ޚަބަރު / އަބްދުﷲ ލުތުފީ

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

ބާޣީ ލުތުފީ މިރޭ ރާއްޖެ ގެނެސް ފުލުހުންގެ ބެލުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

09 ޖުލައި 2019 - 18:58

256 comments
09 ޖުލައި 23:26

ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނު ލުތުފީ ލަންކާ އިން މިރޭ ރާއްޖެ ގެނެސް ފުލުހުން ވެހިކަލެއްގައި ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

09 ޖުލައި 23:24

ލުތުފީ، މިރޭ ޜާއްޖެ ގެނެސް ފުލުހުންގެ އިދާރާ އިން ނެރެގެން ގެންދާއިރު ހެވިފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

09 ޖުލައި 23:13

ލުތުފީ، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. އަދި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމަށް ފަހު، ލުތުފީ ފިލާފައި ވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނޭ. ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރީ ޖެނުއަރީ 16، 2010 ގައި. އޭގެ ފަހުން މިދިޔަ ނުވަ އަހަރު ވަންދެން ލުތުފީ އުޅުނީ ފިލައިގެން. ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން ލުތުފީ އުޅުނު ކަމަށް ވަނީ ލަންކާގައި.

09 ޖުލައި 23:03

ލުތުފީ، ފުލުހުންގެ މައި އިދާރާ އިން އަތޮޅުވެއްސަށް ގެންގޮސްފި. ކަރެކްޝަނަލް ސާވިސްއާ އޭނާ ހަވާލުކުރާނެ އިރެއް އަދިއެއް ނޭނގޭ.

09 ޖުލައި 22:26

ލުތުފީ، ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެންނަ ތަން ފޮޓޯ ނެގުމުގެ ފުރުސަތު ފުލުހުން ވަނީ މީޑިއާ އަށް ފަހިކޮށްދީފައި. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ފުލުހުންގެ އިދާރާގެ ކުރިމަތިން ވެސް ނޫސްވެރިންނާއި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންނަށް ފަސޭހައިން މަންޒަރު ނެގޭނެ ގޮތް ފުލުހުން ވަނީ ހަމަޖައްސައިދީފައި.

09 ޖުލައި 22:22

ފުލުހުންގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށް ލުތުފީ މިހާރު ވީ ފުލުހުންގެ މައި އިދާރާގައި. ދިވެހި ސަރުކާރުން ބުނެފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ލުތުފީ މޭ 1 ގައި ގޮސް އެތަނުގެ ބެލުމުގެ ދަށަށް އަމިއްލަ ދިއުމާ އެކު، އެ ދުވަހުން ފެށިގެން ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް.

09 ޖުލައި 22:16

ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ޖެނުއަރީ 16، 2010 ގައި. އޭނާ އޭރު އިންޑިއާ އަށް ފޮނުވީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވިޔަސް ފަހުން ވަނީ ފިލާފައި. އަދި ލަންކާ އަށް ބަދަލުވެ، ގިނަ ދުވަސްތަކެއް އޭނާ ފިލައިގެން އުޅުނީ އެ ގައުމުގައި. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ލުތުފީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރިވެވަޑައިގަންނަވަމުން ވިދާޅުވެފައި ވަނީ ލުތުފީ މިހާތަނަށް ޖަލުގައި ހުކުމް ތަންފީޒު ކުރީ 21 އަހަރު ކަމަށް. އެހެންވެ، ލުތުފީގެ ހުކުމުގައި މިހާރު ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށް އިމްރާން ވިދާޅުވެފައިވޭ.

09 ޖުލައި 22:05

ނޮވެމްބަރ 3 ގެ ހަމަލަ އަށް ފަހު، ލަންކާގައި ފިލައިގެން އުޅުނު ލުތުފީ، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން މިރޭ ރާއްޖެ ގެނެސް އެއާޕޯޓުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

09 ޖުލައި 22:03

ކުށެއް ނެތް އެތައް ދިވެހިންނެއްގެ މަރާލުމުގެ މޭސްތިރި ލުތުފީ، ފުލުހުންގެ ބެލުމުގެ ދަށުން މިރޭ ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

09 ޖުލައި 22:00

ލުތުފީ މިރޭ ރާއްޖެ ގެނައި އިރު ހުރީ، ކަޅު ކުލައިގެ ތޮއްޕެއް އަޅައިގެން އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ލައިގެން. ލުތުފީ ރާއްޖެ މި ގެނައީ ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު، މިދިޔަ މޭ 1 ގައި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އެތަނުގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިއުމުން. އޭނާ އެމްބަސީ އަށް ގޮސް އަމާންދިނީ، އޭޕްރީލް 21 ގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އިތުރަށް އެ ގައުމުގައި އުޅެވޭނެ ގޮތެއް ނެތިގެން. އޭނާ ލަންކާގައި އުޅެމުން ދިޔައީ ވިސާއެއް ނެތި. އެހެންވެ، ލުތުފީ ރާއްޖެ ގެންނަން 2،500 ޑޮލަރު ދިވެހި ސަރުކާރުން ޚަރަދު ކުރަން ޖެހުނު ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި.

