ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ (ވ). --- ފޮޓޯ: މިހާރު
19 ޖޫން 2019 - 00:12
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު ސަރުކާރުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކިކުރީ މިއަދު ކަމަށް "މިހާރު" އަށް ނުރަސްމީކޮށް އެނގިފައި ވެ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުން ޣާނިޔާ ވަކިކުރިއިރު، ފަނޑިޔާރު ޑީޑީ އަށް ކުރާ ރިޝްވަތުގެ މައްސަލާގައި ހިމެނޭ ފައިސާ ޖަމާވި ކަމަށް ބުނަނީ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާގެ އެކައުންޓަށެވެ.
މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން ފަށާފައިވާތީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ފަނޑިޔާރު ޑީޑީ ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުން ފާހަގަވި އެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުން ކަމަށް ވެ އެވެ.
ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން ސިޔާސީ މަގާމުން މި ވަކިކުރީ، ފިރިކަލުންނަށް ކުރާ ރިޝްވަތުގެ ތުހުމަތަށް ބަލައި ސަރުކާރުން ފިޔަވަޅު ނޭޅުމުން ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ އެމްބެސެޑަރަކަށް ޣާނިޔާ އައްޔަން ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އިރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާތީ އާއި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާތީ ޣާނިޔާގެ މައްޗަށް 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރަން ވެސް ފޮނުވި އެވެ. އެކަމަކު، ފަހުން އެ މައްސަލަ އަށް ވީ ގޮތެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަނުދުންމާރި
19 June 2019
ކޯޓުން އަމުރު ނުނެރޭތަ ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް. އެންމެ ފަހުބަސް ބުނާނީ އެތަނުންނެއްނު....
ލޮކިސާނު
19 June 2019
ތިބުނާ މަންޖެގެ ވަަޒީފާ އިން ވަކި ކުރަން އެންގި އެންގުން ބާތިލު ކޮށް އެ މަންޖެ އެހުރި ވަޒީފާގަ ނުވަތަ އެއަށް ވުރެ މަތީ ވަޒީފާ އެއްގަ ތާ އަބަދަށް ބަހައްޓަން ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ނެރޭ ސުޕްރީމް ކޯޓުގެ އަމުރުގެ އިންތިޒާރުގައި އެބަ ހުރީމެވެ. ވައްލާހު އައުލަމް!
އަހުމަދޭ
19 June 2019
މައްސަލަ ބެލުމެއްނެތި ވަޒިފާއިން ވަކިކުރުމަކީ ދެވޭ އަނިޔާއެއް.
އެމްސް
19 June 2019
މިވަޒީފާ ހޯދުނީވެސް ނުފޫޒުން ކަމަށް އެބަ ބެލެވޭ!
ބަލަބަލަ ސުވާލު
19 June 2019
ފައިސާ އެކައުންޓަށް ޖަމާވި މީހާ ހުރީ މިހުރިހާ ދުވަހަކު ބަޑުމަގާމުގައެވެ. އޭނާ ހައްޔަރު ކުރުމެއްވެސް ތަހްގީގު ކުރުމެއްވެސް ނެތް؟؟ އޭނަގެ އެކައުންޓާށް މިފައިސާ ޖަމާވިކަން މާކުރިންވެސް ފަޅާއަރާފަ އޭނާއަާ މެދު އެއްވެސް ފިޔަވަޅެއް ނޭޅެ. ކޮންމެ ކަމެއްގައި މިސަރުކާރުގެ ބުނަނީ ' އަދި ބެލޭނެޔޭ ' މިހެނެވެ. ފަނޑިޔާރުންގެ މައްސަލަތައްވެސް މިދަނީ މިހެން ގައުމު ހަލާކުވަނީ ސުއްނާފަތިވަނީ ފަނޑިޔާރުން ޕީޖީގެ އަދި އޭޖީގެ ނުބައިހެދި ވަކީލުންތައް މީރާގެ ވެރިން ކޮބާ
ދަތްނެތްކުއްޖާ
19 June 2019
މި ހުރިހާ ކަމާއި މެދު ސައްކު ކުރެވިގެން ދިޔަ އިރުވެސް މިހާދުވަސް ވަންދެން ތި ގޮއްޔަ ތިތާ ވަޒީފާގައި ދެމި ހުރިގޮތް ވެސް ބެލެންޖެހޭ. މިހެނީ އެމްބެސެޑަރުގެ އަތެއްވެސް މިކަމުގައި ވޭތޯވެސް ބެލުން މުހިންމު. ފައިސާ ފައިސާ ފައިސާ !
ވަންޑޭ
19 June 2019
ސިޔާސީ މަގާމު ތަކަކީ އެއިރެއްގަ އޮންނަ ވެރިކަމަކުން އިތުބާރު ކުރެވޭ މީހުންނަށް ދޭ އެއްޗެއް
އެންދެރި
19 June 2019
ކޮރަޕްޝަން ގެ މައްސަލަ ތައް ކަހަނބު ދުވެލީގައެވެ. ލިބުނު ފައިސާ ތައް ހިފައިގެން ގިނަ ބަޔަކު ރާއްޖެއިން ބޭރައް ގޮސް ތަންތަން ގަނެ ދިރިއުޅުން ފަށައިފިއެވެ. ޕާސްޕޯޓެއް ނުހިފެހެއްޓުނެވެ.
ޝޫކުރު
19 June 2019
ތިކަން މާލަސްވެއްޖެ... މެލޭގަ އުޅޭ ދިވެއްސެއްގެ ހައިސިއްޔަތުން ބުނާނީ... ދުވަހުކުވެސް އަހަރެމެްނގެ ކުރިމަށްޗަށް ނުފެނޭ.. ބޮޑާ ކަންމަތީ އުޅެމުންދަނީ... ނަމަވެސް ވިސާމް ވަރަށް ތަފާތު..ހާއްސަކަޮށް ފަޒީލާގެ ނަން ފާހަގަ ކުރަން
ޚިލާލް
19 June 2019
ސަރުކާރު ބަދަލުވިތާ 8 މަސް ވަނީ މިހާ ދުވަހު ބެހެއްޓީ ކީއްވެތޯ؟
ވަރަށް ސާފު
19 June 2019
އެތަނުގަ މަގާމެއްގަ ހުރިކަން ނޭނގޭތީ ނޫނީ ބޭރު ގައުމުތަކުގެ މަގާމުތަކާ ހިސާބަށް ސްޕީޑް ހުރިވަރުން އަދި ނުދެވޭތީ.