ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުން ކުރިއަށް ގެންދަނީ--- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ޖޫން 2019 - 14:19
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ ސަސްޕެންޝަން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ޖޭއެސްސީގެ އެ ނިންމުން ސައްހަ ކަމަށް ކަނޑައަޅަން މަޖިލީހުގެ ތަޅުމަށް ފޮނުުވައިފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ކޯޓުތަކުގެ ނިންމުންތަކުގެ ސައްހަކަމާ މެދު ގޮތް ނިންމުމުގެ ބާރު ޖޭއެސްސީއަށް ގާނޫނީ ގޮތުން ލިބިގެންނުވާ ކަމަށެވެ. އަދި ކޯޓުތަކުގެ ނިންމުންތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ނިިންމުންތަކެއް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނާކަން ފާހަގަކޮށް، އެ އަމުރުގައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ.
Court Order Number 2019/SC-SJ/02 of the Supreme Court.
— Maldives Judiciary (@judiciarymv) June 17, 2019
ReadMore: https://t.co/j0r5OpqhKc pic.twitter.com/Z7pFm3Pg2c
ސުޕްރީމް ކޯޓުގެ އަމުރު
ޖޭއެސްސީގެ އެ އަމަލަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކޮށްފައިވާ ދުސްތޫރާ ޚިލާފް އަމަލެއް ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެ ކޮމިޝަންގެ އެ ނިންމުމުގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ނިންމާ އެހެން ހުރިހާ ނިންމުންތަކެއް ވެސް ބާތިލްވާނެ ކަމަށާއި އެއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާނެ ނިންމުންތަކެއް ކަމަށް ވެސް ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރުގައި ވެ އެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ޖޭއެސްސީން ހިންގާ ކޮންމެ އިޖްރާއާތެއް ވެސް ބާތިލްވާނެ ކަމަށާއި އެ ކޮމިޝަންގެ ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ނިންމާ ނިންމުންތައް ވެސް ބާތިލްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"އިސްވެ އިޝާރާތް ކުރެވުނު އަމުރާ ޚިލާފަށް އެ ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އަދި އެ މަޖިލީހުގެ ކޮމެޓީއަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުން ވިޔަސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، މިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށާއި އިދާރާތަކަށް އަންގަމެވެ." އަމުރުގައި ވެ އެވެ.
ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން އަމުރުކުރީ ޖޭއެސްސީގެ އެ ނިންމުން ބާތިލްކުރަން ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުންނެވެ. އެކަމަކު އެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމިޔަސް، ފަނޑިޔާރު ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަމުންނެވެ. އެކަމުގައި ޖޭއެސްސީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސް
18 June 2019
މަށަށް ހީވަނީ ރައްޔަތުން ވޯޓް ލައިގެން ހޮވަންވީ ސްޕްރީމް ކޯޓް ބެންޗް ހެން… މިމީހުން މީ މަތިން ފައިބައި ތިބި ބައެއްތަ އަޅެފަހެ…..
ހާސް
18 June 2019
މިމީހުންގެ އަމަލުތައް މިހުރިގޮތުން ހީވަނީ ޔާމީނު އެކަންތައްކުރީ ރަނގަޅަށްހެން. ހަމަ ޓިނުނަގައިގެން ގެންގޮސް އެންމެން ހައްޔަރުކުރަންވީ. އެކަން ގޯސްކަމަކަށްވެސް ސްޕްރީމް ކޯޓަކަށްނުވި. އަދި އެކަންކުރި މީހުނަށް އަދަބެއްވެސް ނުލިބޭ. އެހެންވީމަ ޖޭއެސްސީން މައްސަލަ ތަހުގީގުކުރުމަށް ވުރެ ފުރާޅުން ޓިނު ނެގުން މާރަގަޅު
ކާސިމްބޭ
18 June 2019
މިމީހުން ހެޔޮ ސްޕްރީން ކޯޓުގެ އަމުރުތަކަށް ގޮންޖަހާ އަމުރުތަކާއި ޚިލާފްވިއަސް ، އެއީ މައްސަލައެއްނޫން ، އަޖާބެއްކަހަލަ ބައެއްމީ ، ދިވެހިގަމާރުންގެ ބޮލަށް ރަގަޅަށް ސަވާރުވެފަތިތިބީ
މެކޭ
18 June 2019
ފަހު ބަސްބުނާ ބަޔަކީ ތިމަންނަަމެންނޭ ކިޔާފައި މުޅި ގާނޫނު އަސާސީގެ ހަމަތަށް މުގުރާލާފައި، ތިމާމެން ހިތް ނުރުހޭކަމެއް ނުވާނެކަމަށް ދެކުނު ޒަމާން ބަދަލުވެއްޖެ! ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ގާނޫނު އަސާސީއާއި ކަނޑައެޅިގެން ޙިލާފުވެއްޖެ ކަމަށް ނިންމައި، އޭނާ ރައްޔިތުންގެ މަޖްލީހުން ވަގުތުން މިނިވަން ކުރީސް..
