އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން ރޭ ބޭއްވި ހަފްލާގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ސެޕްޓެމްބަރ 2016 - 14:33
ވިޔަފާރި އާއި އިގްތިސާދީ ދާއިރާގައި އިންޑިއާ އިން ރާއްޖެއާ މެދު ގެންގުޅޭ ވިސްނުން ބަދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ރާއްޖެ އަށް ފައިދާ ވާ ކޮންމެ ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިންޑިއާ އިން ރޭގައި ބުނެފި އެވެ.
ރާއްޖެއިން އިންޑިއާގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވި ގޮތުގައި އޭނާގެ ސަފީރުކަމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވެ އެވެ. އެ ގޮތުން، ހަމައެކަނި ވިޔަފާރި ކުރުމުގެ ބަދަލުގައި، އިގްތިސާދީ އެހެން ދާއިރާތަކަށް ވެސް އެ ގުޅުން ފުޅާ ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މިޝްރާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އިގްތިސާދީ މުއާމަލާތެއް ކުރާ ނަމަ އެ ގުޅުން ބިނާވާން ޖެހޭނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ ދިވެހި ސަރުކާރާއި ރައްޔިތުން ބޭނުންވާ އަދި ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދާ ކަމަކަށް ވުމާއި ރާއްޖެ އަށް ފައިދާވާ ގޮތަށް އެ މުއާމަލާތެއް ކުރިއަށް ގެންދިއުމުގެ އިތުރަށް ހާމަކަން ބޮޑު ގޮތެއްގައި އެ ކަމެއް ހިންގުމެވެ.
"ރާއްޖެ އާއި އިންޑިއާ ދެމެދު އިގްތިސާދީ ގޮތުން ވެސް ކިތަންމެ ފަރަގު ބޮޑަސް، ރާއްޖެ އަށް އެންމެ ރަނގަޅު ގޮތެއް އިންޑިއާއަކަށް ނުނިންމޭނެ. އަޅުގަނޑުމެންނަށް އިރުޝާދު ދޭން ޖެހޭނީ ތިޔަބޭފުޅުން،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވި އެވެ.
ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާ އިން އެންމެ ރަނގަޅު ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިޝްރާ ދެއްވި އެވެ. އޭނާ ވިދާޅުވީ އަންނަ ނޮވެމްބަރު 21 އަދި 22 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން އެ ކަމަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އެންމެ ބޮޑަށް ގޯސްވީ އިންޑިއާގެ ޖީއެމްއާރަށް ރާއްޖޭގެ މައި އެއާޕޯޓު ދިނުމަށް ފަހު އަތުލުމުންނެވެ. އެކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދަތިކުރަން އެކި ފިޔަވަޅުތައް އެޅި އެވެ. އެ ގޮތުން، އިންޑިއާ އަށް ބޭހަށް ދާ ދިވެހިންނަށް ވިސާ ތާށިކުރުމާއި ރާއްޖެ އަށް ހިލަ އާއި ހިލަވެލި ވިއްކުން ހުއްޓާލުން ހިމެނެ އެވެ. އޭގެ ސަބަބުން ދިވެހިންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި، އިމާރާތްކުރުމުގެ ދާއިރާ އަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.
ހަމަ އެ ދުވަސްވަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ އެހެން ކުންފުނިތަކަށް ދިން މަޝްރޫއުތައް ވެސް އެ ފަރާތްތަކުގެ އަތުން އަތުލި އެވެ. އޭގެ ތެރޭގައި މާލޭގެ ކުނި މެނޭޖުކުރަން އިންޑިއާގެ ޓަޓުވާއާ އެކު ކުރި އެއްބަސްވުން އުވާލުން ހިމެނެ އެވެ. އޭގެ އިތުރުން، ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން، އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އަޅަމުން ގެންދިޔަ ފްލެޓުތަކުގެ މަސައްކަތް ވެސް ހުއްޓުމަކަށް އަ އެވެ.
