ޚަބަރު / މާފުށީ ޖަލު

15 މިނިޓް ތެރޭ ގައިދީނަށް ފަރުވާދިނިން: ކޮމިޝަނާ

ގައިދީނަށް ލިބިފައިވާ ގެއްލުންތައް ހޯމް މިނިސްޓަރާއި ޕްރިޒަންސް ކޮމިޝަނާ ބައްލަވާލައްވަނީ-- ފޮޓޯ: ހޯމް މިނިސްޓްރީ

މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހު ގައިދީން ނެރެ އެ މީހުންގެ ގައިގައި ތެޅުމުން އަނިޔާ ލިބުނުތާ 15 ވަރަކަށް މިނިޓު ތެރޭ ފަރުވާ ދީފައިވާ ކަމަށާއި އަނިޔާކުރި ވަކިވަކި އޮފިސަރުން އަދި ދެނެގަނެވިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލުގެ ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މުނާޒް ހާޒިރު ކުރުމުން ވިދާޅުވީ އެ ހަމަނުޖެހުންތައް ހިނގީ ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ބަހައްޓާފައި ތިބޭ ޔުނިޓް ހަތަރެއްގައި ކަމަށެވެ.

އެ ހާދިސާ ހިނގީ ކުއްލިއަކަށް ކަމަށާއި އެކަން ހިނގަން މެދުވެރިވީ ޖަލަށް ވެއްދުން މަނާއެއްޗެއް ގެނެސް ދިނުމަށް ގައިދީއަކު އޮފިސަރެއްގެ ގާތުގައި އެދުމުން އެކަން ނުކޮށް ދިނުމުން ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. ގައިދީއަކު 16 އިންޗީގެ އެނބުރި ދަގަނޑު ގަނޑަކުން އޮފިސަރަކަށް ހަމަލާދިނުމުން އެކަން ހުއްޓުވުމަށް ދިޔަ އޮފިސަރުން ވަނީ ގައިދީންނަށް ވެސް އަނިޔާ ކޮށްފަ އެވެ.

"އަޅުގަނޑު ސުވާލު ކުރިން ގައިދީއާ. އޭނާ އެބަބުނޭ އެހެން މީހުން ވެސް އެބަ ގެނެސްދެއޭ (ޖަލަށް ވެއްދުން މަނާ ތަކެތި). ތިމަންނަ އޭނާ ކައިރި ބުނީމަ އޭނާ ގެނެސް ނުދިނީމަ ރުޅިއައްޔޭ. ގައިދީ ބުނާގޮތުގައި އޭނާ ހިތްހަމަ ނުޖެހޭގޮތަށް (އޮފިސަރުގެ) ވާހަކަތައް ވެސް ހުރީ. ޒުވާބަކަށް ގޮސްގެން ޖެހީ ކަމަށް ގައިދީ ބުނަނީ. އޮފިސަރު ބުނަނީ ތިމަންނަ ނޫނެކޭ ކިޔާފައި އެނބުރުނީމަ ޖެހިއްޔޭ. ތަހުގީގު ނިމުނީމަ ނޫނީ ވީގޮތެއް ނޭނގޭނެ،" މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ ވިދާޅުވި އެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ކޮމިޝަނާ އޮފް ޕްރިޒަންސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

އެ ހަމަނުޖެހުންތައް ހިނގީ އެ ދުވަހުގެ ހަވީރު 5:45 ކަންހާއިރު ކަމަށާއި އަނިޔާ ލިބުނު ހަ ގައިދީންނަށް 6 ޖަހާކަންހާއިރު ފަރުވާ ދޭން ފަށާފައިވާ ކަމަށް މުނާޒް ވިދާޅުވި އެވެ.

"އެންމެ ޑޮކްޓަރެއް ބެލީ. އެގޮތުން 15 މިނިޓު ފަހުން 10 މިނިޓު ފަހުން ޑޮކްޓަރަށް ދައްކަމުން ގޮސްފައި ހުރީ،" މުނާޒް ވިދާޅުވި އެވެ.

ނަމަވެސް ގައިދީންނަށް ފަރުވާ ނުދެވި ލަސްވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވި އެވެ.

