ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
08 ޖުލައި 2019 - 14:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި އަނިޔާތަކަށް މާފު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ހެދި އެއްބަސްވުންތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ޔާމީން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ޖާބިރު ވިދާޅުވީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ބަލަމުން ނުދާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ރައްޔިތުންގެ އެތައް ބަޔަކަށް އަނިޔާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި ޔާމީނާ ދެމެދު ކުރު ލިޔުމެއް ނެތް ކަމެއް ނޭނގެ. އެހެން ނޫން ނަމަ އޭނާ އިންނަން ވާނީ ޖަލުގައިތާ. ހަމައެކަނި އަޅުގަނޑަށް ހީވަނީ ކުރި އަނިޔާ އިން އޭނާ އިންނަން ޖެހޭނީތާ އުމުރު ޖަލުގައި ހެން،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ކުރީގެ ސަރުކާރުން އޭނާގެ ވިޔަފާރި ފުނޑާލައި، އޭނާއާ އެކު މަސައްކަތް ކުރެއްވި ވިޔަފާރިވެރިންގެ ވިޔަފާރިތައް ވެެސް ފުނޑާލާފައިވާ ކަމަށެވެ. އަދި ޔާމީން ހައްޔަރު ނުކޮށް، ދޫވެފައި ހުންނަނީ ކީއްވެގެންތޯ ޖާބިރުގެ ވާހަކައިގައި ވަނީ ސުވާލު އުފައްދަވައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ޔާމީން ވާހަކަފުޅު ދައްކަވަނީ..--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ކޮރަޕްޝަން މައްސަލަތައް މި ސަރުކާރުން ނުބަލާ ކަމުގެ މިސާލު ދައްކަވައި ޖާބިރު ވިދާޅުވީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޖަވާބުދާރީ ނުކުރުވައި އުޅެނީ އެހެން މީހުންގެ "ނެޓްވޯކް"ތަކާ ވަރަށް ބޮޑަށް ގުޅިވަޑައިގެން ހުންނެވީމަ ކަމަށެވެ.
ޖާބިރު ވިދާޅުވީ ދިވެހިންނަށް އަނިޔާކޮށް، ރާއްޖޭގެ ބައިލަތުލްމާލަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ޔާމީން ދޫކޮށްލާފައި ހުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން ވަރަށް ބޮޑަށް ހައްދުފަހަނައަޅައިގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މިހާރުން މިހާރަށް ޔާމީން ހައްޔަރު ކުރުމަށް ޖާބިރު ވަނީ ގޮވާލައްވައިފަ އެވެ.
"ކީއްވެތޯ މިހާ އަނިޔާ ކުރި މީހަކަށް ކަޑުކުރި އިސްމާއިލްފުޅުގެ ގެ ގަނެގެން އެތަން 22 ބުރިއަށް އަޅައިގެން އެހެން އުޅެވެންވީ؟ އެހެން އުޅެވިގެން ނުވާނެ،" ޔާމީންގެ ކުރީގެ ގެކޮޅު ގ. ދޫވެހި ވިއްކާލެއްވުމަށް ފަހު ހެންވޭރުކޮޅުން އެމަނިކުފާނު ބައްލަވައިގެން ހ. ދޫވެއްސަށް އިޝާރާތް ކުރައްވައި ޖާބިރު ވިދާޅުވި އެވެ.
"ގައުމު ހަލާކުކޮށް އަދިވެސް ޔާމީން އަރާ ފާޑުފާޑުގެ މިއުޒިކް ކުޅެނީ. އެހެން ފުރުސަތު ދީގެން ނުވާނެ. އެ ފުރުސަތު ނުދޭނެ ކަމަށް ބުނުމަކީ (މި ސަރުކާރުގެ) ވައުދެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އނިޔާ ލިބުނު މީހުން
09 July 2019
ޖާބިރު އެވިދާޅުވީ ހަމަ ވ. ބޮޑު ތެދެއް އަހަރން މިވެރިކަމަސް ވޯޓްދިނީ އެކަން ކުރުމަށް.
ރަންނަމާރިޔާ
09 July 2019
މީ ކޮންތާކު މީހެއް... ހުސް ގައުމު ދަވާލަން އުޅޭ މީހުން...
އުނގޫފާރު މީހާ
09 July 2019
ޖާބިރުއަކަށް ޔާމީންއެއް އަނިޔާއެއްނުދޭ. ޖާބިރު އަނިޔާ ލިބިގަތީ އަމިއްލަޔަށް. އުޅެވޭގޮތެއް ކުރެވޭ ކަންތައްތަކެއް ނޭއްގޭތަ؟
333223
09 July 2019
އެނގިދާނެ އެނު، ކިހާދުވަހަކު ތިހެން ހިފެހެއްޓިދާނެތޯ؟
ބިން ނަސީހާ
09 July 2019
ހަހާ މާދަމާ ޔާމީނު ވަރު މީހެއް ނެތިގެން މިބޭފުޅާވެސް ދާނެ! އަދި ޔާމީނުވެސް ގިނަ ދުވަަށްފަހު ފެނުނު ރަޙްމަތްތެރިއެއް ފަދައިން މީނާބަލައިގަންނާނެ! އަދި ގިނަ ދުވަހެއްނުވެ އަނެއްކާވެސް ދެމީހުން ހަތުރުންނަށްވެދާތަން ފެންނާނެ! މިއީ ފެނިފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު ލަފާކުރެވޭ ގޮތް! ދުނިޔެދައްކާ މިފަދަ މިސާލުތަކުން ޢިބުރަތް ޙާސިލްނުވާ ފަރާތްތަކަކީ ހަމަ އަބާއްޖަވެރިން!
ހަޑިގިއްލާ
08 July 2019
މިހާރު އެންމެންވެސް ދައްކަނީ ލުތުފީގެ ވާހަކަ. އަސްލު ދައްކަންވީ ވާހަކަ ޖާބިރު އެދައްކަވަނީ...
މިނިސްޓަރ
08 July 2019
ހެޔޮ މާފުނުކުރިޔަސް...
ދޮންވެލި
08 July 2019
ހަނދާން ވަނީ ހޮނޑައިދޫ މަތީންނެވެ. ކާށިދޫން ޖާބިރައް ވޯޓް ވިއްކި މީހުނަށް ވ ސަލާމް އެވެ.
ރަށުމީހާ
08 July 2019
ސާބަހޭ ޖަބިރު ތީ ގައުމްގެ ރޫހަކީ ތިކަހަލަ މީހުން ތިތަނަށްލާންވި ދަށްކަންހުރިވާހަކަ ބައިވަރު.
އުނގޫފާރު މީހާ
09 July 2019
ކުފޫހަމަ ނުވާ ވެރިން ހޮވުމުގެ ނަތީޖާ ވަރަށް ހިވާނެ.
ނިކަމެތިކޮށްލި ސޮރު
08 July 2019
ސާބަހޭ ޖާބިރު. މަވެސް އަދި އެބަހުރިން، މަށަށް ދިން އަނިޔާގެ ބަދަލުﷲ ސުބަޙާނަހޫ ވަތަޢާލާ ޔާމީނުއަށް ދެއްވާނެ.