09 ޖުލައި 21:54

ކުށެއް ނެތް އެތައް ދިވެހިންނެއްގެ މަރާލުމުގެ މޭސްތިރި ލުތުފީ، ފުލުހުންގެ ބެލުމުގެ ދަށުން އެއާޕޯޓުން ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

09 ޖުލައި 21:47

ލުތުފީ، ރާއްޖެ ގެނެސް ފުރަތަމަ ގެންދާ ގޮތަށް ނިންމާފައި ވަނީ ފުލުހުންގެ މައި އިދާރާ އަށް. އޭގެ ފަހުން އޭނާ ހަވާލުކުރާނީ ކަރެކްޝަނަލް ސާވިސްއާ. ބާޣީ ލުތުފީގެ ހުކުމުގެ ބާކީ ބައި ތަންފީޒު ކުރަން ގެންދާނީ މާފުށީ ޖަލަށް ކަމަށް އެނގިފައިވޭ.

09 ޖުލައި 21:43

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ ދިނުމުގެ މޭސްތިރި އަބްދުﷲ ލުތުފީ، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ދެންމެ ރާއްޖެ ގެނެސްފި. އީކޭ ފްލައިޓުން އޭނާ ރާއްޖެ ގެނެސް ފުލުހުންގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ނިންމުމަށް ފަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި.

މީގެ 31 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ މޭސްތިރި އަބްދުﷲ ލުތުފީ ނުވަ އަހަރު ވަންދެން ރާއްޖެ އިން ބޭރުގައި ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިއުމާ ގުޅިގެން، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ މިރޭ ރާއްޖެ ގެންނާނެ ކަމަށް ދިވެހި ފުލުހުން ދެންމެ ބުނެފި އެވެ.

މިރޭ 9:30 ގައި، އީކޭ ފްލައިޓުން ހ. ހާޖަރާގޭ ލުތުފީ ރާއްޖެ މި ގެންނަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށަށް މިދިޔަ މޭ 1 ގައި އޭނާ އަމިއްލަ އަށް ދިޔަ ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާއަރުވާލުމާ ހަމައަށް، ދިވެހި ސަރުކާރުން އެކަން އާންމުންނަށް ސިއްރު ކޮށްފައި އޮތުމުން އެތައް ބައެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި، ލުތުފީގެ ހުކުމްގެ ބާކީ ބައި ތަންފީޒު ކުރުމަށް ގެންދާނީ މާފުށީ ޖަލުގަ އެވެ.

ފުލުހުން ބުނީ، ލުތުފީ މާލެ ގެނެސް ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އޭނާ މިރޭ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ލުތުފީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ޖަވާބުދާރިވެވަޑައިގަންނަވަމުން ވިދާޅުވެފައި ވަނީ ލުތުފީ މިހާތަނަށް ޖަލުގައި ހުކުމް ތަންފީޒު ކުރީ 21 އަހަރު ކަމަށެވެ. އެހެންވެ، ލުތުފީގެ ހުކުމުގައި މިހާރު ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށް އިމްރާން ވިދާޅުވެފައި ވެ އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ހަމަލާގައި، ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން ލަންކާގައި ލުތުފީ އުޅެމުން އައީ ވިސާ ނެތި ކަމަށް ވާތީ، އޭނާ ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން 2،500 ޑޮލަރު ލަންކާގެ ކަމާ ބެހޭ އިދާރާތަކަށް ދައްކަން ޖެހުނެވެ.

މީގެ 31 އަހަރު ކުރިން ލުތުފީ ރާއްޖެ އަށް ހަމަލަދިން އިރު ހުރި ގޮތް (ކ) އަދި ފިލުމުގެ ދުވަސްކޮޅެއް ކުރީގެ ފޮޓޯއެއް.

