ލައިފްސްޓައިލް / ސިއްހަތު

ފެނުގައި ހުންނަ "މައިކްރޮޕްލާސްޓިކް" ނުރައްކަލެއް ނޫން

ފުޅިއަކުން ތައްޓަކަށް ފެން އަޅަނީ.

ބޯ ފެނުގައި އެކުލެވޭ މައިކްޕްރާސްޓިކަކީ އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ނުދައްކާ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އިތުރު ހޯދުންތައް ހޯދުން މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ.

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ފުޅީގައި ބަންދުކުރާ ފެނާއި ބައެއް ގައުމުތަކުގައި ދޫކުރާ ސަޕްލައި ފެނުން ވެސް ޕްލާސްޓިކް އެތިކޮޅުތައް ފެނިފައި އެވެ. އެކަމަކު ފެނުގައި އެކުލެވޭ މައިކްރޮޕްލާސްޓިކްގެ ތެރެއިން 150 މައިކްރޮމީޓަރަށް ވުރެ ބޮޑު އެތިކޮޅުތަކަކީ އިންސާނުންގެ ހަށިގަނޑަށް ވާސިލުމުގެ ފުރުސަތު ވެސް ކުޑަ އެއްޗެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އެހެންވެ ފެނުގައި އެކުލެވޭ އެފަދަ މައިކްރޮޕްލާސްޓިކަކީ ސިއްހަތަށް ހުރި ގެއްލުމެއް ކަމަށް މިހާތަނަށް ނުދައްކާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ނަމަވެސް މިކަން އިތުރަށް ހޯދައި ބަލަންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާގެ ޑިޕާޓްމަންޓް އޮފް ހެލްތު، އެންވަޔަރަމަންޓް އެންޑް ސޯޝަލް ޑެޓަމިނަންޓްސްގެ ޑިރެކްޓަރު މާރިއާ ނެއިރާ ވިދާޅުވި ގޮތުގައި ޕްލާސްޓިކަކީ މިހާރު މުޅި ދުނިޔެ ވެސް ހަރާބުކޮށްފައިވާ އެއްޗެކެވެ.

"އެހެންވެ މައިކްރޮޕްލާސްޓިކްގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ހުރީ ކިހާ ވަރެއްގެ ގެއްލުމެއްތޯ ވަރަށް އަވަހަށް ދެނެގަންނަން ޖެހޭ. ހާއްސަކޮށް، ބޯ ފެނުނުގައި އެކުލެވޭ ޕްލާސްޓިކްގެ ސަބަބުން އޮތް ނުރައްކާ ބެލުން ވަރަށް ވެސް މުހިއްމު،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މިހާތަނަށް އަހަރެމެންނަށް ލިބިފައި ހުރި ލިމިޓެޑް މައުލޫމާތުތަކަށް ބަލާ އިރު ފެނުގައި މި ވަގުތު ނުރައްކާ މިންވަރަކަށް މައިކްރޮޕްލާސްޓިކް އެކުލެވިގެނެއް ނުވޭ."

މާރިއާ ވިދާޅުވި ގޮތުގައި މި ވަގުތު މީކަމުގައި ނުރައްކަލެއް އޮތް ކަމަށް ނުދެއްކިޔަސް، ޕްލާޓިސްކާ ދެކޮޅަށް މަސައްކަތްކޮށްގެން ނޫނީ ހިންދެމިލެވޭކަށް ނޯންނާނެ އެވެ.

"މިއީ ދުނިޔޭގެ ފެންވަރުގައި ގައުމީ ފެންވަރުގައި ކުރަން ޖެހިފައި އޮތް މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ފެނުގެ ހިދުމަތްދޭ ފަރާތްތަކާއި އެ ހިދުމަތް ރެގިއުލޭޓްކުރާ ފަރާތްތަކުން ރައްޔިތުންނަށް ވީހާ ވެސް ރައްކާތެރި ބޯ ފެން ފޯރުކޮށް ދޭން ވެސް އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެކި ކަހަލަ ބަލިތައް ޖައްސައިފާނެ ކަހަލަ މައިކްރޮބައިލް ޕެތޮޖެންސާއި އެކި ކަހަލަ ކެމިލްކަލްތަކުން ފެން ރައްކާތެރި ކުރަން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ވަކިން ހާއްސަކޮށް، ސަޕްލައި ފެނަކީ ވޭސްޓްގެ ގޮތުގައި އުކައިލާ ފެނާއި ޑިސްޓިލްކޮށްގެން ތައްޔާރުކުރާ އެއްޗަކަށްޗާތީ އެފަދަ ފެން ދޫކުރުމުގެ ކުރިން އޭގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454