ޕީއެންސީ އުފެއްދުމުގެ ޖަލްސާގައި ރައީސް ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ: ޕީއެންސީ އުވާލަން ކޯލިޝަންގައި އަންނަނީ މަޝްވަރާ ކުރަމުން. --ފޮޓޯ/މިހާރު
28 އޯގަސްޓް 2019 - 12:18
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުވާލުމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް ދިމާވި ގާނޫނީ މައްސަލަތަކާ ހެދި ޕީއެންސީ އުފެއްދެވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވަ އެވެ.
އަބްދުއްރަހީމް "މިހާރު" އަށް ވިދާޅުވީ ޕީއެންސީ އުވާލުމާ މެދު ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެކަމާ މެދު ގޮތެއް ނިންމާނީ ޕީއެންސީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕީއެމްގެ ކައުންސިލާ ވެސް މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ދެ ޕާޓީ އެކުގައި ކުރިއަށް ގެންދަންވީމަ ދިމާވެދާނެ އުނދަގޫތަކެއްގެ ވާހަކަ ދެކެވެމުން ދަނީ. ފައިނަލް ޑިސިޝަނަކާ ހަމައަކަށް އަދި ނުދެވޭ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ސިޔާސީ މަސައްކަތްޕުޅުގައި ދެމި ހުންނެވިހާ ދުވަހަކު އަޅުގަނޑު އެމަނިކުފާނު ދޫކޮށެއް ނުލާނަން. --އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެންސީ އުފެއްދީ ޕީޕީއެމްގެ މިލްކުވެރިކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހޯދައިދޭން އެމަނިކުފާނުގެ ސަޕޯޓަރަކު ކޯޓަށް ހުށަހެޅުއްވި މައްސަލަ ދިގުލައި، ޕީޕީއެމްގެ ނަމުގައި އިންތިޚާބަށް ކުރިމަތިނުލެވިދާނެ ކަމުގެ ބިރަށްޓަކަ އެވެ.
ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދި ޕީއެންސީގެ ކޮންގްރެސް ބާއްވައި މަގާމްތަކަށް ވަނީ މީހުން އިންތިޚާބުކޮށްފަ އެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދައި މަސައްކަތް ކުރަމުން އަންނަނިކޮށް ޕީއެންސީ އުވާލަން ނިންމި އެއް ސަބަބަކީ، ޕީޕީއެމް ދޫކޮށްލައްވައި މައުމޫންގެ އާ ޕާޓީ، އެމްއެމްއާރުއެމް ރަޖިސްޓްރީ ކުރަން ހުށަހެޅުއްވުން ކަމަށް ބެލެވެ އެވެ.
ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އުވާލިޔަސް އޭނާ ހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކުގަ އެވެ. އަލުން ޕީޕީއެމަށް ގުޅިވަޑައިގަންނަވަން ޖެހިވަޑައިގަތަސް އެކަމަށް ވެސް ތައްޔާރު ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީން ސިޔާސީ މަސައްކަތްޕުޅުގައި ދެމި ހުންނެވިހާ ދުވަހަކު އަޅުގަނޑު އެމަނިކުފާނު ދޫކޮށެއް ނުލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގައި އިސްކޮށް މަސައްކަތް ކުރެއްވި މެމްބަރުންތަކެއް ދާދި ފަހުން ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފަކީ، ޑީއާރުޕީގައި އަދި ފަހުން ޕީޕީއެމްގައި ވެސް ހަރަކާތްތެރި، ޚިދުމަތްތަކެއް ކޮށްދެއްވި ދެ ބޭފުޅުން ކަން އަދުރޭ ފާހަގަކުރެއްވި އެވެ.
އެކަމަކު އެ ދެ ބޭފުޅުން ވެސް ޕީޕީއެމް ދޫކުރެއްވީ އެ ޕާޓީގައި ސިޔާސީ ކުރިމަގެއް ނެތުމުން ކަމަކަށް އަދުރޭ ގަބޫލެއް ނުކުރައްވަ އެވެ.
"ޕީޕީއެމް/ޕީއެންސީގައި 40،000 މެމްބަރުން އެބަތިބި. އެ ބޭފުޅުން ގުޅިވަޑައިގަތް ޖުމްހޫރީ ޕާޓީގެ އަދަދަކީ ގާތްގަނޑަކަށް 10،000 މެމްބަރުން. އެހެންވީމާ ޕީޕީއެމްގައި ސިޔާސީ ކުރިމަގެއް ނެތިގެން ބަދަލުވީ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޕީޕީއެމް ފެންނާނީ ވަރުގަދަކޮށެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގައި ހަރަކާތްތެރި މަސައްކަތްތަކެއް ނުކޮށް މަޑުން ތިބީ ވަގުތު ދޭން ކަމަށް ވިދާޅުވި އެވެ. އެކަމަކު އަށް މަސް ވި އިރު ސަރުކާރުގެ ހިންގުން ލަސް އިރު ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީން އަމަލުކުރާ އުސޫލުން ވަގުތު ނުދީ، ކަންކަން ނުބަލައި މުޒާހަރާ ކުރުމަކީ އަޅުގަނޑުމެންގެ ގޮތެއް ނޫން. އަޅުގަނޑުމެން އެދެމުން މި އަންނަނީ ސަރުކާރުގެ ވުޒާރާތަކުގައި، ކަންކަން އޮޅުން ފިލުވައިދޭން،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބް
29 August 2019
ރާއްޖޭގައި ސިޔާސީ ގޮތުން ދެން ގޮތް ނިންމާނެ ޕާޓީ އަކީ ޕީއެންސީ: އަބްދުއްރަހީމް - އަދި ކިރިޔާ 4 މަސް މިވީ، ކިހިނެއްތޯ ގޮތްނިންމަން ތިއުޅުއްވަނީ!
