މަގުމަތިން ވެހިކަލެއްތަކެއް ދުއްވަނީ: މަގުމަތިން ދިޔަ އަންހެނަކަށް ފުރައްސާރަކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފައި -- ފޮޓޯ/މިހާރު
11 ޖޫން 2019 - 15:27
މަގުމަތީގައި ހިނގާފައި ދިޔަ އަންހެނަކަށް ފުރައްސާރަކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު މަގުމަތިން ދިޔަ އަންހެނަކަށް ފުރައްސާކުރި މައްސަލާގައި ހައްޔަރުކުރީ 56 އަހަރުގެ މީހެކެވެ. އޭނާގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެ މީހާގެ ފަރާތުން ފުރައްސާރަ ކުރިމަތިވެފައިވާ އިތުރު ފަރާތެއް ވާ ނަމަ، އެކަން ފުލުހުންނަށް އެންގުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
12 June 2019
ވ.ސަޅި އަންހެނަކާއި ފޮށުނުމީހާ ބަންދު މުޅި ޤައުމުގެ ޚަޒާނާ ބަނޑުއަޅާލިމީހުން ބޭނުންގޮތަކަށް އިއްޒަތާއި އެކު އުޅުމަށްދޫކޮށްލާފައި އަންހެންމީހާގެ ބާރު.........؟
ކެރަްފަ
12 June 2019
މި އަންހެން މީހަ ބުނާހާ އެށްޗެއް އެއީ ތެދުކަމަަށް ވާނެތަ؟
ދައުވާ
12 June 2019
ކޮބައިތޯ އޭނާގެ މައްޗަަށް ކުރި ދައުވާއަކީ؟
މިހާރަކު
11 June 2019
މިހާރަކު ނެތެއްނޫން އަބުރާއިބެހެވޭނެދައުވާޔެއް ދެންމިވީކިހިނެއްތޯ
އެޑްމުންޑޯ
11 June 2019
މީހަކާއި ފޮށިގެން ޝަރީއަތް ނިމެންދެން މުސްކުޅިމީހަކު ބަންދު ، ޑްރަގު މައްސަލާގެ ނުވަތަ ފޭރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަދަ ކުއްތަކުގެ ވަގުތުން ދޫކޮއްލަނީ ، ބަންދުކުރިއަސް ގިނަވެގެންވެސް ހަފްތާއެއް ، ކޮންކަހަލަ އިންސާފްވެރި ގައުމެއްމިއީ ، ހަމަ ހައިރާންވެއްޖެ
ވާނުވާ..
12 June 2019
ކޮބާތަ މީގަ މައްސަލަ އަކީ؟ ހާދަ ވަރެކޭ ދޯ ތިވަނީ. ތި ބުނަނީ މުސްކުޅި ވީމަ އޭނަ ކުރި ކަންތައް ދޫކޮށްލާށޭތަ. ޜަނގަޅަށް ހުކުމެއް ކުރީމަ އުފާ ކޮށްބަލަ. ކުރީގަ މީހަކު ދޫކޮށްލީމަ ދެންވީ ކުށްކުރާ އެންމެން ދޫކޮށްލަންތަ؟؟
ޖޮލީ
11 June 2019
56 އަހަރުގަ މިވަރުވާ މީހަކު ޒުވާން ދުވަސްވަރު އޮބިނޯންނާނެތާ
ހަސަން
11 June 2019
މިހާ ބޮޑު އަދަބެ ދޭން ޖެހޭތަ ގަޔަކު އަތެއްނުލާ ހަމައެކަނި އަނގަ އިން ފޮށުނީމަށް ސަރީޔަތް ނިމެން ދެން ޖަލުގަ އެއްޖިންސުން ކުދިން ތަކަކާ ގުޅުން ހިންގީ މަވެސް 6 ޔެއްކަ ދުވަސް ޖިލުގަ ބާވާފަ ދޫކޮލީ ?
ޙަހަ..
12 June 2019
ތިބުނީ މީހަކަށް އަދަބު ނުދީ ހުރީމަ އެކަކށްވެސް ނުދޭށޭތަ. ތިބާގެ ދަރިއެއް ނަމަވެސް ބުނާނީ ތިހެންތޯ؟ ހަމަ އެ އަންހެން މީހާ އަކީވެސް މީހެއްގެ ދަރިއެއް :) ވިސްނާ ފިކުުރުކޮށްލާ
ރަދީފް
11 June 2019
ބަރާބަރު.މިމީހާއަށް ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ.
ދަޓްވޭ
11 June 2019
ބަރާބަރު. އެކަމަކު ސުވާލަކީ ކުޑަ ދެކުދިންނާ ބަދްއަޚްލާޤީ ޢަމަލް ހިންގި މީހާ ދޫވީ ކީއްވެހޭ?
ރަދީފް
11 June 2019
މީގަ އޮތީ ''މީހާ ޝަރީއަތް ނިމެންދެން'' ދޯ.އެކަން ނިމިދާނެ މާދަމާވެސް.
މީވީގޮތޭ
11 June 2019
ޑްރަގް މައްސަލަތަކުގައި ނޫނިއްޔާ އެރާއެއް ނާރާނެއެވެ.