އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
09 ޖުލައި 2019 - 12:41
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކުރައްވައި ކަމަށާއި އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށެވެ. އެފަދަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.
މީގެއިތުރުން އެ މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ.ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް
ބިލަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް މަޖިލިހުގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯގާތެރިކަމާ އެކު އަޅާލެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށެވެ. އަދި ގާނޫނުގައި ކަންކަން ފުރިހަމަ ކުރަން ހުރި ނަމަ، އެކަން ކުރުމަށް ތާއީދު ކުރައްވާ އިރު، ބިލް އޮތީ ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމެވެ. އެއީ އެ މީހުންނަށް މާލީ މަންފާއެއް ދިނުން ނުވަތަ ފައިސާ ދިނުން ވެސް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.
"މި މަޖިލިހުން ކުރަންވީ ކަމަކީ ސަރުކާރުން ހިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ހޯދައި، ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތެއް މަޖިލިހުން ކުރުން،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި މެނިފެސްޓޯގެ އެކްޝަން ޕްލޭނެއް އެކުލަވާލައި، އޭގައި ކުރާނެ ހަރަދުތައް ކަނޑައަޅާފައިވާ އިރު، ބިލްގައި ބުނާ ކަންކަން ކުރުމަކީ ދައުލަތަށް ބުރަވާނެ ކަމެކެވެ. އަދި މި އަހަރަށް އަމާޒުކޮށް ބަޖެޓެއް ހިނގަމުން ދަނިކޮށް ފައިސާ ދޭން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަން ކުރައްވާ ނާޒިމް، ސަރުކާރު ކޯލިޝަންގެ ޕާޓީއެއްގެ ގޮތުގައި އޮވެ، ސަރުކާރާ މަޝްވަރާ ނުކުރައްވާ މަޖިލިހަށް ބިލް ހުށަހެޅުއްވުމުން އެ ބިލަށް ތާއީދު ނުކުރެއްވޭ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީން ބިލްތައް މަޖިލިހަށް ހުށަހަޅާ އިރު، ސަރުކާރާ އެކީގައި މަޝްވަރާ ކުރާނެ ކަމަށް އެމްޑީޕީން ކުރިން ގަބޫލު ކުރި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"އެމްޑީޕީން ބިލްތައް ހުށަހަޅާ އިރު، އެ ކުރާ ގޮތަށް ސަރުކާރާ މަޝްވަރާ ކުރަން ޖެހޭނެ. އެހެން ނޫނީ ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ނިޔަތާ ދޭތެރޭގައި ރައްޔިތުން ސުވާލު ކުރާނެ. މިއަދު ފެނިގެން ދިޔައީ ފިނޭންސް މިނިސްޓަރާ މަޝްވަރާ ނުކުރާ ކަން،" ހަސަން ވިދާޅުވި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ސަރުކާރާ މަޝްވަރާ ނުކޮށް، މިފަދަ ބިލްތައް ހުށަހެޅުމުގެ ނަތީޖާއަކަށް ވާނީ ސަރުކާރަށް ނޭދެވޭ ބުރައެއް އުފުލުމަށް މަޖިލިހުން ބަހެއް ބުނަން ޖެއްސުން ކަމަށް ހަސަން ވިދާޅުވި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ހިދުމަތްތައް ފުޅާކުރަން ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ވެސް އިނާޔަތާއި އާލާތްތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެފަދަ މީހުންނަށް ތައުލީމީ ފަހި ސިޔާސަތުތަކެއް މިހާރަށް ވުރެ ފުރިހަމަވުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ލޯބިވޭ (ނުކުޅެދުންތެރިކަން ހުންނަ) އެމީހުން ދެކެ. އެކަމަކު މިކަން ކުރެވޭނީ ސަރުކާރަށް ކެރިފޯރުންތެރިކަން ހުރި މިންވަރަކުން،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ ފައިސާއަކީ އެ މީހުންނަށް އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރަން ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ބުނެލީ..
09 July 2019
ތިއީކީ އަދި ލޯއްބެއް ނޫން ބަލަ.. ތިހާ ލޯބިވަންޏާ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށްފަ ވެސް ދޭނެ.. ބޭކާރު ހާސަރުތަކެއް ދަމާނެ ކަމެއް ނެތް.. މިޤައުމުގެ ހުރިހާ އެންމެން އަދި ގަމާރެއް ނުވޭ..
ގޫގުލާ
09 July 2019
ތި ބޭފުޅުންގެ ކުޅެދުންތެރި ކަމުން ދެއްތޯ ތިހާބޮޑު މުސާރައެއް ތި ނަންގަވަނީ؟
ހާހާ
09 July 2019
ބަލަ ހަސަނާ.. ދައުލަތުގެ ބަޖެޓަށް ބުރަވަނީ ތިޔަ "ބޭފުޅުން"ނަށް ނުހައްގު އަދަދަކަށް މުސާރަދޭތީއޭ.. އަހަރެމެން ނިކަމެތިން ރެއާދުވާލުގެ ނިދި ނަގާލައިގެން ވެސް ލިބެނީ 4000 ރުފިޔާއޭ.. އެކަމަކު ތިޔަ "ބޭފުޅުން" ދުވަހަކު ވަޒީފާއަށް ނުނުކުތަސް ބޮޑު މުސާރައިން އެންމެ ލޯ ލާރިއެއް ވެސް މަދެއް ނުވެޔޭ.. ތިޔަ "ބޭފުޅުން"ގެ މުސާރަ ކުޑަކޮށްފިނަމަ ނުކުޅޭދޭ މީހުންނަށް ދީފަ ބާކީ ވެސް ވާނެއޭ..