މީގެ އިތުރުން، ޗައިނާއާ އެކު ރާއްޖޭން ގުޅުން ބަދަހިކުރަން ފެށުމުން ވެސް އިންޑިއާ އިން ކަންބޮޑުވެ އެވެ. ހާއްސަކޮށް، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި އެއާޕޯޓު ތަރައްގީކުރުން ފަދަ އިގްތިސާދީ ބޮޑެތި މަޝްރޫއުތަކެއް ހިންގަނީ ޗައިނާ އިން ލޯނު ނަގައިގެންނެވެ.
އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން ރޭ ބޭއްވި ހަފްލާގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު (ކ) އާއި ޗައިނާ. ސަފީރު (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކަމަކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން މިފަހުން ވަނީ ރަނގަޅުވާން ފަށާފަ އެވެ. މިދިޔަ ފެބްރުއަރީ އަދި އޭޕްރީލް މަހު ބޭއްވި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ރާއްޖެ އަށް ފިޔަވަޅު ނޭޅީ ވެސް ރާއްޖެއާ އެއްކޮޅަށް އިންޑިއާ އިން ވަރަށް ބޮޑަށް ވަކާލާތުކޮށްދީގެންނެވެ.
އެންމެ ފަހު ފަހަރު ރައީސް ޔާމީން އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވި އެވެ. އިންޑިއާ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ ކަމަށާއި އެ ފުރުސަތު ހުޅުވޭނެ ކަމަށް އެ ދެ ބޭފުޅުން ހާމަކުރައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީހު
24 September 2016
ދެން ރާއްޖެއާ ދެކޮޅަށް ކަލޭމެން ބޭނުންވާގޮތާ އެއްގޮތަށްތަ އަމަލު ކުރަންވީ؟! ލަދު ހަޔާތްކޮބައިތަ މި ގައުމުގެ ކުޑަދަށުގައި މި ގައުމުގެ ރަށްވެހިކަމުގަ ހުރެގެން މިގައުމުން ކާންދިނީމަ ކައިގެން މި ގައުމާ ތިވަރަށް ހަސަދަވެރިވާން. ދާންވީނުން އިބްޑިތާގެ ޑާބިލް އަށް ނޫނީ މަދޫރާއީ އަށް ނޫނީ އަވަށްގަޑަކަށް ގޮސް އެތަނުގަ އުޅެންވީނުން. ތިމާނެންބަށް އެފޭތަ ތިމާމެނަށް މި ލިޔެވެނީ ކީކޭކަން.
ގގ
24 September 2016
ވިޔަފާރިޔަކީ ދެފަރާތަށްވެސް ފައިދާ ވާގޮތަށް ވިޔަފާރި ކުރުން! އެއިރުން އެވިޔަފާރި މޮޅުވާނެ ފައިދާ ބޮޑުވާނެ!
އައި
23 September 2016
ސިޔާސީ މީހަކު އެހެންބުނެގެން ތިހާ އުފަލުން ތި އުޅެނީ؟ ހާދަ ގަޅި މީހުން ވެސް ކޮމެންޓް އެބަ ކުރެޔޭ، ބަލަން ތިބޭ ވާގޮތް.
އަވަށްޓެރި ކުޑަ ކޮއްކޮ
22 September 2016
އިންޑިއާ އަކީ ދިވެހިންނަށް އަބަދުވެސް ހެޔޮއެދޭ "ބޮޑުބޭބެ". އަދި އެކުވެރި ބިޔަ މުއްސަނދި ބާރުގަދަ އަވަށްޓެރިޔާ ވެސްމެ. ބައެއް ފަހަރު ޚިޔާލު ތަފާތުވި ނަމަވެސް އިންޑިޔާ އަކީ އަބަދުވެސް ދިވެހި ރާއްޖެ އަށާ ދިވެހިންނަށް ހެޔޮއެދޭ ގައުމެއް. އިންޑިއާ އިން ދިވެހިންގެ ވަކިބަޔަކަށް ތާއިދުކުރާކަމަށް ހީކުރުމަކީ ބޮޑު ގޯހެއް. އިންޑިއާ ސަރުކާރުގެ ވިސްނުން އެއަށްވުރެމާ ހަރުދަނާވާނެ. ދިވެހި ސަރުކާރުން އަބަދުވެސް ގެންގުޅެންވާނީ އަދި ގެނގުޅެނީވެސް "އިންޑިއާ ފަސްޓް" މި ފޮރިން ޕޮލިސީ. އެކަމަކު އެ ޕޮލިސީ އެގޮތަށް ދެމެހެއްޓޭނީ އިނޑިއާ އިންވެސް ދިވެހި ސަރުކާރާ މަޝްވަރާކޮށް ދިވެހި ސަރުކާރު ބޭނުންވާ ގޮތަށް ކަންތަށް ތަށް ކޮށްގެން. އެހެންނޫނީ ޗައިނާ އެޑުވާންޓޭޖު ނަގާނެ. ޝުކުރިއްޔާ އެމްބެސަޑަރ އަކިލޭޝް މިޝްރާ!
