ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

މެމްބަރުންގެ ރުޅި ލުތުފީ އަށް، ދިފާއު ކުރެއްވީ އިމްރާން!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވި ކަމަށް ބުނާ އިންޒާރާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން ލުތުފީ އަށް ފާޑު ވިދާޅުވެ، އިމްރާންގެ ދިފާއުގައި މިރޭ ނުކުންނަވައިފި އެވެ.

ރާއްޖެ އިން ބޭރުގައި މި ވަގުތު ހުންނެވި ލުތުފީ، ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ފްރޭމްކޮށް، ހައްޔަރުކުރާނެ ކަމުގެ އިންޒާރު އިމްރާން ދެއްވި ކަމަށެވެ. އަދި ބަޔަކު މަގުމަތިން ދިމާކޮށްލައި، "ކަރުގައި" ހިފައި ބިރު ދައްކާ ހެދި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ. އެކަމަކު، މި ވަގުތު ސައުދީ އަރަބިއްޔާގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ލުތުފީގެ ތުހުމަތާ ގުޅިގެން އަންތަރީސް ވެވަޑައިގެންނެވި ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ލުތުފީ ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮފީހަށް ވަޑައިގެންފައިނުވާ އިރު، އޭނާގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ލުތުފީ ޗުއްޓީ ނެންގެވި ގޮތަށް ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކު މެލޭޝިއާގަ އެވެ.

ލުތުފީ އަށް އިންޒާރު ދިން މައްސަލައިގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ އިމްރާން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ލުތުފީ ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގެންނެވީ އަމިއްލައަށް ކުރެވިފައި ހުރި ކަންކަމުން ރެކެން ވެގެން ކަމަށް ވެސް ބައެއް މެމްބަރުން ސިފަ ކުރެއްވި އެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަދިޔާއެއްގެ ގޮތުގައި ލުތުފީ އަށް ދެއްވީ 4.5 މިލިއަން ރުފިޔާގެ ރެހެންދި ފްލެޓެއް ކަމަށެވެ.

އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ވާހަކަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ރިޕޯޓު ކުރީމަ އެ ކަން "އަތް ދަށަށް ލައިގެން" އަދި "ފޮރުވައިގެން" ގެންގުޅުއްވި ބޭފުޅަކީ ލުތުފީ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް މިރޭ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"އެއް މިލިއަން ޑޮލަރު އެސްއޯއެފް އެކައުންޓުން ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލަ ހިފެހެއްޓެވި ބޭފުޅަކީ ލުތުފީ،" އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިއެއްގެ ގޮތުގައި އޮތް އެސްއޯއެފް ކުންފުނީގެ އެކައުންޓް މެދުވެރިކޮށް، ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ފައިސާއާ ގުޅޭ ގޮތުން އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން އެކުލަވާލި 200 އަށް ވުރެ ގިނަ ސަފްހާގައި ޔާމީނާ ގުޅޭ ގޮތުން ކަންކަން ހުރުމުން ލުތުފީ ރިޕޯޓު ނަންގަވައިގެން ޔާމީންގެ އަރިހަށް ވަޑައިގެން ހިޔާނާތާ ގުޅޭ އެހެން ރިޕޯޓެއް ހައްދަވަން މަސައްކަތް ކުރެއްވި ކަމަށެވެ.

