ބޭންކް އޮފް މޯލްޑިވްސް: އެ ކުންފުނިން އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ދައުވާކުރާ މައްސަލާގައި އެ ކުންފުނިން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
29 ޖުލައި 2019 - 13:08
ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ބޭންކުން އެދުނު ފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ކޮރަޕްޝަން އެންޑް އެސެޓް ރިވަކަރީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލް އިން ދައުވާކުރީ އެ ކޮމިޝަނުން އެދޭ ކޯޓު އަމުރެއް އޮވެގެން ނޫނީ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ. އަދި އެ މައްސަލަ ނިމެންދެން އެފަދަ އެއްވެސް ފިޔަވަޅެއް ނާޅަން ވަގުތީ އަމުރެއް ނެރެދޭން ވެސް ބީއެމްއެލް އިން އެ މައްސަލައިގައި އެދިފައިވެ އެވެ.
އެކަމަކު، ސިވިލް ކޯޓުން މިއަދު ނިންމީ ބީއެމްއެލް އިން އެދުނު ފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެ މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަދައްޚުލް ވެފަ އެވެ.
މީގެ ކުރިން ބީއެމްއެލް އިން ތަހުގީގީ އިދާރާތަކަށް މައުލޫމާތު ދެމުން އައި ނަމަވެސް ހައި ކޯޓުން ދާދި ފަހުން ކުރި ހުކުމެއް އޮތްގޮތުން ކޯޓު އަމުރެއް ނެތި މަައުލޫމާތު ދިނުމުގައި ދަތިތަކެއް ހުރި ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ. އެކަމަކު މިކަމުގައި ބީއެމްއެލް އާއި ތަހުގީގީ އިދާރާތަކާ މެދު ވަނީ ޚިޔާލު ތަފާތުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައި
29 July 2019
ބަލާބަލަ. މިވަގުކަލޭގެ ކެއުކައިފަ ފޮރުވަން ހަދާ ދޮގު. އެއުޅެނީ އެންމެ ފަހުން ބޯ ދަމައިގަންނާނެގޮތްވެސް ނޭނގިގެން. މީ މީނަގެވެސް ހާލަކީ. އަދިވެސް ދޮގެއް ހެދޭތޯބަލާތި.
އަހްމަދު މާހިރު
29 July 2019
ބޭންކު ވެސް މިހާރު މީ ވަކި ސަރުކާރެއް ދޯ؟ ނޫނީ ވަކި ޕާޓީއެއް ދޯ؟ ހަ ކަށަވަރުން ވެސް ބޭންކުން އެއްޗެއް ފޮރުވަން އެބަ މަސަތްކަތް ކުރޭ...
އާރީ
29 July 2019
ބެންކޮއޮފް މޯލިޑިވުސްގެ ޓޮފް މެނޭޖްމަންޓް ބަދަލު ކޮށްގެން ނޫނީ މިހާރު ދިވެހިންގެ ބެންކުގަ ޖެހިފަ އިން ލަންގަޑް ފިލުވައި ނުލެވޭނެ
ހޭހަން
29 July 2019
ބެދޭމަޅީގާ ބާރަށް ބަނދެވި، ޖެހޭވައިގާ ބާރަށް ފައްސިޔަށް އޮވެ ދަނީއެވެ.
އެލެކްސް ބިން ބަލަކް
29 July 2019
އިންޑިޔާގެ އެސްބީއައި ބޭންކަށް އުފާވެެރި ކަމާއި އުޖާލާކަން! ބޭންކް އޮފް މޯލްޑިވްސް އަށް ހިތްދަތި ކަމާ އަނދިރި ދުވަސްތަކެއް ކުރިއަށް އޮތީ!
ހަމަ ބުއްދި
29 July 2019
މިހާރު މި އޮތީ ސިޔާސީ މީހުންގެ ދުވަހެވެ. މުވައްސަސާ ތަކުގެ :ދުވަސް ހިގައްޖެ" އެވެ. ވަރަށް ހިތާމަ ހުރި ކަމެކެވެ.