އައްދިއޯއި
29 August 2019
ގަސީމުއަަށް މިއަދު ލާރިހުރީމަ ބޭނުންއެއްޗެހިތަށް ގަނެވިދާނެ. ޕާޓީއަށް މެންބަރުންވެސް. އެކަމަކު އިތުބާރެއް މީހުންގެ އިހުތިރާމާ ލޯބެއް ނުގަނެވޭނެ. ފައިސާ ފޮއްޗަކަށް ހެއްލުނު އެދުވަސް ހިގައްޖެއް.
ކަދުރު ބޯކިބާ
29 August 2019
ޕީޕީއެމް/ޕީއެންސީގައި 40،000 މެމްބަރުން އެބަތިބި ކަމަށް އަދުރޭ ބުނާނަމަ ، ހަދާނަށް ގެންނަންވީ އަދުރޭގެ ހިސާބު ފޯމިއުލާއަށް ، އަދުރޭގެ ހިސާބު ފޯމިއުލާ ( 50000 = 100 × 50 ) އަށް ބަލާއިރު ޕީޕީއެމް/ޕީއެންސީގައި ފަންސާސްހާސް މެންބަރުންއުޅޭނެ !
ބިސްކަދުރޭ
29 August 2019
ދެން ކަދުރޭ ކޮންމެ ވާހަކައެއްދެއްކިޔަސް ހެޔޮ. މުޒާހަރާކުރަން ގޮވާލީމާ އެއްވިވަރު ފެނިއްޖެ! މަޑުން ތިބީކީނޫން. ސަޕޯޓެއްނެތީމަ ނުވަނީ! ދެން ޕީޕީގަ ތިބޭނީ ކޮންބައެއް ވަރުގަދަ ކުރަން؟ ފީއެން އުވޭއިރަށް 3 މެމްބަރުންވެސް ޖެހޭނީ އިސްތިއުފާދޭން! އެއީ އެޕާޓީން ހޮވުނީމަ!
3 ސުވާލު
28 August 2019
އަދުރޭ. ކަލޭ ސިޔާސީ ދާއިރާޔަށް ވެއްދީ ޔާމީނޭ ތިކިޔަނީ ކީއްވެތަ؟ ޓިނުމައްސަލަ ދިމާވީ ޔާމީނުގެވެެރި ކަމުގައިތަ؟ ޅެންހަދައިފައި ކޮންމެދުވަހަކު ހެނދުނު ހެނދުނާ ހޭލާތަނުން އޭތި ފޮނުވަނީ ޔާމީނަށްތަ؟ މަޖުލީހަށް ހޮވުނު 2 ދައުރުގައި ހޮވުނީ ޔާމީނުގެ ފޮޓޯޖަހައިގެންތަ؟
ހަސަން ސަޢީދު
28 August 2019
ކުރީގެ ރައީސް ޔާމިނަކީ ދިވެހިރާއްޖޭގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި ދުވަހަކުވެސް ދެން ބަލައިގަނެވޭނޭ ނަމެއްނޫނެވެ. އޭނާގެ ފަސް އަހަރު ތަރައްޤީ ގެނައިނަމަވެސް އެތަރައްޤީތަކުގެ ފަހަތުގައި ﷲ ހަރާމް ކުރެއްވި ވައްކަން ކުރުން ސީދާކޮށް އަދި ނުސީދާކޮށް ކުރިއަށް ގެންދިޔައެވެ. އެ ސަބަބާ ހުރެ އޭނާ ނިސްބަތްވާ ސިޔާސީ ހަރަކާތެއްގައި ރަނގަޅު ދިވެއްސަކު ބައިވެރި ނުވާނެއެވެ.
ކޮތަރު
28 August 2019
ދެން ޕީޕީއެމާ ޖޭޕީ ކޯލިޝަން ހަދާ.. ހެހެހެ
ބައޯކަލޯ
29 August 2019
ހަހަހަހަ....ތިހެންކަން ނޭންގެވާނީ....ދެންކިޔާނީ ޕީޕީއެމްގައި މެމްބަރުން ވަރަށް ގިނަވެއްޖެވާހަކަ.........ކެކެކެކެ
މރ. ޓިނު
28 August 2019
އެހެން އެކިޔަނީ ޓިނު މެތަމެޓިޝަންތަ
ހަޑިގިއްލާ
28 August 2019
އަދުރޭ ދޭބަލަ ޖޭޕީއަށް. އޭ މިހާރު ޕީޕީއެމަކީ
ކޮވެލި
28 August 2019
ޔާމީނަކީ މިހާރުން މިހާރަށްވެސް ޖަލުގައި ހުންނަންޖެހޭ މީހެކެވެ. ކޮރަޕްޝަނާއި ޖަރީމާތައް މާ ގިނައީއެވެ.