ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
18 ޖޫން 2019 - 12:58
އަމިއްލަ އިސް ނެގުމަށް ސުޕްރީމް ކޯޓުން މައްސަލަ ބެލުމުގެ ބާރު ބަދަލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން އަލީ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް މިހާތަނަށް ނުލިބި އޮތީ ހަމައެކަނި އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށެވެ. އަދި މިހާރު އަމަލު ކުރާ ގާނޫނުއަސާސީން ކަށަވަރުކޮށް ނުދެވުނު ކަމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެންމެ ބާރަށް ރައްޔިތުން އެދެމުން އައީ އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައި ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު، ޖޭއެސްސީ މިހާރު އެކުލެވިފައި އޮންނަ ގޮތުން ފަނޑިޔާރުގެ ރަނގަޅެއް ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި އެކިއެކި ފާޑުގެ ތުހުމަތުތައް ކުރެވޭ ފަނޑިޔާރުންނާ ދެކޮޅަށް މިވަގުތަށް ފިޔަވަޅު އަޅަން ޖެހެ އެވެ. އަދި ޝަރުއީ ދާއިރާގެ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ޖޭއެސްސީގެ މަސައްކަތްތައް މިވަގުތަށް ބަލައިގަންނަން ޖެހޭ ކަމަށާއި އެ ކަންކަމަށް ނުފޫޒު ފޯރުވަން އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް މުސްތަގުބަލުގައި ކުރަންޖެހޭ ކަމަކީ ގާނޫނުއަސާސީ އިސްލާހު ކުރުން. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ޖެހޭ،" ޖޭއެސްސީގެ ދިފާއުކުރައްވައި އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ގެންގުޅޭ ސޫމޯޓޯގެ އުސޫލު ބަދަލު ކުރަން ޖެހޭ އިރު، ކޯޓުތަކުން މައްސަލަ ބަލަން ވާނީ އެ ތަންތަނަށް މައްސަލަ ހުށަހެޅުމުންނެވެ.
މީގެ އިތުރުން، ޖޭއެސްސީން އެއްވެސް މައްސަލައެއް ހުށަހެޅުމުގެ ކުރިން ސުޕްރީމް ކޯޓަށް އެއްވެސް ކަމެއް ނިންމިގެން ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ. އެހެންވާ ނަމަ، ޖޭއެސްސީ "ވާ" ކޮށްލައި އެ ކޮމިޝަންގެ މަސައްކަތްތައް އެ ކޯޓަށް ހުއްޓުވެނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ގައުމަށް 800 އަހަރު ވެގެން ދިޔަ އިރު، ރައްޔިތުންނަށް ގޮތް ބަލާލަން ނުލިބުނު ހަމައެކަނި އެއްޗަކީ އިންސާފުވެރި ފަނޑިޔާރުގެއެއް. އަޅުގަނޑު މިހުރީ އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައި ދިނުމަށް އަތުކުރި އޮޅާލައިގެން،" އަލީ ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް ދީފައިވާ ބާރުތައް ކުޑަ ކުރަން ބޭނުން ނަމަ، ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އެއާ ހިލާފަށް އެއްވެސް ބަޔަކަށް ކަމެއް ނުކުރެވޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި މަޖިލިހުން ނިންމާ ކަންތައްތައް ވެސް ބާތިލް ކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތީ ސުޕްރީމް ކޯޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއަދު
22 June 2019
މިހާރު މިއޮތް ރަޢިއްޔަތުންގެ މަޖިލިހަކީ ޤާނޫނު އަސާސީ އިސްލާހުކުރުމަށް އެކަށީގެންވާމަޛިލިހެއްނޫން މިހާރުމިއޮތީ ރައިސްނަޝީދުގެ ޕަޕެޓް މަޖިލިހެއް
ޗިޗަންޑާނަވާރަ
19 June 2019
އަލީއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ކޯޓުންވެސް ކުރާ ކަމެއް ތިއީ. ރާއްޖޭގަ އެކަންޏެއް ނޫން. ދެން ހަމަ ސިޔާސީ މީހަކު ހިތް ހަމަ ނުޖެހޭ އިރަށް ކޯޓުތަށް އެފުށް މިފުށަށް އުސޫލުތަކާއި ގާނޫނުތަށް ހުރިތާ ބަހައްޓާފައި ތި ކުރަނީ ކީކޭހިތާ؟ ދެން އަންނަ ބަޔަކު އަނެއްކާވެސް ހަމަ ޖަހާނީ ތި ސަކަރާތް. އޭރަށް ދުވަހަކުވެސް ތި ނިމުމެއް ނެތް ކަމެއް ނޫންތޯ؟ އޭގެ ބަދަލުގަ ގާނޫނުތަކުގަ ހުރި އުނި ފިލުވާ ޒިންމާ ކުރެވޭނެ ގޮތްގޮތް ހަދަންވީނު ތި ނާޗަރަންގީ ނުކުޅެ؟
ގަބު
19 June 2019
ޖާބިރު އެ ބުނީ ކަން އޮތް ގޮތައް
ލަންބެ
19 June 2019
ޖާބިރުމެންގެ ފެންވަރު މިއީ، މަޖުލީހުން ނިންމާ ކަންކަން ބާތިލް ކުރުމުގެ ބާރު ސްޕްރީމްކޯޓަށް ނުލިބެ، އެބާރު ލިބެނީ އިސްތިސްނާއީ ހާލަތެއްގަ، އެކަން ގާނޫނު އަސާސީގައި އޮވޭ، އެވަރު ނޭނގޭ މީހުން މަޖިލީހުގަ،
އަބާ
18 June 2019
ކޯޓުތައް ހަލާކުވީ ސިޔާސީ މީހުންގެ ސަބަބުން. އެކަން ހައްލު ކުރުމަށް ޖޭއެސްސީގެ މެންބަރުން ބަދަލުކުރަންޖެހޭ ފުރަތަމަ ކަމަކަށް.