ލުތުފީ ރާއްޖެ ނުގެނެވި ލަސްވުމުން އައި ފާޑުކިޔުންތަކާ ގުޅިގެން، ދިވެހި ސަރުކާރުން ބުނެފައި ވަނީ މައްސަލަ އަކަށް ވީ ލަންކާގެ ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔުން ނުލިބި ދިގުލައިގެން ދިއުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔުން އެންމެ ފަހުން ލިބިފައިވާ ކަމަށާއި ދެން ބޭނުންވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމަށެވެ. ބެލެވޭ ގޮތުގައި، ލުތުފީ މިރޭ ރާއްޖެ މި ގެންނަނީ އެ ލިޔުން ލިބުމާ ގުޅިގެންނެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލަ ދިނުމުގެ އިސް މީހާ ބާޣީ ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ޖެނުއަރީ 16، 2010 ގަ އެވެ. އޭނާ ރާއްޖެ އިން ބޭރަށް ފޮނުވީ މެޑިކަލް ބޯޑާއި ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ދީގެންނެވެ.

ލުތުފީ، އިންޑިއާ އިން ފަރުވާ ހޯދަން ހުއްދަ ދިނީ ތިން މަސް ދުވަހަށެވެ. ލުތުފީ އަނބުރާ ނައުމާ ގުޅިގެން އޭނާ ހޯދުމަށް އެކި ފަހަރު މަތިން ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި އެވެ.

ލުތުފީ، ރާއްޖެ ގެނައުން ލަސްވަމުންދާ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެއީ ރާއްޖޭގެ މި ޒަމާނުގެ ތާރީޚު ދުށް އެންމެ ބޮޑު ޚާއިނު އަދި ކުށްވެރިޔާ ކަމަށެވެ. އަދި ލުތުފީ އަށް މާފުދިނުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ލުތުފީ ދިޔަ ކަން ފުރަތަމަ ދުވަހު ވެސް އެނގިވަޑައިގެންނެވި ކަމަށެވެ. ލުތުފީ އެމްބަސީ އަށް ވަނީ މެއި 1 ގައި ކަމަށާއި އެ ވަގުތުން ފެށިގެން ލުތުފީ އަށް ފިލުމުގެ ދެ ވަނަ ފުރުސަތެއް ނުލިބޭނެ ކަން ޔަގީން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.

256 ކޮމެންޓް, 259 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 7%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިޔާދު 1

12 July 2019

ޝުކުރިއްޔާ އުމަރު. ފަރުދީ ޒިންމާ ފުރިހަމަ އަށް އަދާ ކޮށްދެއްވައިފި....

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

10 July 2019

މާކަބޮޑު މައްސަލައެއްނޫން. ފިލީ. ސަރުކާރު ބަދަލުވީ. ފުރެންޑްލީ ސަރުކާރެއް އައީ. އަމިއްލައަށް އެބުރި އައީ. ދެން އެއްމެމަތީ ކޯޓުން ކުރީގެ ހުކުމާއި ދައުވާއަކީ އުފެދުމުގައިވެސް ބާޠިލު އެއްޗެއްކަމަށް (ހާލަތު ޒަރޫރާގެ ދަށުން ނަމަވެސް) ކަޑައަޅާ އަދި ނޮވެމްބަރ 3 ގައި އެއްވެސް އާދަޔާޚިލާފުކަމެއް ހިގިކަން އެގެންނެތްކަމަށް ނިންމާ މައްސަލަ ނިންމާލީމަ ނިމުނީ. ލުޠުފީއަށް ލިބުނު ގެއްލުމުގެ ބަދަލު ނުދީ ނިމިއްޖެއްޔާ ހާސްބައި ރަގަޅު.

The name is already taken The name is available. Register?

އައިއޭމް ކުރަޝްޑް އޮން ހިމް

10 July 2019

ކޮންމެއަކަސް ލުތުފީ ތި ވައްޓާލީ ވަރަށް ސްޓައިލްގަ. ބަންގާޅީއަކު ފެނުނަސް ކުރަޝްވާ އަންހެނުން އުޅޭ އިރު އަނެއްކާ ލުތުފީ ފެނިފަ ގޮތެއްނުވާނެބާއޭ މަގޭ ހިތައް އަރަނީ.

The name is already taken The name is available. Register?

ލުއްޗޭ އެޕިސޯޑްސް

10 July 2019

ބާގީ ލުތުފީ އެޕިސޯޑްސް ނިމުނީ. ދެންއޮތީ އޭސީސީ ލުތުފީގެ އެޕިސޯޑްސް.