ހަސީނާ
17 June 2019
ރައްޔިތުން ބޭނުންވީ ފަނޑިޔާރު ދީދީ ގެ އަނބިކަނބަލުންގެ އެކައުންޓަށް 1 މިލަން ޑޮލަރު ވަނީ ކީއްވެގެންތޯ އާއި އެއީ ކޮންތާކުން އައިއެއްޗެއްތޯ ބަލަން. މިކަން ސާފު ނުުކޮށްދީ ފަނޑިޔާރު ވިދާޅުވީ އެއީ ހައްގުލާރިއޭ.. ދެން ފެނުނީ ތިމަންނާއޭ އެންމެ ފަހުބަސް ބުނާނީ އަދި ތިމަންނަމެން ކުރަ ކަންކަމަމެއް ރައްޔިތުންނަށް ނުބެލޭނޭ ބުނާކަހަލަ ގޮތަކަށް ރަސްގެފާނެއްހެން އަމުރު ނެރޭތަން. ނަޒާހަތްތެރިކަން ޔަގީން ކޮށްދީ އެހެން ނޫނީ އިސްތިއުފާ ދެއްވާ!
އެހެންތޯ
18 June 2019
އަސްލުވެސް މި މީހުންގެ ނަޒާހަތް ތެރިކަމާ މެދު ސުވާލުއުފެދިފައި އޮތް ދުވަސްވަރެއްގައި މިފާޑަށް އަމަލު ކުރީމައި އިތުބާރު އިތުރަށް ގެއްލެނީ.. ކީއްތަވާނީ ތިކަން ރަނގަޅަށް އާންމުންނަށް ސާފުކޮށްދިނިއްޔާމު؟ ތިފަދަ މަގާމެއްގައި ހުންނަ އިރު ރައްޔިތުންނަށް މި ސުވާލު ކުރެވޭނެ.
ވިދުވަރު
17 June 2019
އެންމެ ބާރުގަދަވާނީ ރައްޔަތުން ، ރައްޔަތެއް ނެތްތަނެއްގައި ކޮން ކޯޓެއްތޯ؟ ބާރުތައް ފެށެނީވެސް އެބާރުތަށް ދެމި އޮންނާނީ ވެސް ރައްޔަތުުންގެއަތްމަތީގައިކަން، ފަޑިޔާރުންނަށް ނިކަންހުރެ ފެނިގެންދާނެ.
ހުސެން
17 June 2019
ސުޕުރީމްކޯޓުގެ މި އަމުރަކީ ނުވަތަ ނިންމުމަކީ އޭގެ ޒާތުގައި ކޮންމެހެން ނެރެންޖެހޭ އަމުރެއްކަމަށް އަޅުގަނޑު ދެކެން، އެހެނީ ސުޕުރީމްކޯޓުގެ ނިންމުންތައް ގަބޫލުނުކޮށް އޭގެމައްޗައް އެހެން ފަރާތްތަކުން ބަސްބުނެ ގޮތްނިންމަން ފަށައިފިނަމަ މުޅި ސިސްޓަމް ގަޑުބަޑުވެގެން ދާނެ، ކަންކުރަންވީގޮތަކީ އޮންނަ ޕުރޮސީޖާއިން ގޮސް ކަރަޕްޓު ފަނޑިޔާރުންވެސް އެހެންމީހުންވެސް ވަކިކުރާށޭ! ޕުރޮސީޖަރ ފޮލޯނުކޮށް އަބުދުއްލޯގަޒީ ބަނދުކުރުމުން ނިކުތްނަތީޖާ އާ މެދު ވިސްނަވާ!
ހަސަންކާ
18 June 2019
ސުޕުރީމު ކޯޓުން ފަހުބަސް ބުނާނީ އެންމެން ބަސްބުނެ ނިމުނީމާ. އެހެން ނޫނީ ފަހު ބަހަކަށް ނުވާނެ.
ދފގގދ
18 June 2019
ޖޭއެސްސީ އަކީ ފަނޑިޔާރުންގެ މައްސަލަ ބަލާތަން، އެމީހުން ނުވަންނާނެ ކޯޓްގެ ކަންކަމަކަށް، ޑީޑީ އަކީ ފަޑިޔާރެއް، އޭނަ އެއީ ސްޕްރީމްކޯޓެއް ނޫން.
ރިޝާ
17 June 2019
ފަހުބަސް ބުނާތަނުން ނިމިދިޔަ ފަސްއަހަރު ނުބައިކޮށް ފަހުބަސް އިއްވައިގެން ލިބުނު ގެއްލުން މާބޮޑު
ރޮކެޓްް ސައިންސް
17 June 2019
ހަޅޭލަވަލަވަ ތިބޭ ސްޕްރީމް ކޯޓު ހަމަ މަގައްއަޅުވާފަ ނޫނީ ހުއްޓައެއް ނުލާނެމިފަހަރު.
ހަސަނު
17 June 2019
މާ ދިއުޅި ދިގުވޭ އެބަ... ބާކީ ތިބި ހުރިހާ ފަނޑިޔާރުން ޖޭއެސްސީއަށް ވަކިވަކިން ހާޒިރުކޮށް ސަސްޕެންޑުކުރޭ...