ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިމްވާ (ކ) އާއި ލޫކަސް.
26 ޖޫން 2019 - 17:13
އެމްޑީޕީގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ޝައްމޫން ޖަލީލް (ލޫކަސް) އާއި އަހްމަދު އަންވަރު (ސިމްވާ)ގެ އިތުރުން ވެސް ދެ މީހަކު ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފި އެވެ.
ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރަކަށް ލޫކަސް ހަމަޖެއްސި އިރު، ސިމްވާ އައްޔަންކުރީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރަކަށެވެ. ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމްތަކަށް ވެސް ދެ މީހަކު ހަމަޖައްސާފައިވެ އެވެ.
ތާރީޚާއި ތަރިކަ އަދި ޘަގާފަތާ ގުޅޭ މައުލޫމާތު އެއްކޮށް ލިޔުމުގެ މަސައްކަތް އަޅުގަނޑު ކުރާތާ އަހަރުތަކެއް ވެއްޖެ. ސަރުކާރުގައި މަސައްކަތްކުރުުމުގެ ދައުވަތުދެއްވައި @MACH_MV ގެ Cultural Heritage Director ކަމަށް އައްޔަންކުރެއްވުމަކީ ލިބުނު ހިތްވަރެއް، އުފަލެއް، ރައީސް @ibusolih 🤝 pic.twitter.com/DjpgF4viVg
— Luke (@Lucasjalyl) June 26, 2019
ކުރީގެ ސަރުކާރުގައި ހިންގި އެކި ކަންކަމަށް ލޫކަސް އާއި ސިމްވާ ފާޑުކިޔައި ޓުވީޓް ކުރަން ފެށުމުން ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރި އެވެ. ހައްޔަރު ކުރުމުގެ އިންޒާރު ލިބެެން ފެށުމުން އަމިއްލަ އަށް އަރުވާލެވިގެން ދިރިއުޅެމުން އައީ ސްރީ ލަންކާގަ އެވެ.
Economic ministry ge Senior Executive Director kamah Raees @ibusolih alhugand ayyan kurehvumaky libunu ufaleh. Magaam ge massooliyyathu adhaa kurumuga heevaagi kamaai eku dhemi hunnaanan. Shukuriyyaa Raees Solih 💛 pic.twitter.com/QFma6V3plO
— Sim (@Simwarr) June 26, 2019
އެ ގައުމުގައި ތިބެގެން ވެސް އެ ދެ މީހުން ދިޔައީ، ކުރީގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުކިޔައި އަދި ލަންކާގައި ސަރުކާރާ ދެކޮޅަށް ހިންގަމުން ދިޔަ ހަރަކާތްތަކުގެ މައުލޫމާތު އިދިކޮޅުގެ ސަޕޯޓަރުންނާ ހިއްސާކުރަމުންނެވެ. ދެ މީހުން ވެސް އެނބުރި ރާއްޖެ އައީ ސަރުކާރު ބަދަލުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޯން
28 June 2019
ތިއުޅެނީކި ދިވެހިރަތްޔިތުންނަށް ހެޔޮވެރިކަމެއްކޮށްދިނުމަށް ވެރިކަމާހަވާލުވެގެންނެއް ނޫން ދޮއްތޯ؟ މީއީތޯ އެބުނާ ޒީރޯޓޮލަރެންސް؟
މަސްވެރިޔާ
28 June 2019
ފައިނަލް. ރައީސުކަންވެސް އެކްޓިވިސްޓުންނަށް.
އަހަންމާ.
27 June 2019
ތިކުދިން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އާއްޓޭ ދެއްވަން ބުނި ސައިކަލު ދެއްވިބާ؟
މދަދު
27 June 2019
މިއީ އެއް ނޫން ގައުމު ހިންގުމަކީ.
