މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މަޖިލިހުގައި ވާހަކަ ދައްކަވަނީ. ޖުޑިޝަރީ އަށް މަހުޖަނުންގެ ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވި.--- ފޮޓޯ: މަޖިލިސް
25 އޯގަސްޓް 2019 - 14:25
ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަނީ ވަކި ބައެއް ނޫން ކަމަށާއި އެ ދާއިރާ އަށް އެންމެން ވެސް ނުފޫޒު ފޯރުވާ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލިހާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ޖޭއެސްސީން ކުރި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓަކީ ހަރުދަނާ ރަނގަޅު ތަނަކަށް ހެދުމަށް ކުރާ މަސައްކަތާ މެދު އުފާ ކުރައްވާ ކަމަށާއި އެއީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އެއާ އެކު، ޖުޑިޝަރީ އަށް އިތުބާރު ގެއްލެނީ ކޮން ސަބަބަކާ މެދުގައި ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުޑިޝަރީ ގޯހޭ ބުނުމަކުން ނުފުދޭ. އަޅުގަނޑުމެން ބަލަން ޖެހޭ އެ ތަންތަނުގެ ތައުލީމީ ފެންވަރާއި މަސައްކަތް ހިނގަމުންދާ ގޮތާއި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތައް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އަށް ނުފޫޒު ވަންނަމުން ދަނީ ހަމައެކަނި ވިޔަފާރިވެރިންނާއި ސިޔާސީ ގޮތުން ތަފާތު ފިކުރުގެ މީހުންގެ ފަރާތުން އެކަންޏެއް ނޫނެވެ. އެއީ ސަރުކާރުން ނުވަތަ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއްގެ ގޮތުގައި ވެސް ނިންމާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ފަރާތްތަކެއްގެ ނުފޫޒު ފޯރުވަމުންދޭ. މަހުޖަނުން، ވިޔަފާރިވެރިން، ފައިސާވެރިންގެ ނުފޫޒު ވެސް ފޯރާ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ ސްކޫލްތަކުގައި ތިބި ޓީޗަރުން މާސްޓާސް ހަދަން މަޖުބޫރުކޮށްފައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަތަމަ ޑިގްރީއެއް އޮވެގެން ފަނޑިޔާރު ކަމަށް ވަޑައިގެންނެވޭ ގޮތަށް އޮތުމުން، އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މާސްޓާސް ފެންވަރު މީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަންވެއްޖެ ނަމަ، މަސްއޫލިއްޔަތު އަދާނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޓެއް އެކުލަވާލާ އިރު، ގާނޫނުތަކާއި ގަވައިދުތައް ބަދަލުކޮށްގެން ހަރުދަނާ ރަނގަޅު ތައިލީމެއް ލިބިފައިވާ ނަޒާހަތްތެރި، އެންމެން އިހްތިރާމް ކުރާ ބަޔަކު ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގެ ރިޕޯޓަށް މަޖިލިހުގައި ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އެތައް ނިންމުމެއް ނިންމާފައިވާ ކަމަށާއި ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުންތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިފައިވާ ހަމައެކަނި ބާރަކީ އިންސާފުވެރިކަމާ އެކު ޝަރީއަތް ކުރުމުގެ ބާރު ކަމަށްވީ އިރު، ގާނޫނުއަސާސީން ނުލިބޭ ބާރުތަކެއް ސުޕްރީމް ކޯޓުން ނަގާފައިވާ ކަމަށެވެ. އެހެންވެ، އަދުލު އިންސާފު ގާއިމު ކުރާނެ ސުޕްރީމް ކޯޓެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
28 August 2019
ސަރީފޫ..އެހެންވީމާ، ހުރިހާ ފަނޑިޔާރުންގެ ދަތްދޮޅި ދުއްވާލަންވީނު... ބޯގޯސް...
ދެރަ
26 August 2019
އެހެން މީހުން ތީގެތެރެއަށްލާ ނުގަށާ ކަލޭމެން ވެރިކަން ކުރިގޮތް ފެނިއްޖެ ލަލަލާ
1828
26 August 2019
އަހަރެންގެ ނުފޫޒެއް ނުފޯރާނެ.
ނެޑް
25 August 2019
އެންމެން؟ އަހަރެން އަދި ނުފޫޒެއް ނުފޯރުވަން.
އާރީ
25 August 2019
ޔާމީނު ސަރުއީދާއިރާއަށް އަތްބޭނި އިރު ވަޒީރުކަމުގަ ހުރެފަ ކީއްވެތަ އެވާހަކަ ނުދެށްކީ. އެހެންވެ މި ބުނަނި ތީ އިހުލާސްތެރިކަމެއް އޮވެގެން ދަށްކާވާހަކަ އެއް ނޫނޭ ފިތުނަ ފަސާދަ އުފަށްދަށް ދަށްކާވާހަކަ އޭ މިހާރު
ނެޑް
25 August 2019
ވައްކަމަށް އެންމެ ބޮޑަށް ބާރުއަޅި ވައްކަން ދިފާއުކުރަން ޕީއެޗްޑީ ހިފައިގެން ތިބި ބަޔަކު އުޅުނުތަން ދެކިފީން.
ދަންނަ ނުދަންނަ
25 August 2019
ޖުޑީޝަރީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އަދި ނުފޫޒު ފޯރުވަނީ ސިޔާސީމީހުން. އެމީހުން މުޅި ގައުމު މި ހަލާކުކުރަނީ.
ޖޫލީ
25 August 2019
ޔާމީންގެ ނުފޫޒުން އަދިވެސް ތިޔަ އެސްސީގައި ބޭނުންގޮތެއް ހަދާނެއެވެ. ދެން ތިއަންނަ ސުޖުންއަކީ ޖަމީލުގެ ގޮނޑިކޮއްކޮއެކެވެ.
ދަތްނެތްކުއްޖާ
25 August 2019
މައްސަލަ އަކީ ތަޢުލީމީ ފެންވަރެއްނޫން. ތިބޭފުޅުންގެ އަމިއްލަ މައްސަލަތައް ފަނޑީޔާރުންނަށް ރިސްވަތު ދީގެން ނިންމާހާ ދުވަހަކު ފަނޑިޔާރު ގެއެއް އިސްލާޙު އެއް ނުކުރެވޭނެ. ޤާނޫނު ތައް ވަރުގަދަ ކުރަންވީ. މިގޮތައް ފަނޑިޔާރުންނަށް ރިސްވަތުގެ ގޮތުގައި ފައިސާ ދޭމީހުންގެ އަދަބަކަށް ދަންޖައްސާ މެރުން ކަމަށް ޤާނޫނު އަސާސީގައި ކަނޑައެލިއްޖެ ނަމަ މިކަން ހުއްޓުވިދާނެ. މިނޫންގޮތަކުން ތަމެންގެ ރިޝްވަތުގެ ކުލިގަނޑު މި ޤައުމަކުންނެއް ނުފޮހެވޭނެކަން ޔަޤީން.
ތެދުތެދު
25 August 2019
އަސްލުގައި އަންނި އަކީ ޖޭއެސްސީ އިން ޑިސްކޮލިފައިވާ ބޭފުޅެކެވެ. އެބޭފުޅާގެ ޕާޓީގެ މެނިފެސްޓޯ ތަންފޫޒް ކުރުމުގެ ގޮތުން ޖޭއެސްސީގެ މެމްބަރު ކަމެއް ނުކުރެވޭނެ އެވެ.