"އެއް މިލިއަން ޑޮލަރުގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ މައްސަލަ ހިފަހައްޓައިގެން، ފޮރުވައިގެން އުޅުއްވި ބޭފުޅަކީ ލުތުފީ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ލުތުފީ އަށް ބިރު ދައްކާނެ މީހެއް ނެތެވެ. އޭސީސީގައި ހުންނެވި އިރު، ކަންކަން ކުރެއްވި ގޮތުން މި ފަސްގަނޑުގައި ލުތުފީ އަށް "ފައި ޖައްސާލަން" ކެރިވަޑައިނުގަންނަވާނެ ކަމަށާއި ލުތުފީ ދަައްކަވާ އެއްވެސް ވާހަކައެއް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލުތުފީއަކީ ޔާމީންއަށް ބައިއަތު ހިފައިގެން ގައުމު ފަސާދަކޮށް، ގައުމު ނައްތާލަން މަސައްކަތް ކުރެއްވި އެންމެ ބޮޑު އެއް މޭސްތިރި ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވީ ލުތުފީ ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލާގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލަން ދިވެހި ރައްޔިތުން ބޭނުންވާތީ އެކަމާ ގެންނެވި ބިރެއްގެ ސަބަބުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މިރޭގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ޖާބިރު ވިދާޅުވި ގޮތުގައި އިމްރާންގެ މަސްއޫލިއްޔަތަކީ ރާއްޖެ އިން ބޭރުގައި އުޅުއްވި ލުތުފީ ރާއްޖެ ގެނެސް، ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމެވެ. ލުތުފީއަކީ ޖަލުގައި އިންނަވަން ޖެހޭ ބޭފުޅެއް ކަމަށާއި ހިޔާނާތުގެ ގިނަ މައްސަލަތަކުގައި ލުތުފީ އިހުމާލުވެފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"ލުތުފީ އިންޓަޕޯލް މެދުވެރިކޮށް ގެނެސް ގޮޅިއަށް ލާންވީ،" ޖާބިރު ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވި ގޮތުގައި އަމިއްލަ ފްލެޓެއް އޮތް ލުތުފީއަކީ މުސާރަ "ހަލާލް" ބޭފުޅެއް ނޫނެވެ. ލުތުފީ ފިއްލަވައިގެން އުޅުއްވާތާ އެތައް ދުވަހެއް އިރު، ރައްޔިތުން ގަބޫލު ކުރަނީ އެއީ ކޮރަޕްޝަނުން ތަޣައްޔަރުވެފައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށް ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ރާއްޖެ ކޮރަޕްޝަންގެ ތެރެއަށް މަގުފަހިވެގެން ދިޔައީ ލުތުފީގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ލުތުފީގެ ރެހެންދި ފްލެޓާއި މެލޭޝިއާގައި ހުރި އެޕާޓްމަންޓް ނަގަން ޖެހޭ ކަމަށް ވެސް ރާއީ ވިދާޅުވި އެވެ. އަދި ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވި ގޮތުގައި ލުތުފީ އަށް 4.5 މިލިއަން ރުފިޔާގެ ރެހެންދި ފްލެޓު ސަރުކާރުން ހަތް ލައްކަ ރުފިޔާއަށް ދިނީ ދެއްކުނު ދުވަހަކުން ދެއްކުމަށެވެ. ރާއްޖޭގައި މިހާތަނަށް ކުރި ހުރިހާ ވައްކަމެއްގައި ލުތުފީ ބައިވެރިވެފައިވާ ކަމުގެ ސާބިތު ހެކި ފެންނަން އެބަހުރި ކަމަށާއި ހިޔާނާތުގެ ރިޕޯޓު ތިން އަހަރުވަންދެން ލުތުފީ ފޮރުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ލުތުފީ އަށް އިމްރާން ބިރު ދެއްކި ކަމަށް ބުނި ކަމުގައި ވިޔަސް، އެކަން ގަބޫލު ކުރެވޭކަށް ނެތް ކަމަށެވެ. އިމްރާނަކީ އެއަށް ވުރެ މާ މާތް ބޭފުޅެއް ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ ލުތުފީއަކީ އޭރުގެ ސަރުކާރުން ކޮށްފައިވާ "ވައްކަންތައް ސާފުކުރި" ބޭފުޅެއް ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއުގައި ހިންގި ހިޔާނާތް ރަނގަޅު އެއްޗެއްގެ ގޮތުގައި ހެއްދެވީ ވެސް ލުތުފީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލުތުފީއަކީ ދިވެހި ދައުލަތަށް ހިޔާނާތްތެރިވެފައިވާ ބޮޑު ހިޔާނާތްތެރިއެއް. ހިޔާނާތްތެރިކަން ބޮޑުވެފައި ވަނިކޮށް އެކަން ސިއްރުކޮށްދީ، އަބްދުﷲ ޔާމީނާއި، އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެހެން ބޭފުޅުން ހިންގި ކަންކަން ރަނގަޅު ކަންކަމުގެ ގޮތުގައި ކަނޑައެޅުއްވީ ލުތުފީ،" ޝިޔާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އޭސީސީއަކީ ކޮރަޕްޝަނާއި ހިޔާނާތާއި ވައްކަންތައް ހުއްޓުވުމުގެ މަސްއޫލިއްޔަތާ ހަވާލުކޮށްފައި އޮންނަ މުއައްސަސާއަކަށް ވީއިރު، މިދިޔަ ފަސް އަހަރު އެ މުއައްސަސާއާ އަށް ޒިންމާ އަދާކުރެވިފައި ނުވާ ކަމަށެވެ. ލުތުފީ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ބިރު ދައްކާތީ ނޫން ކަމަށާއި ކުރެއްވި ކަންކަމުން ބިރު ގަންނާތީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ގޮވާލަން ރާއްޖެއަށް ހިޔާނާތްތެރިވި ލުތުފީ ގެނައި ފަދައިން މި ލުތުފީ ވެސް އަނބުރާ އަވަހަށް ރާއްޖެ ގެނެސް އޭނާވި އިހުމާލުގެ މައްސަލަތައް ބަލަން،" ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، ފިލައިގެން ސްރީ ލަންކާ އަށް ދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް އިޝާރާތް ކުރައްވައި ވައްޑެ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވިދާޅުވީ އިމްރާން، ލުތުފީ އަށް އިންޒާރުދީ ބިރު ދައްކަފާނެ ކަމަށް ގަބޫލު ކުރައްވަން ވަރަށް ދަތި ކަމަށެވެ. އަދި އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވީ އިމްރާނަކީ މީހުންނަށް އިންޒާރުދީ ބިރު ދައްކާނެ ފަދަ ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

