ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. އާންމުންގެ ތެރެއިން ޖޭއެސްސީ އަށް ކުރިމަތިލީ އެންމެ ތިން މީހުން ކަމަށް މަޖިލިހުން ބުނޭ.--- ފޮޓޯ: މަޖިލިސް
30 ޖުލައި 2019 - 10:03
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލި ތިން މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
އާންމުންގެ ތެރެއިން ޖޭއެސްސީ އަށް ހޮވާނެ ބޭފުޅަކު ކަނޑައެޅުމަށް މަޖިލިހުން އިއުލާނުކުރީ އެ މަގާމުގައި މިހާރު ހުންނެވި އަބްދުލް ހަންނާންގެ ދައުރު ހަމަވާތީ އެވެ. އަބްދުލް ހަންނާން ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ.
1. ހާލިދު ގާސިމް، ރޯޒީ، ކ. ތުލުސްދޫ
2. ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
3. މިރުފަތު ފާއިޒް، މއ. ރަންފަހި
މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 25 އަހަރުވުމާއި ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށްވުން ހިމެނެ އެވެ.
މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިރެކްޓަރ ލޫކަސް
30 July 2019
އެމްޑީޕީގެ ވެރިކަމެއްގައި ތިފަދަ ކަމަކަށް އައްޔަންކުރަންވާނީ ، ސަރުކާރަށް ޖެއްސުން ނުކުރާނެ، ސަރުކާރުން ބޭނުންވާ ކަންކަމުގައި އެއްބާރުލުންދޭނެ މީހެކެވެ. ޖުޑިޝަަރީ މިނިވަންކުރުމުގެ ވިސްނުން ހުރީ އެމްޑީޕީގައެވެ. ވުމާއިއެކު، ތިކަމަށް އެންމެ އެކަށޭނީ އެމްޑީޕީ ފިކުރުގެ މީހެކެވެ. ވައްސަލާމް
ލިޕޭ
30 July 2019
އާއިލީ ވެރިކަމެއް ކަށަވަރުވާނީ މަޖްލިސް ރައީސްގެ އާއިލާ މީހަކު ތިމަގާމަށް ލައިގެންކަން ކަށަވަރެވެ.
ގުޑުގުޑާ
30 July 2019
ތިމީހުއްގެތެރޭގައި ބާގީއަކުހުރީއާ މަގާމުތިއޮތީ އެމީހަކައްކަށަވަރުވެފާ ދެއްއަތްޖަހާ
ކަށަވަރު
30 July 2019
ތިމީހުންގެ ތެރެއިން ޒުބައިރު އަކީ ރައީސް ނަޝީދުގެ ބޮޑުބޭބެ ދެން ވާނެގޮތް ވިސްނާލާ
ތެދުތެދު
30 July 2019
ކަމުދާ އެކަކު ވެސް ނެތެވެ. އެއްމެ ތިން ބޭފުޅުން ނެވެ. ކުރިމަތި ލާނެ ރަގަޅު ބަޔަކު ނުވަނީ "ބަސް ނުވިކޭ އޮޑިއެެއްގެ ދިރުބާ ކޮޅު ގައި" ނުތިބޭން ވެގެން ނެވެ. އަދި މި ވެރިކަމުގައި ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި ހިންގާ ޖަރީމާ ގައި ބައިވެރި ވުމަށް ބޭނުން ވާ މީހުން މަދު ކަމުން ނެވެ