އެކްސިޑެންޓެއް ހިނގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ. ފައިލް ފޮޓޯ
23 ޖޫން 2019 - 20:06
މިދިޔަ އަހަރުގެ ޖޫން މަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނުކުޅެދޭ ހާލަތަށް ދިޔަ މައްސަލައިގައި، ދައުވާ ލިބޭ މީހާގެ ލައިސަންސް ޓްރާންސްޕޯޓު އޮތޯރިޓީން އިއްޔެ ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ ޖޫން 26، 2018 ވަނަ ދުވަހުގެ ރޭ މާލޭގެ އިންޑަސްޓްރިއަލް ޒޯންގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ތުހުމަތު ކުރެވޭ އުމުރުން 21 އަހަރުގެ މީހާގެ ލައިސަންސް އިއްޔެ އިން ފެށިގެން ހިފެހެއްޓީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ކަމަށެވެ. އެ އެކްސިޑެންޓުގެ ތަހުގީގު ނިންމައި އެ ޒުވާނާއާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ އޮކްޓޯބަރު 21 ގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން އެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ދެ ސައިކަލް ޖެހި ވިއްސައިގެން ގޮސް ހިނގި އެކްސިޑެންޓުގައި ށ. މަރޮށީ އިބްރާހީމް ވަސީމް ވަނީ ނުކުޅެދޭ ހާލަތަކަށް ގޮސްފަ އެވެ. އޭނާގެ ބޯ ބިންމަތީގައި ޖެހުނުލެއް ބާރުކަމުން ބޮލުގެ ނާށިގަނޑަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ. އަދި ވަނީ ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.
މި އެކްސިޑެންޓުގައި އިހުމާލުވި ކަމަށް ބެލެވޭ މީހާގެ ލައިސަންސް މި ސަރުކާރުން މި ހިފެހެއްޓީ އެކަން ނުކޮށް ގިނަ ދުވަސްތަކެއް ވާތީ ވަސީމްގެ އާއިލާ އިން ކަންބޮޑުވުން ފާޅުކުރާތާ އަދި އެކްސިޑެންޓަށް އަހަރެއް ވާން ހަފުތާއަކަށް ވެފައި ވަނިކޮށެވެ.
ފަހަކަށް އައިސް ހިނގާފައިވާ ބޮޑެތި އެކްސިޑެންޓްތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ވެފައި ވާއިރު އެ މީހުންނަށް އިންސާފު ނުލިބޭ ކަމުގެ ޝަކުވާ އާއިލާތަކުން ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
24 June 2019
ނޫހައް އަރާ ސަރުކާރު ބަދުނާމުވެ ސޯޝަލް މީޑިޔާގަ ހޯހޯ ލަންވަންފެށީމަ ދެން މިފަޔަވަޅުއަޅަނީ ... ނިކަމެތި މީހާ ސީޓީ ލިޔަސް ވާކަމެއް ހަރާން.
ހަސީނާ
24 June 2019
ޚިއްވެތަ އެކްސިޑެންޓެއް ވާއިރަށް ކޮންމެހެން ލައިސަންސެއް އޮތްތޯ ތިބަލަނީ.. ލައިސަންސް ނެތިއްޔާ އެއީ ވަކި ކުށެއް. އެކސިޑެންޓުގައި އިހުމާލުވަންޏާ ލައިސަންސް އޮތަސް ނެތަސް ކުޑަ ބޮޑުމިނަށް ބަލައި އަދަބު ލިބެން ޖެހޭޏެ.
މިކީ
24 June 2019
ހަމަ އެކަނި ލައިސަންސް ހިފެހެއްޓީމަ ނިމުނީތަ. އޭނާ އަށް ދޭންޖެހޭ އަދަބު ކޮބާ. އިހުމާލުވުގެ ސަބަބުން ހިނގި ކަމެއް މިއީ މަޑު މަޑުން ދުއްވާލާފަ ދިޔަނަމަ ނުވާނެ މިވަރެއް ހައްގު އަދަބު ދޭން ޖެހޭ
އެންދެރި
24 June 2019
ލައިސަންސް ނެތި ދުއްވުމަކީ ފަސޭހަ ކަމެކެވެ. ކޮންމެވެސް ކަމެއް ކޮށްލީއެވެ.
ކީއްކުރާނީ
24 June 2019
ލައިސަންސަކީ މިހާރު މާމުހިއްމު އެއްޗެއްވެސްނޫން.. ފުލުހުންނަށްވެސްއިނގޭ ލައިސަންސް ނެތި އެއްޗެތި ދުއްވާމީހުންވެސް ، އެކަމަކު އަޅާލާކަށްވެސް ނުކެރޭނެ ، މީ މިހާރު ބޮޑު ޖޯކެއް.
ނެޑް
23 June 2019
ނަސީބެއް ފުލެޓެއް ނުދިންކަން!
ކަނަމަނަ
23 June 2019
ކީއްކުރަން ލައިސަންސް ހިފެހެއްޓީ. ލައިސަންސްތަ ކުށްކުރީ. ލައިސަންސް އަތުގައޮވެ ކުށްކުރިމީހާއަށް އެކުށާ އެކަށީގެންވާ އަދަބެއް ދެވޭނެ ގޮތެއްނެތީތޯ؟
އަލީީީ
23 June 2019
އަދި ތަންކޮޅެއް އަވަސް ލައިސަންސް ހިފަހައްޓަން. ވަރަށް އަވަހަށް ނެގި އެކްޝަނެއްތިއީ. ތެންކްސް މޯލްޑިވްސް ޕޮލިސް ސަރވިސް.