ލައިފްސްޓައިލް / ޖަޕާން

ރީތިވާން 300 ޕްލާސްޓިކް ސާޖަރީ ހެދި މީހެއް

މިއީ ޖަޕާނު މީހެއް ކަމަށް އުމުރުން 39 އަހަރުގެ ސުބާކީ ތޮމޯމީ އެވެ. އޭނާ ވަރަށް ކުޑައިރުން ފެށިގެން މަންމަ އަބަދުވެސް އޭނާގެ ސިފަ އަށް ފާޑުކިޔައި، މަލާމާތްކުރެ އެވެ. ކުރިން މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރި ސުބާނީ އޭނާ ބޮޑުވެގެން އައީ ސިފަޔާ ދޭތެރޭ ނުރުހިފައި ހުރެގެން ކަމަށެވެ.

އޭގެ ނަތީޖާ އަކީ މިހާތަނަށް އޭނާ 300 ޕްލާސްޓިކް ސާޖަރީ ހަދާފައިވުމެވެ. ހާއްސަކޮށް މޫނުގެ ބައްޓަން ރީތިކުރަން ހެދި ސާޖަރީތައް ގިނަ އެވެ. މި ވާހަކަ ވަރަށް އަސަރާ އެކު ސުބާކީ ވަނީ މިދިޔަ ހަފުތާގައި ޖަޕާނުގެ ގައުމީ ޓީވީ އަށް ކިޔައިދީފަ އެވެ.

އޭނާ ބުނި ގޮތުގައި ފާއިތުވި 21 އަހަރުގެ ތެރޭގައި، ޕްލާސްޓިކް ސާޖަރީ ހަދަން 30 މިލިއަން ޔެން (280،000 ޑޮލަރު) ހޭދަކޮށްފައިވެ އެވެ.

ސުބާކީ ޕޯސްޓެއް.

ސުބާކީ ބުނި ގޮތުގައި ފުރަތަމަ ސާޖަރީ ހެދީ ހައި-ސްކޫލް ނިންމައިލި ގޮތަށް އުމުރުން 18 އަހަރުގަ އެވެ. އަދި އެންމެ ފަހުން މިދިޔަ އަހަރު އޭނާ ހަދާފައި ވަނީ ޒުވާންކަން ދެމެހެއްޓުމަށް އިންޓިމާ ލޭޒާ އެވެ. އެކަމަށް 160،000 ޔެން (1،500 ޑޮލަރު) ހޭދަކުރަން ޖެހުނެވެ.

"އަހަރެން އެންމެ މާޔޫސްވި ކަމަކީ މަންމަ އަހަރެންގެ ސިފަ އަށް އަބަދުވެސް ފާޑު ކިޔާތީ. އަބަދުވެސް ބުނާނެ ވަރަށް ހުތުރޭ އަހަރެން. ނޭފަތް ހުންނަނީ މިވެނި ގޮތަކަށޭ. ތުންފަތާއި މޫނުގެ ބައްޓަން ވެސް ހުންނަނީ ބަލާލަން ވެސް ކަމުދާހާ ހުތުރުކޮށޭ،" އޭނާ ބުންޏެވެ. "އަހަރެން ހެދި ސާޖަރީތަކުގެ ތެރޭގައި ލޮލާއި އަނގައިގެ ދަތްތަކާއި އުރަމައްޗާއި ހަށިގަނޑު އެހެން ވަނާތައް ވެސް ބައްޓަން ކުރަން މިހާތަނަށް ސާޖަރީ ހަދާފައި ވާނެ،"

ސުބާކީ ކިޔައި ދިން ގޮތުގައި މަންމަ އަބަދު އޭނާގެ ސިފަ އަށް ފާޑު ކިޔުމުގެ ސަބަބުން ރީތިވުމަށް ދެވުނު ސަމާލުކަން ވެސް ފުރާވަރުގައި ބޮޑުވި އެވެ. އެކަމަކު އެއީ އެންމެ ކުރިން އެހާ ޝައުގުވެރި ކަމެއް ނޫން ކަމަށް ބުންޏެވެ.