17 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާދާސީދާ

06 August 2019

ބާޣީ ލުތުފީ އާއި އެއްގޮޅިއަކަށް މި ލުތުފީ ލާން ފެނޭ!

The name is already taken The name is available. Register?

އަޙުމަދު

06 August 2019

ބަލަ ލުތުފީ. ކާކު ކަލޭ ތިދައްކާވަހަކަ ޤަބޫލުކުރަނީ. ލުތުފީއަކީ އިޙުލާސްތެރި ތެދުވެރިއެއްނަމަ ރައްޔިތުންގެ ފައިސާއިންމުސާރަނަގަމުންނުގެންދާނެ، ކަނޑައެޅިގެން ލުތުފީއަށްއެނގޭ ދޯ ނުކުރާމަސައްކަތެއްގެލާރި އެއީ ތީމާއަށް ޙަރާމް އެއްޗެއްކަން. ކިތަށް މަސްވަންދެން ރައްޔިތުންގެ ފައިސާ ބޭނޫންކޮށްފީމު.؟ ނުވިތާކަށް ބަޔަކު ލައްވާ ވީޑިއޯއެއްހަދައިގެން ނެރެގެންތިއުލެނީވެސް އަމިއްލަ އަށް ފަޟިހާތްވާން، ބޮޑެތި ޖަރީމާތަށް ހިންގާފަގޮސް އެހެންބައެއްގެ ބޮލަށް ތިކަނޑަނީ

The name is already taken The name is available. Register?

ސަޅި

06 August 2019

ލުތުފީ ގަޔަށް ކިސަޑު ބުރުވަންވީމަ އެއްކަލަ އެމްޑީޕީ މީހުންނަށް އިމްރާން "މާތް" ވި ގޮތް މިއީ ސަޅިކަމެއް. އޭނާގެ ވީޑިއޯތައް ބަލާލީމާ ހީނުވޭ އެހާ މާތް މީހެއްހެންނެއް. އެކަމު ރީނދޫކުދިންނަށް ފެންނަ ގޮތް އަބަދުވެސް ކުޑަކޮށް ތަފާތުވާނެ. އެހެންވީމަ ޗަކަހޭކިފަހުރި މީހަކުވެސް ހުދުކޮށް ފެނުމަކީ އާދައިގެ ކަމެއް.

The name is already taken The name is available. Register?

އަޙުމަދު

06 August 2019

ސަޅި އެއް ނޫން، ގަޅި އަކަސް މޮޔަ ވާހަކަ ނުދައްކާ، ލުތުފީ ހަމަ ރީތިކޮށް ހުންނަވަނިކޮށް ތަ ކިސަޑުބުރީ ؟ ދިވެހި ދައުލަތަށް ލިބެންޖެހޭ ފައިސާ ތަކަކުން ބަޔަކު ކުރި ބޮޑެތި ވައްކަންތަކެއް ފޮރުވަންހަދައިގެން ތި ކިސަޑެއް ބުރިއްޔާ ބުރައިގެން ތިއުޅެނީ. ރީންދޫކުދިންނަށް ފެންނަގޮތް ތަފާތުވެގެން އުޅެނީކީނޫން، ލުތުފީ ހުދުކާފޫރުން ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނެވިނަމަ ކިސަޑެއްނުބުރާނެ، ކިސަޑުބުރީ ބައެއްގެވައްކަންތައް ފޮރުވަންހަދައިގެން. އޮޅުވާނުލާ

The name is already taken The name is available. Register?

