ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި އެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވަޑައިގަންނަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
21 ސެޕްޓެމްބަރ 2016 - 16:25
ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި އޮތް ނަމަވެސް، އެ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އޮޑިޓް އޮފީހުން މި މަހު އާއްމު ކުރި އެޑިއުކޭޝަން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތައުލީމީ ފަންޑުން، 1992 އަހަރުން 2014 ވަނަ އަހަރާ ހަމައަށް، އެކި ސްކޫލުތަކާއި ކޮލެޖްތަކަށް ލޯނުގެ ގޮތުގައި 5.6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި މަތީ ތައުލީމަށާއި ޓީޗަރުންގެ ކުރިއެރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން 6.2 މިލިޔަން ރުފިޔާ މިހާތަނަށް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް ޖުމްލަ ލިބެން ޖެހޭ 12.6 މިލިޔަން ރުފިޔާ އެބަހުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން ވިދާޅުވީ މިނިސްޓްރީން ދޫކުރާ ލޯނުތަކަށް އަނބުރާ ފައިސާ ނުދައްކާ މީހުންނާ މެދު އަމަލުކުރަނީ މާލިއްޔަތު ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި ބައެއް މައްސަލަތައް ޝަރުއީ މަރުހަލާއާ ހަމައަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯނުތައް ނުދައްކާ ފަރާތްތަކަށް އެ އަނބުރާ ދައްކަން އަންގައި އަދި އެ ފަރާތްތަކުގެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދާނެ ކަމަށް އަންގައި އަދި ކޯޓު މަރުހަލާއަށް ގެންދިއުމަށް މަސައްކަތް ކުރިއަށް ގެންދަމުން މިއަންނަނީ،" މުހުސިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަނބުރާ ފައިސާ ހޯދަން އެޑިއުކޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ހުންނާނެ މުހުސިން ވިދާޅުވި އެވެ.
މިދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކުރި ބައެއް ލޯނު، އެތައް އަހަރެއް ވީއިރު ވެސް އަނބުރާ ނުދައްކާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭލޯން
22 September 2016
މަގޭ ލޯން ގެ ފައިސާ އެއް އޮތިއްޔާ މަ ދައްކާނީ، ގައުމުގެ ހުރިހާ ވެރިންގެ އޮޑިޓް ރިޕޯޓް ތަކުގައި ހުރި ފައިސާ އެމީޙުްނ ދެއްކުމުން. އަދި ނުވިތާކަށް އަދީބް އަތުން ހަދިޔާ ލިބުނު މީހުން އެހަދިޔާތައް ވެސް ދައުލަތަށް އަލުން އަނބުރާ ދެއްކި ދުވަހަކުން! އަހަރެެމެން ކިޔަވަން ލޯން ދީފަ، އޭރަކު އޮންނަ ސަރުކާރަކުން ބޭނުްނވާ ބަޔަކަށް ގޭގޭ ހަދަންށާ އެމީހުންގެ ދަރީން ގެހަރަދުތަކަށް ލޯން ނަގާފާ ނުދައްކާ ތިބެގެން ކޮން ހާ ވާހަކައެއް ދައްކާކަށް. މައުމޫން ސަރުކާރުގެ ކިތައް ިނިސްޓަރުންނަށް ލޯން ދިނީ ގެ ހަދަން، އެއްވެސް އިންޓާރެސްޓެއް ނެތި. މިއަދު އެމީޙުން އެތަންތަން ކުއްޔަށް ދެނީ ހަމަ އެ ފައިސާގެ ހައްގު އޮތް ރައްޔިތުންނަށް. ވީމާ ނިކަމެތި އަޅުގަނޑުމެން ކިޔަވަން ދިން ލޯން އެއް އަނބުރާ ނުހޯދޭނެ! މި ީމީސް މީހުން އަތުން އިންކަމް ޓެކްސް ނަގާފައި އަހަރެމެންގެ ލޯން މަޢާފް ކޮށް ދިނުމަށް ސަރުކާރަށް ގޮވާލަން!
