ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

މިދިޔަ ފަސް އަހަރު ސިއްހީ ދާއިރާ އަށް އަޅައެއް ނުލި: އަމީން

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް

ސިއްހީ ދާއިރާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ މިދިޔަ ފަސް އަހަރު އެ ދާއިރާ އަށް އަޅާނުލައި ދޫކޮށްލާފައި އޮތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރ. މަޑުއްވަރީ އާއި ރ. މީދޫގެ ސިއްހީ މަރުކަޒާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުރިމަތިލި ހަފްތާގެ ތެރޭގައި 28 ސިއްހީ މަރުކަޒެއް 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ ތަންތަނުގައި ބަދަލުވީ ނަން ބޯޑުތައް އެކަނި ކަމަށް އަމީން ވިދާޅުވި އެވެ.

"މިއިން އެއްވެސް ތަނަކަށް ބޭނުންވާ މުވައްޒަފުން ފޯރުކޮށްދީފައެއް ނުވޭ. ބަޖެޓު ފޯރުކޮށްދީފައެއް ނުވޭ. ލެބޯޓަރީތަކަށް ވަސީލަތްތައް ގާއިމުކޮށްދީފައެއް ނެތް،" އަމީން ވިދާޅުވި އެވެ.

"މިއަދު ތިޔަބޭފުޅުން ރަށް ރަށަށް ވަޑައިގަތީމާ އެއްކަލަ އަށް ގަޑިއިރުގެ ތަން 24 ގަޑިއިރަށް ބަދަލު ކުރީމާ، ހަތަރު ނަރުހުންނާ އެކީގައި ކިހިނެއްތޯ އެ މީހުން ހިދުމަތް ދޭނީ؟ ކޮންތަނަކުންތޯ ފައިސާ ހޯދާނީ؟"

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް

އަމީން ވިދާޅުވި ގޮތުގައި އަށް ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒެއް 24 ގަޑިއިރަށް ބަދަލު ކުރުމުން، އެ ތަނަށް 13 ނަރުހުން ބޭނުންވެ އެވެ. އަދި 28 ސިއްހީ މަރުކަޒަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، ސިއްހީ ދާއިރާ އަށް މިހާ ބޮޑު ގޮންޖެހުންތަކެއް ދިމާވީ މި ސަބަބާ ހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ކަންކަން ރަނގަޅު ކުރެވޭނީ ތަސައްވުރަކާއި ދުރު ވިސްނުމެއް އޮވެގެންނެވެ. ފައިސާ ހޯދާފައި "ފައިސާ އޮއްސާލުމަކުން" ކަންކަން ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސިއްހީ ދާއިރާގެ ތަސައްވުރަކީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމެވެ.

އަމީންގެ މި ވާހަކަތަކާ ގުޅިގެން އިދިކޮޅު މެމްބަރުން އިރުކޮޅެއް ވަންދެން މަޖިލިހުގެ ތަޅުމުގައި އަޑުގަދަ ކުރެއްވި އެވެ. އަދި އަމީންގެ ވާހަކަ އެ ހިސާބުން ހުއްޓާލައްވަން ޖެހިވަޑައިގަތެވެ. އިދިކޮޅު މެމްބަރުންގެ ޝަކުވާ އަކަށް ވީ މެމްބަރުން ކުރައްވާ ސުވާލުތަކަށް އަމީން ޖަވާބު ނުދެއްވުމެވެ. އެކަމަކު، ބައެއް މެމްބަރުންގެ ދާއިރާތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް އަމީން ޖަވާބު ދެއްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ބަޖެޓުގައި ހުރި ކަންކަން، ތަރުތީބުން ކުރަމުން ދިއުމަކީ ހެލްތު މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކާއި ބަޖެޓު ތަން ދޭ މިންވަރަކަށް ސިއްހީ ދާއިރާއާ ގުޅޭ ކަންކަން ކުރައްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ބައެއް އަތޮޅު ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަން ހަގީގަތުގައި ވަރަށް ދަތިކޮށް ހުރީ. އިމާރާތުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންނާއި މުވައްޒަފުންނާއި ހިދުމަތްތަކުގެ ގޮތުންނާއި ތަސައްވުރުގެ ގޮތުން ވަރަށް ބަލިކަށިކޮށް ހުރި ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ 187 ތަން ހުރި އިރު، ސަރުކާރުން މަސައްކަތް ކުރަނީ ބަލިކަށިކޮށް ހުރި ތަންތަން ރަނގަޅު ކުރުން ކަމަށް ވެސް އަމީން ވިދާޅުވި އެވެ. ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން 60 ޕަސަންޓު ތަންތަނަކީ އިމާރާތާއި ވަސީލަތުގެ ގޮތުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްދެވޭ ތަންތަން ނޫން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

83 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޫޖުހާ

17 August 2019

ޙަމަހޭގަތޯ މިނިސްޓަރ

The name is already taken The name is available. Register?

90909

06 August 2019

5 އަހަރު ކޯމާއެއްގަ އޮވެފަ އައިމައާއި، ބުއްދި ނުފިލާ އުމުރުގައި، މީގެ 5 އަހަރު ކުރިން ހުރުމުން، މިގައުމު ކުރިން އޮތް ގޮތާ މިހާރު އޮތް ސަރުކާރާ ހަވާލުވި އިރު އޮތް ގޮތް ނޭނގިދާނެ. މަޖްލިހުން ކުރަންވީ ކަމަކީ، އަމީނަކީ، ބާލިޣުވެ ބުއްދި ހުރި މީހެއްތޯބެލުމާއި، މެންޓަލް ބައްޔަކަށް ފަރުވާކުރަމުންދާ މީހެއްތޯ ބެލުން!!!

