އަންހެނުންނަށް ފުރައްސާރަކުރުމާ ދެކޮޅު މެސެޖެއް މީހަކު ދައްކާލަނީ: ފޮޓޯ: "ނުފޮށޭ"ގެ ފޭސްބުކް ޕޭޖު
09 ޖޫން 2019 - 13:42
މާލޭގެ މަގުމަތިން އަންހެނަކާ ފޮށެމުން ދިޔަ ކަމަށް ބުނާ މީހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އިއްޔެ އާއްމުކޮށް، އޭނާ ބޭޒާރުކޮށްލައިފި އެވެ. އެ ވީޑިއޯ އާންމު ކުރުމާ އެކު، އެއީ އާއްމުކޮށް މަގުމަތިން މީހުންނާ ފޮށޭ މީހެއް ކަމުގެ ތުހުމަތު ވެސް ވަނީ އަޅުވައިފަ އެވެ.
އެ ވީޑިއޯ އާއްމުކުރި އަންހެންމީހާ ޓުވިޓާގައި ބުނެފައިވާ ގޮތުން އޭޑީކޭއާ ހިސާބުން ހުތުރު ބަހުން މުއާމަލާތުކޮށް، ފޮށެމުން ޗާންދަނީ މަގުގައި ހުންނަ ސްކޫޕާ ސައިކަލްގައި އެ ފިރިހެންމީހާ ދުއްވި އެވެ. މަގުމަތިން ހިނގާފައި ދާ އިރު ފުރައްސާރައާ އާއްމުކޮށް ކުރިމަތިވި ނަމަވެސް އެ މީހާގެ ހުތުރު ބަސްތަކާ ހުރެ، މަގު މެދުގައި ހުރެ ރޯން ޖެހުނު ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.
އެއީ އޭނާގެ ކާފަގެ އުމުރުގެ މީހެއް ކަމަށާއި ނުފޮށުމަށް އެދުމުން ވެސް ދެއްކީ ލަދުވެތި ވާހަކަތަކެއް ކަަމަށް އަންހެންމީހާގެ ޓުވީޓުގައި ވެ އެވެ. އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިރިހެންމީހާ ސައިކަލް މަތީގައި އިންނަނީ އެއް އަތުން ފޯނު ހިފަހައްޓައިގެންނެވެ.
މަގުމަތިން އޭނާއާ ފޮށެމުން ސައިކަލް ދުއްވި ތަން މަގުމަތިން ހިނގާފައި ދިޔަ މީހުންނާއި ދުއްވާފައި ދިޔަ މީހުންނަށް ފެނުނަސް އެހީތެރިކަމެއް ނުލިބުނު ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރުމުން ފޮށުނު މީހާގެ މައުލޫމާތާއި އޭނާ ވަޒީފާ އަދާކުރާ ތަން އާއްމުކޮށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމަކު "މިހާރު" އިން އެ ވީޑިއޯ ނުހިމެނީ އޭގައި އޭނާގެ ޒާތީ ގިނަ މައުލޫމާތުތައް ހާމަކޮށްފައިވާތީ އެވެ.
ފުލުހުން މިހާރު އަންނަނީ ފޮށުނު މައްސަލަ ބަލަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެ މައްސަލައިގައި އަންހެންމީހާގެ ބަޔާން ނަގައި ތަހުގީގު ކުރިއަށް ގެންދާނެ އެވެ.
މަގުމަތިން މީހުންނާ ފޮށުމަކީ އާއްމު ކަމެކެވެ. އެކަން ހުއްޓުވުމަށް ދޭތެރެއަކުން ކެމްޕޭންތައް ވެސް ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅު ބުޅާ 3
11 June 2019
އަހަރެމެން ގެ އަންހެނުން ހެދުން އަޅަން ޖެހޭ ގޮތް ވަރަށް ސާފު ކޮށް އަންގަވާފަ ވަނީ އަހަރެމެން ގެ ސަލާމަތަށް ޓަކާ. އެކަމަކު މިއަދުގެ ހަގީގަތަކީ ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް ސަލާމަތެއް ނެތް ކަން. ކޮންމެ ހެދުމެއްގަ ހުއްޓަސް ބޭހޭ މީހުން އުޅޭ. އަދި އަހަރެމެން ގެ ތެރެއިން ކުޑަ ކުޑަ ބާލިއު ނުވާ ކުދިންވެސް ނޮޅާލަނީ. އަންހެން ވިޔަސް ފިރިހެން ވިޔަސް. އެހެންވީމަ ދީނަށް އުޅެންވީ ފިރިހެނުން. އަންހެނުން އުޅުނަސް ނޫޅުނަސް
ކަޅު ބުޅާ...2
11 June 2019
2. އަންހެނުންގެ ތެރެއިން މިފަދަ ފިރިހެނުންނަށް ހިއްވަރުދޭ މީހުން. މި މީހުންނަކީ މި މީހުންނާއި ގުޅުން ހުރި މިފަދަ މުބައި ފިރިހުންގެ އަމަލު ތައް ފޮރިވަން މަސައަކަތޮ ކުރާ މީހުން. އަންހެން ދަރިއާ ބައްޕާ ބެހުނީމަ އެއީ މައްސަލައެއް ނޫނަ ކަމަށް ސިއްރު ކުރުމަށް ވިސްމަދޭނެ. މި މީހުން ބުނާނެ އަހަރެމެން ނަށް ތިފަދަ ކަން ތަކެއް ދިމައެއް ނުވެޔޭ، އެގޮތުން އެއީ ދިމާވި މީހާގެ މައްސަލައެއް ކަނ ދައްކަން އުޅޭނެ
ކަޅު ބުޅާ ...1
11 June 2019
މި ޓޮޕިކް ގެ ލިޔުންތަކުގަ ސުރުހީ ތައް ކިޔާލީމަ ދެ ވައްތަރެއްގެ މީހުން ހާމަވޭ. މި ދެބައި މީހުނޮނަކީ މި މުޖުތަމައުގެ ހަލާކު. 1. ގޭތެރެއިންނާއި ބޭރުތެރެއިން ވެސް އަންހެނުން ނާއި ބެހި އަންހެނުންނަށް އަނިޔާވެރިވާ މީހުން. މި މީހުން މަސައްކަތޮ ކުރާނީ މި އަމަލު މީ މައްސަލަ އެއް ނޫން ކަމަށް ދެއްކުން. އެގޮތުން އަންހެނާގެ މައްސަލަ އެއް ކަމަށް ހަދާ އޭނަގެ އަމަލު އެއްމެ ރަނގަޅު ކަމަށް ދެއްކަން އުޅޭނެ. މިމީހުން ދަރިންނާއި ފޮށެން ޖެހުނަސް ފަސ ނުޖެހޭނެ މީހުން.
