ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
11 ޖުލައި 2019 - 23:28
ރާއްޖެ އަލުން ކޮމަންވެލްތާ އަލުން ގުޅުމުގެ މަރުހަލާ އަވަސްކޮށްދޭން އެ ޖަމާއަތުގެ ބައެއް ގައުމުތަކުން އެދުމުން ރާއްޖޭން އެކަމަށް ޝުކުރު އަދާކޮށްފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުން އަވަސް ކުރަން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސްރީލަންކާ، ކެނެޑާ އަދި ރުވާންޑާއިން ތާއީދު ކުރި ކަމަށެވެ. އެ ގައުމުތަކުން އެކަމަށް ވަރުގަދަ އަށް ތާއީދު ކުރީތީ ޝުކުރުއަދާކުރައްވާ ކަަމަށް ޝާހިދު ވިދާޅުވި އެވެ.
ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެގޮތަށް ނިންމީ ކޮމަންވެލްތުން ރާއްޖެއާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށާއި ދާހިލީ ކަންކަމުގެ ތެރެއަށް އެ ޖަމާއަތުން ވަންނަ ކަމަށް ބުނެ އެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހަޅައިފަ އެވެ. ރާއްޖޭގެ ހާލަތު ބެލުމަށް އެ ޖަމާއަތުގެ ވަފުދުން ޒިޔާރަތް ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލިއަޖާއިބު
13 July 2019
ވޯޓުގެ ކުރިން ބުނި ޤަތަރާއި އީރާނުގެ ގުޅުން އިއާދަކުރާނެވާހަކަ. މިހާރު އެއަޑެއްނީވޭ. އަނެއްކާ ފަރަންޖީން ނުރުއްސަވާކަމަކީތޯ؟
ކޮތަރު
13 July 2019
ކޮމަންވެލްތް އޯކޭ އެއްނޫން ވައްކަން އޯކޭ.- ޕިންކީޒް ގެވިސްނުން.!!
އަލީދ
13 July 2019
ޔެލޯ ވިސްނުން. ކޮމަންވެލްތުން ނެރޭ ރިޕޯޓު އޯކޭއެއް ނޫން. އެކަމަކު ގުޅެން ފޫގަޅާފަ.
ރަށުދެވި
12 July 2019
މިނިސްޓްރީ އޮފް ފޮރިން ޕިކްނިކް
މަރޭމިތުރު
12 July 2019
ޝާހިދު ސިފަވަނީ ހިންގުން ތެރިއަކަށް! ޝާހިދުގެ މަސައްކަތައް އެދެނީ ކުރިއަށް!.............. ޝާހިދުމގެ މަސައްކަތް ވަރަށް ކުރިއަށް ޖެހިލައިފި.އަޅުގަނޑު ދެކެން އެންމެ ބޭނުންވަނީ އިންޑިއާއާއި ރާއްޖެ އެއްގޮތަކަށްވެސް ވިސާނުލައި ދެގައުމަށް ދަތުރު ފަތުރު ކުރެވޭނެ ދުވަހެއް! މަގޭ ފުރަތަމަ އެކުވެރިއަކީ އިންޑިއާ.
ނަޔާ
12 July 2019
ލުތުފީ މިނިވަންކުރުން ގުޅިފައިވަނީ އެކަންކަމާ...
ލެއްގި ކޮމިޝަނަރ
12 July 2019
ޝާހިދު ކުރިންބުނި ސަރުކާރަށް 100 ދުވަސް ފުރުމުގެކުރިން ފޮރިންގް މިނިސްޓްރީން ފުއްދި ވައުދުތަކުގެ ތެރޭގަ ކޮމަންވެލްތަށް ވަނުން ހިމެނޭކަމަށް. މިހާރު ތިކިޔަނީ އެބިޔަ ބޮޑުވައުތު އަދިވެސް ނުފުދެއޭދޯ؟ ތިވަރުގެ ބޮޑެތި އޮޅުވާލުންތަށް ރައްޔިތުންނަށް އޮޅުވާލަން ހެޔޮނުވާނެ.
އެމްސް
12 July 2019
މިއީވެސް މިދިޔަސަރުކާރާހުރެ ޖެހުނު މުސީބާތެއް!
ނިހާނު
12 July 2019
ޝާހިދު.. ކީއްކުރާ ކޮމަންވެލްތެއްތަ..
ބޯހުދު
12 July 2019
އެއީ ރައްޔިތުން ރައީސް އިންތިޚާބު ކުރި ރިޔާސީ ވައުދެއް. ސާފުވެއްޖެ؟
ބޮޑުމީހާ
12 July 2019
ސަރުކާރު ލިބިއްޖެ، މަޖްލީސް ލިބިއްޖެ، މިހާރުދެން ކޮމަންވެލްތްވެސް ލިބެނީ. ރައްޔިތުންނަށްދެނީ ކޯއްޗެއް. ފްލެޓް ކޮމިޓީގެ ހަބަރެއް ނުވާތާ 3 ވަނަ ހަފްތާ.
އަސްލާ
12 July 2019
ކައުންސިލް ވޯޓް ކައިރިވީމަދޯ ދެން އެކަން އިންނަނީ
ހަތްކުޅިދުމަދު ރައްފުށު.
12 July 2019
ކަލޭރަށުގަނެއްތަ ބޯހިޔާވަހިކަމެއް.. އަހަރުމެންވެސްނުދުވަން ކަލޭރަށުން ފުލެޓުހޯދަން..
ސިގޭ
13 July 2019
ޢަހަރެން ބޭނުން މާލެއިންވެސް ، އަހަރެން ބޭނުން ރަށުންވެސް. އޮތޮޅުތެރޭގެ ހަޤީޤަތް، މާލެ އުފަން ވުމަކީ ވެ މުސީބާތެއް. ރަށަކުން ލިބެން އޮތީކީ ނޫން މިތަނުން ލިބެނީ ބަރތްޑޭ ކޭކް ފަންސާމީހުންނަށް ބެހީމަ ލިބޭ އެތިކޮޅު. މަދިރި ބިސް ވެސް ނާޅާނެ އެތާ ފެން ހުއްޓަސް