The name is already taken The name is available. Register?

ގުދުގުދާ

06 August 2019

ޕެނަޑޯލްގުޅައެއް ދެއްކީމާ ތިއީ ވިޓަމިންސީއޭ ބުނާ ފެންވަރުގެ މީހަކަށް ހެލްތް މިނިސްޓަރ ކަން ކުރެވޭނެބާ؟

The name is already taken The name is available. Register?

ހުސެއިން

06 August 2019

މިދިޔަ 5 އަހަރަކީ ، ޖަރީމާގެ ފަސްއަހަރު ، ލާރި ކެވެން އޮތްގަތަކަށް ލާރި ކަޅާކުރި 5 އަހަރު މިނިސްޓަރުން ބެލީ ޕާރޓީގެ މީހުންނަށް ޕްރޮޖެކްޓްދީގެން ރައީސްއަށް ކޮމިޝަންގެ ގޮތުގައި ބޮޑު އަދަދެއް ކެންޕެއިނަށް ޖަމާކުރެވޭތޯ ، ޕަސެންޓް ބޮޑުކުރި ފަރާތްތަކަށް ހަވާލުކުރި ގިނަ ކަންކަންހުރީ ކަރުދާސްހުން ފެންނަން ބިން އޮތީ ތަންތަން ފެންނާކަށް ނެތް!ލާރި ހުރީ ހުސްވެ ނަގާފައި ޕަސެންޓް ވެރިޔާއަށް ދީފައި ތަކެއްޗަށް ވީގޮތެއް ނޭންގޭ!

The name is already taken The name is available. Register?

ލޮލުހާލު

06 August 2019

މިސަރުކާރަށް ކުރެވޭނެ ކަމަކީ ޔާމިނުގެ ސަރުކާރު ފަށައިގެން ހިންގާ މަސްރޫތައް ރަތްޔަތުންނަ އޮޅުވައިލާފަ ދެއްކުން އެނޫއެއްކަމެއްވެސް ނުކުރެވޭ އަދިވެސް ރަތްޔަތުން ބައިތިއްބަނީ ޣާފިލްކަންމަތީ ވަށްބޮޑަ ސުކުރިއްޔާ ރައީސް ސޯލިހު ބޮހޮތު ބޮހޮތު ސުކުރަން ރައީސް ނަޝީދު ސުކުރިއްޔާ ހޭބުއްދި ފިލާފައިހުރި މަންތިރީ

The name is already taken The name is available. Register?

ހުސެިއން

06 August 2019

ޔާމިން ސަރުކާރުގައި ބިންގާ އަޅާފައި ޕްރޮޖެކްޓްގެ ފައިސާ ނަގާފައި ތަން އޮތީ އޮތްގަޮތަށް އެހްނވިމާ ރައޔިތުންނަށް ދެވެން އޮތް ޚިދްމަތައް ފުރިހަމަ ކުރާނެ ސަރުކާރެއް މީ ، ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކުރާނެ ސަރުކާރެއް މީ!

The name is already taken The name is available. Register?

Abdulla Ali

06 August 2019

އަމީން މެން ތިއައި ކުރީސަރުކާރު ގޯސްވެގެން ރަނގަޅު ކުރާކަށްނޫންތަ، ދެން ހުރިހާކަމެއް ހައްލުކޮށްލީމަ ނިމުނީނޫތަ

The name is already taken The name is available. Register?

Abdulla

06 August 2019

މިޔަނުގޮވާބަލަ އަމީނު. ޔާމީނަށްވުރެ ތިކަމާއަޅާލިމީހަކު ދައްކާބަލަ

The name is already taken The name is available. Register?

ާއުނިމާ

05 August 2019

ފޮނި ވާހަކަ ނުދައްކާ، އަމަލީގޮތުން ކަންކަން ރަނގަޅު ކޮށްބަލަ

The name is already taken The name is available. Register?

00000

05 August 2019

އަމީނަށް ހަމަނުފެންނަނީތޯ 25 ބުރީގެ އިމާރާތް.ދޮގުހެދިޔަސްފުކެއްބޮޑުވަރު.

The name is already taken The name is available. Register?

ހުސެިއން

06 August 2019

އަލިފާން ފޮށި ، ބަޔަކު މޮޔަވގެން އުޅުނަސް ހަމަ ވިސްނުމުގައި ވިސްނާބަލަ ރަގަޅު ނިޔަތުގައި ހެލްތް އިމާރާތެއް ނާލާނެ އަލިފާ ފޮށި ސްޓެއިލް އަކަށް ޚިދްމަތެއް ނުދެވޭނެކަން އެނގޭނެ!

The name is already taken The name is available. Register?

ދޮންމަނިކެ

05 August 2019

8 މަސްވީ ވީ ކަމެއް ހަރާމުން ހަރާން... ހިތާމައަކީ ތެލެސީމިޔާ ކުދިންނަށް މިވަމުންދާ ގޮތް ސާފުވެސް ނުވާކަން.. ޔާމީނު ޔާމީނު ޔާމީނު މިދިޔަ ސަރުކާރު މިދިޔަ ސަރުކާރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454