ހަަލަތހު
10 June 2019
ނިވާ ކަންކުޑަ ހެދުން އަންހެނުން އެޅުމާ ދެކޮޅު ފިރިހެނުން
ވަާނުވާ
11 June 2019
ނިވާކަން ކުޑަކޮށް ހެދުން އެޅީމަ ފިރިހެނުންނަށް ލިބޭ އުނދަގުލަކީ ކޮބާ؟
ނިޝާ
10 June 2019
އަޅުގަނޑުގެ އުމުރުން އެގާރަ ބާރަ އަހަރުން ފެށިގެން މިއުޅެނީ އެބުނާ ނިވާކަން ބޮޑު ހެދުންލައިގެން ބުރުގާ އަޅައިގެން. މަގުމަތިން ލައްކަ ކަންކަން ދިމާވެފަ މިހިސާބަށް އާދެވިފަ މިހުރީ. މީހަކު ލައިގެން ހުންނަ ހެދުމަކުން އެމީހަކާއި ބެހޭކަށް ނުޖެހޭ. މިވާގޮތަކީ މުޖްތަމައުގަ މިފަދަ ކަންކަން ބޮޑު ކަމަކަށް ނުހަދަނީ. މިއީ ފިރިހެނުންގެ އާދައެއް ކަމަށް ހަދާ ދޫކޮށްލާފަ އޮންނަނީ.މިއީ ހަމަ މުޖްތަމައުގެ ނާތަހުޒީބުކަން.
މޯޑާން މީހަ
10 June 2019
ރޯދަމަހު ރޯދައަށްހުރެ ގޭމް އޮފް ތުރޯންސް ބެލީމަ ރޯދަ ސައްހަވާނެ?
ދޮން އާމިރު.
10 June 2019
ދޭތެރެއަކުން ބާއްވާ ކެމްޕޭނަކުން ނުވާނެ އެއްކަންވެސް. މިކަހަލަ މީހުން ތަޅާއަޅާލަންވީ.
އިއްސޭ
10 June 2019
ކީރިތި ގުރުއާނުގަ މާތްﷲ ވަޙީކުރައްވާފައިވޭ، މުސްލިމު ފިރިހެނުންނާއި އަންހެނުން، އެބައިމީހުންގެ ލޯތައްތިރިކުރުމަށް. މިއީ އިސްލާމީ ރިވެތި އަޚުލާގުތަކުގެ ތެރެއިން އަޅުގަނޑުމެންގެތެރައިން ނެތިގެން ގޮއްސައިވާ އާދައެއް. މިއަދު މިއާޔަތް ގިނަމީހުންނަށް ވަނީ މަޖާކަމަކަށް. އިސްލާމްދީނުގެމަތީގަ ތިމާގެ މުޅިހަޔާތާއި ދިރިއުޅުން ބިނާކުރެވިއްޖެނަމަ މިފަދަ ހަޑިހުތުރު ޢަމަލުތައްކުރުން ލާހިކެއްނޫން.
ކ
10 June 2019
ކަލޭ ގިނައިން އަނގަތަޅާތި އެއިރުން ރަނގަޅަށް ބޭޒާރު ވާނެ. މިހާރުވެސް ވެފަ ތިހުރީ. ހަހަ
ޢަބްދުﷲނާފިޒް
10 June 2019
އަހަރުމެން ދިވެހިން ގިރުވާން ކޮޅަށް ޖަހާލާފަ މިބުނާ ތަރައްޤީއަކީ މީބާ! ތިގޮތަށް ފޮށޭ މީހުނާދޭތެރޭ ހަރުކަށިފިޔަވަޅު އަޅަންވީ..........
ފިޠުރަތު
10 June 2019
މުސްލިމް ނޫން ގައުމުތަކުގައި މިކަން މާ މަދުވެފަ ރާއްޖޭގައި މިކަން މިހާ ބޮޑުވެފައި ވާއިރު އެއަންހެން މީހާ ޒަލީލުކޮށް ކަނޑައެޅިގެން އެ ރައްކާނުވެގެން އުޅޭ ފިރިހެންމީހާ ކުރިކަމުގެ ނުބައިކަން ކުޑަކޮށް ތިޔަހެން ވާހަކަ ޝެއިޙުން ދެއްކުމުގެ ނަތީޖާއަކަށް ވަނީ މިފަދަ މީހުންނަށް މިފަދަކަންކަން ކުރުމަށް ބާރުލިބޭކަން.