ޚަބަރު / ފްލެޓް

ފްލެޓްތަކަށް ދައްކަން ސަރުކާރުން ފައިސާ ދީފި، ފައިސާ ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސަނީ

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި ފްލެޓް. މި ފްލެޓް ކޮންޓްރެކްޓަރަށް ދައްކަން މިހާރު ވަނީ ފައިސާ ދީފައި- ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އިއްޔެ ފައިސާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި އެޗްޑީސީ އާއި ފްލެޓް މަޝްރޫއު ކުރިއަށް ގެންދިޔަ އެޕެކްސް ރިއަލްޓީ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ 278 މިލިޔަން ރުފިޔާ އެޗްޑީސީއަށް ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިހާރު އެއްކޮށް ނިމިފައިވާ މި ފްލެޓްތަކަށް ސަރުކާރުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާ ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "މީގެ ދެ ދުވަސް ކުރިން ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން، ފްލެޓްތަކުގެ ފައިސާގެ ކަންކަން ހަމަޖައްސާދީފައިވާ" ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު، އެޗްޑީސީއަށް އިއްޔެ ފައިސާ ދޫކުރީ ކީއްވެ ކަމެއް އަދި ފްލެޓްތަކުގެ ކޮންޓްރެކްޓަރަށް ދެއްކުމަށްޓަކައި ސަރުކާރުން އެޗްޑީސީއަށް ފައިސާ ދޫކުރި އުސޫލެއް ސާފެއް ނޫނެވެ.

އެޕެކްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސަރުކާރުން ލިބެންޖެހޭ 278 މިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ސަރުކާރުން ފައިސާ ހަވާލު މިކުރީ މިދިޔަ މާޗް މަހު މަސައްކަތް ނިންމި ފްލެޓްތައް ހަވާލުނުކޮށް ލަސްކުރީ ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ކަމަށް ބުނެ މަޝްރޫއު ކުރިއަށް ގެންދިޔަ އެޕެކްސްއިން ޝަކުވާކޮށްފައި ވަނިކޮށެވެ.

މި މަޝްރޫއުގެ ދަށުން އަަރަބިއްޔާ ބިމުގައި 90 ފްލެޓް އަޅާފައިވާއިރު ގާކޮށި ބިމުގައި އިމާރާތްކުރީ 190 ފްލެޓެވެ.

ފިނޭންސްގެ ބަޔާނުގައި ބުނީ ފްލެޓް ލިބޭ ފަރާތްތަކަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް މިހާރު ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު ލުއިކޮށްދީ، އެޗްޑީސީ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ގޮތެއް ކަމެއް އެތަނަކުން ނުބުނެ އެވެ.

ކުރިން ސަރުކާރުން ނިންމާފައި އޮތްގޮތުން ފްލެޓްތައް ދޫކުރަނީ ފަސް އަހަރުގެ ތެރޭގައި ދެ މިލިޔަން ރުފިޔާ ދައްކައިގެންނެވެ. އެއީ މަހަކަށް 33،000ރ.ގެ ޖެހޭ މިންވަރެކެވެ. ފްލެޓްތައް ލިބޭ މީހުންނަށް އޭގެ ކުރިން އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭ އަދަދު އުޅޭނީ ގާތްގަނޑަކަށް 9،000ރ ގައި ކަމަށެވެ.

ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތައް ލިބޭނެ މީހުން ހޮވައި ލިއުން ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު ލިބޭ ފްލެޓް ކަނޑައަޅަން އަދި ގުރުއަތެއް ނުނަގަ އެވެ. އެ ފްލެޓްތަކުގައި މި މަހު ދިރިއުޅެން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

14 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 8%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮކް

09 September 2016

ސްޓީލިން ފްލެޓް ދޮންބެ - އަލްޖަޒީރާއިން ވަރަށް އަވަހަށް ދައްކާނެ.

The name is already taken The name is available. Register?

އަލީ

09 September 2016

ކީއްވެހޭ އައްޑޫގަ ހަދާ ފްލެޓްތަކާ މާލެގަ ހަދާ ފްލެޓްތަކުގަ އަގުބޮޑީ ؟ ގާނޫނު އަސާސީގަ އޮންނަނީ އަގުބޮޑުކޮއް 3 މިލިޔަން ރުފިޔާއަައް ވިއްކަންތޯ ؟ 10އަހަރު ފަހުން ބޮލައް ސީލިންގް ވެއްޓުނިއްޔާ ؟؟

The name is already taken The name is available. Register?

