ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
03 ސެޕްޓެމްބަރ 2019 - 13:02
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ހުރި ސިއްރު މައުލޫމާތުތައް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިލްވާނާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓުގެ ޑްރާފްޓެއް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ނަޝީދަށް ދެއްވައިފަ އެވެ. އަދި ނަޝީދު ވަނީ ރިޕޯޓުގެ ކޮޕީއެއް މަޖިލިހުގައި ހިމެނޭ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނަށް އަރުވައިފަ އެވެ.
ނަމަވެސް މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައި ދިން ގޮތުގައި ލީޑަރުންނަށް ދެއްވި ޑްރާފްޓް ރިޕޯޓު ވަނީ އަތުލައިފަ އެވެ. އަދި ކޮމިޝަނަށް ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ހިމެނޭތީ ބައެއް ލީޑަރުން ވަނީ އެކަން މަޖިލިހުގެ އިދާރާއާ ހިއްސާކޮށްފަ އެވެ.
ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓު، ސުއޫދު، މަޖިލިހުގެ ރައީސްއާ ހަވާލު ކުރައްވަނީ.
އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ ރިޕޯޓު ލީޑަރުން އަތުން އަތުލި ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މިހާތަނަށް އައި އިރު، އޭނާގެ އަތުން އެ ތަފްސީލް ރިޕޯޓު އަތުލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިހުން ފަހުން ވަނީ ރިލްވާންގެ މައްސަލައިގެ ހުލާސާ ރިޕޯޓެއް މެމްބަރުންނަށް ދެއްވައިފަ އެވެ.
މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސުއޫދު އެ ރިޕޯޓް ހިއްސާ ކުރެއްވުމުން ދެން އެ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުން އަމަލުކުރަންވީ ގޮތަކާ މެދު ހިޔާލު ހޯއްދެވި ކަމަށެވެ. އެގޮތުން ސުއޫދު އެދިވަޑައިގަތީ މެމްބަރުންގެ މެދުގައި އެކަމުގައި ބަހުސެއް ކުރިއަށް ގެންދެވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން މި ރިޕޯޓު 87 މެންބަރުންނަށް ފެންނަ ގޮތަށް ދޫކުރެވޭނެ ކަމަށް،" ސުއޫދު އެކަމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، ނަޝީދު ޖަލްސާގައި ވިދާޅުވި އެވެ.
"ރިޕޯޓު އާންމު ކުރުމުން، ހިތާމަ އާއި ހިތުގެ އުދާސް. ހިތުގެ ގިލަން، ހިތާމަ އާއި ވޭން، އަސަރު އެންމެ ބޮޑަށް ކުރާނެ ފަރާތަކީ ރިލްވާންގެ މަންމަ އާއި ބައްޕަ އާއި އެ ޒުވާނާގެ އާއިލާ އާއި ގާތް ރަހްމަތްތެރިން. އަޅުގަނޑަށް އެނގޭ ރިޕޯޓުގެ ތަފްސީލާއެކުގައި ރިލްވާންގެ އާއިލާ އަށް ނުހަނު އަސަރު ކުރާނެ ކަން،"
ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކުރި ކޮމިޝަންގެ ރިޕޯޓަކީ އިތުރަށް ސިއްރުވާނެ ރިޕޯޓެއް ނޫން ކަމަށާއި، އޭގައިވާ މައުލޫމާތު އެކިއެކި ޝަރީއަތްތަކުގައި ހާމަވަމުންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ބަހުސް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ލީޑަރުންނާ ވާހަކަ ދެކެވުނު ފަހުން މުޅި ތަފުސީލީ ރިޕޯޓް މި ވަގުތަށް އެޖެންޑާކުރުން ރަނގަޅު ނޫން ކަމަށް ފެނި ހުލާސާ ރިޕޯޓެއް އެޖެންޑާކުރަން ސުއޫދު އެދިވަޑައިގަތް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުއޫދު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން މަރާލާފައިވާ ކަމަށެވެ.
