29 އޯގަސްޓް 2019 - 13:37
މާލެ ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް، ބޭނުންކުރާތާ އެއް އަހަރު ވުމާއެކު ހަދަން ޖެހޭ އިންސްޕެކްޝަންތަކަށް މާދަމާއިން ފެށިގެން ބްރިޖްގެ އެއް ފަޅި ބަންދު ކުރުމަށް ނިންމައިފި އެވެ.
މާލެއިން ހުޅުލެ އަށް ދަތުރުކުރަން އޮންނަ ފަޅި ބަންދު ކުރަން ނިންމާފައިވަނީ މާދަމާ އާއި ހޮނިހިރު ދުވަހުގެ އިތުރުން އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގަ އެވެ. އެ ދުވަސްތަކުގެ ހެނދުނު 8 އިން މެންދުރު 2 އަށް ބްރިޖުގެ އެ ފަޅިން ދަތުރެއް ނުކުރެވޭނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބްރިޖުގެ އެ ފަޅި ބަންދުކުރާ ގަޑިތަކުގައި ހުޅުލެ އިން މާލެ އަށް އަންނަ ފަޅި ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލު ކުރާނެ ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީގައި އެޅި، ބްރިޖް ބޭނުންކުރާތާ އެއް އަހަރު ވާނީ މާދަމާއަށެވެ. މީގެ އެއް އަހަރު ކުރިން ހުޅުވި، ބްރިޖާ އެކު މާލެ އާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދީ ދަތުރުފަތުރު ކުރުމަށް އެތައް ލުއި ފަސޭހަތަކެއް ލިބިގެންދިޔަ އެވެ.
ބްރިޖު ބޭނުންކުރާތާ ދެ އަހަރު ވަންދެން ބްރިޖު ބަލަހައްޓަނީ ބްރިޖު އެޅި ޗައިނާގެ ސީސީސީ ސެކަންޑް ހާބަ އިންޖިނޭރިން އިންނެވެ. އެ ކުންފުނިން ދޭތެރެ ދޭތެރެއިން މިހާރު ވެސް މަރާމާތުގެ މަސައްކަތްތައް ކުރެ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވި ކަމަށް ކުރީ ސަރުކާރުން ބުނެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ކަމަށާއި އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ ކަމަށް ހައުސިން އިން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވެސް ކުރިން ހައުސިން އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.އަހުމަދު/ނާސާ/ކެލިފޯރނިއާ
31 August 2019
މާލެ ސަރުކާރު މޮޔަވަނީ، އައްޑޫ ގެން އަދި ފޭދޫ އާއި ދެމެދު ކަނޑު ހުރަސްކޮށް އައްޑޫ ރައްޔަތުން އަޅާފައި އެވާ ދިގު ފާލަމުގައި އެއްވެސް ގޮތަކަށް ސަލާމަތްތެރިކަމެއް ނެތްއިރު އައްޑު ގުޅުފައިވާ ރައްތަކުގައި ބޭނުން ކުރަމުންދާ 6889 ވެހިކަލްތަކުގެ އަހަރީ ފީ ޖޫރިމައިނާ ރޯދު ވޯރތުނަސް މިފަދަ ހުރިހާ ފައިސާތައް ކަހަލައިގެން މާލެއަށް ޖަމައުކޮށް ބޮނޑިބަންނައި ލަދެއްވެސް ނުގަނޭ.
ihaaru.
29 August 2019
ބްރިޖްގެ އެއް ފަޅި ބަންގާޅަ އަށް ކުޔަައްދޭންވީނުން! މާތާހިރުވާނެ!
މަދިރިދުންދަނޑި
29 August 2019
އައްޑޫ ލިންކްރޯޑުގެ އިންސްޕެކްޝަނެއް ހަދަނީ ކޮންދުވަހަކުތޯ، ހީވަނީ މިހާރު އަހަރެއްވާން ކައިރިވެފަހެން ހުންނާނީ.
ބަނަހާ2
29 August 2019
އެއްފަޅިި ބަރުވާނެ ތިހެން ހެދީމަ 2ފަޅިިވެސް ބަންދުކުރޭ..
