ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅަމުން އަންނަ ބައެއް ޓަވަރުތައް---
26 ޖޫން 2019 - 10:02
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގައުމީ ޔުނިވަސިޓީން ދެ ޓަވަރު އިމާރާތް ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ދޭން އެއްބަސްވުމަށް ފަހު އެގޮތަށް އަމަލުނުކުރި މައްސަލާގައި ބަދަލު ހޯދަން ޔުނިވާސިޓީން ދައުވާކޮށްފި އެވެ.
ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް، "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅީ ގާނޫނާ ހިލާފަށް އެޗްޑީސީން އެ އެއްބަސްވުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ބާތިލްކޮށްފައިވާތީ ބަދަލު ހޯދަން ކަމަށެވެ.
"ޑީޓެއިލް ޑްރޯވިންތައް އެޗްޑީސީ އަށް ހުށަހަޅާފައިވަނިކޮށް ގާނޫނާއި ގަވައިދާ ހިލާފަށް އެއްބަސްވުން ބާތިލް ކުރީ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން އަޅުގަނޑުމެން އެދިފައިވާނީ،" ފަވާޒް ވިދާޅުވި އެވެ.
ފަނަރަ ބުރީގެ ދެ ޓަވަރު އެޅުމަށް ގައުމީ ޔުނިވާސިޓީން ސިންގަޕޫރުގެ އާރުއައި އިންޖީނިއަރިންއާ ހަވާލުކޮށް ކުރެހުންތައް ވަނީ ނިންމާފަ އެވެ. އެކަމަށް 21 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ޔުނިވާސިޓީން ބުނެ އެވެ. ނަމަވެސް އިމާރާތް ހެދުމުގެ އަމަލީ މަސައްކަތެއް އަދި ނުފަށަ އެވެ.
ޔުނިވަސިޓީން އެދިފައިވަނީ ބަދަލުގެ މިންވަރު ޝަރީއަތުން ކަނޑައަޅައިދިނުމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ އެ އެއްބަސްވުން ބާތިލްކުރަން ނިންމީ ސަރުކާރުން އެގޮތަށް ނިންމާފައިވާތީ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ހިޔާ މަޝްރޫއުގެ ދަށުން ނުފެށި ހުރި ޕްރޮޖެކްޓްތައް މަޑުޖައްސާލުން ކަމަށް ސުހެއިލް ވިދާޅުވި އެވެ.
"ވަކި، ޔުނިވާސިޓީ ވެގެންނެއް ނޫން އެގޮތަށް ނިންމީއެއް. ނުފެށި ހުރި ޕްރޮޖެކްޓްތައް މަޑުޖައްސާލަން ސަރުކާރުން ނިންމާފަ ވާތީ އެގޮތަށް ނިންމީ،" ސުހެއިލް ވިދާޅުވި އެވެ.
ޔުނިވަސިޓީން ޓަވަރު އަޅަން ނިންމާފައިވަނީ، ކޮންމެ އިމާރާތެއް 10،000 އަކަފޫޓުގެ ބިމެއްގަ އެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ކުރީގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ކަސްޓަމްސް އިން ހަތަރު ޓަވަރު، އައިލެންޑް އޭވިއޭޝަނުން ތިން ޓަވަރު، ސްޓެލްކޯ އިން ދެ ޓަވަރު، އެމްޓީސީީސީން ދެ ޓަވަރު، އެމްޕީއެލް އާއި ވެމްކޯ އިން ދެ ޓަވަރު އަޅަން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމްހަރު
26 June 2019
ކޮބާހޭ ފުލެޓު ކޮމިޓީ
ގޯޕާލް
26 June 2019
21 މިލިއަން ރުފިޔާ ޚަރަދުކުރީ ކޮންކަމަކަށް؟
ޟިޔާދު
14 July 2020
ޢެޔޮތޮނު ލިޔެފަ!
