ކާނިވާ ސަރަހައްދަށް މިއަދު ހެނދުނު އުދަ އަރައި ފެންބޮޑުވެފައި.---ފޮޓޯ: ސޯޝަލް މީޑިއާ
15 ޖޫން 2019 - 13:20
މާލެ އަށް މިއަދު ހެނދުނު އާދަޔާ ޚިލާފަށް އުދައަރައި ބައެއް ސަރަހައްދުތަކަށް ލޮނުގަނޑު އެވެ.
އެންމެ ބޮޑަށް އުދަ އަރާފައި ވަނީ ކާނިވާ ސަރަހައްދުގަ އެވެ. ކާނިވަލުގެ ތެރޭގެ ބޮޑު ބައެއްގައި މިހާރު ލޮނުގަނޑު ހެދިފައިވާއިރު، އެ ސަރަހައްދުން މަގުމައްޗަށް ވެސް ވަނީ ލޮނުގަނޑު ދަތުރުކޮށްފަ އެވެ. މީގެ އިތުރުން ހެންވޭރު ރާޅުގަނޑު ސަރަހައްދަށް ވެސް އުދަ އަރައި އެ ހިސާބުގެ މަގުތަކުގައި ވަނީ ލޮނުގަނޑު ހެދިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ބުނީ، މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރަމުން ދާތީ އެކަމާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާލޭ ސިޓީ ކައުންސިލުން އަޅަމުން އަންނަ ކަމަށެވެ. އަދި އުދަ އަރާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ނެގުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން އިލްތިމާސް ކުރެ އެވެ.
Sea swell floods Male’ pic.twitter.com/YukSbyyZi1
— niumath (@niumath) June 15, 2019
މާލޭގެ ރާޅުގަނޑު ސަރަހައްދަށް މިއަދު ހެނދުނު އުދަ އަރަނީ.
އެ އިދާރާ އިން ބުނިގޮތުގައި މާލޭގެ އިތުރުން އެހެން ރަށްރަށަށް ވެސް އުދަ އަރާކަމުގެ މައުލޫމާތު އެބަ ލިބެ އެވެ. އަދި އެކަމުގެ މައުލޫމާތު ހޯދައި މޮނީޓަ ކުރަމުން އަންނަ އިރު، އެއްވެސް ރަށެއްގައި މީހުން ދިރިއުޅޭ ގެތަކަށް އުދައިގެ އަސަރުކުރި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނެތް ކަމަށް ޑިޒާސްޓާ ސެންޓަރުން ބުނެ އެވެ.
ކާނިވާ ސަރަހައްދަށް މިއަދު ހެނދުނު އުދަ އަރައި މަގުމަތީގައި ފެން ބޮޑުވެފައި.---ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖޭގެ ހުރިހާ ސަރަހައްދަށް މޫސުމާ ބެހޭ އިދާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވައިޓު އެލާޓް ނެރެފައިވާއިރު، އުދަ އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެ ދުވަހު ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފައިވެ އެވެ. އޭގެ ތެރޭގައި ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެދ
15 June 2019
ޢަޖައިބެއް ލޮނު އެރީ ....ފެން ބޮޑުވީ
ާބޮޑުމީހާ
15 June 2019
ރާއްޖެއުފެދިފައި އޮންނަގޮތުން ކޮންމެ ރަށަކަށްވެސް އުދައަރާފާނެ. އުދައެރިޔަސް ނޭރިޔަސް މާލެއަކީ މިހާރު މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއްނޫން. މާލެއަަށް މީހުން ޖަމާކުރުމުގެ ސިޔާސަތު ވެއްޖެ ދޫކޮށް، އަތޮޅުތެރެ ތަރަްއްގީކުރަން
ޞިތީ
15 June 2019
އެ ސަރަހަދަަށް ވެލި އެޅުމުގެ ސަބަބުން މިހާރު އެތަން ތިލަވީމަ ރާޅު ބޮޑު ވާ މޫސުމުގަ ބޮޑަށް އުދަ އަރަނީ....
ކަންބަލާ
15 June 2019
މާލެ ކާނިވާ ސަރަހައްދާ ރާޅުގަނޑު ސަރަހައްދަކީ އަބަދުވެސް އުދަ އަރާ ތަނެއް. ކޮންމެ ޚަބަރަކާއެކު އުދަ އެރި ފަހަރުތަކުގެ ބޮޑު ލިސްޓެއް ނުލިއާތީ މީހުން ކޮމެންޓް ކޮށްގެން ހިތުހުރި އެއްޗެއް ކިޔަންވީ.
