އީސަ، އަސްއަދު އަދި ވަހީދު މި މަހުގެ 10 ވަނަ ދުވަހު ދޫނިދު އަށް ގެންދަން ދޯންޏަށް އަރުވަނީ.-- ފޮޓޯ: އެމްޑީޕީ
13 ސެޕްޓެމްބަރ 2016 - 15:12
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން ދޫކޮށްލުމަށް އެ ޕާޓީން މިއަދު ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސަގެ އިތުރުން ބަންދުކޮށްފައި ތިބި މުހައްމަދު ވަހީދު (ވައްޑޭ) އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) ހައްޔަރުކުރީ މި މަހުގެ 9 ވަަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއަކުންނެވެ. އެ ތިން މީހުންގެ ބަންދަށް ކޯޓުން 13 ދުވަސް ދިނުމުން މިހާރު ތިބީ ދޫނިދޫގަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުން ހައްޔަރުކުރީ އަލްޖަޒީރާ އިން ދެއްކި ޑޮކިއުމަންޓްރީގައި މަނީ ލޯންޑްރިން އާއި ސަރުކާރު އަޑީގައި އޮވެގެން ހިންގާ ކަމަށް ބުނާ ޓެރަރިޒަމްގެ އަމަލުތައް ފަދަ ބޮޑެތި ޖަރީމާތައް ސާފު ހެއްކާ އެކު ދުނިޔެ އަށް ފަޅާ އަރުވާލުމުން އެކަމުގެ ރުޅިވެރިކަން ރައްޔިތުންނަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްދު ކުރުމުގެ ގޮތުން ކަމަށެވެ.
އެ ޕާޓީން ބުނީ ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ އެ ތިން މީހުން ހައްޔަރުކުރީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތި ކަމަށެވެ. އެއީ، އެމްޑީޕީން ބުނި ގޮތުގައި، "ގޮތް ހުސްވެ ބަލިކަށިވަމުންދާ ސަރުކާރެއްގެ ފިނޑި އަމަލެ"ކެވެ.
"ސަރުކާރުގެ ތާއީދު ގެއްލި، ދިވެހި ރައްޔިތުންނާއި މުޅި ދުނިޔޭގެ ކުރިމަތީގައި އަގު ވެއްޓި، ފަލީހަތްވަމުންދާ މިންވަރު އިތުރުވަމުންދާ ވަރަކަށް ސިޔާސީ ފަރާތްތަކާއި ރައްޔިތުން ހައްޔަރު ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ކަންބޮޑުވުމާ އެކު ފާހަގަ ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އީސަ، އަސްއަދު އަދި ވަހީދު މި މަހުގެ 10 ވަނަ ދުވަހު ދޫނިދު އަށް ގެންދަން ދޯންޏަށް އަރުވަނީ.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ބުނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ދެމި ހުންނަވާ ނަމަ ރައްޔިތުންނަށާއި ދައުލަތަށް އަދި ދައުލަތުގެ ހަޒާނާ އަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.
"މި ދައުލަތް ސަލާމަތް ކުރެވެން އޮތީ އެ މަނިކުފާނުގެ މައްޗަށް ކުރެވޭ މިފަދަ ބޮޑެތި ތުހުމަތުތަކުގައި އެމަނިކުފާނު ހައްޔަރުކޮށްގެން ކަމަށް ވާތީ އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރަމެވެ،" ބަޔާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންދީ
13 September 2016
އެގިތިބެ މިކުރަނީ ކޮންފަދަ އަނިޔާއެއްތޯއެވެ. މިވެސް މިގައުމައް އުފަން މިގައުމައްޓަކައި އެތައް ޤުރުބާނީ އެއްވާ އަދި ވާން ތައްޔާރައް ތިބި ދިވެހި ދަރިންނެވެ. ވެރިކަން ގެއްލިދާނެތީ މިވަރައް އަނިޔާވެރިވާން ހަމަ ހެޔޮނުވާނެއެވެ. ޢަނިޔާއަކީ ﷲ އެކަލާނގެ ޒާތު ފުޅައްވެސް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
މޯލްޑިވިއަން
13 September 2016
ބަޔާން ނެރެލަ ނެރަލާ ތިބެލާ އިނގޭ. ގާނޫނު މުގުރާ މީހުން ދޫކުރެވޭކަށް ނެތް. ރައީސް ޔާމީންވެސް ހައްޔަރުކުރެވޭކަށް ނެތް ސޮރީ އިނގޭ. މިގޮވާ ގޮވާލުން އަހަރެމެންވެސް ތަކުރާރު ކުރަން ސޮރީ.
