ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރާ ގުޅިގެން އެކަމުގެ އުފަލުގައި އެމްޑީޕީގެ ހަރުގެ ކައިރީގައި ބޭއްވި އެއްވުމެއްގައި އަހުމަދު އީސާ، އެ ޕާޓީގެ ސަޕޯޓަރަކާ ބައްދާލައްވަނީ: އަހުމަދު އީސާ މިރޭ ވަނީ ހައްޔަރުކޮށްފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
15 މާޗް 2018 - 20:12
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސާ މިރޭ ހައްޔަރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު އެ ދާއިރާގެ އެމްޑީޕީގެ ރައީސް އަހުމަދު އީސާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް އެ ޕާޓީން ބުނެ އެވެ. ނަމަވެސް އޭނާ އަށް ފުލުހުން ކުރާ ތުހުމަތެއް އަދިއެއް ނޭނގެ އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިދިކޮޅު ގިނަ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ރޭވުމުގެ ތުހުމަތެވެ. އަނެއް ބަޔަކަށް ކުރަނީ ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހުށަހެޅުމާއި ދިނުން އަދި މާލޭގައި ރޯކުރަން އުޅުމާއި މާލޭގެ އަމަން ނަގާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި ރިޝްވަތު ހުށަހެޅުމާއި ދިނުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ވެސް އިދިކޮޅު ގިނަ ބަޔަކު ވަނީ ދޫނިދޫގައި ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަގީން
15 March 2018
ވެއްޓެން ދާއެއްޗެއް ނުހިފެއްޓޭނެ .
ރަންރީދޫ ޓުވިޓަރޭ
15 March 2018
ކޯޑިނޭޓަރޫ...ވެރިކަން ވެއްޓޭތަން ބަލަން ހުންނާށެވެ.
އާސިގު
15 March 2018
ތިޔޮއް ބައްދާލުމެއް!
ކޮބާ
15 March 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ވެރިކަން ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ވެރިކަން ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ވެރިކަން ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ވެރިކަން ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ވެރިކަން ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
އާސިގު
15 March 2018
މޮޔަވީތަ؟ ހެޔޮ އެއްޗެކޭ ކިޔާ ބަލަ ދުލުން