ސުއޫދު ވިދާޅުވިގޮތުގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލީ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ. އެކަމަކު، އެ މައްސަލަ މިހާތަނަށް އައިއިރު، ހައި ކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމަން ޒާހިރު
03 September 2019
ކޮބައިތޯ 3 ބާރު.. މިހާރު މިފެންނަނީ މުޅި ގައުމު އެކެއްގެ މުށުތެރޭގައި ވާތަން މީނާ ދޯ 3 ބާރު ނުލިބިގެން އުޅުނީ.. ހަމަ ކިރިޔާ ހިރިލެވޭ ވަރުވާއިރަށް ގޮށްމުށް ތެރެއަށް ހުރިހާ ބާރެއް އެއްކޮށް ޖަމާކުރަނީ..މިހާރު ޖުޑިޝަރީ އަކީ އަންނީ ވެރިކަން ކުރާބާރަކީ އަންނި ގާނޫނު ހަދާ ބާރަކީ އަންނި ދިފާއީ ބާރަކީ ވެސް ހަމަ އަންނި.. މީނާ އަވަހަށް ބޭރުކުރޭ..އަންނީ ދިވެހިރާއްޖެ އިޝްތިހާރު ކުރާގޮތަކީ ޓެރަރިސްޓް ގައުމެއްގެ ގޮތުގަ އަދިވެސް ހޭލާކަށް ނުވޭތޯ ދިވެހީން.؟
ދޭސީ
03 September 2019
މި ކޮމެޓީއަކީ ނަޝީދު ހެދި ކޮމެޓީއެއްތަ؟ ކީއްވެތަ ނަޝީދައް ރިޕޯޓު ކުރަންޖެހެނީ؟
ކައްކާ
03 September 2019
ތިޔަ ރިޕޯޓު ލިބުނު ޕާލަމެންޓަރީ ލީޑަރުންތެރޭ ޖާބިރު ހިމެނޭތޯ. ހާއްސަ ކޮމިޝަނެއް ހަދައިގެން މިކަން ބަލާބަލަ، އޭރުން ދެން އިތުރަށް އެއްޗެކޭ ބުނަން އެނގޭނީ.
އެޓޮމް
03 September 2019
އަބުދުﷲ ދީދީ ގެންނަވާ އަލުން މައްސަލަބަލަން
ތަކުރުބެ
03 September 2019
ކޮންމެވެސް މީހަކު އަޅެ ޔަޤީންކޮށް ބުނެބަލަ ކާކުތަ މި ޤައުމުގެ ވެރިޔަކީ؟ ވަޒީފާ ދޭ މީހުން ކަނޑައަޅަނީ ނަޝީދު، ތިމާވެށި ހިމާޔަތްކުރަނީ ނަޝީދު، ޖަލްސާތައް ޝަރަފްވެރިކޮށްދެނީ ނަޝީދު، ތަހުގީގު ރިޕޯޓުތައް ރިވިއުކުރަނީ ނަޝީދު، މިނިވަން މުއައްސަސާތަކަށް މީހުންލަނީ ނަޝީދު، ސުޕްރީމްކޯޓު ފަނޑިޔާރުކަންދެނީ ނަޝީދު، ނުވިތާކަށް މޮޅުގޮތަކަށް އަސްލަމަށް މަޖްލިސްރައީސްކަން ދިނީވެސް ހަމަ ނަޝީދު. ނަޝީދާ ނުލާ މި ޤައުމު ވަޔެއްވެސް ނުލާނެ. ހެޔޮވެރިކަން ކިހާ ތާހިރު.