ރަށުމީހާ
09 July 2019
ހުރިހާބޭފުޅުން ހިތްތިރިކުރަށްވާ
ރަދީފުއްދީނުލް އަކްބަރު
09 July 2019
ރައްޔިތުންގެ ފައިދާއަށްކުރާ އެއްވެސް ކަމެއްގައި އިތުރުބަޔަކާ މަޝްވަރާކުރާކަށްނުޖެހޭނެ.
ފޮތް ނުކިޔާތީ
09 July 2019
ހެލޯ ކޮން ތާކުން ބަޖެޓް ހޯދަނީ މަޝްވަރާނުކޮށް ސަރުކާރާ؟ ކޮންމެ އަހަރަކަށް އޮންނާނެ މަޖްލިހުން ބަޖެޓެއް ފާސްކޮށްފައި. މިސަރުކާރުގެ މިއަހަރުގެ ބަޖެޓް ފާސްކުރީ މިދިޔަ 18 ވަނަ މަޖްލިހުން. އޭގެ ބޭރުން ހަރަދު ކުރުމަކީ ކޮރަޕްޝަން. ނާޒިމުމެން ސަރުކާރާ މެދު ނަފްރަތު އުފައްދަން ހިންގާ ކަންކަން މީ.
ޚަބަރުދާރު
09 July 2019
ބަލަ ތިޔަ މަޖުލީސްގެ ރައީސް ޑަބަލް އިނާޔަތް ނަގާއިރު ބުރަ ބޮޑެއް ނުވޭތަ! ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއޭ! ނިކަމެތިން ތިބެންވީ މިމީހުންގެ އަޅުންގެ ގޮތުގައި އެހެންތާ ތިބުނަނީ ރީތިކޮށް
އޯގާތެރި ޖަޒީރާ
09 July 2019
"ހުސެއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ ފައިސާއަކީ އެ މީހުންނަށް އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށެވެ" އެމީހުންނަށް މުހިއްމު އެއްޗިހި އިނގޭނީ ކަލެއަށްތަ...؟؟؟ މަށަކީ ހަތަރު ކަށިމަތި އެމްޑީޕީ މީހެއް. ކަލޭ ކަހަލަ މީހުންގެ ސަބަބުން އެމްޑީޕީގެ ސިޔާސަތުތައް ހަލާކުވެގެން މިދަނީ. އެމްޑީޕީއަކީ އޯގާތެރި ސަރުކާރެއްކަން ކަލެޔަށް ނޭގޭތަ؟ ރައީސް ޞޯލިޙް އަކީ އޯގާތެރި މީހެއްކަން ކަލެޔަށް ނޭނގޭތަ؟
ގުލްދަސްތާ
09 July 2019
ތިހާވަރަށް އެމްޑީޕީވާނީ ހަސަނެއް ހުސޭނެއްވަކިކުރަން އިނގެނީކީނޫން!
ފޮތް ނުކިޔާތީ
09 July 2019
ކިތެންމެ ރުޅި އަޔަސް ތިމާގެ އަމިއްލަ ނަފްސަށް އިހްތިރާމްކޮށް ހަޑި ބަހުރުވައިން ވާހަކަ ނުދައްކަވާ. އަމިއްލ؛ަ ނަފްސަށް އިހްތިރާމް ކުރައްވާ
ކުރޮޅި ކަތީބު
09 July 2019
މީ އޯގާތެރި ރައްޔެތުން ހާލުބަލާ ސަރުކާރުގެ ހާލަތެވެ އެކަމް އިންތިހާބުގަ ފާޑުފާޑު ނަންތައްކިޔައި އުޅުނު ޖަޡިރާރާއްޖެ ނޫފެހި ގާނޫނު ހޯމްސްޓޭ ޑޮލަރު ހައްގުވާމިންވަރު މިކަހަލަ ސިޔާރުތަައބައިވަރު ފަގީރަކައް ލާރިފޮއްޗެއް ދޭންވާއިރައް ދައުލަތައް ބަރުބޮޑުކުރަން ބަގާވަތްގެންނައް ފިތުނަ ފަސާދަ އުފައްދަން ހުސް އޮޅުވާލުމާ މާކަރާހީލަތް މިފަސްއަހަރު ދާނީ ތަރައްގީއެއްނެތި ގައުމު ތޮޅިޔައް
އައްޔާފ
09 July 2019
މަޖްލިހު ގޮނޑި ހޯދަން މަޝްވަރާކޮށް ނިންމި ގޮތަށްތޯ ކަލޭމެން އަމަލުކުރީ. އެއަށްފަހު މަޝްވަރާ ވާހަކަ ދައްކާ.
އަލްޖިބްރާ
09 July 2019
ބާޣީން ނަކީ ކަންތަކާ މަޝްވަރާކުރާނެ ބައެއް ނޫން ! އެމީހުން ހުރިހާ ކަމަކުންވެސް ބަލާނީ ބަޣާވާތް ކުރަން !
ސުނީތާ
09 July 2019
ބަގާވާތްކުރި ބޮޑު މީހާ އިމްރާނަށް މިނިސްޓަރުކަންވެސް ދިނީ އެމްޑީޕީން. ދެން ކޮން ބާގީ ބާގީ އެއްތަ މިގޮވަނީ.. ރައްޔިތުން ކުރިމަތީ ޑްރާމާ ކުޅުން އެމް.ޑީޕީގެ ކަމަކީ. މި ބުނާ އިމްރާން އެދުވަހު ބޮޑު ބާގީއަށް ވެފަ، މިއަދު ހުދު ފޮތިކޮޅަކަށް ބަދަލުވެފަ އެހުރީ ކީއްވެތަ.