ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
09 ސެޕްޓެމްބަރ 2019 - 10:35
ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަން އެމްއެންޑީއެފުން މީގެ ތިން ރޭ ކުރިން އަންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ނަޝީދު އެގޮތަށް ވިދާޅުވިޔަސް، ފުލުހުން ފާރަލަމުން ދަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސީދާ އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
އެކަމަކު، ނަޝީދުގެ ވާހަކަފުޅު ބޮޑަށް އަމާޒު ކުރެއްވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓާ ގުޅޭ ކަންކަމަށެވެ. އެހެންވެ، ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ އެ މައްސަލައިގައި ފުލުހުން ނަޝީދަށް ފާރަލާ ވާހަކަ އެވެ.
ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑްރާފްޓް ރިޕޯޓަށް އަމަލު ކުރުމުގައި ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން ފިޔަވަޅު އެޅުމުގެ ސްޕީޑާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެކަމަކު، ފިޔަވަޅު އެޅުމުގައި ހުރި ގާނޫނީ ސަބަބުތައް ކޮންމެ މުއައްސަސާ އަކުން ވެސް އަންނަނީ ދައްކަމުންނެވެ.
ނަޝީދު ރޭ ވިދާޅުވި ގޮތުގައި، ރިލްވާން ގެއްލުވައިލީ ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ހިޔާލުގެ ބައެއްގެ ދެމެދުގައި ހިނގި އަރާރުމެއްގަ އެވެ. އަދި މީހުން މެރުމުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ބައިވެރިވެފައިވާ ކަމަށް ވެސް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ރިލްވާންގެ ރިޕޯޓުގައި ބުނާ ކަންކަމަށް ހައްލެއް ނުހޯދައި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓަން ދަތިވާނެ ކަމަށާއި މިކަމާ ގުޅިގެން ދައްކަން ޖެހޭ ވާހަކަތައް ދެއްކުން ހުއްޓާ ނުލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ވާހަކަތައް ދެއްކުމުން ނުރައްކަލާ ކުރިމަތިވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ގާތުގައި އެމްއެންޑީއެފުން ބުނި މީގެ ތިން ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ކޮށްފާނެ. އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ. ނަމަވެސް އަޅުގަނޑު މިހުރީ އެ ވާހަކަ ދެއްކުން ހުއްޓާލާ ގޮތަކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ހަގީގަތް ހޯދުމަށް ފުރަތަމަ ކަމަކަށް ކުރަން ޖެހޭ ކަމަކީ ނަޝީދު ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އިސްލާހު ކުރުމެވެ.
ފުލުހުންގެ މުއައްސަސާ މިހާރު އޮތް ހާލަތުން ރިޔާސީ ކޮމިޝަނުން، ފުލުހުން މެދުވެރިކޮށް ކަމެއް ކުރަން އުނދަގޫވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އިސްކޮށް ހުންނަވައިގެން ރިލްވާނާ ގުޅޭ ގޮތުން ކުރި ތަހުގީގައި ބައެއް ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އަދި އެ ފުލުހުން ހައްޔަރު ނުކުރާތީ ފުލުހުންނަށް ވަނީ ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ.
އެކަމަކު، ފުލުހުން ބުނީ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ގާނޫނުގެ ދަށުން، ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު މިހާރު އޮތް ހަމައެކަނި އިދާރާ އަކީ ރިޔާސީ ކޮމިޝަން ކަމަށެވެ.
މި މައްސަލައިގައި ތަހުގީގީ އިދާރާއަކީ ފުލުހުން ކަމަށް ނުވާތީ، ތަހުގީގީ އިދާރާއެއްގެ ގޮތުން، ހައްޔަރު ކުރުމުގެ އަމުރުކަށް ނޭދެވޭނެ ކަމަށް ފުލުހުން ކުރިން އޮތީ ބުނެފަ އެވެ. ކޮމިޝަނުން ބަލާ މައްސަލައެއްގައި ހައްޔަރުކުރަން ޖެހޭ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ކޯޓް އަމުރު ހޯދުުމުގެ ފުރިހަމަ ބާރު ހަމަ އެ ގާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް2050
10 September 2019
ފާރަލައިގެންވެސް ނުވަތަ ބަންދެގެންވެސް މިސޮރު މަތަކުރަންޖެހޭ ނޫނީ މި ގައުމަށް ބޮޑު މުސީބަތަކަށްވެދާނެ
އައިސް
09 September 2019
ބޯގަޅި ބަަޔަކު ލެވުނީތި ސަރުކާރު ވެއްޓެނީ..ލައްކަ ވާހަކަ..
