ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލިހުގައި ވާހަކަ ދައްކަވަނީ. ބަޣާވާތް ކުރަން ނޫޅުމަށް އޭނާ ގޮވާލެއްވި. --- ފޮޓޯ: މަޖިލިސް
07 އޮކްޓޯބަރ 2019 - 16:08
އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބަޣާވާތް ކުރަން އިތުރު ފުރުސަތެއް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ހެދި ރިޕޯޓާ ގުޅިގެން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީން އެފަދަ އެއްވެސް ކަމަކަށް ހިތްވަރެއް ވެސް ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި 2015 ގައި ހެދި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަންކަން ކުއްލިއަކަށް ފެންމަތިކޮށް ބަޔަކު އުޅެނީ ކޮން ސަބަބަކާ ހުރެ ކަން ބަލަން ޖެހެ އެވެ. އަދި ރާއްޖޭގައި ހިނގި މަރުގެ ހަގީގަތްތަކާއި ޓެރަރިސްޓު ޖަމާއަތްތަކާ ގުޅިފައި އޮތީ ކޮން ބައެއް ކަމާއި ހަނގުރާމަ އަށް ފޮނުވާ އެޖެންސީތައް ރާއްޖޭގައި ހިންގަނީ ކޮން ބައެއް ކަން އެނގެން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ އަމިއްލަ ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައިވާ ކަންކަން ފާހަގަކޮށް އެއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ކަން ދައްކުވައިގެން ބަޣާވާތެއް ރާވައި ސަރުކާރު ވައްޓާލަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ.
"އެ ރިޕޯޓުގައިވާ ކަންކަން އެއީ ސަރުކާރު ވައްޓާލަން އޮތް ހުއްޖަތެއް ކަމަށް ދެކި، ބަޣާވާތެއް ރޭވުމުގެ މަސައްކަތް ކުރާ ނަމަ، އެކަން އެބަ ހުއްޓާލަން ޖެހޭ،" ހަސަން ވިދާޅުވި އެވެ.
އޭނާ އިޝާރާތް އެ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާއަށެވެ. ފެބްރުއަރީ 7، 2012 ގެ ހާދިސާ އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރަނީ ބަޣާވާތެއްގެ ގޮތުގަ އެވެ. ފެބްރުއަރީ 7 އާ ހަމައަށް ކަންކަން ދިޔައީ އިސްލާމް ދީން ހިމާޔަތްކުރުމުގެ ނަމުގައި ޑިސެމްބަރު 23، 2011 ގައި، ހެންވޭރު ޕާކް ސަރަހައްދުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމަށް ފަހު އެވެ.
ހަސަން ވިދާޅުވީ ބަޣަވާތެއް ގެންނަން އުޅޭ ނަމަ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސް ނަންގަވައިގެން އެ މައްސަލަ ބައްލަވަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާ
08 October 2019
ކުރީފަހަރުވެސް ދީނަށް ފުރައްސާރަކޮށް ރައްޔިތުންނަށް ބަލާ ބޮޑުކުރުމުން އަންނިއަށް ވައްތަރެއްގެ އެއްޗެހިތަކެއް ފެނި ބިރުން އިސްތިއުފާދިނީ. މިފަހަރުވެސް މިދަނީ ހަމަ އެމިސްރާބުން . ނޭނގެ ވާނީ ކިހިނެއްކަމެއްވެސް. ދީނަށް ފުރައްސާރަކުރުމަކީ އެކަމުގެ ވޭން ކޮންމެވެސް ދުވަހަކުން އުފުލަން ޖެހޭނެކަން އެނގިފައިވެއެވެ.
ރިހިރޭ
08 October 2019
ކަލޭމެން އަމިއްލައަށޭ ކޮންމެ ފަހަރަކުވެސް ބަޣާވަތް ކުރަނީ. ވެރިކަންލިބޭ އިރަށް ދީނަށް ފުރައްސާރަ ކުރަން ފަށާނެ. \މަޑުން ތިބެ ވެރިކަން ކުރެވޭތޯބަލާބަލަ. ކާކުތަ އެމްޑީޕީ ވެރިކަމުން ބާލަންއުޅެނީ. މިދައްކަނީ ދީނަށް ފުރައްސާރަ ކުރަން ފުރުޞަތު ދޭވަހަކަ. އެކަން ހުއްޓާބަލަ. ދިވެހިން އެމްޑީޕީއަާ ވެރިކަން ހަވާލުކުރަނީ ދީނާ ޤައުމު ޙިމާޔަތް ކުރަން. އެކަމަކު ވެރިކަން ލިބޭއިރަށް މިކުޅިފައްޓާނެ. ވެރިކަން ދެއްވަނީ ﷲ. އެކަން ގެންދަވާނީވެސް ﷲ. މިކަން ސިޔާސީނުކުރޭ
އަހުމަދުބޭ
08 October 2019
ހަސަންކޯ ބަޤާވަތް ކުރުމުގެ ވަރަށް ތަޖުރިބާ ހުރިމީހުން ވެރިކަމުގެ ކޮއިލުތެރޭ ގައި އެބަތިބި، އަދި މާސްޓަރ ހުރީ ބޭރުގައި ހަމަމިނިވަންކޮށް، ދާދާ އެދަނީ ބަޤާވާތަށް ގުރޫޕު ބޮޑުކުރަމުން، ހަމަ ހީވެސް ނުކުރާގޮތަށް އެވެރިން ބަޤާވަތް ކޮއްލައި ވެރިކަމުން ދުރުކުރާނެއެވެ. މަޑުކޮއްލައިގެން ދެފަރާތުން ވެސް އެތިބެނީ ލޯކަލް ކައުންސިލް އިންތިހާބު ނިމެންދެންނެވެ. އިންތިހާބު ނިމުމުން ނިކަން ފޯރިގަދަވާނެއެވެ.