އެޑްމުންޑޯ
18 June 2019
އިންސާފްވެރި ފަނޑިޔާރުގެޔޭ ކިޔާ ތިހަޅޭލަވަނީ ސިޔާސީ މީހަކަށް ކަމެއް މެދުވެރިވީމައޭ ، އާއްމުރައްޔިތަކަށް އިންސާފް ނުލިބުނަސް ބަޔަކަށް އެގޭ އެއްވެސް ކަމެއްނޯވެ ، އިންސާފަކީ ސިޔާސީ އެއްޗަކަށް ހަދާހާ ހިދަކު ދުވަހެއްގައިވެސް މިގައުމުގައި އިންސާފެއް ބަޔަކަށް ނުލިބޭނެ
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
18 June 2019
މަނިކުފާނު އޮޅިވަޑައިގެން ތިއުޅުއްވަނީ، އަނބިކަނބަލުން ކުރެން އައްސަވާ އަދި އެކަން ސާފުކުރުމަސްފަހު ދެން އިތުރަށް ވާހަކަ ދެއްކުން މޮޅީ... ސުޕުރީމް ކޯޓުން ނާޖާއިޒު ފައިދާ ދެނެއް ނުވެސް ނެގޭނެ އަދި އެކޯޓަށް މަޖިލީހުން ކުރާ ކަންތައްތަކަށް އަތާއި ފައި ނުކޮށްޕޭނެ...ތިބޭފުޅާ ތިޔައީ ރައްޔަތުން އައްޔަންކޮސްފައިވާ ފަރާތެއް، ރައްޔަތުންގެ މަޖިލީހުގެތެރެއަށް 5 ލައްކަމީހުނައް ނުވަދެވޭނެތި އެއްމެހައި ރައްޔަތުން ޝާމިލުވާގޮތުން ރައްޔަތުންގެ މަޖިލީސްއެކިޔަނީ
ކްލިކް
18 June 2019
އެންމެހާ ރައްޔިތުން ޝާމިލްވާ ރައްޔިތުންގެ މަޖްލިހެއް ނޫން އެއީ. އަދި ރައްޔިތުންގެ ތެރެއިން ވޯޓް ލީ މަދުބަޔަކު މެޖޯރިޓީ ވޯޓްވެސް ލީ އެމްޑީޕީއާ ދެކޮޅަށް. ކޮންމެ ދާއިރާއަކުން ނިކުތް އެހެން އެންމެންގެ ވޯޓް އެއްކުރާއިރު އެމްޑީޕީއަށް ލިބުނު ވޯޓް ޖުމްލަކޮށް މަދުވާނެ. ވޯޓްތައް އަލުން ގުނި ނަމަ ގެއްލޭނެ އެތައް ގޮނޑިއެއްވެސް ހުރީސް.
އަބްދޫ
18 June 2019
ސްމޯޓޯ ގެބާރު ބަދަލުކުރުމުން އަޅުގަނޑުމެން މައްސަލަ ހުށަހަޅަންފަށާނަން ދެން ހުއްޓުވާނީ ރައްޔިތުން ކޯޓަށް ދިއުންތޯ ؟
ބޯވަ
18 June 2019
ގާނޫނުއަސާސީ އަށް ބަދަލު ގެނެސްގެން ނަވަވެސް ސްޕްރީމް ކޯޓް މައިތިރި ކުރަންޖެހެއެވެ. ޖުޑިޝަރީގެ ހުރިހާކަމަކަށް ސްޕްރީމް ކޯޓްގެ ނުފޫޒު މާ ބޯޑަށް ހިންގަނީއެވެ. ކޯޓްތަކާއި ޖޭއެސްސީއަށެވެ. ވަކީލުންނަށެވެ. ވަކިވަކި ފަޑިޔާރުންނަށެވެ. ސަރުއީދާއިރާގެ މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މުވައްޒަފުން ހެދުން އެޅުމާއި ކުޅިވަރުތަކުގައި ބައިވެރިވުން ފަދަ ކަންކަންކަމާވެސް ބެހެނީއެވެ.
ރަދީފުއްދީނުލް އަކްބަރު
18 June 2019
ސޫމޯޓޯ މީ ދިވެހި ބަހެއްތަ؟