"އަދިވެސް މަންމަ ހިތްހަޖެހޭ ވަރުގެ ރީތި މީހަކަށް އަހަރެން ނުވޭ. އެހެންވެ ސާޖަރީ ހެދުން ހިއެއް ނުވޭ އަހަރެން މަރުވަންދެން ވެސް ހުއްޓުމަކަށް އަންނާނެހެންނެއް،" އޭނާ ބުންޏެވެ. "ހޮސްޓެސްއެއްގެ ގޮތުގަ އާއި މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރީމަ ފުދޭ ވަރަކަށް އާމްދަނީ ލިބުނު. އެއީ އެހާ ގިނަ އަދަދަކަށް ސާޖަރީ ހަދަން މަގުފަހިވި ގޮތަކީ. އަހަރެންގެ އެންމެ ޒުވާން އުމުރުގައި ވަރަށް ބިޒީ ލައިފްސްޓައިލެއްގައި އުޅުނީ."

ސުބާކީގެ ޕޯސްޓެއް.

ސުބާކީ ބުނީ އެހާ ގިނަ އަދަދެއްގެ ޕްލާސްޓިކް ސާޖަރީ ހަދާފައި ހުރުމުން އެކަން އޭނާގެ ސިފައިން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ. އަދި ކުރިން ވަރަށް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރައާ ވެސް ކުރިމަތިލާން ޖެހުނު ކަމަށް ބުންޏެވެ.

"ކުރިން ޕްލާސްޓިކް ސާޖަރީ އަކީ ޖަޕާނުގައި ވެސް ޓެބޫއެއް. އެކަމަކު މިކަން އާންމުވެފައިވާލެއް ބޮޑުކަމުން ޕްލާސްްޓިކް ސާޖަރީއަކީ ހަމަ ވަރަށް އާދައިގެ ކަމެއް މިހާރު،" ސުބާކީ ބުންޏެވެ.

5 ކޮމެންޓް, 75 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 37%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ.އަހުމަދު ނާސިހު/ކެނަޑާ

30 June 2019

ކަނބުލޯ އެއްގޮތަކަށްވެސް ދެރެނުވޭ، މާތްﷲ އެއްވެސް އިންސާނަކު ދެރެގޮތަކަށް ނުއުފައްދަވައެވެ. ނަމަވެސް މަންމައަކީ ކަނލާގެ އެއް ވޮޑިގެންވާ ކަން ގަބޫލު ނުކުރާ އަދި ތިމާގެ ދަރީގެ ސިފަ ހުތުރުކަމަށް ބުނެ ކަނބުލޯގެ މޯޓިވޭޝަން ޚަރާބުކޮށްލި މަންމައެވެ. ނަމަވެސް މަންމައަށް އެއްވެސް ދެރެގޮތެއް ކަނބުލޯ ނަހަދާތީ.

The name is already taken The name is available. Register?

ސުބާކީ

30 June 2019

އޯކޭ

The name is already taken The name is available. Register?

ހައިލަމް

30 June 2019

ހަމަބުނރލަން އޮތީ އަދިވެސް މަންޖެއަށްވުރެ ސަޅިވާނޭ އަމީނިއްޔާގެ ކޮންމެކުއްޖެއްވެސް

The name is already taken The name is available. Register?

ޟުހޖހ

30 June 2019

އަމިއްނިއްޔާގައި އުޅެނީ ކުޑަކުދިން. މިފެންވަރުގެ ކޮނެންޓްވެސް ޝާއިއުކުރާތީ ދެރަވޭ.

The name is already taken The name is available. Register?

އަލަ

30 June 2019

އަޅެ އެއްވެސް މީހަކު ބުނިބާ މި މަންޖެ ރީއްޗޭ.?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454