އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު
09 ޖުލައި 2019 - 16:10
މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރުވާން އެ ބޭފުޅުންނަށް ޗިޓު ފޮނުވައިފި އެވެ.
ބުރާސްފަތި ދުވަހު ހެނދުނު އާޒިމާގެ ޝަރީއަތް ހިންގަން ތާވަލްކޮށްފައި ވާއިރު ޔާމީންގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މެންދުރު ފަހަށެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އަދި އާޒިމާގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް ވަނީ މިދިޔަ ފެބްރުއަރީ މަހު އޭނާއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އާޒިމާއާ ޗިޓް ހަވާލު ނުކުރެވިގެން ކަމަށް ބުނެ މައްސަލަ އޮތީ ހުއްޓިފަ އެވެ.
އާޒިމާ އަށް ދައުވާކުރަނީ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ. މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްޔާހު
10 July 2019
އެންމެފަހުން ތިޔަ މީހުންގެ މައްސަލަ ނިމޭއިރު ސާބިތެއް ނުވާނެކަމަށް ހާދަހީވަން ފަށައިފިއޭ. އެއްވެސް ޗަސްބެއްނެތި އެތައް ދުވަހެއްގެ ފަހުން ކޯޓަށް ހާޒިރު ކުރުމީ ހެކި އުފައްދަން ލިބޭ ރަނުގެ ފުރުސަތެއް.
ޙަބީބު
09 July 2019
ސްޕްރީމްކޯޓު ފަނޑިޔާރުން ރަހީނުކުރި މައްސަލައިގަ 13 އަހަރު ޖަހަންޖެހޭ
ކަނބިލި
09 July 2019
ދެބޯގެރި ދުއްވުން ހުއްޓާލާ. ޕްރޮފެޝަނަލް ތަހުގީގެއް ހިންގާ ހައްގު އަދަބު ދޭންވާނެ. ޔާމީންވެރިކަމުގައި ނުހައްގުން އެތައްބަޔަކު ޖަލަށްވެސް ލެވުނު. މިފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅު އެޅުމަކީ މިއަދުގެ ވެރިންގެ ޒިންމާއެއް.
ޢަބްދުﷲނާފިޒް
09 July 2019
ހަފްތާއަކު ދެދުވަހު ތިމީހުން ކޯޓަށް ހާޒިރުކޮށްގެން ނަމަވެސް ތިމައްސަލަތައް ބަލާ އަވަހަށް ހުކުމެއް ކޮށްނިންމާލަބަލަ، ހަވާ ފަޓާސް ބަރިއެއްހެން، ހީހީހީ
ކޮޑޭ
09 July 2019
ޢާޒިމާއަކީ ވަރަށް ސުމެއްގެ މީހެއް. އަބަދުވެސް ކޮންމެވެސް މީހަކާ އަޅއިގަނެގެން އުޅެނީ. މައުމޫނާ ބެހުނީމަ ފެނުނު ހިތި ނަތީޖާ
ޖަންގަލް
09 July 2019
ރައިސް އޮފީހުގާ ވަރަށް ބޮޑޭ ހެދިގެން އުޅެވިއްޖެނު. މިހޤާރު ހޭއަރާފަ ހުންނާނީ
އާތީ
09 July 2019
ތި ދެމީހުންނަށް ހައްގުވާތަނަކީ ޖަލު. ޖަލުގަ ތިބެންޖެހޭ ބަޔަކު މިނިވަންކަމާ އެކީ އުޅޭތީ ދެރައީ
އައްޔާމ
09 July 2019
އަނިޔާ ނުކުރާށޭ. އެއީ މިގައުމުގެ އެތައް ބަޔަކު ލޯބިވާ ރައިސޭ. ގައުމަށް އެތައް ހިދުމަތެއްކޮށް 900މިލިއަން ޑޮލަރަށް ހަޒާނާއަށް އިތުރުކޮށް އެތައްކަމެއްކުރި މޮޅު އިއްޒަތްތެރި ރައިސޭ. ތިޔަހެން އަނިޔާކޮށްގެން ނުވާނެޔޭ.
ސުނީތާ
09 July 2019
800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއަށް ވީގޮތަށް މިފަހަރުވެސް ވާނީ. ޔާމީން މައްޗަށް ހުކުމެއް އަންނާނެ ކަމަކަށް ލަފާ ނުކުރެވޭ. ސަބަބަކީ 800 މިލިއަން ކަންތައްވެސް ދިޔައީ އޮޔަށް ވަޔަށް، މިފަހަރު އަރާނީ ފަޒާއަށް ޖައްވަށް ތޯއްޗެ. އެހެންވެއޭ އެމް.ޑީ.ޕީ މީހުންނަށް އިތުބާރު ނުކުރެވެނީ. ވަގަށް ގޮވާނެ. ސާބިތެއް ނުވާނެ
ޕީޕީ
09 July 2019
ހަމަ އެކަކު ނެތޭ ތެދުވެރި ހުސް ވަގުން.