The name is already taken The name is available. Register?

ޖީހާން

10 July 2019

މަ އަލީ އެކްސްޕްރެސްއިން ގަތް އެއްޗެއް ނޫން މި ލިބުނީ، ވަރަށް ތަފާތު އޯޑަރކުރީި އެއްޗާއި، ...............

The name is already taken The name is available. Register?

ވާލުސޮރު

10 July 2019

ލުުތުފީ ސެލެބްރިޓީއަކަށް ހަދާ މިވަރުގެ ސަމާލުކަމެއް ދިނީ އުމަރު ނަސީރާ ޕީޕީއެމްގެ ސަބަބުން. ސަރުކާރުން ނިންމާފަ ވަނީ ލުތުފީ މާލެ ގެނެސް ހުރިހާ މައުލޫމާތެއް ދޭ ގޮތަށް، ލަންކާގެ ބޮމުގެ ހަމަލާއަކީ ބޮޑު ކަމެއްކަން މުޅި ދުނިޔެއަށް އިނގޭ، އެދުވަސްވަރު ލުތުފީއެއް ކާސިމެއް ލަންކާއަށް ނޯންނާނެ. މިހާރު މިވީ ގޮތުން ލުތުފީ މިވީ ބޮޑު ސެލެބްރިޓީއަކަށް. އަނެއްކޮޅުން ސިއްދީގުމެން ކަހަލަ މީހުން ބުނަނީ އެއީ ލުތުފީއެއް ނޫނޭ. މިހިރީ ޕީޕީއެމްގެ ދޮގު ހަދާ ވަރު

The name is already taken The name is available. Register?

ހަސަންދީ

10 July 2019

ހާދަ ޅަހެން ހީވޭ... ލުތުފީ އެއީ މިހާރު ބޮޑު މުސްކުޅިއެއްނޫންތަ.. ހާދަ ނުވައްތަރޭ.... 1988 ގައި ވެސް އެއީ ބޮޑުމީހެއް ނޫންތަ...

The name is already taken The name is available. Register?

عبدالله ސަޢީދު

10 July 2019

މިބޭފުޅާގެ މައްޗަށް ކޮށްފައިވާ ޙުކުމުގައި ބުނެފައިވާ 101 މިލިޔަން ރުފިޔާގެ ވާހަކަ ސިއްރުކޮށްފައި ބޭއްވޭނެތޯ ސުވާލުއުފެދެއެވެ. އެބަހީ، މި ސަތޭކަ އެއްމިލިޔަން ރުފިޔާގެ ތެރޭގައި 19 މީހުންގެ މަރުގެ ދިޔަ ހިމެނޭއިރު، މަރުގެ ދިޔަ މާފުކުރެވޭނީ ވާރިސުންގެ ފަރާތުންނެވެ. ޔަޢުނީ، ޢިމްރާނަކަށް މަރުގެ ދިޔަ މާފުނުކުރެވޭނެއެވެ. މިކޮމެންޓް އެއްވެސް ނޫހެއްގައި ލިޔެނުދޭތީ ހިތާމަކުރަމެވެ. އެހެނީ މިފައިސާއަކީ، ރައްޔިތުންގެ ޙައްޤެކެވެ.

The name is already taken The name is available. Register?

އަލީރާޖާ

10 July 2019

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ފުލުހުން މީހުން ހައްޔަރު ކުރާ އިޖުރާއަތް ބަޔާންކޮށްފައި އޮތް އިރު ބުނެފައިވަނީ ހައްޔަރު ކުރެވޭ މީހާ ހައްޔަރަށް ދެކޮޅު ނުހަދާނަމަ އޭނާގެ ގައިގައި ބިޑިއަޅުވައިގެން ނުވާނެ ކަމަށް. މިތާ ވާއެއްނުވާއެއް ތަނެއް ދޮރެއް ނޭގި ކޮމެންޓު ކުރާ މީހުންނަށް ވަރަށް ސަލާމް.

The name is already taken The name is available. Register?

ޔާނާ

10 July 2019

މާދަމާ ލުތުފީ ހުންނާނީ ޖަލުގައި ހުންނަ ވީއައިޕީ ކޮޓަރިކޮޅުގައި މީ މިސަރުކާރުގެ ރަނގަޅުކަމަކީ ބޮޑެތި ކުއްކުރާ މީހުން އިއްޒަތުކައިބައިތިއްބައިގެން ރައްޔިތުން ނިކްމެތިކުރާ ސަރުކާރެއްމީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454