އެމްޑީއެންގެ ރިޕޯޓްގެ ކަަވަޕޭޖް
04 އޮކްޓޯބަރ 2019 - 23:24
އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ޕާޓީތަކުން ބުނެފި އެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ހޫނުވެފައިވަނިކޮށް މައުމޫން މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮންމެ ބަޔަކު ކުުރި ނަމަވެސް އެފަދަ ކަންތައްތައްތަކަކީ ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.
އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް
— Maumoon Abdul Gayoom (@maumoonagayoom) October 4, 2019
@MVIaffairs @PoliceMv
"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލަައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
ޚިޔާލު ފާޅުކުުރުމުގެ ނަމުގައި ނުވަތަ ޢިލްމީ ދިރާސާ ކުރުމުގެ ނަމުގައިވިޔަސް އިސްލާމް ދީނަށް ނުވަތަ މި ދީނުގެ މާތް ރަސޫލާ މުޙަންމަދު ސައްލަﷲ ޢަަލައިހި ވަސައްލަމަ އަށް ބަދުބަހެއް ނުވަތަ މަލާމާތެއް ރައްދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
— Ali Hussain (@AleeVoice) October 4, 2019
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.
އެކަމާ ގުޅިގެން އެމްޑީއެން އަށް ކިޔަމުންދިޔަ ފާޑުކިޔުންތަކާއި އެ ޖަމިއްޔާ އުވާލަން ގޮވާލައި ކެމްޕެއިނެއް ފެށުމާއެކު އެ ރިޕޯޓު ނަގައި އެކަމަށް އެ ޖަމާއަތުން ވަނީ މައާފަށް ވެސް އެދިފަ އެވެ. އަދި އެކަހަލަ ކަމެއް އެ ޖަމިއްޔާ އިން ދެން ތަކުރާރު ނުކުރާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް،ޚިޔާލު ފާޅުކުުރުމުގެ ނަމުގައި ޢިލްމީ ދިރާސާ ކުރުމުގެ ނަމުގައި އިސްލާމް ދީނަށާއި މާތް ރަސޫލާ މުޙަންމަދު ސައްލަﷲ ޢަަލައިހި ވަސައްލަމަ އަށް ބަދުބަސް ރައްދުކޮށް މިދިވެހި މުޖުތަމައު ފަސާދަކުރުމަށް އެމްޑީއެން އިން ހިންގިއަމަލު ކުށްވެރިކުރަން
— JP Secretariat (@JPSecretariat) October 4, 2019
ޔޫތު މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބައެއް މީހުންނަށް އިސްލާމް ދީނަށް ޖޯކު ޖަހައި ފުރައްސާރަކުރުމަކީ މާ މޮޅު އަދި ކޫލް ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ސަޅިކަމެއް ނޫން ކަމަށާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އެއްވެސް ދިވެއްސަކަށް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
I Repeat, #banMDN (Maldives Democratic Network)!
— Ali Zaid (@alizaid1000) October 3, 2019
Quran aa hadheesun kandaelhigen saabithuvaa kankan, eiy thoathoa fuloaku vaahaka yah hadhan mi meehun mee kaakuthoo?! Challenging the Constitution of Maldives is a crime. They must be banned! #DheeneeEhbaivanthakanNagaalanNoolhey
އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވިދާޅުވީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ބަދުބަސް ބުނެ ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފާޑުފާޑުގެ ނެޓްވޯކުތައް ހަދައިގެން ޑިމޮކްރަސީ ކުރިއެރުވުމުގެ ނަމުގައި އުޅެނީ ހުކުމްތަކަށް ގޮންޖަހައި އިސްލާމް ދީނާ ޖައްސާލައިގެން ކަމަށެވެ.
MDN Report gai Rasoola ah furahsaara kuri kurun varah bodah kuhveri kuran.
— M.Rasheed (Dhonbe) (@DhonbeRasheed) October 4, 2019
Hageegee hahdhu fahanalhaa faivaa faraahthah midhanee egi faalhuvamun.
ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި އުއްމަތުގެ މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރެފައި މައާފަށް އެދި ބަޔާން ނެރުމަކުން ނުފުދޭނެ ކަމަށެވެ. އެ ޖަރީމާ ހިންގި މީހުން ޖެހޭނީ ތައުބާވާން ކަމަށާއި އިސްލާމް ދީނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރަސީ ނެޓްވޯކުން 2016 ގައި ތައްޔާރު ކުރި އެ ރިޕޯޓް، އާންމުންގެ ސަމާލު ކަމަށް އައީ އިއްޔެ އެވެ. އެ މައްސަލަ އިއްޔެ ހޫނުވެ، މައްސަލަ ތަހުގީގުކޮށްދޭން އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ. އަދި އިއްޔެ އާއި މިއަދު އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އާންމުންގެ ވަރަށް ގިނަ ބަޔަކު ވަނީ ރުޅިގަދަވެ، އެކަން ކުރި ބަޔަކު ހައްޔަރުކުރުމަށް ވެސް ގޮވާލައިފަ އެވެ. އާންމުންގެ ބައެއް މީހުން ބުނެފައި ވަނީ ޚިޔާލު ފާޅުކުރުމުގެ ނަމުގައި އެކަހަލަ ވާހަކަތަކެއް އިސްލާމީ މުޖުތަމައުގެ ތެރޭގައި ދެއްކިގެން ނުވާނެ ކަމަށާއި ހައްގުތަކަށް އިހުތިރާމު ކުރަން ގޮވާލާ ބަޔަކު އެހެން މީހުންގެ ހައްގުތަކާއި އުސޫލުތަކަށް ވެސް އިހުތިރާމް ކުރަން ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
05 October 2019
ރިޕޯޓަށް ފާޑު ކިޔަމުން ދާއިރު ރިޕޯޓު ފެންނާކަށްވެސް ނެތް، އޭގާ އޮތީ ކޯޗެއްކަނ ްވެސް ނޭނގެ.. މީ ވަރަށް ގިނަ ދިވެހިންގެ ގޮތް.. އެކަކު ކަށިގަނޑު ފުމޭއިރަށް ދެން ތިބި އެންމެން ފުމެން ފަށާނެ، މި ފުމެނީކީއްވެ ކަންވެސްނޭނގި...