ދޮންއާމިރު
14 September 2016
ކާން ބަހައްޓާ.........
ބަލަންތިބޭ
13 September 2016
ސަރުކާރުގެ ތާއީދު ގެއްލި، ދިވެހި ރައްޔިތުންނާއި މުޅި ދުނިޔޭގެ ކުރިމަތީގައި އަގު ވެއްޓެމުން ދާކަމަށް އެމްޑީޕީގެ ބަޔާނުގައި ލިޔެފައިވާ އިރު އެެމްޑީޕީގެ އަތުގައި އޮތީތޯ ތާއީދު ގެއްލި އަދި އަގު ވެއްޓޭ މިނަން ކިޔާ ޑިޓެކްޓަރެއް. މަމެންނަށް ހީވަނީ ތަމެން އަތުގައި މިނަން ކިޔާ ޑިޓެކްޓަރެއް އޮތީ ހެން އެވެ. އެނޫނިއްޔާ ކިހިނެއް ތަމެންނަށް އެކަނި އިނގޭނީ ތާއީދު ގެއްލު އަދި އަގުވެއްޓޭ މިންވަރު ވަޒަން ކުރަން. ތަމެންގެ ކުލަ ތައް ފަނޑުވަމުން ދާތީވެ އެންމެ ފަހު ބަސް ބުނަމުން ދާ ކަމަށް މަމެންނަށް މިފެނިގެންދަނީ އެވެ. ރަންކޮޅާ މަޑުކޮށްލާ މަޑުކޮށްލާ މިއަހަރު ނިމެންދެން. އެއިރުން ފެންނާނެ ތާއީދު އޮތީ އަދި ނެތީ ކޮން ބަޔެއްގެ ކަން ލޯކަލް ކައުންސިލު އިންތިޚާބުން. ވޯޓް ތައް އުފުރާލާނަން ޕިންކް ކުދިން ބަލަން ތިބެއްޗޭ.
ޚަޚަދުރު
14 September 2016
ދޮްްން ކަލޯ ޕިންކް ޕާޓީނއަކާ ޔާމީނަކާ ގުޅުމެއް ނެތް ތަމެން މޮޔަވޭ ރައީސް މައުމުން ގެ ޕާޓީ ޕީ÷ޕީ އެމް އކީ ހެހެހެހެ. ކޮންމެ ކަމެއްގައި ވެސް ވައްކަން ކުރަނީ.
އަސްތާ
13 September 2016
ދެން ވެސް އެމްޑީޕީ ކުދިންނަށް އެގެންވާނެ އެއް ނޫންތޯ މަމެން ޕިންކް ކުދިންގެ ވެރިކަަމުގައި ރައީސް ވަހީދު ގެ ވެރިކަމުގައި އާއި އަދި ރައީސް މައުމޫނުގެ ވެރިކަމުގައި އެމްޑީޕީ ކުދިންނަށް ކެކި އަރަން ކެރުނު ކަމުގައި ވިޔަސް މަމެންގެ ޕިންކް ވެރިކަމުގައި ކެކި އަރައިފިނަމަ އިށީނދެގެން އިން ގޮނޑިން ތެދުވާއިރަށް ގަދަ ކަމުން ދެކޮނޑުގައި އަތްއަޅާ ގަދަ ކަމުން ބައިންދާނޭ ކަމަށް. މިހާރު ތިހުރީ އެގޮތަށް ބައިންދާފައެވެ. ދެން ކޯޓް މަރުހަލާ ނިމުމުން ދޫކުރާނީ އިނގޭ. އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ޓައިޓޭނިއަމް ޕްލޭޓެޑް ސަރުކާރުގައި ޗާބޫކުން ތިގޮތަށް ތަޅަން އިދިކޮޅު އެމްޑީޕީ ކުދިން ނުނިކުންނައްޗޭ އެއީ މަމެންނަށް އެއް ގޮތަކަށް ވެސް ކެތް ކުރެވޭނޭ ކަމެއް ނޫނޭ..
މޯޑު
13 September 2016
3 ބާރު އެއްކޮން މުށުތެރޭގައިވާ އިރުވެސް ތިއުޅެނީ ވެރިކަން ނުކުރެވިގެން..