މާރަނގާ - އައްޑޫ ސިޓީ
29 August 2019
ދިވެހިންވެސް ހިމެނޭގޮތުން އެއަރޕޯޓް ތަކުން އެއަރޕޯޓް ޑިވޮލޯޕްމަންޓް ފީއެއް ނަގާ. * * މާލޭ މީހުން “ރާއްޖެތެރޭ މީހުނޭ ކިޔާ ދިވެހިން ބޭނުންކުރާ އައްނި ޖެޓީއަށް އެއްގަމު ޢުޅަނދު ވަދެ ނިކުތުމަށް ފީއެއްނަގާ” އަދި މާލޭ ޓީޖެޓީވެސް ބޭނުންކުރެވެނީ އަގު ދައްކާފައި. * * ދުނިޔޭގެ ކޮންތަނެއްގައި އަމުދުން ދަރަންޏަށް ނަގާ ފައިސާއިން ބުރިޖް ހަދާފައި ޓޮލް ބެހެއްޓުމެއް އަގެއް ނެގުމެއްނެތި ފީސަބީލިއްލާހިއަށް ބްރިޖް ހުޅުވާފައި އޮތީ ކޮންތާކުތޯ؟
ކުރަފި
29 August 2019
300 މިލިއަން ޑޮލަރުގެ ބުރިޖުން ފީނުނެގިއަސް ދެތިން މިލިއަން ރުފިޔާއަށް ކުޅުދުއްފުށީގަ އެޅި ލޯކަލް މާރުކޭޓުން ފީނަގާ. ރައްޔިތުން ރަތަށްއެރީމަ ފީ އުވާލުމުގެ ބަދަލުގަ ބުނީ ބޭނުމިއްޔާ ގަސްދޮށުގަ ވިއްކިއަސް އޯކޭއޭ.
ޥަހީދު
29 August 2019
210 މިލިޔަން ޑޮލަރު، އޮޅުވާނުލާ
ސަމުސާ
29 August 2019
ކޮން އޮޅުވާނުލާއެއް ކިޔާކަށްތޯ، ބުރިޖުގެ ސިމެންތިގަނޑު އެކަނި 210 މިލިއަން، ރަންވޭ އެއްފަރާތަށްޖައްސަން 300 މިލިއަން ޑޮލަރު، އެއާއިއެކީ ހުޅުލޭގަހުރި އެތައް ސަތޭކަ މިލިއަނުގެ ފެސިލިޓީސް ބިމާހަމަކޮށްފި، ބުރިޖުން ހުޅުމާލެއަށްދާން މަގެއް އޮއްވާ އިތުރުމަގެއް 30 މިލިއަން ޑޮލަރަށް ހެދީ، ކުރިއަށްހުރީ ކެމެރާއާއި ޓޯލްނަގާތަނަށް އެތައްމިލިއަން ޑޮލަރު ބަޖެޓުގަ ޖަހާފަ. ބުރިޖު މޫނުމަތި ރީތިކުރަން ބޭރުން ރުއްގަސްގެންނައީ ކިހާވަރަކަށްކަމެއް ނޭނގެ.
ޙަސަން އަޙްމަދު
30 August 2019
ތިޔަ ކިޔާ ތަންތަނަކީ ވަކިވަކި ފަރުދުން ދުވަހު ބޭނުމަށް ބޭނުން ކުރަން ޖެހޭ ތަންތަނެއް ނޫން. ބްރިޖަކީ ހުޅުމާލޭ އާއްމު ރައްޔިތުން ކޮންމެ ދުވަހެއްގެ އަސާސީ ބޭނުންތައް ފުއްދުމަށް ފަރުދީ ގޮތުން ބޭނުން ކުރާ ތަނެއް. ބްރިޖުން ޓޯލް ނަގަން ވާހަކަ ދައްކާ އިރު ކޮންޕެއާ ކުރަންވީ އައްޑޫ ލިންކު ރޯޑާ ލާމު އަތޮޅު ކޯޒްވޭތައް. އެކެތި އަނެކެއްޗާ ކޮންޕެއާ ކުރާ އިރު އެއްގޮތް ނޫން އެއްޗެހި ކޮންޕެއާ ކުރުމަކީ ތަންދޮރު ނުދަންނަ ކަމުގެ ދަލީލެއް.