ހަސަން އަލީ-
05 October 2019
ތިޔަ ރިޕޯޓު ކުށްވެރި ކުރަން. އަދި ހަމަ އެއާއި އެކު އިސްލާމް ދީނުގައި އެންމެ ފުރަތަމަ އޮންނަނީ އަދުލުވެރިވުން ދެން ތިމާގެ މީހުންނަށް ހެޔޮކޮށްހިތުން ދެން އޭގެ ފަހުން މި އަންނަނީ ނަހީކުރުމުގެ ވާހަކަ. މިކަން އެންމެންނަށް ހަދާންކޮށްލަދެން.
ރަތް
05 October 2019
މިކަހަލަ ކަންކަމުގައި އެންމެ ރަގަޅު ގޮތަކީ އެމީހުން ގެންގޮސް ނަސޭހަތްދީ ރަގަޅު މަގު ދައްކައިދިނުން.
މައްލާ
05 October 2019
މީގެ 4 އަހަރު ކުރިން ނެރެފައިވާ ރިޕޯޓެއް. ތިޔަކަންވެސް ބަލާ އިންސާފު ހޯދައިދޭނީ ހަމަ މި ސަރުކާރުން.
އަލީ ރާޖާ
05 October 2019
މާދަންވެސް ނުކުމެ އިންތިޙާބުގް ލދނ ބއގނޑށ ވޯޓު އަޅާ ފުރާލާތި
ހަފީ
05 October 2019
އެމްޑިއެން ކިޔާ ޕާޓީއަކަށްތަ ވޯޓުދީފައި މިއޮތީ؟ ކޮންމެ ކަމަކުން ސިޔާސީ ފައިދާ ނަގަން ނޫޅޭ. ރިޕޯޓު ނެރުނީ ޔާމީނު ވެރިކަމުގައި. އެއޮތީ އެމްޑީއެންގެ ޓުވިޓަރުގައިވެސް ފެންނަން.
އަލީ ރާޖާ
05 October 2019
ކޮން ދެކޮޅެއް. ލދނ މހނ ވެރިކަމަށް ގެނައި ގިނަ މީހުން ވޯޓް ދީގެން.
މިމމމޕަބްލޯ އެސްކޮބާރ
05 October 2019
ޓެރަރިޒަ މް ގާނޫނުގެ ދަށުން ބަޔަކަށް އަދަބު ލިބެންޏާ އިސްލާ މް ދީނާ ރަސޫލާ އަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބު ލިބެން ޖެހޭ މިއީ މުޅި ގައު މުގެ ސަލާ މަތަށް ނުރައްކާ ވާކަހަލަ ކަންތަށް ، ރައީސް މިކަން ކުއްވެރި ނުކުރާތީ ކަންބޮޑުވޭ.
ތުއްތުނާ
05 October 2019
މިއީ ކޮން ބައެއްތޯ؟ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް މާލީގޮތުން އެހީވަނީ ކޮންބައެއް ކަމާއި މި ޖަމިއްޔާ ނުވަތަ ޖަމާއަތުގައި ބައިވެރި ވަނީ ކޮންބައެއް ކަން ރައްޔިތުންނަށް އަންގައިދިނުން އެއީ ވަރަށް މުހިއްމުކަމެއް......
ސުވާލުބޭ
05 October 2019
ގަބޫލުނުކުރިޔަސް ސަރުކާރުން ހަރުކަށި ދީނީ ފިކުރުުތަކަށް ހުޅުވާލާ ދޮރެއް މިފަދަ ގޮތަކަށް އިސްލާމީ ޤައުމެއްގައި ދީނައް ފުރައްސާރަކުރަން ފުރުސަތުދީގެން ދެނެހުރިކަމަށް ނެހެދި ހުރުމަކީ
ތުއްތުނާ
05 October 2019
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) މިހާރު އުވާލަންޖެހޭ...... މިއީ އިތުރު ފުރުސަތު ތަކާއި މާފަށް އެދުމުން ވެސް ބަލައިގަނެވޭ ވަރަށް ވުރެ ބޮޑު ކުށެއް .......