ކަންމަތި
26 June 2019
ތިޔަ ފަވާޒަކީ ޑރ ސޯލިހެއްކަމަށް ދައްކައިގެން ހުރެ ޔާނު ގޭންގުއަށް ބަރާބަރަށް ކުޅޭ މީހެއް. ކޯނީ ރިޕޯޓްވެސް އޮޅާލަދިން. ތިޔަ އުޅެނީ ޔުނިވާސިޓީ ނޭޅިގެނެއްނޫން. ތިޔަޑީލުން އެޑްވާންސް އަށް ނެގިކަޓްގެ ޕްރެސަރުގަޑުތީ
އެފް އެމް
26 June 2019
ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލެއްގެ ސަބަބުން މަޝްރޫއެއް ހުއްޓަލާނަމަ އެމަޝްރޫއުއަކަށް ކޮއްފައިވާ ޚަރަދާއި އެކަމެއްގެ ސަބަބުން ލިބޭނެ ގެއްލުމަށް ކުޑަކޮށްވެސް ވިސްނާނުލައި މަޝްރޫއުތައް ހުއްޓާލުމުން އެތަކެއް މިލިޔަން ރުފިޔާ ދައުލަތާއި ކުންފުނިތަކާއި ވަކި ވަކި ފަރުދުންނަށް ވެގެންދާއިރު ސަރުކާރުގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ހުއްޓާލީއޭ ބުނުމުން ނުފުދޭ ތިޔަ ދޯހަޅި ސިޔާސަތު ދޯކޮއްލާ
އުމަރުބެ
26 June 2019
ސަރުކާރުން ޔުނިވަސިޓީގެ އެގްރީމެންޓް ކެންސަލް ކުރެވެންޏާ އެމްއެމްޕީއާރްސީގެ ތެރެއިން ވަގައް ދީފައިވާ ރަށްތަކުގެ އެގްރީމެންޓްތަށްވެސް ކެންސަލް ކުރެވޭނެ ނޫންތޯ؟ ބަދަލު ދީފައި ކެންސަލްކުރޭ، ނުވަތަ ދެފަރާތާއި އެކުގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމާފައި ކެންސަލްކުރޭ، މިއީ ވާހަކަ ނުދައްކައި ކަންކަން ނިންމާތީ އުފެދޭ ބޭކާރު މައްސަލަ، ސުހެއިލްވެސް ކުންފުނި ހިންގަބަލަ ކުންފުނީގެ ޤާނޫނާއި ގަވައިދުތަކާއި އެކުގައި، ސަރުކާރުން ބުނާހާ ކަންތައްނުކޮށް
ޥޮލެޓް
26 June 2019
ދައުލަތުގެ އެއްގުނަވަނުން އަނެއް ގުނަވަނުގެ މައްޗަށް ދައުވާކުރެވޭތޯ؟ ދެތަންވެސް ހިންގަނީ ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްގެން
ސުލޮމޮން
26 June 2019
ޔުނިވަރސިޓީގަ ހުންނެވި ހަމައެކަނި ސިޔާސީ ބޭފުޅަކީ މިއީ. ރައީސް އިބޫއަށް ދަންނަވާލަން ބޭނުން އެންމެ ކުރީ މައުމޫނުގެ ވެރިކަމުގައި އަދި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ޔުނިވަރސިޓީގެ ވެރިންނަށް ތިއްބެވި ބޭފުޅުން އަލުން މަގާމަށް ގެނެސް ކޯނީ ރިޕޯޓުގެ ޑީލާއި ޔާމީން ކެމްޕޭނުގައި އުޅުނު ފަވާޒުމެން ޕާޓީހިންގަން އެތަނުން ވަކިކޮށްދިނުމަށް
އުދުހޭ
26 June 2019
ކުރެހުމަށް 21 މިލިޔަން ރުފިޔާ. ކީކޭ ދެން ބުނާނީ؟ ކޮރަޕްޝަނޭ ބުނީމާ ދެން އަހާނެ ކޮބާހޭ ހެކި؟؟؟؟
ސޯބިރާ
14 July 2020
މިކަހަލަ ޕޮތެޖެކްޓް ތަކުގަ އާކިޓެކްޓުންގެ ފީ އުޅޭނީ ޕޮރޮޖެކްޓްގެ %5 އާ %10 އާ ދެމެދު. ޢެހެ ވީމަ ހީވަނީ އެއީ ރަގަޅު އަގެއްހެން.
ދޭސީ
26 June 2019
ވަރަށް ނާއިންސާފު. ހުރިހާ ކުންފުނިތަކުން ޓަވަރު އަޅާފަދޭއިރު ކޮބާތަ ސިވިލްސާވަންޓުންނަށް އެޅޭ ޓަވަރަކީ؟ ޔުނިވަސިޓީއަކުންވެސް އަދި އެއްވެސް ކުންފުންޏަކުންވެސް ނުޖެހޭ ވަކިން އެތާއުޅޭ މުވައްޒަފުނަށް ފްލެޓް އަޅާކައް. މިހާރު ނޫހުން ސުހައިލް ކައިރި އަހާބަ ޓްރީޓޮޕާ އިންވެގެން އޮތް ބިން ބަޔަކަށްދީފަ އެއޮތީ ކޮންއުސޫލެއްގެމަތިންތޯ؟
މޯލްޑިވިއަނެއް
26 June 2019
އައިލެންޑް އޭވިއޭޝަނުން ޓަވަރު ނާޅާ އެއަރލައިނަށް ބޭނުންވާ ފުލައިޓް ގަނެގެން ކަސްޓަމަރުންނަށް މިހާރުދޭ ކަޑަ ޚިދުމަތައްވުރެ ތަންކޮޅެއް ރަގަނޅު ޚިދުމަތެއް ދެވޭތޯ ބެލިއްޔާ މާތާހިރެއްނުން!