ޏ އައިކު
22 September 2016
އެދުމެއް ނެތި ވެދުމެއް ނުކުރާނެ. ސައޫދީން ބޭނުންވީ އިރާނާއި އޮތް ހާރިޖީ ގުޅުން ކަނޑާލަން، އިންޑިއާ ބޭނުންވާނީ ޕާކިސްތާނު އެކަހެރި ކުރަން.
އެދުރު
22 September 2016
މިތާގައި ކޮމެންޓު ކުރައްވާ ބައެއް ބޭފުޅުންގެ ހިޔާލުތަކުން ހީވާފަދަ ދިވެހިން ވާންޖެހޭނީ އިންޑިއާގެ ދަށުވެގެން އުޅޭ ގައުމެއްކަމަށް؟ އަމިއްލަ މިނިވަންކަމުގެ އަގު ތަސައްވަރު ނުކުރެވޭނަމަ އެމިނިވަންކަން ގެއްލުމުގެ ހިތި ރަހަލުމަކީ ދުރުކަމެއް ނޫން. ވަރަށް ހިތާމަަ ކުރަން މިކަހަލަ ގައުމީ މަސްލަހަތު ހުންނަ ކަންކަމުގައި ބައެއް ދިވެހިންގެ ވިސްނުން ނުހުންނަވަރު އިހުސާސްވުމުން.
އަހުމަދު
22 September 2016
އިންޑިޔާއިން މީގެކުރިންވެސް މަޝްވަރާދޭ. ދިވެހިން ބޭނުންވާ ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރީގެ މުއާމަލާތް ހިންގަން ބޭނުމޭ ތިިވިދާޅުވާ ބަހުގެ މާނައަކީ؟ ދިވެހިސަރުކާރުން ސިއްރު ވިޔަފާރިކުރަން ހުށަހަޅަނީތޯ. ނޫނީ ހުރިހާ ދިވެހިންނަށް ފައިދާނުވާނެ ވިޔަފާރި ހިންގަން އެދެނީތޯ.
وِلِ
22 September 2016
ކެނެރީގެ ނަޝީދު ވަރައް ދެރަވާނެ
އަލީ
22 September 2016
ތިއީ ބާ ވިސްނުމެއް
ނުވާނަން
22 September 2016
އިންޑިއާއިން ރާއްޖޭގެ އެދުމަށް ކަން ނުކޮށް ކީއްކުރާނީ ދޯ. ނޯންނާނެ ކުރާނެ އެއްވެސް ކަމެއް. ހަމަ ކުރަން ޖެހޭނީ މަމެން ބުނާ ގޮތަށް އިންޑިއާ އިން ކަންކަން. ނުކުރަންނާ ރާއްޖޭގެ ރިސޯރޓަކުން ވޯކް ވިސާ އެއް ނުލިބޭނެއެވެ. އެއިރުން ދެން އިންޑިއާ ކީއްކުރާނީދޯ. ރަންރީނދޫ މެންގެ ވެރިކަމުގައި އެކުދިން އުޅުނީ އިންޑިއާ ދަށު ވެގެން. މަމެން އިންޑިއާ ދަށު ނުވާނަން އެއްގޮތަކަށް ވެސް.