އަލީ

09 September 2016

ނަޝީދު ގެ އުނދަގުލުން ވާހާ ކަންކަން. ކޮރަޕްޝަން ނެތި އެއްކަމެއްވެސް ކޮށްފައި ނެތީއޭ.

The name is already taken The name is available. Register?

ޓޫވެލް

09 September 2016

ފްލެޓްތަކަށް ދައްކަން ސަރުކާރުން ފައިސާ ދީ އަދި ފައިސާ ދެއްކޭނެ ލުއި ގޮތް ތަކެއް ސަރުކާރުން ހަމަޖައްސަން އުޅޭ ކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. އެއީ މާ ބޮޑަށް ރަނގަޅެވެ. ރާއްޖޭގައި މިހާރު އޮތް ސަރުކާރުން އެފަރޓް ލައިގެން އެބަ މަސައްކަތްކުރޭ ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދްމަތް ތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ޑެލިވަރ ކޮށްދެވޭތޯ. މާ ބޮޑަށް ރަނގަޅެވެ. އޭގެ ހެއްކެއް މީ ޓާޓާ ފްލެޓްްސް ތަކަށް ފައިސާ ދީ އަދި ފްލެޓްސް ތަކަށް ލުއި ގޮތެއްގައި ކުލި ދެއްކޭނެ ގޮތް ހެދުމަކީ. މާ ބޮޑަށް ރަނގަޅެވެ. މާ ބޮޑަށް ރަނގަޅެވެ. މިހާރު މިއޮތް ސަރުކާރުން މާލެ ސަރަހައްދުގައި ކުއްޔަށް އުޅޭ ހުރިހާ މީހުންނާއި އަދި ގެދޮރު ނެތި އުޅޭ މީހުންނާއި އަދި މާލެ ސަރަހައްދަށް ބަދަލުވާން އެދޭ އެންމެންނަށް މާލެ ސަރަހައްދުން ބޯހިޔާ ވަހިކަން ދިނުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ދަނީ އެކަށީގެންވާ ރަނގަޅު ފެންވަރުގައި ކުރަމުންނެވެ. އޯ ތިބާގެ ފިއުޗަރ އިޒް މީން ޓުއަސް. މި ވެރިކަމުގައި ތިބާ އަށް ދިމާވެފައިވާ ހުރިހާ ދަތި ތައް ހައްލު ކޮށްދޭން ސަރުކާރު މިއޮތީ ތައްްޔާރަށެވެ. އޭއޭ، އޭއޭ. މޭ ބީ ދިސް ރިކްްއެސްޓް އިޒް އަ މާސްޓަރ ޕީސް ފޯރ ޔޫ.. މާބޮޑަށް ރަނގަޅެވެ. މާ ބޮޑަށް ރަނގަޅެވެ. އޯއޯއޯ، އޯއޯއޯއޯ، މާބޮޑަށް ރަނގަޅެވެ. މާ ބޮޑަށް ރަނގަޅެވެ.

The name is already taken The name is available. Register?