ޒާހިދު
21 September 2016
މިދެން އެނިމުނީ، އޮޑިޓްރިޕޯޓްގެ ޖަވާބް ލިބުނީ، އެއްކަލަ އޮޑިޓް ރިޕޯޓްތަށް ދިރާސާކޮށް ބަލަން އޮންނަ މަޖިލިހުގެ ކޮމެޓީގެ ޒިންމާވެސް ނިމުނީ، ދެން ހަމަ އަންނަ އަހަރުގައިވެސް ލޯނުދޭންވީ، ހަމަ އެއްބައެއް ތިބޭނީވެސް ލޯނުދޭން، މިފަރުގެ މީހުން މިނިސްޓްރީތަކާއި ހަވާލުވެގެންއުޅެނީ، ލަދުން ބޯހަލާކު
ޝިފާޒާ
21 September 2016
ކޯޓް މަރުހަލާއަށް ގެންދާނެކަމަށް އެންގުން، އެވަރުން ފުދުނީއެއްނޫން، އެކަހަލަ ސިޓީއެއް ފޮނުވައިގެން ލޯނުގެ ފައިސާ އެބަލިބޭތޯ؟ ފުލުހުންނަށް މައްސަލަ ފޮނުވާ، ސަރުކާރުގައި ވަޒީފާ އަދާކުރަންޏާ އެފައިސާއިން ލޯނުގެ ފައިސާކަނޑާ، ތިޔަގޮތަށް ގިނައިން ފައިސާނަގާފައިވާނީ ހަމަ ފުދިގެންއުޅޭ މުއްސަދިންގެ ދަރިން، ރަނގަޅައްވެއްޖެއްޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެކިއެކިވެރިންގެ ދަރިންނަށް ތިޔަލޯނުތަށް ދީފައިވާނީ އެހެންވެ ފައިސާނުހޯދިގެންއުޅެނީ
ރިޒާ
21 September 2016
ފައިސާހޯދަން އެއްކަމެއްވެސް ނުކުރެވޭ، މާލިއްޔަތުގެ ޤާނޫނާ ހިލާފަތް ފައިސާ ބަލަހައްޓާފައިވަނީ
ގައުމު
21 September 2016
ތި ލޯނުތަކުން ކިޔަވައިގެން މަތީ ފާސްތައް ނަގައިގެން ތިބި އެތައް ސިޔާސީ ފަރާތްތަކެއް އިދިކޮޅާއި އެއްކޮޅުގައިވެސް އެބަތިބި. އެހެންވީމާ މުހުސިނުމެން ބުންޏަކަސް ކިހިނެއް ތި ހޯދާނީ؟ ނުވިތާކަށް މިނިސްޓްރީގައިވެސް.... ވީމާ ތީ ހަމަ މަތިއަޅާލަން ދައްކާ ވާހަކައެއް. 22 އަހަރުންވެސް ތިކަންނުވީ މި ބުނި ސަބަބުތަކާހުރެ. މިހާރުވެސް ކަންއޮތީ ހަމަ ތަފާތެއްނެތި
ޖިލް
21 September 2016
ކޮންމެ ކަމަކަށްވެސް މަސައްކަތް ކުރަމޭ ކިޔާފަ ނިންމާލާ. އޮޑިޓު އޮފީހުންވެސް ތަންތަން އޮޑިޓު ކުރަން މަސައްކަތް ކުރަނީ. އެކަމަކު ރިޕޯޓެއް މި ފެންނަނީ ކޮންމެ ތިން މަހުން އެެއްމަހު. ކިހާ ވަރަކަށް ތަންތަން އޮޑިޓު ކުރެވޭބާ؟
ދޮންޕުލަސް
21 September 2016
އެމް.އެމް.ޕީ.އާރު.ސީ ގެ ލާރި ލިބިއްޖެތަ! ދައުލަތުގެ މާލިއްޔަތުގެ އެއްބައި ދޫވެއްސައް ވަނީމަ ލާރިދެއްކުމާއި މެދު ވިސްނަންޖެހޭނެ!