 2019
ސާބަސް
ސައިކީރު
07 June 2019
ނުހިފާއްޓާނެ, ހުރިހާ ސަރުކާރެއްވެސް ބޭނުން ވަނީ ރައްޔިތުން ގެ އާބާދީ މަދުކޮއްލަން, ސަޅިގޮތެކޭ ދޯ