ގްލާސް

09 September 2016

ރާއްޖޭގެ ވިޔަފާރި އަށް ބަލާ އިރު މާލެ ސަރަހައްދުގައި ރިއަލް އެސްޓޭޓް ވިޔަފާރި އަކީ އެއީ ވަރަށް ފައިދާ ބޮޑު އަދި ރިސްކް ކުޑަ ވިޔަފާރި އެކެވެ. މަލްޓި ޑިސިޕްލިނަރީ ވިޔަފާރި އާއި ބެހޭ ގޮތުން މާލެ ސަރަހައްދުގައި އަމިއްލަ ކުންފުނި ތަކަށް ބިޒްނެސް ޕްލޭން އަޅުގަނޑުމެން ހަދާދިން އިރު ފައިނޭންޝަލް ޓޭބަލްސް ތަކުން ރިސޯރޓް ތައް ހެދުމަށް ވުރެން ބޮޑު ފައިދާ އެއް އެބަލިބޭ މާލެ ސަރަހައްްދުގައި ރިއަލް އެސްޓޭޓް އުސޫލުން ކުރާ ވިޔަފާރި. ނަގަން ޖެހޭ ރިސްކް ކުޑަވެފައި ކުރަަން ޖެހޭ އިންވެސްޓްމަންޓް ކުޑަ ވެފައި އަދި ރިޓާން އަވަސް ވާތީއެވެ. ރޭޓް އޮފް ރިޓާން އުޅެނީ 50 ޕަރސެންޓުން މަތީގައެވެ. މީ ވިޔަފާރީގެ ގޮތުން ވަރަށް މަތީ އަދަދެކެވެ. ކަން މިހެން ހުރުމުން މިކަމުގެ ތެރެއަށް ސަރުކާރުގެ އަތުގައި ހުރި ބިއުޓިފުލް ކުންފުނި ތައް ވަދެއްޖެނަމަ މިކަމަކީ އެއީ ލާރޖް ސްކޭލް ގައި ޖެއްސޭ ކަމަކަށް ވެފައި މިވިޔަފާރީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބޫސްޓެއް ލިބިގެން ދާނެ ކަމެކެވެ. ލާރޖް ސްކޭލް ގައި ޖައްސައިގެން މިކަމުން ރަނގަޅު ރިޓާން އެއް ލިބޭނީ. ލޯންގް ޓާރމް ޕްލޭން ގައި ހިމެނެން ޖެހޭނެ 1 ބިލިއަން ޑޮލަރު 3 އަހަރު ދުވަސް ތެރޭގައި މިކަމަށް އިންވެސްޓް ކުރަން. ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރޭގައި އިމާރާތް ކުރުމާއި ބިން ހިއްކުން ވެސް ހިމެނޭ އިރު ބިން ތައް ހިއްކަމުން ބިން ތައް ފްރީ ހޯލްޑް އުސޫލުން ނާއި އަދި ނޮން ފްރީ ހޯލްޑް އުސޫލުން ވެސް ވިއްކޭނެއެވެ. އަދި މީގެ އިތުރުން ކޮމާރޝަލް ބިލްޑިންގްސް ތައް އަޅާ އެއިން ކޮންމެ ބިލްޑިންގް އެއްގެ ފްލޯރ އެއްގައި ކޮމާރޝަލް ވޯރކްޝޮޕްސް ތަކާއި އަދި އޮފީސް ތައް ހެދިއްޖެނަމަ އޭގެ ސަބަބުން ވެސް ވަރަށް ބޮޑު ފައިދާ އެއް މިކަމުގައި ވާނެއެވެ. އިންޑިއާގެ ޓާާޓާ އިން މިފްލެޓްސް ތައް އިމާރާތް ކުރި މޮޑެލްސް އަށް ވުރެން ބިއުޓިފުލް އެން ޕްރޮފިޓް މޭކް ކުރެވޭ ގޮތަށް މިކަން ކުރެވޭނެ ސަރުކާރުގެ ކުންފުނި ތަކަށް. ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ބައްލަވަންވީ ކޮންގޮލްމޮރޭޓް އުސޫލުން ނަމަވެސް ސަރުކާރުގެ ކުންފުނި ތަކުން މިކަން ކުރެވޭތޯއެވެ. ކޮންގޮލް މޮރޭޓް ކުރެވޭނެ އޭޝިއާ ޕެސިފިކް ގައި ހުރި ވަރުގަދަ ކޮންސްޓްރަކްޝަން ކުންފުނި ތަކާއި ސަރުކާރުގެ ކުންފުނި ތަކާއި އެކު. މާލެ ސަރަހައްދުން އެބަޖެހޭ މަހަކު 5 ބިލިއަން ރުފިޔާ ނެރެން ދައުލަތަށް ބިމުކުއްޔާއި އަދި ފްލެޓްސް ތަކުގެ ކުލީގެ ގޮތުގައި 2018 އައުމުގެ ކުރިން. މާލެ ސަރަހައްދަކީ ބިމުގެ ވަރަށް ބޮޑު ޕޮޓެންޝަލް އެއް އޮތް ވަރަށް ވަރުގަދަ ވިޔަފާރިން ފުރިފައިވާ ސްޕިއަރ އެކެވެ.

The name is already taken The name is available. Register?

އަލީ

09 September 2016

ރަގަޅު ގޮތަކީ މާލެ އިތުރައް ހިއްކުން...ޖަޕާނުގަ އަދި ޑުބާއީގަ ހަދާހެން ..އޭރުން 2018 މާލޭން ވޯޓް ލިބުނީ...ސިމްޕަލް!

The name is already taken The name is available. Register?