ޚަރީފު މޫސުން
15 June 2019
ކަނޑާ ހަމަޔަށް ރަށް ހިއްކާފައި އުދައަރާ ވާހަކަ ދައްކާނެކަމެއް ނެތް. ރާޅު ފައިކުރުކޮށްގެން ނިދާތާ ކޮންދުވަހެއް. ހުޅަނގު މޫސުމުފައި ރާޅުގެ ފައި ދަމާލާއިރަށް ތިބުނަނީ އުދައަރައިފިޔޭ.
އެހެންތޯ
15 June 2019
ބިން ނުހިއްކާ ރަށްރަށަށްވެސް ރާޅުއަރާ.. މާލެ ނުހިއްކާއިރުވެ ރާޅުއަރާކަން ލިޔުންތަކުން އެނގޭ.
ކާސިމު
15 June 2019
އިރުމަތީ ބިތުގައި ތޮށި ޖެހިއިރުވެސް، މުއިއްޒު ކީއްވެބާ މިކަހަލަ އެކްސްޓްރީމް އިވެންޓުތަކަށް ބަލައިގެން ތޮށިގަނޑު އުސް ނުކުރީ... މިކަހަލަ ކަންތައް ކުޑަކުރަން ސަރުކާރުން ނުވަތަ އެހެން ފަރާތްތަކުން ވެސް ޑިސައިންކުރާ މަޝްރޫއުތަކުގައި އެއްވެސް އަހަމިއްޔަތުކަމެއް ދޭބާ؟ އަގުބޮޑޭ ކިޔާފަ ކުޑަގޮތެއް ހެދީމަ ދުރުތަނުގައި ލިބޭ ގެއްލުން ބޮޑު..
ހަސީނާ
15 June 2019
މުއިޒެއް ނޫން ތޮށިޖެހީ
ދޮން ބުޅާ
15 June 2019
ތި މަގަކީ މީހަކު ލާރިގަނޑެއް ކާލާފަ ހަދާފަ އޮތް މަގެއް..ފެންކޮޅެއް ހިދޭނެ ގޮތެއް ނެތް.
ތެދު
15 June 2019
މީގެ ދެރަކަމަކީ ގުދުރަތީގޮތުން ރާއްޖެއުފައްދަވާފައިވާ ރީތި ނިޒާމްހަލާކުކޮށް ރާޅު ބަނޑުދަމާލާނެ ޖާގަނެތި ކަނޑުގެ އަރިމަތީގެއަޅައިގެން ތިބުން. މިހާރުވެސް ތިޔަރާޅު އަރާފައިހުރީ ކުރީގެ ރީތި އަތިރިމައްޗަށް. މިއީ މޫސުމީ ބަދަލެއްއައިސްގެން ވީ އާކަމެއްނޫން. މިއީ އާއްމުކޮށް ރާއްޖެއަށްވާގޮތް ދެ މޫސުމުގައި ލޮނުގަނޑަށް އަންނަ ބަދަލު. ގާދޫކޮލުން އަންނަ ރާޅުގެ ޕްރެޝަރ ދައްކުރަން ގޮޑުދޮށުގައި ޖާގަ އޮންނަންޖެހޭ.
ޗިޗަންޑާނަވާރަ
15 June 2019
އަޅެ އުދަވެސް ތިހެން ހަދައިގެން ނުވާނެނު. އަހަރެން ހީކުރީ މި ކަހަލަ ކަންކަން ދިމާވަނީ ޔާމީނު ވެރިކަމުގަ ހުރީމަ ކަމަށް. އެހެންޏާ ކުރިން ހީވަނީ މިވެސް ވެރިކަމުގަ ހުންނަމީހާ ކުރާ ކަމެއް ހެން. މިހާރު ވެއްޖެއްޔާ ވާނީ ގުދުރަތީ.
ކޮރަލް
15 June 2019
ޑިސާސްޓަރި އިން ނޫސްކޮންފަރެންސް ބާއްވާ އާއްމުންނަށް ފަހުގެ މައުލޫމާތު ފޯރު ކޮށްދޭން ވީއެވެ. ނޫނީ ރައްޔިތުން މައުލޫމާތު ހޯދަން އެއޮފީހާށް ދާން ވީއެވެ.
އުދަ
15 June 2019
އުދަ ތިއެރީ ހަމަ ކުރީގެ މޫދަށް، މިހާރު މާލެއިން ވެރިވަގަނެގެން އުޅޭ މޫދުގެ ބައެއް ތިޔައީ.