Gaidheenah ekasheegenvaa faruva nudhee lasvi: Imran

Gaidheenah ekasheegenvaa faruva nudhee lasvi: Imran

The most trusted news source in the Maldives

Mihaaru

ގައިދީންނަށް ފަރުވާ ނުދެވި ލަސްވި ކަމަށް މިނިސްޓަރު ވިދާޅުވުން--

އަނިޔާ ލިބުނު ގައިދީންގެ އަތާއި ބުރަކަށީގެ ތަންތަން ކަނޑައިގެން ދިއުމުގެ އިތުރުން މޭމަތީގެ ބައެއް ތަންތަން ނޫފައިގެންފައިވާ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. ގައިދީން ޖަލު އޮފިސަރަށް ހަމަލާދީފައި ވަނީ 16 އިންޗީގެ ދަގަނޑު ބުރިއަކުން ކަމަށްވާއިރު އެ ދަގަނޑު ބުރި އަތުލުމަށް އޮފިސަރުން އުޅުމުގެ ތެރޭގައި ގައިދީންނަށް އަނިޔާވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަނެއް ބިންދައިގެން ގޮސްފައެއް ނެތް. ބޮޑު ތަނެއް ފަޅައިގެން ގޮސްފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަނިޔާވި ގައިދީންނަށް އާއިލާތަކަށް ގުޅުމަށް ފޯން ކޯލް ދިނުމާއި ބައްދަލު ކުރުމަށް ފުރުސަތު ދިނުމަށް އަންގާފައިވާ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

އަނިޔާވި އޮފިސަރުގެ ކަނާތު ކަންފަތް ކައިރިން ކަނޑައިގެން ދިއުމުގެ އިތުރުން ކަނދުރާ އަށް ތަދުވެފައިވާ ކަމަށް މުނާޒް ވިދާޅުވި އެވެ. ހަމަނުޖެހުން ހުއްޓުވަން ދިޔަ އޮފިސަރަކަށް ވެސް އަދި އެ މީހުން ބޭނުންކުރި ތަކެއްޗަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލު އޮފިސަރަށް ލިބިފައިވާ ގެއްލުންތައް ހޯމް މިނިސްޓަރާއި ކަރެކްޝަނަލްގެ ކޮމިޝަނާ ބައްލަވާލައްވަނީ-- ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުގައި ހުންނަ ޑޮކްޓަރު ގައިދީން އިތުރަށް ޑޮކްޓަރަށް ދެއްކުމަށް ލަފާ ނުދޭ ކަމަށާއި ނަމަވެސް އިތުރަށް ޑޮކްޓަރަށް ދައްކަން ގައިދީން ބޭނުންވާތީ މާދަމާ އިން ފެށިގެން ޑޮކްޓަރަށް ދައްކައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގައިދީނާ ސުވާލު ކުރެއްވި ކަމަށާއި ބިޑިއަޅުވާފައި ޕެޕާސުޕްރޭ ޖެހި ކަމަށް އެއްވެސް ގައިދީއަކު ނުބުނާކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. ގައިދީންގެ ބޯބޭލުވި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ކޮމިޝަނާ ވިދާޅުވީ ގެޒެޓްކޮށް 2015 އިން އަމަލު ކުރާ ގަވައިދު ބުނާގޮތުން ޖަލުގައި ތިބޭ ގައިދީންގެ ބޯ ދެ ސެންޓި މީޓަރު ތުނިކޮށް ކޮށާފައި ބަހައްޓަން ޖެހޭއިރު ތުނބުޅި ދެ އިންޗިއަށް ތުނި ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން އެކަން ކުރުމުން އެއީ ގޯހެއްކަން ގަބޫލު ކުރައްވާ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ ހާދިސާ ހިނގީ ސަރުކާރުގެ ސިޔާސަތު ގޯސްވެގެން ނޫން ކަމަށެވެ. ހާދިސާ ހިނގީ ހާދިސާ ކޮންޓްރޯލް ކުރަން ދިޔަ އޮފިސަރުން ގަވައިދާ ހިލާފަށް އަމަލު ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ. ފިޔަވަޅު އަޅަން ޖެހެނީ ވަކިވަކި ފަރުދުންނާމެދުގައި ކަމަށާއި އެޅޭނެ ފިޔަވަޅުތައް އެބަހުރި ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

"މިއީ އެއްވެސްގޮތަކަށް ނިޒާމުގެ ތެރެއިން ކަމެއް ހަމަޖެހިފައި ނެތުމުން ދިމާވެގެން އުޅޭ ކަމެއް ނޫން. ޖަލުގައި އިމަޖެންސީ ހާލަތެއް ދިމާވީމަ އަމަލު ކުރާގޮތް ވަރަށް ސާފުކޮށް ލިޔެފައި އެބަހުރި. ހަމައެކަނި ލިޔުމަކުން ނޫން އެއީ ޕްރެކްޓިސް ކުރަމުންދާ އެއްޗެއް. އެހެންވީމަ ނޭނގިގެން ކުރެވިގެން އުޅޭ ކަމެއް ނޫން މިއީ،" މުނާޒް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ސަސްޕެންޑް ކުރި ސަބަބާ ގުޅޭގޮތުން ކޮމިޝަނާ ވިދާޅުވީ އެކަންކުރީ އަނިޔާކުރި ވަކިވަކި އޮފިސަރުން އޭނާ އަށް ނޭނގޭތީ ކަމަށެވެ. އަނިޔާކުރި ވަކިވަކި އޮފިސަރުން އަދި ފާހަގަ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އެޗްއާރުސީއެމާއި ފުލުހުންގެ އިތުރުން ކަރެކްޝަނުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