ޔާސީމު
08 October 2019
ލާދީނީ މީހުންނަކަށް ވެސް ދީނަށް ފުރައްސާރަކުރުމަށް ފުރުސަތެއް ނެތް! ދިވެހިން އެފުރުސަތު ދޭނެކަމަށް ހީނުކުރާތި
ބޮޑު ބަންޑާރަ
07 October 2019
އޮޅުވާ ލާންއުޅޭނެކަމެއްނެތް. 2016 ގައި ބަޔަކު ނެރުނުރިޕޯޓެއް ޖަމާއަތެއް އުފަންކުރުވާފައި އެޖަމާތުން އާކޮށްލާއި ނެރުމަކީ މިރިޕޯރޓަށް ހިއްވަރުދިނުން. އޭގެހިއްވަރުން ބާރުނެރެގެން ދިވެހި އިސްލާމުން ދީނާދުރުކޮށް މުރުތައްދު ކުރުވަންނޫޅެ ވެރިކަމުގައި ތިބެވޭތޯބަލާ
ނޫސް ބަލާމީހާ
07 October 2019
ހީވެސް ނުކުރާށެވެ. ﷲ ކުޅަދުންވަންތަކަން ހަނދާންބަހައްޓަވާ. ގަދަބަސް ނުބުނާޢެވެ.
މަރޭ
07 October 2019
ހަސަންކޮއްްްްްްްް އަށް ޝުކުރިއްޔާ. މިކަންކަން އޮޅުވާލަނީ ވަރަށް ރާވައިގެން. އެފަދަ ފުރުސަތެއްދީގެންނުވާނެ.
ތުޑުހަސަނު
07 October 2019
ތިޔަ ބުނާ އިރެއްގައި ބަޣާވާތެއް ނުކުރޭ. އެކަން އެއޮތީ ތަހުގީގުން ފެންނަން. ބަޣާވާތެއް ކުރިނަމަ މިހާރު މިއޮތީ ކަލޭމެންގެ ސަރުކާރު. އެކަން ބަލައި ފިޔަވަޅުއަޅަންވީނު. މީހުންނަށް އޮޅުވާލަން ބަޣާވާތެކޭ ތިކިޔަނީ. މިދައްކަނީ ސިޔާސީ ވާހަކައެއް ނޫން. ހަރުއަޑު މިކިޔަނީ އިސްލާމްދީނާ ދެކޮޅު ވާހަކަ ދައްކާ މީހުން ހިފައި ހައްޔަރުކޮށް އެ ޖަމްއިއްޔާ އުވާލާށޭ. އެކަން އޮޅުވާލަން ދައްކާ ވާހަކައެއް ރައްޔިތުން ބަލައެއް ނުގަންނާނެ.
މުލޭ
07 October 2019
އެއްވެސް އިރަކު މިގައުމުގައި ބަޣާވާތެއް ނުކުރޭ. ވެރިމީހާ އަމިއްލައަށް އިސްތިޢުފާ ދިނީ. ހޭވެެރިކަން ވުމުން ސަޕޯޓަރުން ހިތްހަމަޖެއްސުމަށް ދިން ނަމެއް ބަޣާވާތަކީ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ.
އިކްރާމް އަބްދުއް ސައްތާރު
07 October 2019
މި ކަހަލަ މީހުން ދެވަނަފަހަރަށް މަޖިލީހަށް ނުހޮވަންވީ.. އޭރުން އިގޭނެ ދޯ ރައިޔަތުން ބޭނުންވާ ކަންކަން ނުކުރާމީހުން ނަށް މި މަޖިލީހުގައި ނުތިބެވޭނެކަން...މިއީ ގާނޫނު އަސާސީއާއި އެއްގޮތަށް ގާނޫނު ހަދަން ހޮވާ ބަޔެއް.. އިސްލާމީ ޝަރީއަތާއި ފުށޫއަރާ ކޮންމެ ކަމެއް ހުއްޓުވަންޖެހޭ..! އެކަން ނުވާނަމަ.. "ނޯ ސެކަންޑް ޗާންސް" އޭ ބުނަން ކެރެންވާނެ...
ގހޖފދ
08 October 2019
ރައްޔިތުންގެ ވޯޓުން ހޮވުނު އެކަކުވެސް ތި އެމްޑީޕީ ސައިޑުން މަޖިލިހަށް ވަދެފަ ނުތިބޭނެ. ހުސް ޝަރީފުގެ ހަދީއިން މަޖްލިހުގައި ތިބި ބައެއް އެއީ.