އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
29 ޖޫން 2019 - 12:22
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރެއްވި ގާނޫނީ ފަންނުގެ ބިލުގެ ދަށުން އުފައްދަންޖެހޭ ބާ ކައުންސިލްގެ އިންތިޚާބު އޮންނާނެ ދުވަހެއް އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ގާނޫނީ ފަންނުގެ ބިލް ތަސްދީގު ކުރުމާ އެކު، އެކަމާ ގުޅިގެން ބާއްވަންޖެހޭ އިންތިޚާބުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، އިންތިޚާބާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާ ކުރުން ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނީ ފަންނުގެ ބިލް ގާނޫނަކަށް ވުމާ އެކު، ވަކީލުން ރެގިއުލޭޓް ކުރުމާއި އެ މީހުންނަށް ހުއްދަ ދިނުމުގެ ކަންކަން ދެން ކުރާނީ ބާ ކައުންސިލުންނެވެ.
އެ ގާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބުކުރާ ބާ ކައުންސިލްގެ މެމްބަރުން ހޮވުމަށް، ބިލް ތަސްދީގުކުރި ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ. ބާ ކައުންސިލްގައި ތިއްބަވާނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބު އަދި އިތުރު ހަ ވަކީލެކެވެ. ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް ވެސް ބޭފުޅުން އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
30 June 2019
ބަންޑާރަނައިބު އިނުމުން އިންޓެގްރިޓީ ގެއްލި ސިޔާސީވާނެ
666666
29 June 2019
ހުރިހާ ތަނަކަށް ފިޓުވާމީހެއް ދޯ
އޮރެންޖު
29 June 2019
އަލިފް ކައުންސިލް ނުއުފައްދާ ބާ ކައުންސިލް އުފެއްދުން އެހާރަގަޅެއްނޫން. ތަރުތީބުން ވެރިކަންކުރަން އިބޫއަށް ގޮވާލަން.
ދަނޑި ދިގު އުނދުޅި
29 June 2019
އޭޖީ ރިފްއަތަކީ އިންތިޚާބަކާ ނުލައި ހުރިހާ ކައިންސިލެއް ގައި ވެސް އަދި ކޮމިޝަނެއްގައި ވެސް ބައިވެރި ވެވޭ ބޭފުޅެކެވެ.