16 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 7%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރުކެހި

23 June 2019

ރާއްޖެ ހަލަބޮލިކުރަން ބަޔަކުދުރާލާ ރާވައިގެން ކުރާ ކަމެއްކަމުގާ މިއެގެނީ... މިހާރު މިއޮތް ގާނޫނު ބަދަލުކޮއްގެން ނޫންގޮތަކައް މިކަންތައްތައް ތަކެއްރަގަޅެއް ނުވާނެ

The name is already taken The name is available. Register?

މަރުމޯލު

23 June 2019

15 މިނިޓުން ގައިޑިންނަށް ފަރުވާދެވުމަކީ މާމޮޅުކަމެއްނޫން ތިފަދަ އަމަލެއް ތިޔަތާ ހިނގިގެނނުވާނެ

The name is already taken The name is available. Register?

ހަސަނު

23 June 2019

ޖަލުމީހުން ރަނގަޅެއް ނޫން... ޖަލު ބަލަހައްޓާ މީހަކަށް ހަމަލާ ދިނުމަކީ ސީރިއަސް މައްސަލައެއް.. ޖަލު ބަލަހައްޓާ މީހުން ޖަލުމީހުންނަށް އަނިޔާ ކުރުމަކީވެސް މައްސަލައެއ.. އެކަމަކު ޖަލުމީހުން މާރާމާރީ ހިންގީމާ އެކަން ކޮންޓްރޯލް ކުރާއިރު އަނިޔާވާނެ، ޖަހަންވެސް ޖެހޭނެ، މުގުރާ ޕެޕަސްޕްރޭވެސް ބޭނުން ކުރަން ޖެހޭނެ... މި މައްސަލައިގަ ޖަލު ބަލަހައްޓާމީހުން ގޯސްކޮށްފްާ ނިންމާލެވޭކަށް ނެތް.

The name is already taken The name is available. Register?

ތެދުވެރިޔާ

23 June 2019

އިމްރާން އިސްތިއުފާ.

The name is already taken The name is available. Register?

ދޯރި

23 June 2019

16 އިންޗީގެ ދަގަނޑު ބުރިއެއް ގައިދީން އަތުޖެހޭ ހިސާބު ޖަލުގައި އޮތީ ކޮން ސަބަބަކާ ހުރެތޯއެވެ.

The name is already taken The name is available. Register?

ސީރިއަސްދަނގަޑު

23 June 2019

ދަނގަޑު ބުރި ފަދަ އެއްޗެތި ގައިދީން އަތުޖެހޭ ގޮތައް ހުރޭތަ؟

The name is already taken The name is available. Register?

އުދުހޭ

23 June 2019

ވަކިވަކިމީހުންނެއް ނޭންގޭނެތާ ރޭވިގެން ކުރަންޏާ. ބޮޑީކެމެރާ ހަރުކޮށްފަ ނުހުންނަނީ ކީއްވެތަ؟ އެއީ އަގުބޮޑު އެޗެއްނޫން.

The name is already taken The name is available. Register?

ތތތހހ

23 June 2019

އަނިޔާ ނުކުރާ ކަމަށް ބުނި. މިހާރު މިކިޔަނީ ކީކޭ؟

The name is already taken The name is available. Register?

އިސްމާލި

23 June 2019

16 އިންޗި ދަގަނޑު ބުރިއަކުން މީހަކަށް ހަމަލާ ދިނީމަ އެ އަތުލަންވެސް އުޅެންވީ ކުޑަކުއްޖެއްހެން ރުއްސައިގެން ނެގޯޝިއޭޓް ކޮށްގެންތަ؟ އެ ވަރު އެއްޗަކުން ހަމަލާ ދޭނީ ހަމަ މަރާލަން. އެ ހިސާބުން އޮފިސަރުގެ ދިފާއުގައި ކުރަން ޖެހޭ ކަމެއް ކުރަން ޖެހޭ، އަދި ގައިދީއާއި ދެކޮޅަށް ދައުވާވެސް ކުރަން ޖެހޭ. މާލޭގެ މަގެއްގެ މަތީގައި މީހަކަށް މިގޮތަށް ހަމަލާދިންނަމަ ހަމަ ޔަގީނުންވެސް ވާނެ ބޮޑު ކަމަކަށް.

The name is already taken The name is available. Register?

އެކްސް

23 June 2019

16އިނޗި ތަ 16މމ ތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454