ހައިވޭގައި ޖަހާފައިވާ ޑިވައިޑާތަކެއް ފުނޑުފުނޑުވެފައި--
16 ޖޫން 2019 - 14:07
ސިނަމާލޭ ބްރިޖް ހައިވޭގެ މެދުގައި ޖަހާފައި ހުރި ލަކުޑި ޑިވައިޑާތަކުގެ ބަދަލުގައި ކޮންކްރީޓުން ޑިވައިޑާތައް ހަދަން ނިންމާފައިވާ ކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރު ފަހުކޮޅު ބޭނުންކުރަން ފެށި ހައިވޭގައި ހިނގި ފަސް އެކްސިޑެންޓެއްގައި ވަނީ ގިނަ އަދަދެއްގެ ޑިވައިޑާތަކެއް ފުނޑުފުނޑުވެފަ އެވެ. އެންމެ ފަހުން ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް ގިނަ އަދަދެއްގެ ޑިވައިޑާ ހަލާކުވި އެވެ.
Highway ge divider thah anehkaaves fundufundu
The most trusted news source in the Maldives
Mihaaru
ރޭ ހައިވޭގައި ހިނގި އެކްސިޑެންޓް--
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު "މިހާރު" އަށް ވިދާޅުވީ، މިހާރު ބަހައްޓާފައި ހުރި ޑިވައިޑާތަކުގެ ބަދަލުގައި ރަނގަޅު ޑިވައިޑާތަކެއް ބެހެއްޓުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮންކްރީޓުން ޑިވައިޑާތައް ހެދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންކްރީޓް ޑިވައިޑާތައް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން،" ސުހެއިލް ވިދާޅުވި އެވެ.
ހައިވޭގައި ހިނގި އެކްސިޑެންޓްގައި ޑިވައިޑާތައް ފުނޑު ފުނޑުވެފައި-- ފޮޓޯ: ފަތުހުﷲ ސޯލިހް
މިހާރު ހަލާކުވި ޑިވައިޑާތަކުގެ ބަދަލު ހޯދަން ބޭނުންތޯ ފުލުހުން އެދުމުން ބަދަލު ބޭނުންވާ ކަމަށް އަންގާފައިވާނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އެއީ އެކްސިޑެންޓްވި މީހުންގެ އަތުން ބަދަލު ނެގުމަށެވެ.
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާއިރު އުޅަނދުފަހަރުގެ އިތުރުން މަގަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ބާރު ސްޕީޑުގައި ދުއްވި ކާރަކުން ޖެހި މަގުގެ އެއް ފަރާތުގައި ޖަހާފައި ހުރި ޗެންޗެއިނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަހުމަދު
17 June 2019
ކޮންކްރީޓުން ހެދީމަ ދުއްވާމީހާ އަށް ވާ ގެއްލުން ބޮޑުވާނެކަމަށް ފެންނަނީ
ގާސިމް
17 June 2019
ތިތަނުގަ ކޮންކްރީޓް ޑިވައިޑަރު ހެދުން ގޯސް. އެއީ މިހާތަނަށް ހިނގާފަ ހުރި އެކްސިޑަންޓް ތަކުން އިނގެނީ ސްޕީޑް ކޮންޓްރޯލް ނުވެގެން އިއިސް ތިތާ ޖެހެގިން ފުޑު ފުޑު ވެގެން މައިތިރިވާން ޖާގަ ލިބޭކަން. ތި ތަން ކޮންކްރީޓް ކޮށްފިއްޔާ ޖެހޭގޮތަށް އިމްޕެކްޓް ބޮޑުވެ ގެއްލުން ބޮޑުވާނެކަން.
ގުދުގުދާ
17 June 2019
ރަށުން ފުންމާލާގޮތައް މާލެއައިސް ވެހިކަލްއަށް އެރީމާ ބޯބުރާންތި ވަނީ! ހީކުރަނީ ވައިސިޓީގައި އުޅެވޭކަމަށް!
މާވަހަރު 1244
17 June 2019
ކޮމިޝަން އުފައްދަންވީ ތިކަން ހުއްޓުވަންވެސް
ފާނަކޮށި
17 June 2019
ވ ރަނގަޅުކަމެއް....
ހނހނ
17 June 2019
މިސަރުކާރުމީ ކޮންގުރީޓުން ތަރައްގީ ގެންނަ ސަރުކާރެއް ނޫނެއްނުން.
އިސްމާލު
17 June 2019
ބަލަ ޗައިނާގަވެސް ހުންނަނީ ހަމަ ތިޔަ ޑިވައިޑަރު. އަހަރެން ޗައިނާ ގައި އުޅޭތާ މިވީ 3 އަހަރުގަ ގައިމު އެންމެ ޑިވައިޑަރެއްގަވެސް ދުއްވާއެއްޗަކުން ނުޖެހޭ. އެހެންވީމާ ޑިވައިޑަރުގެ މައްސަލައެއްނޫނެއްނު މިއީކީ.....
ފަޅުމަސް
17 June 2019
ލަންޑަން ބްރިޖަށް ވީގޮތްވާނީ ހަމަ.. ބްރިކްސް އެންޑް މޯޓަރ ވިލް ނޮޓް ސްޓޭ.. އަޔަން އެންޑް ސްޓީލް ވިލް ބެންޑް އެންޑް ބޯ.. ސިލްވަރ އެންޑް ގޯލްޑް ވިލްބީ ސްޓޯލަން އަވޭ.. އަ މޭން ޓް ވޮޗް، ވިލް ފޯލް އެސްލީޕް.. އެވަރު ތަނެއް ހަލާކުވާއިރު، ރާއްޖޭގައި ކިހިނެއް ތިޔަވަރު ތަނެއް ހަލާކު ނުވާގޮތަކަށް ހަދާނީ.. ހައްލަކީ ސްޕީޑް ބަލަން ކެމެރާ ހަރުކުރުން، މައި ފެއަރ ލޭޑީ..
ހަސަންބެ.
17 June 2019
މިއީ މިސަރުކާރުން ރާވައިގެން ބަޔަކު ލައްވާ ކުރުވާ ކަމެއް ކަމަށް މިހާރު ގަބޫލް ކުރެވިދާނެ. ބިޑަށް ލައިގެން ޕާޓީކުދިން ކޮޅަކަށް ރަގަޅު އެމައުންޓެއް ލިބޭނެ ކަމަކަށް ވާނެ.
ހާމިދު ޝާހިދު
16 June 2019
އަސްލު ތި ހައިވޭގައި އުޅޭ ޖިންނިއެއް ކުރާ ކަމެއް ތިއީ. ކިތަންމެ ވަރުގަދަކޮށް ތިތަން ހެދިއަސް ލާހިކެއްނޫން ތިކަން ދަމަހައްޓާކަށް.