ނުގޮވޭނެ
13 September 2016
ގައުމީ މަޖްލީހުގެ މެމްބަރުން ދޫކޮށްލަން އެމްޑީޕީ އަށް ބަޔާން ނެރުމުގެ ގާނޫނީ ބާރު އޮންނާނެ ތޯ އެއީ އަޅުގަނޑުމެން ގެ ހިތުގައި އުފެދޭ ސުވާލަކީ. ސަބަބަކީ ބަޔަކު ހައްޔަރު ކުރުމުން ދެން އެ ފަަ ބަޔަކު ދޫކޮށްލަން ގޮވުމަކީ އެއީ ޑިފަމޭޝަން ގާނޫނުގެ ދަށުން އެއްވެސް ގޮޅި އަކަށް ފެތޭނެ ކަމެއް ތޯ ވެސް އެބަ ބަލަން ޖެހެއެވެ. ސިޔާސީ ޕާރޓީ ތަކަކީ އެއީ ކުށްވެރިން ދޫކުރަން ގޮވާލަން އުފައްދާފައިވާ ތަންތަނެއް ނޫނެވެ.
މޫސަ
13 September 2016
ބޯހަމަ ނުޖެހޭ ގާނޫނަކީ މީހުން ބޯލަބަންޖެހޭ އެއްޗެއްނޫން. ހިތަޢް އެރިގޮތަކިށް ބަދަލުކުރާ ލިޔުންތަކަކީ ގާނޫނެއްނޫން
ހުތުރުދޯ
13 September 2016
ގައުމީ މަޖްލީހުގެ މެމްބަރުން ދޫކޮށްލަން އެމްޑީޕީ ގޮވާއިރު ގައުމީ މަޖްލީހުގެ މެމްބަރުން ގެ ކަންކަން ވެސް ހުރީ ރަނގަޅަށް ނޫނެވެ. ފުރަތަމަ އެން ޖޯއި އެން ގެޓް ޓުގެދަރ ގާނޫނާއި ޚިލާފަށް ކާނިވާ ސަރަހައްދު ދޫކޮށް މަމެންގެ ގްރީން ޒޯނަށް އެރީ ކީއްވެތަ. ދެން އަނެއް ކޮޅުން މިހާރުވެސް ރަންރީނދޫ ކުދިން ޑިފަމޭޝަން ގާނޫނާއި ޚިލާފު ވޭތޯ އެބަބަލަން ޖެހޭ މަމެން ގެ ބްލޫސް ކުދިން މެދުވެރިކޮށް. ރަންރީނދޫ ކުދިން ފަޔަށް ހިނިއަރައިގަނެގެން އުޅޭ ބަޔެއް ހެން ތިޔާ އުޅެނީ ތީ ދެން ވަރަށް ހަޑި މުޑުދާރު ހުތުރު ގޮތެއް ނޫންތޯއެވެ.
ދާދިފަސް
13 September 2016
ދޫނުކުރާތި ނަމަނަމަ. އަދި އިތުރު މެމްބަރުންވެސް ހައްޔަރުކުރަންވީ. ބަންދު ދުވަސްތައް އިތުރުކުރަމުން ގެންދޭ.
ކޮންވައްތަރު
13 September 2016
ގައުމީ މަޖްލީހޭ. ފުރަތަމަ ގައުމީ އެލަފްޒު ވެސް ބޭނުން ކުރެވިގެން ނުވާނެ ރަންރީނދޫ ކުދިންނަށް. އެއީ ސަރުކާރުގެ މިލްކެއް ގައުމީ މިލަފްޒް އަކީ އިނގޭ. ރަންރީނދޫ ކުދިން މިކިޔާ ނަންތަކާއި ގުޅިގެން ވެސް މަމެން މުޅިން ހަނާ ވަނީ އެވެ. ކޮން ގައުމީ މަޖްލީހެއްތަ. ތިޔާ މަޖްލީހަށް ކިޔާބަލަ މުޒާހަރާ މަޖްލީސް މިހެން. އެއިރަށް މާ ބޮޑަށް ގުޅޭނެއެއް ނޫން ދޯ. ނުކުރެވޭނެ އެޒާތަށް ދުލެއް. ދެން ތިޔާ ނެރުނު ބަޔާނަކީ އެއީ ލެޖިޓިމޭޓް ބަޔާނެއްވެސް ނޫން ދޯ ބަޔާނުގައި އެކަކު ވެސް ސޮއި ކޮށްފައި ވެސް ނެތް އަދި އެމްޑީޕީގެ ތައްގަނޑުވެސް ނެތް އަދި ބަޔާން ނަމްބަރެއް ވެސް ނެތް އަދި ތާރީޚެއް ވެސް ނެތް ވިއްޔާ. ތީ ކޮން ވައްތަރު ބަޔާނެއްތަ.
އިއްބެ
13 September 2016
މެންބަރުން ވެސް ކުށްކުރީމަ އަދަބު ލިބެން ޖެހޭނެ .. ބަންދުވެސް ކުރަން ޖެހޭނެ