އަލަށް ހަދާ ސީޕްލޭން ޓާމިނަލް. -- ފޮޓޯ: އެމްއޭސީއެލް
09 އޮކްޓޯބަރ 2019 - 17:11
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށާއި އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް މީހުން، އެ ޓާމިނަލް ހަމައެކަނި ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
There has been rumours that MACL intend to lease the new Seaplane Terminal to TMA. @MACLmedia wants to assure the general public that the company does not have any such intentions as the facility is designed & intended as a common use facility to be used for multiple operators. pic.twitter.com/MSnHwpOhHZ
— MACL (@MACLmedia) October 9, 2019
އެމްއޭސީއެލް އިން ކުރި ޓުވީޓު.
އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅޭ ކަމުގެ އަޑު ފެތުރިފައި އޮތްކަން ފާހަގަކޮށް އެމްއޭސީއެލް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނީގެ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެ ޓާމިނަލް ހުރިހާ އޮޕަރޭޓަރުންނަށް ވެސް ބޭނުން ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން ވެސް ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން މި ސުވާލު އަމާޒުވި އެވެ. އެ މަނިކުފާނު ވެސް އޭރު ވިދާޅުވެފައި ވަނީ "ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާ" ކަމަށެވެ.
ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ސީޕްލޭން ދުއްވާ ކުންފުނިތަކަށް ބިން ކުއްޔަށް ދީގެން، އެ ފަރާތްތަކުން އަމިއްލައަށެވެ. އެގޮތުން އެމްއޭސީއެލުން އަކަމީޓަރަކަށް ޗާޖުކުރަނީ ނުވަ ޑޮލަރު (138ރ) އެވެ. އެ ޓާމިނަލްތައް ހަދާފައި ވަނީ ވެސް ކުންފުނިތަކުން އަމިއްލައަށެވެ.
އެމްއޭސީއެލް އިން ކުރިން ބުނި ގޮތުގައި ސީޕްލޭން ޓާމިނަލްގެ 73 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެކަމަކު މިހާރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލްކުރަނީ އެމެރިކާގެ ބައިން ކެޕިޓަލާއި ޗައިނާގެ ޓެމްޕަސް ގްރޫޕުންނެވެ. ކުރިން އެމެރިކާގެ ބްލެކް ސްޓޯން އިން ކޮންޓްރޯލްކުރި މެޖޯރިޓީ ހިއްސާ ބައިން އާއި ޓެމްޕަސް ގުޅިގެން 2017 ގައި ގަތީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ކަމަށް އެ ދުވަސް ވަރު މީޑިއާތަކުން ޚަބަރު ފެތުރި އެވެ.
ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެކަމާ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަގްލީންޓޭ
10 October 2019
އެމް.އޭ.ސީ.އެލް ގެ ބޯޑަކީ މަޓީ. މަަޓީ އަކީ ރާއްޖޭގެ 99% ރިޒޯރޓްތަކުގެ ވެރިން. ފަތުރުވެރިން ރިޒޯރޓްތަކަށް ގެންދަން އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ޓީ.އެމް.އޭ އަށް. ދެން ކީކޭ އިތުރަށް ބުނާނީ؟
ރަންދެލި
10 October 2019
ޓމއ އަށް ނުދީ ސީސީއާރް ގެ ބޮޑު ހިއްސާ އެއް އޮންނަ ކޮންމެވެސް އެހެން ކުންފުންޏަކަށް ތިތަން ހަވާލު ކުރީމާ ޓމއ އަށް ދިނީ ކަމަކަށް ނުވާނެ....ލޮލް!
ހަޒާ
10 October 2019
ޒަހާ. މިއުޅެނީ ބަޔަކު ޖެލަސްވެގެންނެއް ނޫން. ދައުލަތުގެ މުދާ ވަކި ފަރާތަކަށް ދޫކޮށްލަން އުޅޭތީ! ޓީއެމްއޭ އަކީ ބޮޑުކުންފުންޏެއް. ރަނގަޅު. ދެން ޓްރާންސްޕޭރެންޓްކޮށް މިކަންތަށް ކުރަންވެއްޖެ އެއްނު. ބޮޑުކުންފުންޏެއް އަދި ނuފޫޒުގަދަ ކުންފުންޏެއް ވީމަ އެމްއޭސީއެލްގެ ބޯޑަށް މީހުން ލައިގެން ނުއަގުގަ މިތަން ދޫކުރުމެއް ނޫން ދޯ ގޮތަކީ!
ހަވާދުދަޅު
09 October 2019
މިވެސް ވާނީ ޖީ.އެމް.އާރް އާ ހެދި ކަހަލަ އެގުރިމެންޓް އަކައް. ގައުމަށް ނޯ ފައިދާ
ހައްސާ222
09 October 2019
މިއީ އެއްވެސް އިހުލާސްތެރިކަމެއްނެތް ބަޔަކު ރައްޔަތުންނަށް އޮޅުވާލުމަށް ހަދަމުން އަންނަ ބޮޑު ދޮގެއް. މީގެ 3 މަސް ކުރިން މިހާރު ލިޔުނު އާޓިކަލް ގަވެސް އަހެރްނ ކޮމެންޓް ކޮށްފައިވާ ފަދައިން އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމަށް ހުރިހާ ކަމެއްވަނީ ނިމިފަ. ޓީއެމްއޭ އިން އެތަނުން ރިސޯޓްތަކަށް ލޯންޖް ހަދަން ތަންދޭނެގޮތްވަނީ ރިސޯޓް ތަކަށް އަންގާފަ. ފެބުރުއަރީގަ ޓީއެމްއޭ އާއި މިތަން ހަވާލުކުރާނެ. %100 ޔަގީން.
ހައްސާ222
09 October 2019
އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން ނޫޅޭ ކަމަށް ބުނުމަކީ ދޮގެއް. މިއަންނަ ފެބްރުއަރީ މަހު ޓީއެމްއޭއާއި މިތަން ހަވާލުކުރާގޮތަށް ނިމިފައިވަނީ. އަދި ޓީއެމްއޭ އިން ރިސޯޓް ތަކަށް ތަންދޭނެގޮތް ހަމަޖައްސަމުން މިހާރު އެދަނީ. އަދި އެމީހުން ދަތުރުކުރާ ރިސޯޓް ތަކުގެ މީހުންނާއި ވާހަކަ ދައްކާ ހުރިހާ ކަމެއް ނިންމަމުން އެދަނީ. ޓީއެމްއޭ މީހުން ބުނަނީ ފެބުރުއަރީ ގަ އެމީހުންނާއި ހަވާލު ކުރިއަސް ހިދުމަތް ދެވޭނީ މޭހިސާބުގައޭ.މިއީ ސައްހަ ތެދު މައުލޫމާތު.
ޝޮކްތެރަޕީ
09 October 2019
އަޅުގަނޑު އެޔާޕޯޓަށް ދިޔޭމަ ފެނުނީ ރައިސް ޔާމިންގެ ވިސްނުން ވަރައް ތިޔާގިކަން.
މަކަރުވެރި އޮޅުވާލުމެއް!
09 October 2019
މަކަރުވެރި އޮޅުވާލުމެއް!
ޒަހާ ރަޝީދު
09 October 2019
ޓީއެމްއޭ އަކީ ބޮޑު ކުންފުންޔެއް، އެމީހުންނަށް ތިކަންކުރެވޭ ވަރުގެ ތަނެއް މުހިންމު ވާނެ. ޖެލެސީބައި ދޫކޮށްލަން ޖެހޭ.