އިތުބާރު

09 September 2016

ފްލެޓްތަކަށް ދައްކަން ސަރުކާރުން ފައިސާ ދިނުން އެއީ މިސަރުކާރަކީ އެއީ ސަބްސްޓޭންޝަލީ ރެސްޕޮންސިވް ސަރުކާރެއް ކަން ކަށަވަރު ވެގެން ދިޔައީ އެވެ. ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާ ވަހިކަމުގެ ވައުދު ފުއްދުމުގައި އެމަސައްކަތް ކުރަންވީ ދެން ސަރުކާރު ހިއްސާވާ ކުންފުނި ކަމުގައިވާ އެމްޓީސީސީ މެދުވެރިކޮށް. މިހާރު ފިނޭންސް އިން އިއުލާން ކޮށްފައިވާ 2500 ހައުސިންގް ޔުނިޓްސް ވެސް އަޅަން ދޭންވީ އެ މަޝްރޫއު އެމްޓީސީސީ އަށެވެ. އެމްޓީސީސީ އަށް ލޯން ދޫކުރާނީ ބީއެމްއެލް އިން ނެވެ. ދެން އެމްޓީސީސީން މި ފްލެޓްސް ތައް އަޅަން ފަށާ ތަނުން ބުކިންގް ހައްދަން ހުޅުވާލާ މަހު ކުލީ ގެ ގޮތުގައި ކޮންމެ ފްލެޓަކަށް 2000 ރުފިޔާ ނަގަމުން ދިޔައިމާ ނިމުނީ އެވެ. މަސައްކަތް ފަށާތާ 2 އަހަރު ދުވަސް ތެރޭގައި މަަސައްކަތް ނިންމަން ޖެހޭނެއެވެ. މިއުސޫލުން މިކަން ކޮށްގެން މެނުވީ މިސަރުކާރުގެ ބޯހިޔާ ވަހިކަމުގެ ވައުދު ނުފުއްދޭނެއެވެ. އެެކަން އެބަޖެހޭ އަންޑަރސްޓޭންޑް ވާން ސަރުކާރަށް. ސަރުކާރުން މީގެއިން ދެން ދަސް ކުރަން ޖެހޭ ފިލާވަޅަކީ އިންޑިއާ އަދި ލަންކާ ފަދަ ގައުމު ތަކުގެ ކުންފުނި ތަކަށް ސަރުކާރުގެ މިހާ މުހިއްމު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސް ތައް ހަވާލު ނުުކުރަން. އެމީހުންނަކީ އެއީ ބުނާ ބަހުގެ އެއްގޮތަކަށް ވެސް އިތުބާރެއް އޮންނަ ބަޔެއް ނޫނެވެ.

The name is already taken The name is available. Register?

ގުޑްވޭ

09 September 2016

އިދިކޮޅު ރަންރީނދޫ ކުދިންގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ އާއި އެކު މޭޒު ދަށުން ދަމާ ކުޅެގެން އެމީހުންގެ ޚަރަދުގައި އަޅާ ފްލެޓްސް ތަކޭ ކިޔައިގެން ބިޑް ކޮށްފައި އޮޅުވާލުމާއި މަކަރާއި އަދި ހީލަތުގެ ދަށުން ދައުލަތުގެ ބަޖެޓުން ހޭދަ ކޮށްގެން އެމީހުންނަށް މާލޭގެ ޕްރައިމް މަގުން ދެ ބިން ހިލޭ ދީ އަދި ބޮޑެތި ފަޅު ރަށް ރަށް ވެސް އެމީހުންނަށް ދީ އަދި ރަންރީނދޫ ބޮޑޭގެ އާއިލާ މީހުންނަށް ބައިއެޅޭ ގޮތަށް ކުންފުންނަށް ހަދާ ވެނު މަސް ވެނަށް ކާން ދޭ އުސޫލުން ބޮޑެތި ކަރަޕްޝަން ގޭމްސް ތަކެއް ޖެއްސީ އިދިކޮޅު ރަންރީނދޫ މެންގެ ވެރިކަމުގައި ފްލެޓްސް ތައް އެޅުމުގެ ނަމުގައި. އެހުރިހާ މެސް އަޕް އެއް ކްލީން ކުރުމަށް ފަހު މިކަން ދުނިޔޭގެ ފެންވަރުގައި ގެންގޮސް މިކަން މިނިންމީ އެއީ ސަރުކާރުން ނެވެ. އެއްގޮތަކަށް ވެސް އެމީހުންނަށް އޯޑިއޯން ބިމާއި އަދި ނާދީ ބިން އެގޮތަށް އިންޑިއާ ބަޔަކަށް ދީގެން ނުވާނެއެވެ. އެކަން ޖެހޭނެ ސަރުކާރުން ހިފަހައްޓަން. ރައްޔިތުންނަށް ބޯހިޔާ ވަހިކަން ދޭން އުޅުނު ބަޔަކު ބޮޑެތި ގޭސް ގަނޑު ގަނޑު ނޫންތޯ އަނބުރާފައި މިހުރީ. ސަރުކާރުން މިހާރު އެޗްޑީސީ މެދުވެރިކޮށް އިންޑިއާގެ ޓާޓާ އަށް ފައިސާ ދެއްކުން އެއީ ރަނގަޅު ކަމެކެވެ.