މަރޭމިތުރު
29 July 2019
އެދިގެން އަމުރެއް ނެރުންވާނީ ހިޔާނާތަކަށް! ބެދިގެން އަމިއްލައަށް ކަރުގައެޅޭ މަޅިއަކަށް!................. މިދަނޑިވަޅުގައި ހިޔާނާތްފޮރުވަން ކުރާ މަސައްކަތް ކޮންމެ ބަޔަކު ކުރިއަސް އެވާނީ މިގައުމަށްވާ ހިޔާނަތަކަށް، ގައުމަށް ގައްދާރުވީކަމަށް. މިޝަރީއަތައް އެއްބާރުލުން ދޭންޖެހޭނެ.
އެލެކްސް ބިން ބަލަކް
29 July 2019
ކޯޓު އަމުރެއް ނެތި އެމެރިކާގެ އެފް ބީ އައި ބޭނުން ވެގެން ބުންޔަސް އެމެރިކާގެ އެއްވެސް ބޭންކަކުން މީހެއްގެ އެކައުންޓް މައްލޫމާޓު ނުދޭނެ!! ދުނިޔޭގެ ތަރައްގީވެފަ ހުރި އެއްވެސް ގައުމަކުން ކުރެވޭނެ ކަމެއް ނޫން!! ކޯޓު އަމުރު ހިފައިގެން މައްލޫމާތު ހޯދަން ދާންވީމަ ބުރަ އަކަށް ވަނީ ތަ؟؟ ކޯޓު އަމުރެއް ނެތި ބޭންކަށް ކަސްޓަމަރުގެ މައްލޫމާތު ހޯދަން ދާ ކޮންމެ ބަޔަކަށް ދޭން ވެއްޖިއްޔާ ބޭންކް އޮފް މޯލްޑިވްސް ގެ އިތުބާރު ގެއްލި ކަސްޓަމަރުން ގެއްލޭނެ!!
ޙަސަންމަނިކް
29 July 2019
މީ ތައްގީވެފަ އޮތް ގައުމެއްނޫނޭ އަދި! އެހެންވީމާ އެހާލަތް މިހާލަތާ ތަފާތު ދެއްތޯ؟
ބޮއްޅަބެ
29 July 2019
ބަލަގަ! މި ދައްކަނީ ބޭންކަށް ކަސްޓަމަރުންގެ މަޢުލޫމާތު ހޯދަން ދާ "ކޮންމެ މީހަކަށް" މަޢުލޫމާތު ދޭ ވާހަކައެއް ނޫނޭ! މި ދައްކަނީ ތަޙުޤީޤީ އިދާރާތަކުގެ ވާހަކަ! ސާފު؟
އަހުމަދުބޭ
29 July 2019
އެލެކްސް އެވެ، މިދައްކަނީ ކަލެއާ މަށާ ބޭންކަށް މައުލޫމާތު ހޯދަން ދާވާހަކައެއް ނޫނެވެ. ބަލަ މީގެ ކުރިން މިގައުމު ތަރައްގީ ނުވާއިރުވެސް އެއްވެސް ބޭކަކުން ހަމަ މީހަކު ދާއިރަށް މައުލޫމާތު ހިއްސާ ކޮއްފަކާނެތެވެ، މިދައްކަނީ ގާނޫނީ ހައިސިއްޔަތު ލިބި އެކަން ކަން ކުރަން ގާނޫނީގޮތުން ލަޒިމް ކޮއްފައިވާ ފަރާތް ތަކަށް މައުލޫމާތު ދޭވާހަކަ އެވެ.
މޯޑް
29 July 2019
ވަރަށް ރަގަޅު ނިންމްމެއް ސިވިލްކޯޓުން ތި ނިންމީ. ވައްކަށް ފޮރުވަން އުޅުނި ބަޔަކު ހިމާޔަތްކޮށްގެން ނުވާނެ އެއްވެސް ބަޔަކު
ކަސަމް
29 July 2019
މި ފަހަރު ސައިޒް ކޮށްލާފަ ހުއްޓާލާނީ.. ދެން ލަލަލާ
ހޭ ބުއްދި
29 July 2019
މިހަރު ވެސް މި ޤައުމު ސައިޒް ވާނީ