ކުރަފި
30 August 2019
ތިޔައީ ހާދަހާ އެއްގޮތް ތަންތަނޭ. އައްޑޫ ލިންކްރޯޑު އެއީ 8 ވަރަކަށް މިލިއަން ޑޮލަރަށް ރަށުތެރޭ އަޅާފައޮތް ތާރުކޮޅެއް، އަދިއަދަށްވެސް މަރާމާތެއްނުކުރާ މަގެއް. ބުރިޖަކީ ކަނޑުހުރަސްކޮށް 300 މިލިއަން ޑޮލަރަށް ހަދާފަ އާގުބޯޓެއްހެން ދުވާލުދާހަތަރުދަމު މަރާމާތުކުރާތަނެއް.
ފުލުއުނގުރި
29 August 2019
ޝުކުރިއްޔާ މެގަ ޕުރޮޖެކްޓް ރައީސް
މާރަނގާ - އައްޑޫ ސިޓީ
29 August 2019
ދައުލަތް ދަރަނިވެރިކޮށް 300މ ޑޮލަރަށް ބްރިޖް ހަދާ އަދި ބްރިޖް މަރާނާތަށް އަހަރަކަށް އެތައްސަކޭތަ މިލިޔަން ރުފިޔާ އަހަރުމެން އަތުން ނަގާ ޓެކުހުން ހޭދަކޮށް “ވަކިބައެއް ބޭނުމަށް ވަކިރަށެއްގެ މީހުނަށް މާލީ މަންފާ ލިބޭގޮތަށް” ހޭދަކުރުމަކީ އިންސާފެއްނޫން. * * ތިޔަ ބްރިޖް ހަދާން ދިޔަ ފައިސާ އަބުރާ ނުހޯދުނު ކަމުގައިވިޔަސް Tolls ފީއެއް ނަގައިގެން ތިޔަ ބްރިޖްގެ މެއިންޓަނަންސް ބެލެހެއްޓޭނެ ވަރުގެ އާމްދަނީއެއް ހޯދާންޖެހޭނެ.
ތަޖުރިބާކާރެއް ނޫން
29 August 2019
އެންމެ ފުރަތަމަ ކަމަކަށް ކުލަ ކޮޅެއް ބުރިޖުގަ ލާނަމަ ދަބަރު ކަހަންވެސް ނުޖެހޭނެ ދުވާލަކު އެއްފަހަރު.. ދޯ
އެގަންޖާނަވާރަ
30 August 2019
ކަލޭ ހިތަށް އަރާ އަގު އެއީ އަގުތަ؟ މީގަވެސް އެއޮތީ 200މ އޭ. އޭގޭން 116 އަކީ ހިލޭ އެހީއޭ...
މަރޭ
29 August 2019
ތިބްރިޖް ބޭނުންކުރާ މީހުން އަތުން ފައިސާ ނަގަން ފަށަނީ ކޮންއިރަކުންތަ؟
ސަންޕަ އަހަންމަދު
29 August 2019
ތި ބަންދުކުރާދުހު ހާދަ ފޯރިއެއް ހުންނާނޭ.
ޖޫލީ
29 August 2019
ތިބުރިޖަށް ޚަރަދުވިވަރެއް އަސްލު އެގޭނެ މީހެއްނެއް. މުއިއްޒަށްވެސް ނޭގޭނެ. އެއީ އެބޭފުޅާއަށް ނޭގެ ރަސްފަންނުގެ ތަނެއް ހަދަން އާސަންދަ ބޭނުން ކުރި ކަމެއްވެސް.
ޕޫލީ
29 August 2019
މުއިއްޒަށް އެންމެ ކުޑަވެގެން އެބަ އެނގޭތާ ތަނެއް ހެދިކަން .. އެކަމު މިސަރުކާރަށް ނޭނގޭ ވެރިރަށް މާލޭގައި ބަޔަކު ހުއްދަނެތި ޕްރައިމް ލޮކޭޝަނެއްގައި އިމާރާތެއް އަޅާ ހިޔާކުރުމާ ހަމައަށްދާއިރު.