އަދީބު: މާބިންހުރާ މައްސަލާގައި އަދީބަށް އިއްވި ޖަލު ހުކުމް ބާތިލްކުރި މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފް ކޮށްފައި
09 ޖޫން 2019 - 11:49
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޚިޔާނާތުގެ ކުށުގައި އަދީބު އަށް އަހަރަށް ޖަލަށް ލާން 2016 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ނުލިބުނު މައްސަލައިގަ އެވެ. އެކަމަކު މިދިޔަ މަހުގެ ފަހުކޮޅު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަމުރުކޮށްފަ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޚިޔާނާތުގެ މައްސަލާގައި އަދީބުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް އަހަރަށް އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށް ލާން ވެސް އޭރު ހުކުމްކުރި އެވެ. ޒިޔަތާއި ހާމިދުގެ ހުކުމް ހައި ކޯޓުން ކުރިން އޮތީ ދަމަހައްޓައިފަ އެވެ.
މީގެ ތެރެއިން ހާމިދުގެ ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ.
ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެރީ ދޫނި
09 June 2019
ވަރެއްގެ އަދީބެއްނު ތީ.
ތަމީމް
09 June 2019
އުމުރަށް ޖަލަށް ވައްދާ!!
އިމްރާން
09 June 2019
އަދީބު އަނެއްކާވެސް އެމްއެމްޕީއާރުސީ ހަވާލުކޮށްލާ. މިހާރު ހުދުވީއެއްނު
މަހޭ ފޭން
09 June 2019
ބްރޯ ކޯޑް.. ގިނަ ސާމާނު ގަންނަން ބްރޯ ކޯޑް ވަރައް ފައްކާ ވާނެ
ފިރުޓޭ
09 June 2019
އަނދީބު ކަހަލަ ޑޭންޖަރު މީހަކު ދޫކޮށްލާފަ ބެހެއްޓުމަކީ އެންމެންނަށް އޭގެ ނުރައްކާ ކުރިމަތި ވާނެ ކަމެއް! އަނދީބަކީ ޖެހިލުން ކުޑަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއް! އޭނަ އަށް ސަމާލު ވެގެން އުޅުން މުހިންމު! އޭނަ ދޫކޮށްލައިފިއްޔާ، ހަމަ ޔަގީނާ ގާތަށް އެނގޭ އޭނަ ފިލައިގެން ރައްކައުވާނެ ކަން! އޭގެ ކުރިން އެބަ ޖެހޭ ކޮންމެވެސް ގޮތެއް ހަދަން!
ޑަބަލް ދީދީ
09 June 2019
ކުރިން ބްރޯގެ ޝަރީއަތް ޔަށް ކުރީ ޔާމީނުގެ ސަރުކާރަށް ޓަކައެވެ.މިހާރު އިބޫ ގެ ސަރުކާރަށް ޓަކައެވެ.
ދޮން އަނބު
09 June 2019
އޭތް.. އަދި ތިޔަ 3 މީހުން ޖަލަށް ލުމަކުން އެކަން ނިމުނީ އެއް ނޫނޭ. އެ ފަސް މިލިޔަން ޑޮލަރު އެ ތިން މީހުނަށް އެހިސާބުން އެ ހިބަ ވީތަ?
މަރޭމިތުރު
09 June 2019
ޝަރީއަތްތައް އެދާގޮތްތައް މިތާގައި މުޅިންގޯހީ! ބަރީއަވެގެން ކުއްވެރިން ކުށުންދާގޮތް މަށަށްގޯހީ!.................... ޝަރީއަތްތައް އަދާގޮތްތައް މުޅީން ބަދަލުކުރަންޖެހޭ، ކުއްވެރިންގެ ނިވަލުގައި ތިބޭ މީހުން ވަކިކޮށް ގައުމަށް އަދުލުގެންނަންޖެހޭ ކަމަށް ދެކެން. ރިޝްވަތު ނައްތާލާ!!!!
އިދުރީސް19
09 June 2019
އަސްލުވެސް ތަ!
ސަކިނާ
09 June 2019
އިސްތިއުނާފް ކުރިޔަސް ދައުލަތާ އެއްކޮޅަށް އަދީބުގެ މައްސަލައެއް މިހާރަކު ނުނިމޭނެ.
ރަދީފް
09 June 2019
މިތާ ދައުލަތެއް އެބައޮތް ތަ؟؟؟!!
އެއްމިލިޔަން ޑޮލަރ
09 June 2019
ތިކަން ރަގަޅަށް ބެލޭނެ ބާއެވެ.؟