The name is already taken The name is available. Register?

އިބު

09 September 2016

ޑރ މުއިއްޒު މިސެޕްޓެމްބަރ 1ގައި ބުނި ޓާޓާ އަށް ސަރުކަރުން ފައިސާ ދެއްކިވަހަކަ، އެކަމު އެޗްޑީސީ އިްނ ޓާޓާ އަށް ފައިސާ ދެއްކީ ސެޕްޓެމްބަރ 7 ގައި ކަމަާށް އެޗްޑީސީ އިން މިބުނަނީ، އަނެއްކާ ޓާޓާ އަށް 2 ފަހރު ފައިސާ ދެއްކީތަ؟؟

The name is already taken The name is available. Register?

ދޮންދީދީ

10 September 2016

ދެފަހަރުވެސް ދެއްކިދާނެ. އެކަމާ ރަންރީދޫ ކުދިން ދެރަވާނެ ކަމެއްނެތް. އަދި ސޯޝަލް ކައުންސިލުންވެސް ފައިސާ ދެއްކިދާނެ. ހަތަރުވަނަ ފަހަރަކަށް އާސަންދައިންވެސް ދެއްކިދާނެ. މަމެން ޕިންކް ކުދިން ދައްކަން ބޭނުންވާ ވަރަކަށް ދެއްކިދާނެ. ލިޓްލް ސިންގަޕޯރުގައި ފައިސާ ނެތިގެން އުޅޭކަށް ނުޖެހޭނެކަން ރަންރީދޫ ކުދިން ދަންނަންވާނެ.

The name is already taken The name is available. Register?

ހެލޯހެލޯ

09 September 2016

ފްލެޓްސް ތަކަށް ދަައްކަން ފައިސާ އެޗްޑީސީ އާއި މަމެންގެ ޕިންކް ސަރުކާރުން ހަވާލު ކޮށްފިއެވެ. ދެން ފްލެޓްސް ތަކަށް ފައިސާ ދައްކަން ޖެހޭ ލުއި ގޮތް ތަކެއް ހަދަމުން މިހާރު ސަރުކާރުން އެދަނީ އެވެ. މިސަރުކާރުގެ ރަބީއީ މޫސުމް ފެށެނީ އެވެ. ދެން ކޮންމެ މަހަކު ދާނެ ފްލެޓްސް ފީނި ފީންނަށް ނިމެމުން ފްލެޓްސް ތައް ދޫކުރެވެމުން އާންމު ރައްޔިތުންނަށް. އަދި އޭގެ އިތުރުން ވިޔަފާރި ވެރިންނަށް މިއުޅެނީ ގުޅިފަޅު ހިއްކައިގެން އެތަނުން ބިންތައް ކުޑަ އަގުގައި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އެންމެންްނަށް ބިން ދޫކުރަން އެވެ. އަދި މިއުޅެނީ އޭގެ އިތުރުން މާލޭގެ ދެކުނުން އޮތް އެނބޫދޫ ފަޅު ހިއްކަން ވަރަށް އަވަހަށް ގޮސް ގުޅި އާއި ޖެހެން ދެން. ދެން ހުރިހާ ރައްޔިތުން ވެސް ސަރުކާރަށް ހެލޯ ޖަހާލާ ސަރުކާރާއި އެކު ގުޅިގެން މަސައްކަތް ފަށަންވީ އެވެ. މޭބީ ޔޫ ކޭން ސޭ ހެލޯ ހެލޯ ހެލޯ..

The name is already taken The name is available. Register?

ދޮންޕުލަސް

09 September 2016

ތިކަންތައް ދާންވާ ގޮތަށް ދިޔަ ނަމަ، މޫސުން އައިސް ތިޔާ ކަންތައް ނިމިއްޖެ! ފީނި ފީންޔަށް ހުޅުވަން ހުރީ އަދިވެސް ފައުންޑޭޝަންގައި ރީނދޫކުލަ ހުރި ފްލެޓަތައް!

The name is already taken The name is available. Register?

ޙަސަންދީ

09 September 2016

ސަރުކާރުން ދެއްކި ފައިސާއެއްނޫން އެޗްޑީސީން ފައިސާ ދެއްކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454