ކަހާމަދު

06 August 2019

ލުތުފީ ގަޔަށް ކިސަޑުބުރުވިއަސް އިމްރާން "މާތް"ކުރަން އުޅުމަކީ ވަރަށް ހެއްވާ ކަމެއް. އެއަށް ކިޔަނީ އެމްޑީޕީ މީހުންގެ ހުރި ފައްކާ ދެފުއްކެހެރިކަން.

The name is already taken The name is available. Register?

ސިދުގީ

06 August 2019

އެހެންދޯވާނީ މަޖިލިހައް މިފަހަރު ވަނީ މެހި ހޯނު ކުރަފިކަމުން ވާނެހައެތި ވާނެތާ.

The name is already taken The name is available. Register?

ހަސަނު

06 August 2019

އިހުމާލެއްނޫން، ލުތުފީ ވައްކަމުގާ ބައިވެރިވި.. މިރާއްޖޭގެ އޭސީސީ ގެ އަކުރުތަކުގެ ކުރިއަށް އޮތް 'އޭ' ކަނޑާލީ ލުތުފީ.. ކަރަޕްޝަން ހިނގާ ކޮމިޝަނެއް އޮތީ ލުތުފީގެ އާރުކާޓީ ކަމުގެ ދަށުން ހަދާފަ.. ޔާމިނު ހިންގި ހުރިހަ ކަރަޕްޝަނެއް ފޮރުވާ، އެ ކަރަޕްޝަން ތަކުން ނަފާ ނަގާ ކޮމިޝަނެއް އޮތީ... ލުތުފީ އަކީ ގައުމަށް ޚިޔާނާތްތރެރި ވި ބޮޑު ޚާއިނެއް...

The name is already taken The name is available. Register?

ވަކަ މުހައްމަދު

06 August 2019

އަޅުގަނޑުމެންގެ އެކުވެރި ވަކަމުހައްމަދު ވަރަށް ލަދުވެތިކަމާހުރެ ބައިކޮޅަށް ހެޓްރިކް ހައްދަވައިފި! ޝުކުރިއްޔާ ސައީދު!

The name is already taken The name is available. Register?

އަމީނާ

06 August 2019

އެން<ޑީޕީ މެމްބަރެއްގެ ކިބައިގަ ނުހުންނާނެ އިލްމީ އެއްވެސް ވާހަކައެއް ދެއްކުމުގެ ގާބިލްކަމެއް. މެމްބަރުކަން ލިބިފަތިބި ގިނަ މީހުންނަކީ މަގުމަތީގައި ތެޅިފޮޅެން އުޅުނު މީހުން. އެއްވެސް އިލްމެއް އަދި ހިލްމެއް ނެތް. ދިވެހިން ހަމަ މާބޮޑަށްވެސް ކަނޑުކޮހީ. ދެންވެސް ހަމަ ލާރިކޮޅެއް ދޭއިރަށް ހޮވާނެ.

The name is already taken The name is available. Register?

މިގޭ

06 August 2019

ކަލޭމެންގެ ލަދު ކޮބާ ކޮށްފައިހުރި ވައްކަން އޮޑިޓް ރިޕޯރޓް ތަކުން ފެންނަން ހުންނާނެ. އެބަލައިގެން ފަހަރަކު މީހެއްގެ މައްސަލަ ތަހުޤީގް ކުރަމުންގެންދިޔާމައި މާތާހިރުވާނެ.

The name is already taken The name is available. Register?

ގުދުގުދާ

06 August 2019

ދަލުބޭރުން ޖެހި ކުއްލި މައްސަލަހުށަހެޅީމަ، އެންމެފަހުން ލުތުފީގެ ދުވަސްވެސް މި ދިޔައީ! ބާޢީ ލުތުފީ ގެނައިގޮތައް މީނާ ވެސް ގެނެސް މައްސަލަ ބަލަން މިހާރު އެނިންމީ! ހުންނާނީ ރާކަނިމަސް ކެވިފަ!

The name is already taken The name is available. Register?

ޢެޓޮމް

06 August 2019

ލުތުފީ ގައުމަށް އަނބުރާ ގެނައުމަށް ހުރިހާ މުއައްސަސާތަކަށް ގޮވާލަން. އަދި ކިހެނެއް ލިބުނު މުއްސަދި ކަމަކުތޯ މެލޭޝިޔާގަ ތި އުޅުއްވަނީ

The name is already taken The name is available. Register?

ޚުއްްތޭ

06 August 2019

މާ މުއްސަނދިވެގެން އުޅެވޭ ތަނެއްތަ މެލޭސިއާ ތީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454