ފެނޭތަ
27 June 2019
ޕީޕީއެމޭ ކިޔާ އަދިވެސް އަނގަހުޅުވޭ ވަރުވޭނު؟
ސޯޝަލް މީޑިއާ
27 June 2019
ސޯޝަލް މީޑިއާ އެކްޓިވިސްޓުން--- މީތަ މި މީހުންގެ ހުނަރަކީ ނޫނީ މިހާތަނަށް ގައުމަށް ކޮށް ދެވުނު ހިދުމަތަކީ
ޔާގޫތު
27 June 2019
ތާރީހުގެ މުހިންމު ކަންކަމުގެ ތަފްސީލްތައް ނެތް އިލްމުވެރިން ގެނެސްދީފައެއް. ރަންނަމާރިއޭ ކިޔާފަ އަންހެނުން ރޭޕްކޮށް މެރިގޮތުގެ ވާހަކަ މާތަފްސީލްގޮތަކަށް ނެތް ގެނެއްސަ. ރާއްޖޭގެ އާބާދީ މިލިއަނަކަށް ނާރާއޮތީ އެ ސީރިއަލް ކިލާގެ ސަބަބުންކަންވެސް ހޯދިފައެއްނެތް. ހަމައެގޮތަށް ފަޅުރަށެއްގަ ފުއްގަނޑެއް މޮޑެގެން ރޮށިފިހެން އުޅުނު މީހަކަށް ކުށް ސާބިތުކުރިގޮތާއި އޭނާއަށް މަރުގެ ހުކުމް އިއްވާ ބަޑިޖަހާ މެރި ޖަރީމާވެސް އެހާ ތަފްސީލުކޮށެއްނެތް ގެނެސްދީފައެއް.
އަޑަފި
27 June 2019
ތިޔަ ކުދިންނަކީ ސަރުކާރުގައި ހިމެނޭ އެމްޑީޕީ ނޫން ވަޒީރުން ކުރާކަންކަމަށް ފާޑުކިޔަމުންދާ ކުދިންނެވެ. ސިޔާސީ މަޤާމުތަކަށް އައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ www.gazette.gov.mv/gazette/download/5538 އުސޫލުގައިވާ ގޮތުން ދެން ތިޔަ ކުދިންނަކަށް އެކަމެއް ނުކުރެވޭނެއެވެ. ކަންކަމަށް ފާޑުކިޔަން ބޭނުންވާނަމަ، ޖެހޭނީ އިސްތިއުފާދޭށެވެ.
އުސްތާޛްޒަކީ
27 June 2019
ލޫކަސް އަށާއި ސިމް އަށް ވެސް ވަޒީފާ އެއް ލިބި، ހަމަޖެހިލެވޭނެ ދުވަހެއް ލިބުނީތީ އުފާ ކުރަމެވެ. މިދެޒުވާނުންނަކީ ވެސް ވަރަށް ގިނަ ގުރުބާނީތަކެއް ވެފައި ތިބި ދެމީހުންނެވެ. އުންމީދު ކުރަނީ ކުރިޔަށް ވުރެ ވިސްނުންތެރި ކަމާއި އެކު ރިވެތި ސުލޫކާއި އަޚްލާގާއި އެކު މުޖުތަމަޢު ވެސް ގަބޫލުކުރާ ފަދަ ގޮތަކަށް ބަސް ބުނުމާއި ޢަމަލުތައް ވެސް ގެންގުޅުއްވާނެ ކަމަށެވެ.
މަސްވެރިޔާ
28 June 2019
ވިސްނުންތެރި ކަމާއި ސުލޫކާއި އަޚްލާގާއި އެކު މުޖުތަމަޢު ވެސް ގަބޫލުކުރާ ގޮތަށް ބަސް ބުނުމާއި ޢަމަލުތައް ވެސް ގެންގުޅުން ނުރަގަޅުކަމަށްދެކޭ ދިވެހިން %67 ؟
މަހޯރަ
27 June 2019
ލޫކަސް ޖަލީލަކީ ތާރީޙް ދިރާސާ ކުރުމުގެ ޝައުގު ހުރި ޒުވާނެއްކަން ވަރަށް ކުރިންސުރެ ފާހަގަ ކުރެވޭ. ލޫކަސްގެ ފޭސްބުކް،ޓްވިޓަރ، އަދު ޔޫޓިއުބު ފޯސް ތަކުން މިކަންކަން ނޭގޭ ބަޔަކަށް ސާފުވެލައްވާނެ ކަމަށް އުއްމީދު ކުރަން.. ލޫކަސް އަށާއި ސިމްބާ އަށް ކާމިޔާބީ އެދެން..
ނަމެއް ނެތް
27 June 2019
ކަމަކަށް ޝައުޤުވެރިކަން ހުރުން އެއީ މަޤާމުގެ ޝަރުތުހަމަވާ ކަމުގެ ހެއްކެއް ނޫން
ސާބަހޭ
27 June 2019
އަހަރެންވެސް ވަރަށް ކައްކާ ޕޮރޮގްރާމްތަށް ބަލާ އެއެއްޗެހި ސޯޝިއަލް މީޑިއާގައި ޝެއަރކޮށް ހަދަން އެކަމަކު އެއްވެސް ތާކުން ކައްކާ އެއްގެ ވަޒީފާ ލިބޭ ގޮތެއްނުވޭ.