މާލޭ ކޮމާޝަލް ހާބަރުގެ މުދާ އުފުލުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:މުހައްމަދު ޝަރުހާން/މިހާރު
29 ޖުލައި 2019 - 14:44
ތިލަފުށީގައި ހަދާ ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓުގެ މަސައްކަތް އެއްވެސް ބަޔަކާ އަދި ހަވާލުކޮށްފައި ނުވާ ކަމަށާއި އެކަމަކު އެކަން ކޮށްދޭން ބަޔަކު ޝޯޓްލިސްޓްކޮށް އެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު ވިދާޅުވީ، ޕޯޓު ހެދުމަށްޓަކައި ވަރަށް ބޮޑު ސަރަހައްދެއް ހިއްކަން ޖެހޭ ކަމަށާއި އެ މަސައްކަތް ވެސް ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ކޮމާޝަލް ޕޯޓުގެ މަސައްކަތް އަދި މިހާތަނަށް ބަޔަކާ ހަވާލުކޮށްފައިނުވާ އިރު އެތަން ތަރައްގީ ކުރުމަށް އިންޑިޔާގެ ބަޔަކަށް ދިން ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.
ތިލަަފުށީގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ތަރައްގީ ކުރަނީ މާލޭގެ ވިޔަފާރި ބަނދަރު ކުޑަވެ، އެތައް އުނދަގުލެއް ކުރިމަތިވުމުންނެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މީގެ ކުރިން ބުނެފައި ވިޔަފާރި ބަނދަރަށް ދާއިމީ ހައްލެއް ގެނެވޭނީ ތިލަފުށީގައި ބަނދަރެއް ހަދައިގެންނެވެ.
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަކީ މީގެ ކުރީ ސަރުކާރުތަކުން ވެސް ވިސްނުން ގެންގުޅުނު ކަމެކެވެ. އެކަމަކު މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާ، އެކުވެރިސުވައިދީބް
30 July 2019
އަޑެއް ކިޔައިފިތަ ރެނދެއްލާނެ. ބަލަން ތިބެމާ!
ގޮށް ރީނދޫ
29 July 2019
ހަނދުން ބިންގަނެވުނު ބަޔަކަށް ތިލަފުށިވެސް، ވީ އައި އޭ ވެސް ގަނެވިދާނެ، ރަށުގާ ނުކައި އުނނު އަންނަ އުނު ނެތިލަނގޮޓިމަރައިގެން ތިއްބަސް ރަންގަޅުވާނެހުރިހާ ކުދިން ވެސް ތެދުބަހުން ވާހަކަ ދައްކާތި
އަރީފުއަލީ
29 July 2019
ތިލަފުށީގުޅީޕޯޓް ހަދާފައި ހިންގަންދެނީ އިންޑިޢާގެ ހިއްސާވާކުންފުންޏަކަށް! އިންޑިއާއި ނުލާ ހަމަ އެއްކަމެއްވެސް ނުވާނެ މިމީހުންނަށް!
އަލީ ރާޖާ
29 July 2019
އަދި ހަވާލު ނުކުރިޔަސް ގެރިގުއޭމެންނަށް ތިތަން ދޭން ހުރިހާ ކަމެއް ނިިމިފަ އޮތީ. ކަލޭ ހީކުރީ ހުރިހާ އެއްމެންނަކީ ރީނދޫ ބައިގަނޑުހާ ގަމާރު ބައެއް ކަމަށްތަ
ފުޅު
29 July 2019
ހަވާލު ކުރަން އުޅެނީ އިންޑިޔާ ބަޔަކާ ، ،
ސައިކޯ
29 July 2019
އިންޑިޔާ ނޫން ބަޔަކަށް ނުދޭނެ