އެޓޮމް
03 September 2019
ނަޝީދުވަރެއްނެތް އެއީ ރައީސް މަޖިލިހުގެ
ރީތި މޫސަ
04 September 2019
ނަޝީދަކީ ވެރިކަމާހެދި ދަންޖެހޭވަރުވެފާމީހެން ނަޝިދައްހީވަނީ ތިމާމީ ރައީސްހެން
ދައްސޫރަ
03 September 2019
އެއީ ކާކަށް ސިއްރުކުރަން ނުހޯދިގެން އުޅޭކަމެއްގަ ސިއްރު ހިފަހައްޓަންޏާމް މިހާރުގެ ސަރުކާރުގެ ތެރޭގަވެސް އެބަތިބި ތިކަމުގެ ބައިވެރިން ވަގުޔަގީން
ރިލްވާންގެ ދައްތައެއް
03 September 2019
ވަރަށް ހިމާވެރި ހަބަރެއްމީ. ދެން އެ ހެކިވެރިން ބިރުން ހެކިބަސްވެސް ނުދޭނެ. ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުން ހިންގިކަމެއްގައި ސިއްރު ނުހިފެހެއްޓޭނަމަ ކާކަށްތޯ ހެކިބަސްދޭން ކެރޭނީ؟ އާދަމް ޝަރީފްއަތަށް ދީފައި މިބުނަނީ ޝައްކެއް ތިމަންނަ ނުކުރަމޭ
އައިސްތު
03 September 2019
މިހާރު ތި އޮންނާނެ ޔާމީނު ގެކޮޅުގައި
ބައިސްތު
03 September 2019
ޔާމީން ގެކޮޅަށް އޭތި ގޮސްގެން ކޮބާތަ މައްސަލައަކީ.. އަދިވެސް ޔާމީން ބޮލުގައި ކަމެއް އެޅުވޭތޯ އުޅޭ މީހުން ތިހެން ބިރުން އުޅޭހާ ވާނީ. އަސްލު ބިރުގަންނަންވީ އެކަހަލަ ނުބައި އަމަލު ކުރާ މީހުން ދެކެ. މިކަމާ ޔާމީނާ ގުޅުމެއް ނެތަސް ކޮންމެހެން ގުޅުވަން ބޭނުމިއްޔާ ބުނެބަލަ އެހެން ކިޔާފަ އެއަށް ބައެއް އިތުރުކުރާށޭ.
މަމީހާކަލޯ
03 September 2019
އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ މިހާރު ނަޝީދުގެ މައްޗަށް ކުރެވެންވާނޭ... ރައީސް ސާލިހް އެތައްކަމެއް ޤުރުބާންކޮށް، ރިސްކު ނަގައިގެން މިހާބޮޑު ކުރި އެރުމެއް ހޯދީމަ އެކަން ނިންމައި ސިއްކަ ޖެހުމަށް ނަޝީދު މިހެދިގޮތް ކިހާރީތި؟
ބޮޑުބެ އަލީ
03 September 2019
އއ. އުކުޅަސް ރިޕޯރޓްގައި އޮތުންތޯ މައްސަލައަކީ! ތިބޭފުޅަ އެރަށު ދޯނިތަކަށް އަރާ މުޅި ރާއްޖޭގައި ބުރު ޖަހަފާއި އެބަހުރި. އެކަމުގެ ބަދަލުގައި އެމް.ޑީ.ޕީ ގެ ބޮޑެތި ސިލްސިލާ ބައްދަލުވުންތައް އެރަށުގައި ބާއްވާފައި އެބަހުރި. އަދި ބައްދަލުވުންތައް ބާއްވާނެ ބޮޑު އިމާރާތެއް އަރަށުގައި ވަރަށް ފަހުން ތިހުޅުވީ. އެ ރިޕޯޓް ގައި އުކުޅަސް އަށް ނިސަބަތްވާ ބަޔަކު އަދި ދޯންޔެއް. އުޅޭ ވާހަކަ އޮތީމަ މިހާރު ވަރަށް ގިނަ ސުވާލު ތައް އުފެދިއްޖެ!
ނޭގުނު
03 September 2019
ސީރިއާއަށް ދިވެހިން އެހާ ގިނައިން ހަނގުރާމައަށް ދާ ކަމާ، ދާ ގޮތާ، ދާ އަދަދާ އެނގިގެން އެތައް ވާހަކައެއް ދެއްކި ބޭފުޅަކު އަބަދު އުކުޅަހަށް ގޮސް އުޅޭއިރު އެ ރަށުގައި އޭގެ ބަޔަކު އުޅޭކަން ހަމަ އެބޭޅާއަށް ނޭނގުނީއޭ..
ޢަނީ
03 September 2019
ސިއްރު ހިފެހެއްޓޭނީ ތިހާވަރަށް.