ވެރިން
09 September 2019
ކަލޭ ތީކާކު ޕޮލިހުން ފާރަލާން.
އެޑަމް
09 September 2019
އިންސާނާގެ ދޫރައްކާތެރިކުރުމައް އަންގަވާފައެވަނީ ސަބަބެއް ނެތިނޫންކަމާމެދު އަންނިވެސް މިހާރުވިސްނާ ދޫރައްކާތެރިކުރުން ބުއްދި ވެރިކަމައްދެކެން އެހެންނޫނީ ތިމާއައްހެޔޮއެދޭމީހާވެސްނުރައްކަލާ ކުރިމަތިލާންޖެހިދާނެ
ީފޮނިޓައްޕު ހަސަނު
09 September 2019
ނަޝީދު އެބަޖެހޭ ސަލާމަތީ ބާރުތަކާއި ނުޖެހި އުޅެވޭތޯ ވާހަކަ ދެއްކުމުގައި ވިސްނައިގެން އުޅެން. ސަލާމަތީ ބާރުތަކުގައި އުޅެފާނެ ނޭއްގާނީ އަމަލު ހިންގާ މަދުބައެއް އަކަމަކު ނުޖެހޭނެ ދޯ މުޅި މުއައްސަސާގެ މީހުން ނަޝީދާއި މެދު ނަފްރަތު އުފެދޭ ގޮތައް ވާހަކަ ދައްކަން. ފެބްރުއަރީ 8 ރިޕީޓްވިޔަ ނުދީ އުޅެވޭތޯ ބަލަމާ ބަހީ.
ނަޑެއްލާ
09 September 2019
ފުރަތަމަ ރައްޔިތުމީހާލައްވާ ތި ދެމުއައްސަސާގ އަގުވައްޓާ ސިޔާސީކޮށް މިވޭތުވެދިޔަ 12 އަހަރު މިކެނެރީގޭ ނަށީދު އުޅުނީ...މިހާރު ވެރިކަންލިބުނީމަ ކޮންއަނގައެއްބާނަނީ
ހުތް އާދަނު
09 September 2019
ކުށްވެރިންނަށް އަބަދުވެސް ހީވާނެ ތިމާގެ ފަހަތުން ފުލުހުން އުޅޭކަމަށް
އިސްމާޢީލް ޒަކަރިއްޔާ
09 September 2019
މިއީ ބާރަ ތޭރައިގެ އަސްލު މަންޒަފު އަމިއްލައަށް މި ބުނެދިނީތާއެވެ.އެފަހަރުވެސް ކުރި ކަމަކީ ސިފައިންނާއި ފުލުހުންގެ ދޭތެރެ ޖެއްސުވީއެވެ.އަދި އެހެނިހެން ގޮތްގޮތުން ސަލާމަތީ ބާރުތަކުގެ ސަފުތައް ދުޝްމަން ކުރުވީއެވެ.ނަތީޖާއަކީ ދިވެހިން މަގުމައްޗަށް ނިކުމެ އަމިއްލަ އެއްބަނޑު އެއްބަފާ މީހުންގެ ތަންތަނުގައި ހުޅުރޯކުރީއެވެ.ދެވަނަ ފަހަރަކަށް މިފުރުސަތެއް ނުދެވޭނެއެވެ.
ދޮން ބަބުރު ސޮރު
09 September 2019
މަނިކުފާނަށް އެބޭފުޅުން ފާރަ ލައްވަން ޖެހޭޔޭ، ހިނދުކޮޅު އައިސްގެން މަގުމައްޗަށް 2ހާޖަތުން ނުތާހިރު ވެއްޖެނަމަ ތާހިރު ކުރަން އެގެނީވެސް އޭރުން ނޫންތޯ.
ޖޫރީމަނާ
09 September 2019
ފާރަލާންޖެހޭ.